ޖަމްޝީދާ އަޙުމަދު އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ޖަމްޝީދާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

ޖަމްޝީދާ އަހުމަދަކީ ޏ. ފުވައް މުލައް އަށް އުފަން ފިލްމީ ތަރި އެކެވެ. ޖަމްޝީދާ މިހާތަނަށް ދެކާވެންޏެއް ކޮށްފައި ވެއެވެ. އެއީ ފުރަތަމަ ކައިވެނި ކުރި ފުވައްމުލަކު މުޙައްމަދު ޙަސަން އަދި މިހާރު ކައިވެނިކޮށްގެން އުޅޭ ބުޝްރީ އެވެ. ބުޝްރީ އަކީ މާލޭގައި ހިންގާ މަޝްހޫރު މާވިއްކާ ފިހާރައިގެ ވެރިޔާ އެވެ. މިހާރު ޖަމްޝީދާ އަހުމަދު ދިރިއުޅެނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ ގައެވެ.

ފިލްމީ ދާއިރާއަށް ނިކުތުން އުނިއިތުރު ގެންނަވާ

ޖަމްޝީދާ އަޙުމަދު ފުރަތަމަ ފިލްމީ ދާއިރާ އަށް ނިކުތީ 1996 ވަނަ އަހަރު ވީޑިއޯ ލަވަޔަކުންނެވެ. ދިވެހި ޓީވީ އިން ކުރިން ރޯދަ މަހަށް ޚާއްޞަކޮށްގެން ފޮނުވާ ލަވަ ޕްރޮގްރާމް ވަސްމީރުއަށް ކުޅެދިން ލަވަކިޔުންތެރިޔާ ސަމީޢުގެ ނުދާށޭ ދޫކޮށްފާ ލޯބިވާ މިލަވައިން އޮޅިގަނޑު ގިރާކުރި ޖަމްޝީދާ އަކީ ބެލުންތެރިންގެ މަގްބޫލުކަން ވަރަށް ބޮޑަށް ހޯދި ތަރިއެކެވެ. މިބުނި ކުޅެފައިވަނީ އޭރުގެ ފިރިމީހާ މުޙައްމަދު ޙަސަން އާއެކުގައެވެ.

ކުޅެފައިވާ ފިލްމްތައް އުނިއިތުރު ގެންނަވާ

ޖަމްޝީދާ އަހުމަދު ފިލްމީ ދާއިރާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ތަފާތު އެތައް ފިލްމް ތަކެއްގައި ހަރަކާތްތެރި ވެފައި ވެއެވެ. ޖުމްލަ 16 ފިލްމް ކުޅެ، 80އަށްވުރެ ގިނަ ލަވަ ތަކުގައި އަދި ތަފާތު އެތައް ޑްރާމާ ތަކެއް ކުޅެފައި ވެއެވެ. އެގޮތުން ފާހަގަ ކުރެވޭ ބައެއް ފިލްމް ތަކުގެ ތެރޭގައި،1997 ވަނަ އަހަރު ނިކުތް ހިނިތުން، 1999 ވަނަ އަހަރު ނިކުތް މުޙައްމަދު ނިޔާޒް ޓެޑްރީގެ އަމާނާތް، 2000 ވަނަ އަހަރު ނިކުތް ޖީނިއަސް މޫވީސްގެ ގެ 2000ވަނަ އުފަންދުވަސް ، 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ނާއުއްމީދު ފަދަ ފިލްމް ތައް ހިމެނެއެވެ. މީގެ އިތުރުން އަތްބެއްގެ ލޯބި ފިރިއެެއްގެ ވާޖިބު އަދި ދެފިރިން ފަދަ ފިލްމް ތަކުގައި ވެސް ހަރަކާތްތެރި ވެފައި ވެއެވެ.

ޖަމްޝީދާ އަހުމަދު ވަނީ ވަރަށް ގިނަ ޓެލެޑްރާމާ ތަކާއި ޓީވީ ސިލްސިލާ ތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ. މިގޮތުން ޖަމްޝީދާ ހަރަކާތްތެރިވި އެންމެ ފާހަގަކުރެވޭ އެއް ސިލްސިލާ އަކީ 1999 ވަނަ އަހަރު ދިވެހި ޓީވީ އިން ތައްޔާރުކުރި ޑައިރެކްޓަރ އަބުދުލް ފައްތާޙް ގެ ޢައިޝާ އެވެ. ކުޅޭ ބޭބެ އަކީ ވެސް ފާހަގަ ކޮށްލެވޭ ސިލްސިލާ އެކެވެ.

ކުޅުނު ފިލްމްތައް އުނިއިތުރު ގެންނަވާ

  • ހިނިތުން
  • އަމާނާތް
  • 2000ވަނަ އުފަން ދުވަސް
  • އަތްބެއްގެ ލޯބި ފިރިއެއްގެ ވާޖިބު
  • ނާއުއްމީދު
  • ސިއްރު
  • ވެހޭވާރޭ ތެރެއިން
  • ދެފިރިން
  • ދަރި
  • ލޯބީގަ އަނިޔާ
  • ހިތި ނިމުން

ކުޅުނު ސިލްސިލާތައް އުނިއިތުރު ގެންނަވާ

  • އައިޝާ
  • ކުޅޭބޭބެ
  • ކަލާގެ ޙައްގުގައި

ލިބިފައިވާ އެވޯޑްތައް އުނިއިތުރު ގެންނަވާ

  • އެންމެ މޮޅު ބަތަލާ - ޖަމްޝީދާ އަހުމަދު - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އެވޯޑް - 2004

އަދިވެސް ބައްލަވާ ލައްވާ އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ