ޢައިޝަތު ރިޝްމީ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ރިޝްމީގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

ރިޝްމީ

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

ޢައިޝަތު ރިޝްމީ އަކީ މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރަޝީދާގެ ދަރިއެކެވެ. ދިވެހި ފިލްމީ ދާއިރާއަށް މަތީ ސާނަވީ ތައުލީމުގެ މަރުކަޒު ސީއެޗްއެސްއީ ނިންމުމަށް ފަހު ވަތް ޢައިޝަތު ރިޝްމީ މިހާރު ވަނީ ކައިވެންޏެއް ކޮށްފައެވެ. ރިޝްމީގެ ފިރިމީހާ އަކީ ރިޝްމީ އާއެކު ގިނަ ލަވަތަކެއްގައި ހަރަކާތްތެރި ވެފައިވާ އަހުމަދު އަޒްމީލް(އަޒޭ) އެވެ.

ފިލްމީ ދާއިރާއަށް ނިކުތުން އުނިއިތުރު ގެންނަވާ

ވަރަށް ކުރިއްސުރެ ތަފާތު ރޯލްތަކުން ރިޝްމީ ވަނީ ފެނިފައެވެ. އެއީ ކުޑަކުއްޖެއްގެ ގޮތުގައެވެ. ނަމަވެސް ފިލްމީ ތަރިއެއްގެ ގޮތުގައި ފުރަތަމަ ފެނުނީ ރަވީ ފާރޫގު އާއެކު ކުޅުނު ރަނިކަނބާ ނުވަތަ އޭ ޔާރާ އޭ ޔާރާ ކިޔާ ވީޑިއޯ ލަވަޔަކުންނެވެ.

 
ޢުމުރަށްވެސް އިންތިޒާރު ކުރާނަން

ކުޅެފައިވާ ފިލްމްތައް އުނިއިތުރު ގެންނަވާ

ޢައިޝަތު ރިޝްމީ ވަނީ ތަފާތު އެތައް ވީޑިއޯ ލަވަތަކެއް ކުޅެފައެވެ. އެގޮތުން އެންމެ ގިނައިން ލަވަކުޅެފައިވަނީ ފިރިމީހާ އަޒޭ އާއެކުގައެވެ. ޢައިޝަތު ރިޝްމީ ގެ މަންމަގެ މިއުޒިކް ގުރޫޕް ޔާރާ ޕްރޮޑަކްޝަން އިން އުފެއްދި އެތައް ވީސީޑީ އަދި އޯޑިއޯ ސީޑީ، ފަދަ ތަކެތި ހެދުމުގައި މަންމައާއި އެކު އައިޝަތު ރިޝްމީ ބައިވެރި ވެފައި ވެއެވެ.

ފިލްމް ލިސްޓް އުނިއިތުރު ގެންނަވާ

  • ކުޑަ ފޫޅުގެ ވަސްވާސް - 2006
އަހަރު ފިލްމް އެހެންތަރިން އެހެނިހެން ޑައިރެކްޓަރ ވާހަކަ ލިޔުނީ
2007 އުމުރަށްވެސް އިންތިޒާރުކުރާނަން އަޒޭ،އައިންތު ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން ރިޝްމީ ޑައިރެކްޓްކުރި ފިލްމެއް ރިޝްމީ ނޭގޭ
2008 ހުކުރު ވިލޭރޭ ޔޫއްޕެ،ޢައްޒާ،އައިންތު ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން ރިޝްމީ ޑައިރެކްޓްކުރި ފިލްމެއް ރިޝްމީ ބިންމާ އިބްރާހީމް ވަހީދު
2010 ފަނާ އަޒޭ،ޒީނަތު،ސޮލާހް،އައިންތު ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން ރިޝްމީ ޑައިރެކްޓްކުރި ފިލްމެއް ރިޝްމީ ބިންމާ އިބްރާހީމް ވަހީދު
2011 ކުށްވެރިޔަކީ ކާކުހޭ އަޒޭ ޝީރީން ފައިސަލް އަިޝަތު އަލިމަނިކު އައިޝަތު އަލިމަނިކު
2012 ހިޔްޔާރާ ދީފާ އަޒޭ، އައްޒަ، ޖުމާހު ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން އަޒްމީލް އަޒްމީލް
2013 ލަވްސްޓޯރީ ސީޒަން ފައްތާހު ބިންމާ ވަހީދު
2015 މިކޮއިބައްޕަބައޭބައޭ ރަވީ ޑާކް ރެއިން އެންޓަޓެއިންމެންޓް އަލީ ޝިފާޢު
2016 ވިޝްކާ ރަވީ، ސައީދު ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން ރިޝްމީ ރިޝްމީ ބިންމާ ވަހީދު

ކުޅެފައިވާ ޑްރާމާތައް އުނިއިތުރު ގެންނަވާ

  • ހުކުރު ވިލޭރޭ (ޑްރާމާއަކަށް ބަދަލުކޮށްފައި)
  • ހާދިސާ

އަދިވެސް ބައްލަވާ ލައްވާ އުނިއިތުރު ގެންނަވާ


އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ