މަރިޔަމް ޒުހުރާ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ޒުހުރާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

ޒުހުރާ

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

ޒުހުރާ ވަނީ 2006 ވަނަ އަހަރުގެ ތެރޭގައި ދިވެހި ފިލްމް ތަކުގެ ގްރެފިކްސް ހެދުމަށް މަޝްހޫރު ސިރުހާން އާއި ކައިވެނި ކޮށްފައެވެ. 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ޒުހުރާ އާއި ސިރުހާން އަށް ވަނީ ދަރިޔަކު ލިބިފައެވެ.

ފިލްމީ ދާއިރާއަށް ނިކުތުން އުނިއިތުރު ގެންނަވާ

ޒުހުރާ ފިމްލީ ދާއިރާއަށް ނިކުތީ ވީޑިއޯ ލަވަޔަކުންނެވެ.

ކުޅެފައިވާ ފިލްމްތައް އުނިއިތުރު ގެންނަވާ

ޒުހުރާ ކުޅެފައިވާ ފިލްމް ތަކުގެ ތެރޭގައި އަދި ހިމެނެނީ ފީޗަރ އެންމެ ފިލްމެކެވެ. އެއީ ޢަބުދުލް ފައްތާހު ޑައިރެކްޓްކޮށް އެޕޯލޯ އެންޓަޓެއިންމެންޓް އިން ޕްރޮޑިއުސްކުރި ފިލްމް ހުރީމޭ އިންތިޒާރުގާ އެވެ. ހަމަ އެދުވަސްވަރު ކުޅުމަށް ސޮއިކުރި ވިރެމުންދާ ހިތް މަގޭ ރިލީޒް ވެފައެއް ނުވެއެވެ.

ޒުހުރާވަނީ ޓީވީ ބައެއް ޑްރާމާ ސިލްސިލާ ތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ. އެގޮތުން ޑައިރެކްޓަރ އަބުދުލް ފައްތާހްގެ ކުރަމޭ ވަދާޢީ ސަލާމް ،އަދި އާރިފާ އިބްރާހީމްގެ ވަގުތު ފާއިތު ނުވަނީސް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކުގައި ޒުހުރާ ހަރަކާތްތެރި ވެފައި ވެއެވެ

އަދިވެސް ބައްލަވާ ލައްވާ އުނިއިތުރު ގެންނަވާ