ޢަބުދުލް ފައްތާޙް އަކީ ދިވެހި ފިލްމީ ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރެކެވެ. އެެކްޓަރެކެވެ. ޢަބުދުލް ފައްތާޙް ވަނީ ތަފާތު ފިލްމްތައް ޑައިރެކްޓްކޮށް ދީފައެވެ. އަދި ތަފާތު ޑްރާމާތައް ދިވެހި ޓީވީ އަށް ހަދާދީފައެވެ. ދާދިފަހުން ޢަބުދުލް ފައްތާޙް ވަނީ އަމިއްލަ ސްޓޫޑިއޯ އެއް ރެޑްވޭވް ޕްރޮޑަކްޝަންގެ ނަމުގައި އުފައްދާފައެވެ.

ޑައިރެކްޓަރު ޢަބުދުލް ފައްތާޙް

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

ޑައިރެކްޓަރ ޢަބުދުލް ފައްތާޙް އަކީ ހއ. ކެލާ އަށް އުފަން ފަރާތެކެވެ. ޒަވާޖީ ޙަޔާތެއް ވަނީ ފަށާފައެވެ.

ފިލްމީ ދާއިރާއަށް ނިކުތުން އުނިއިތުރު ގެންނަވާ

ޢަބުދުލް ފައްތާޙް ފިލްމީ ދާއިރާ އަށް ނިކުތީ އީޕީއެސް ސުކޫލްގައި ތަޢުލީމް ޙާޞިލް ކުރަމުން ދިޔަ ދުވަސްވަރު އެސުކޫލްގެ ފަރާތުން ތައްޔާރުކުރީ ޓީވީ ޑްރާމާ ނާދިރު އިންނެވެ. އެޑްރާމާ އަކީ ފައްތާޙްގެ އެކްޓިންގ ހަމައެކަނި ފެނިގެންދިޔަ ޑްރާމާ އެކެވެ. އޭގައި ފައްތާޙް ކުޅެފައިވަނީ މުއްސަދި ބައްޕައެއްގެ ރޯލެވެ. މިހާތަނަށް 10 ޑްރާމާ، އަދި 10 ފިލްމްގެ ޑައިރެކްޝަން މަސައްކަތުގެ ހަރަކާތްތެރި ވެފައި ވެއެވެ. މީގެ އިތުރުން 150 އަށްވުރެ ގިނަ ލަވަ ޑައިރެކްޓްކޮށްފައި ވެއެވެ.

ޑައިރެކްޝަންގެ ދާއިރާއަށް ނިކުތުން އުނިއިތުރު ގެންނަވާ

އީޕީއެސް ނިންމުމަށްފަހު ޢަބުދުލް ފައްތާޙް ވަނީ ސިފައިންގެ ތެރެއަށެވެ. އެއަށްފަހު ސިފައިންގެ ފަރާތުން އޮފީސް ތަކުގެ ޑްރާމާ މުބާރާތުގައި ބައިވެރިކުރި ތަފާތު 3 ޑްރާމާއެއްގެ 3 އަހަރުގައި ޑައިރެކްޓްކޮށް ޖެހިޖެހިގެން 3 އަހަރު އޮފީސްތަކުގެ ޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑައިރެކްޓަރު ކަން ޢަބުދުލް ފައްތާޙް ވަނީ ހޯދާފައެވެ. ސިފައިންގެ ތެރޭގައި އުޅެމުން އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ޢަބުދުލް ފައްތާޙް ޑައިރެކްޓްކޮށް ބައިވެރިކުރި 3 ޑްރާމާ އަކީ ވަދާޢު، ޅަފުރާ އަދި ވޭން އެވެ.

 
ޑައިރެކްޓަރު ޢަބުދުލް ފައްތާޙް

ފިލްމް އުފައްދަން ފެށުން އުނިއިތުރު ގެންނަވާ

ސިފައިންގެ އިން ވަކިވެ ސީރިއަސް ކޮށް ފިލްމްތައް ޑައިރެކްޓް ކުރަން ފެށިއެވެ. ދާދިފަހުން ޢަބުދުލް ފައްތާޙް ވަނީ އަމިއްލަ ސްޓޫޑިއޯ އެއް ރެޑްވޭވް ޕްރޮޑަކްޝަންގެ ނަމުގައި އުފައްދާފައެވެ. މިކުންފުނީގެ ފުރަތަމަ ފިލްމަކީ ވާލޯބި އެގޭނަމަ އެވެ. ފުރަތަމަ ޑްރާމާ ސިލްސިލާ އަކީ ހިނިތުން ވެލާށޭ ކަލާ އެވެ.

ޑައިރެކްޓްކުރި ފިލްމްތައް އުނިއިތުރު ގެންނަވާ

  • ވޭން
  • ޅަފުރާ
  • ވަދާޢު
  • ހިމޭން ދުނިޔެ - 2000
  • އާ އަަހަރެން ވެސް ލޯބިވީން - 2001
  • ވެހޭ ވާރޭގެ ތެރެއިން - 2002
  • އޭނާ - 2004
  • ރަންމުތް - 2004
  • ހުރީމޭ އިންތިޒާރުގާ - 2005
  • ވިރެމުންދާ ހިތްމަގޭ- 2005 - މިފިލްމް ނިކުމެފައެއް ނުވެއެވެ.
  • ޖިންނި - 2010

ޑައިރެކްޓްކުރި ޑްރާމާތައް އުނިއިތުރު ގެންނަވާ

  • އައިޝާ - 1999
  • ރޭޝަމް - 2000
  • ތިޔޭ މިހިތުގެ ވިންދަކީ- 2004
  • ހިނިތުން ވެލާށޭ ކަލާ - 2007
  • ވަމޭ ކައިރީގައި ކަލާ- 2007
  • އަހަރެންގެ ޅަ ޑެޑީ- 2007

ޕްރޮޑިއުސްކުރި ފިލްމްތައް އުނިއިތުރު ގެންނަވާ

  • ވާލޯބި އެގޭނަމަ - 2007

ލިބިފައިވާ އެވޯޑްތައް އުނިއިތުރު ގެންނަވާ

ފައްތާޙްއަށް ލިބުނު އެވޯޑްތައް އުނިއިތުރު ގެންނަވާ

  • މުނިފޫހި ފިލުވުމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ އިނާމް - 2004
  • އެންމެ މޮޅު ޑައިރެކްޓަރު - އޮފީސް ތަކުގެ ޑްރާމާ މުބާރާތް - ވޭން
  • އެންމެ މޮޅު ޑައިރެކްޓަރު - އޮފީސް ތަކުގެ ޑްރާމާ މުބާރާތް - ޅަފުރާ
  • އެންމެ މޮޅު ޑައިރެކްޓަރު - އޮފީސް ތަކުގެ ޑްރާމާ މުބާރާތް - ވަދާޢު
  • ޖަޖުންހޮވި އެންމެ މޮޅު ޑައިރެކްޓަރު - ހުރީމޭ އިންތިޒާރުގާ - މިއަދު ކްރިސްޓަލް އެވޯޑް- 2007

ފައްތާޙް ޑައިރެކްޓްކުރި،ޕްރޮޑިއުސްކުރި ފިލްމްތަކުން ލިބުނު އެވޯޑްތައް އުނިއިތުރު ގެންނަވާ

  • އެންމެ މޮޅު ބެކްމިއުޒިކް - އޭނާ - މިއަދު ކްރިސްޓަލް އެވޯޑް - 2007
  • އެންމެ މޮޅު އެޑިޓަރު - އޭނާ - މިއަދު ކްރިސްޓަލް އެވޯޑް - 2007
  • އަންހެން އާމޫނު - މަރިޔަމް އަފީފާ - ވާލޯބި އެގޭނަމަ - މިއަދު ކްރިސްޓަލް އެވޯޑް - 2007
  • ފިރިހެން އާމޫނު - ރަވީ ފާރޫގް - ހުރީމޭ އިންތިޒާރުގާ - މިއަދު ކްރިސްޓަލް އެވޯޑް - 2007

ފައްތާޙް ޕްރޮޑިއުސްކުރި ވާލޯބި އެގޭނަމަ އަށް 5 ވަނަ ގައުމީ ފިލްމް އެވޯޑްގައި ލިބުނު އެވޯޑްތައް އުނިއިތުރު ގެންނަވާ

  • އެންމެ މޮޅު އެކްޓަރ : ޔޫސުފް ޝަފީޢު - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު އެކްޓްރެސް : މަރިޔަމް އަފީފާ - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް : ފާތިމަތު ފަރީލާ - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: މަހުދީ އަހުމަދު - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު އެޑިޓިންގ : އަލީ މުސްތަފާ - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ސްކޯރ : އިބްރާހިމް ނިފާރު - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު އޯޑިއޮގްރަފީ: މަހުދީ އަހުމަދު / އަލީ މުސްތަފާ - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން : ނާޒިޔާ އިސްމާއިލް - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ޑައިރެކްޓަރ : އަޙުމަދު ނިމާލް - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ކޮރިއޮގްރަފީ : "އަންނާށޭ" ފާތިމަތު ފަރީލާ - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު އަމިއްލަ ރާގު : ވާލޯބި އެގޭނަމަ / އިބްރާހިމް ނިފާރު - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ފިލްމް  : ވާލޯބި އެނގޭ ނަމަ

އަދިވެސް ބައްލަވާ ލައްވާ އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ