އަބޫބަކުރުގެފާނު

(މިސްރާބުކުރެވުނީ Abu Bakr އިން)

އަބޫބަކުރުގެފާނު (އަރަބިބަހުން: أبو بكر الصديق أبو بكر بن أبي قحاف) އަކީ މުސްލިމުންގެ ފުރަތަމަ ޚަލީފާއެވެ.

އަބޫބަކުރު (ރަޟިޔަﷲ އަންޙު)
ފައިލު:Tombstone of Umar.jpg
އަބޫބަކުރުގެފާނު ފަސްދާނު ލެވިފައިވާ ތަން
ވެރިކަން ކުރެއްވީ 632634
އުފަންވީ 573
މައްކާ, ސަޢުދީ އަރަބިޔާ
އަވަހާރަވީ 23 އޯގަސްޓް 634
މަދީނާ,ސަޢުދީ އަރަބިޔާ
Buried އައްމަސްޖިދުއް ނަބަވީ
ކުރިން ހުންނެވީ މުޙައްމަދުގެފާނު
ފަހުން ހުންނެވީ ޢުމަރުގެފާނު

ފުރިހަމަ ނަންފުޅަކީ ޢަބްދުﷲ ބިން ޢުޘްމާން ބިން ޢާމިރު ބިން ޢަމްރު ބިން ކަޢުބު ބިން ތައިމް ބިން މުއްރާ ބިން ކަޢުބު ބިން ލުއައްޔު (އަލް ޤުރަޝީ އައްތަމީމީ) އެވެ. ލަގަބަކީ އައްޞިއްދީޤު އެވެ. ބައްޕާފުޅަށް ޢާއްމުކޮށް ކިޔަނީ އަބޫ ޤުޙާފާ އެވެ. މަންމާފުޅަކީ (އުއްމުލް ޚައިރު) ސަލްމާ ބިންތި ޞަޚްރު ބިން ކަޢުބު ބިން ސަޢުދު (އައްތަމީމިއްޔާ) އެވެ. އެއީ ބައްޕާފުޅު އަބީ ޤުޙާފާގެ ބޮޑުބޭބެގެ ދަރިކަނބަލުންނެވެ. އުފަންވެވަޑައިގަތީ ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތްތާ ދެ އަހަރާއި މަސްތަކެއް ފަހުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ޢާމުލް ފީލް(އެތު އަހަރު) ގެ ދެ އަހަރާއި މަސްތަކެއް ފަހުންނެވެ. ވީމާ ބެލެވޭ ގޮތުގައި އެއީ މީލާދީން 573 ވަނަ އަހަރުގައެވެ.

އަބޫބަކުރުގެފާނަށް ޢަތީޤު އޭ ވެސް ކިޔައެވެ. މިބަހުގެ މާނައަކީ މުއްތި ވެފައިވާ މީހާ އެވެ. މިހެން އަބޫބަކުރުގެފާނަށް ކިޔުނީ ކީރިތި ރަސޫލާ އަބޫބަކުރުގެފާނާއި މުޚާޠަބު ކުރައްވައި ކަލޭގެފާނަކީ ނަރަކައިން މުއްތިވެގެންވާ މީހެކޭ މިފަދައިން ހަދީޘް ކުރައްވާފައި ވާތީ އެވެ. އަދި ޢަތީޤު އޭ ކިޔުނީ އަބޫބަކުރުގެފާނުގެ މޫނުގެ ބުރު ސޫރަ ރީތި ކަމާއި، ހަށިގަނޑުގެ ރީތިކަމަށް ނިސްބަތް ކޮށް ކަމަށް ވެސް ބުނެވެއެވެ.

ކުރިން ވެސް ބުނިހެން އައްޞިއްދީޤު މިއީ އަބޫ ބަކުރުގެ ފާނުގެ ލަގަބެވެ. މި ބަހުގެ މާނައަކީ ތެދުކުރާ މީހާ އެވެ. މިހެން އަބޫ ބަކުރުގެ ފާނަށް ކިޔުނީ ކީރިތި ރަސޫލާ ގެންނެވި ހިދާޔަތާއި ބަސްފުޅުތައް ތެދުކޮށް އަބޫ ބަކުރުގެ ފާނު އެންމެ ފުރަތަމަ އެކަންކަން ގަބޫލުފުޅު ކުރެއްވީތީ އެވެ. ޚާއްޞަކޮށް އިސްރާއުގެ ހާދިސާ ގަބޫލުފުޅު ކުރައްވާފައި ވާތީ ކަމަށް ބުނެވެއެވެ.

އެދުވަސްވަރު ގުރައިޝުންގެ ނުރުހުން އަބޫ ބަކުރުގެ ފާނަށް ލިބިފައި ވެއެވެ. އަބޫ ބަކުރުގެ ފާނަކީ ކީރިތި ރަސޫލާއަށް ފަހު އިސްލާމް ދީން ދުން އެންމެ މާތް މަތިވެރި އިމާމެވެ. އެއީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމް ދީން ގަބޫލު ފުޅު ކުރެއްވި ބޭފުޅާއެވެ. އެއީ ހިޖުރައިގެ ދަތުރުގައި ކީރިތި ރަސޫލާގެ ރަފީޤު ނުވަތަ ބައިވެރިޔާ އެވެ.


އިސްލާމްވެ ވަޑައިގަތުން

އުނިއިތުރު ގެންނަވާ

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން
 
އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 


އަބޫ ބަކުރުގެ ފާނަކީ ގުރައިޝުންގެ ބޮޑުންގެ ތެރޭގައި ހިމެނޭ ވިސްނުން ތޫނު ބޭފުޅެކެވެ. ވަރަޤަތު ބިން ނައުފަލްއާއި އަދި ކުރިން ބާވައި ލެއްވުނު ފޮތްތައް ދަންނަ ޢިލްމުވެރިންގެ ކިބައިން ޢަރަބިންގެ ރަށްތަކަށް ރަސޫލަކު ފޮނުއްވާނޭ ކަމުގެ ޚަބަރު އަބޫ ބަކުރުގެ ފާނަށް ވެސް އޮތީ އަޑުއިވިފައެވެ. އަދި މިބުނި ރަސޫލަކު ފޮނުއްވާނޭ ކަން ޔަމަނަށް ކުރެއްވި ދަތުރެއްގައި ބައްދަލުވި ޝޭޚެއްގެ ކިބައިން ވެސް އޮތީ ޔަގީން ވެފައެވެ. މިބުނި ޝޭޚް އަންނަން އުޅޭ ނަބިއްޔާއާއި، އެ ނަބިއްޔާގެ ކިބައިގައި ހުންނާނޭ ސިފަތަކާއި ބެހޭގޮތުން އަބޫ ބަކުރުގެ ފާނުގެ އަރިހުގައި ވާހަކަ ދައްކަވާފައި ވެއެވެ.

މިބުނި ދަތުރުން އަބުރައި މައްކާ އަށް ވަޑައިގެންނެވި ހިނދު ގުރައިޝުންގެ ބޮޑުންގެ ބަޔަކު އަބޫ ބަކުރުގެ ފާނުގެ އަރިހަށް ގޮސް އަބޫ ޠާލިބުގެ ދަރިކޮޅުން ޔަތީމަކު ރަސޫލު ކަމުގައި ފޮނުއްވައިފި ކަމުގެ ވާހަކަ އެބަ ދެކެވޭ ކަމުގައި ދެންނެވި އެވެ. އެހިނދު އަބޫ ބަކުރުގެ ފާނު ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން އެޚަބަރާއި ބެހޭގޮތުން ސުވާލު ކުރެއްވި އެވެ. އަދި ކީރިތި ރަސޫލާ އެކަން ހިގައި ދިޔަގޮތް އަބޫ ބަކުރުގެ ފާނަށް ދަންނަވައި އިސްލާމް ދީނަށް ވަނުމަށް ދަޢުވަތު ދެއްވި އެވެ. އެހިނދު އަބޫ ބަކުރުގެ ފާނު އިސްލާމް ދީން ގަބޫލު ކުރެއްވި އެވެ. އެހެން ކަމުން ކުރިން ވެސް ބުނިހެން މުސްލިމުންގެ ތެރެއިން ފުރަތަމަ އިސްލާމް ދީން ގަބޫލު ކުރެއްވި ބޭފުޅަކީ އަބޫ ބަކުރުގެ ފާނެވެ.

ހިޖުރަ ކުރެއްވުން

އުނިއިތުރު ގެންނަވާ

މާތް ﷲ އެކަލާންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރެއްވުމަށް އިޛުނަ ދެއްވި ހިނދު ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނަށް މަދީނާ އަށް ހިޖުރަ ކުރެއްވުމަށް އަމުރު ކުރެއްވި އެވެ. އަދި އަބޫ ބަކުރުގެ ފާނު ވެސް ކީރިތި ރަސޫލާގެ އަރިހުން މައްކާއަށް ހިޖުރަ ކުރެއްވުމަށް އެދި އިޛުނައަށް އެދި ވަޑައިގަތެވެ. އެހިނދު އަބޫ ބަކުރުގެ ފާނާއި މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވަނީ އެކަލާންގެ ތިބާއާއެކު ވަޑައިގަންނަވާނޭ ބައިވެރިއަކު ކަނޑައަޅުއްވަންދެން އަވަސްވެ ވަޑައި ނުގެން މަޑު ކުރައްވާށެވެ މިފަދައިންނެވެ.

އެއަށްފަހު ޖިބްރީލްގެ ފާނު ވަޑައިގެން ގުރައިޝުންގެ ބަޔަކު ކީރިތި ރަސޫލާ ގަތުލު ކުރައްވަން އުޅޭ ކަމުގެ ޚަބަރު ދެއްވި އެވެ. އަދި އެރޭ މައްކާގައި ރޭ ނުކުރައްވައި ހިޖުރައަށް ނިކުމެ ވަޑައިގަތުމަށް އަމުރު ކުރެއްވި އެވެ. އަދި ކީރިތި ރަސޫލާގެ ގެކޮޅުން ހިޖުރައަށް ނިކުމެ ވަޑައިގެންނެވި އެވެ. އޭރު ގުރައިޝުންގެ ތެރެއިން ބަޔަކު ކީރިތި ރަސޫލާގެ ގެކޮޅު ވަށައިގެން ހިގަހިނގާ ތިއްބެވި އެވެ. ނަމަވެސް މާތް ﷲގެ ކުޅަދުން ވަންތަ ކަމުން އެމީހުންގެ ލޯތަކަށް ކީރިތި ރަސޫލާ ފަރުދާ ކުރެއްވި އެވެ. ކީރިތި ރަސޫލާ ވެލިމުށެއް ނަންގަވައި އެމީހުންގެ ބޮލަށް ބުރުއްސަވާ ލެއްވި އެވެ. ނަމަވެސް އެމީހުންނަކަށް އެކަމެއް ނޭގެއެވެ.

އެއަށްފަހު ކީރިތި ރަސޫލާ އަބޫ ބަކުރުގެ ފާނުގެ ގެކޮޅަށް ވަޑައިގެންނެވި އެވެ. އަބޫ ބަކުރުގެ ފާނު އަވަހާރަ ލައްޕަވާފައި ވަނިކޮށް ހޭލައްވައި، ހިޖުރައަށް ނިކުމެ ވަޑައިގަތުމަށް މާތްﷲ އަމުރު ކުރައްވައިފި ކަމުގެ ޚަބަރު އަބޫ ބަކުރުގެ ފާނަށް ދެއްވި އެވެ. ޢާއިޝަތުގެ ފާނު ވިދާޅުވަނީ އެހިނދު އަބޫ ބަކުރުގެ ފާނު އުފަލުން ގޮސް ލޮލުން ކަރުނަ ފޭދުނު ތަން ތިމަން ދުށީމެވެ.

ކީރިތި ރަސޫލާއާއި އަބޫ ބަކުރުގެ ފާނު ހިޖުރައަށް ނިކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ފިލާ ވަޑައިގެން ތިއްބެވި އެވެ. 3 ދުވަސް ވަންދެން ހޮހަޅައިގައި ތިއްބެވުމަށްފަހު ނިކުމެ ވަޑައިގެން ހިޖުރައިގެ ދަތުރު ކުރިއަށް ގެންދިއުމަށް ފެއްޓެވި އެވެ. މަދީނާއަށް ވަޑައިގެންނެވޭނޭ މަގު އަބޫ ބަކުރުގެ ފާނަށް އެގިވަޑައި ގަންނަވައެވެ. މަދީނާއަށް ވަޑައިގެންނެވި މަގުމަތީގައި ތަފާތު މީހުންނާއި ބައްދަލުވެ ލެއްވި އެވެ. އަދި ބައެއް މީހުން އަބޫ ބަކުރުގެ ފާނުގެ އެކުވެރިއަކަށް ހުންނެވި ބޭފުޅާ އާއި ބެހޭގޮތުން ސުވާލު ކުރިއެވެ. އެހިނދު އަބޫ ބަކުރުގެ ފާނު ވިދާޅުވެފައިވަނީ އެއީ ހިދާޔަތުގެ މަގަށް ގޮވާލާ މީހާ އެވެ.

ކީރިތި ރަސޫލާއާއި އަބޫ ބަކުރުގެ ފާނު މަދީނާއަށް ވަޑައިގަތް ހިނދު މަދީނާގެ ރައްޔިތުން އެކަމާ އުފާފާޅުކޮށް ހެދިއެވެ. މުހާޖިރީންނާއި، އަންޞާރީން މަދީނާގެ ބިމުން ކީރިތި ރަސޫލާއާއި، އަބޫ ބަކުރުގެ ފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ. އުފާވެރިކަމުގެ މަދަޙައާއި ޅެންތަކާއި ލަވަތައް އެދުވަހު މަދީނާގެ އަހުލުވެރިން ކިޔާފައި ވެއެވެ. އޭގެ ތެރެއިން މަޝްހޫރު އެއް ޅެމަކީ ޠަލަޢަލް ބަދުރު ޢަލައިނާ... މިޢިބާރާތުން ފަށާފައިވާ ޅެމެވެ.

މުޝްރިކުންގެ ދުއްތުރާއާއި، އަނިޔާވެރިކަމާ ކުރިމަތި ލެއްވުން

އުނިއިތުރު ގެންނަވާ

އަބޫ ބަކުރުގެ ފާނަކީ ގުރައިޝުންގެ ތެރޭގައި ހައިބަތާއި މަތިވެރި މަގާމް ލިބިފައިވާ ބޭފުޅަކަށް ވުމުން އާދައިގެ މުސްލިމުންނަށް މުޝްރިކުންގެ ފަރާތުން ކުރިމަތިވި، އުދަގުލާއި، ދުއްތުރާތައް އަބޫ ބަކުރުގެ ފާނަށް ލިބި ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް މުޅިން އެމީހުންގެ އުދަގޫތަކުން މިންޖު ވެފައެއް ވެސް ނުވެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ ގެފުޅަށް ވަޑައިގެންނެވި ހިނދު މުޝްރިކުން ކީރިތި ރަސޫލާ ވަށާލި އެވެ. އަދި ކީރިތި ރަސޫލާގެ އިހާލާއި ބެހޭގޮތުން ސުވާލު ކުރެއްވި އެވެ. ކީރިތި ރަސޫލާ ތެދުބަހުން ޖަވާބު ދެއްވުމުން މުޝްރިކުން ކީރިތި ރަސޫލާގެ ވަށައިގެން ތަޅާ އަނިޔާ ކުރަން ފެށިއެވެ. މިޚަބަރު އަބޫ ބަކުރުގެ ފާނަށް ލިބުމުން ގެފުޅަށް ވަޑައިގެން ވިދާޅު ވިއެވެ. ކަލޭމެންނަށް ހަލާކު ހުއްޓެވެ. ﷲ އީ ތިމަންގެ ކަލާންގެ ކަމުގައި ބުނާ މީހަކު ތިޔަބައިމީހުން ތިޔަ ގަތުލު ކުރަނީ ހެއްޔެވެ؟. އެހިނދު މުޝްރިކުން ކީރިތި ރަސޫލާ ދޫކޮށް އަބޫ ބަކުރުގެ ފާނަށް އަނިޔާ ކުރަން ފެށިއެވެ. އަބޫ ބަކުރުގެ ފާނުގެ އަހުލު ބައިތުން އައިސް އަބޫ ބަކުރުގެ ފާނު ގެންދަވަންދެން މުޝްރިކުން އަނިޔާ ކުރިއެވެ. އަބޫ ބަކުރުގެ ފާނުގެ ހަގީގީ ސޫރަ އެއަނިޔާގެ ސަބަބުން ގެއްލިގެން ދިޔަކަމަށް ވެއެވެ.

ޖިހާދު ކުރެއްވުން

އުނިއިތުރު ގެންނަވާ

ކީރިތި ރަސޫލާގެ ޙަޔާތުގައި ކުރިމަތި ލެއްވި ޖިހާދު ތަކާއި، އެކި ކަންކަމުގައި ޞާހިބެއްގެ ގޮތުން އެންމެ އަރިހުގައި ހުންނެވި އެއް ބޭފުޅަކީ އަބޫ ބަކުރުގެ ފާނެވެ. ބަދުރު ހަގުރާމައިގައި ކީރިތި ރަސޫލާގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ހަގުރާމަ ހިގަމުންދާނޭ ގޮތް ބެއްލެވުމަށް ފޭލިގެއެއް ފަދަ ތަނެއް ބިނާކުރެއްވުމަށް ކީރިތި ރަސޫލާއަށް ލަފާ ދެއްވި އެވެ. އުޙުދު ހަގުރާމަ އާއި ޚަންދަޤު ހަގުރާމައިގައި ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ޞުލްޙުލް ހުދައިބިއްޔާގެ އެއްބަސްވުމުގައި ވެސް ބައިވެރި ވަޑައިގެންފައި ވެއެވެ. ތަބޫކު ހަގުރާމަައިގައި މުސްލިމުންގެ ސަފުގައި އިސްލާމީ ދިދަ އުފުއްލެވީ ވެސް އަބޫބަކުރުގެ ފާނެވެ. އަދި ޙުނައިނު ހަގުރާމައިގައި ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކުރެއްވި މަސައްކަތްތަކާއި، ކުރިމަތި ލެއްވި ހާދިޘާތައް

އުނިއިތުރު ގެންނަވާ

ވަރަށްގިނަ މަސައްކަތްތަކާއި ކަންތައްތައް އިސްލާމް ދީނުގެ މަގުގައި އަބޫ ބަކުރުގެ ފާނު ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ފާހަގަ ކޮށްލެވެއެވެ.

ﷲ ގެ މަގުގައި ވަރަށް ގިނަ މުދަލާއި ފައިސާ ހޭދަ ކުރެއްވި އެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ. އަބޫ ބަކުރުގެ ފާނުގެ މުދަލާއި ފައިސާއިން މަންފާކުރި ވަރަށް އެހެން މީހެއްގެ މުދަލާއި ފައިސާއިން ތިމަން ކަލޭގެ ފާނަށް މަންފާއެއް ނުވެއެވެ. އެހިނދު އަބޫ ބަކުރުގެ ފާނުގެ ލޮލުން ކަރުނަ ފޭދި ވިދާޅު ވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅާއާއި، އަޅާގެ މުދާ އެއީ ތިބާ ނޫން އެހެން މީހެއްގެ އެއްޗެއް ހެއްޔެވެ؟. އަބޫ ބަކުރުގެ ފާނުގެ ފައިސާއިން 7 އަޅުން މިނިވަންކޮށް އިސްލާމް ކުރެއްވި އެވެ. އޭގެ ތެރޭގައި ބިލާލް ބިން ރިބާޙް އަދި ޢާމިރު ބިން ފުހައިރާ ފަދަ ބޭފުޅުން ހިމެނެއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުން މީސްތަކުންގެ މެދުގައި ފިތުނައާއި ޚިޔާލު ތަފާތު ވުންތައް އުފެދިގެން ދިޔައެވެ. އެހިނދު ޢުމަރުގެ ފާނު ވިދާޅު ވިއެވެ. ހަމަ ކަށަވަރުން ﷲގެ ރަސޫލާ ސުވަރުގެ ވަޑައެއް ނުގަންނަވައެވެ. އަދި އެހެން ކިޔައިގެން ވާހަކަ ދަައްކާ މީހެއް ނަމަ އެމީހެއްގެ ގައިގައި ތިމަން މިކަނޑިން ޖަހާ ހުށީމެވެ. އެހިނދު އަބޫ ބަކުރުގެ ފާނު ވިދާޅުވިއެވެ. އޭ މީސްތަކުންގެ ތެރެއިން މުޙައްމަދުގެ ފާނަށް ތަބާވީ މީހުންނޭވެ. ހަމަކަށަވަރުން މުޙައްމަދުގެ ފާނު ސުވަރުގެ ވަޑައިގެންފި އެވެ. އަދި މާތްﷲ އަށް ތަބާވެ އެކަލާންގެ އަށް އަޅުކަންކުރާ އަހުލުވެރީންނޭވެ. ހަމަކަށަވަރުން މާތްﷲއީ ދާއިމަށް ދިރި ދެމިވޮޑިގެންވާ ރަސްކަލާންގެ އެވެ.

ޚަލީފާ ކަމުގެ ކުރީކޮޅު އިސްލާމްދީނާއި ދެކޮޅުވެ، ބައެއް ގަބީލާތަކުގެ މީހުން މުރުތައްދުވެގެން ދިޔަ މައްސަލަ ފެންމަތިވެގެން އައެވެ. ބައެއް ގަބީލާ ތަކުގެ މީހުން ޒަކާތުގެ ފައިސާ ދެއްކުމަށް އިދިކޮޅު ހަދަމުން ގެންދިޔައެވެ. އެހިނދު އަބޫ ބަކުރުގެ ފާނު އެމީހުންނާއި ހަގުރާމަ ކުރެއްވުމަށް ލަޝްކަރެއް ތައްޔާރު ކުރައްވައި އިސްވެ ހުންނަވައިގެން ނިކުމެ ވަޑައިގަތުމަށް ނިންމެވި އެވެ. ނަމަވެސް ޢަލީގެ ފާނުގެ އެދި ލެއްވުމަށް އަބޫ ބަކުރުގެ ފާނުގެ ބަދަލުގައި ޚާލިދު ބިން ވަލީދު ވެރިއަކަށް އިސްކުރެއްވި އެވެ. އަދި ޚާލިދު ބިން ވަލީދު އިސްވެ ހުންނަވައިގެން އަސަދު އަދި ފިޒާރާ ދަރިކޮޅުގެ މީހުންގެ ތެރެއިން މުރުތައްދުވި މީހުންނާއި ހަގުރާމަ ކުރެއްވި އެވެ. އެއަަށްފަހު ޔަމާމާ އަށް ވަޑައިގެން މުސައިލިމާ ބިން ޚަޞްރު އާއި ހަގުރާމަ ކޮށް ޙަނީފާ ދަރިކޮޅު ގެ މައްޗަށް ނަޞްރު ހޯއްދެވި އެވެ. އަދި މުސައިލިމާ ގަތުލު ކުރެއްވި އެވެ. އެއަށްފަހު ރޫމީންނާއި ކުރި ޔަރުމޫކް ހަގުރާމައިގައި ވެސް ނަޞްރު ހޯއްދެވިއެވެ.

ޚަލީފާ ކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 11 ވަނަ އަހަރު ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ފަހު ގައެވެ. އަޖަލު ޖެހެން ކައިރިވެއްޖެކަން އިހްސާސް ވުމުން ޢުމަރުގެ ފާނު ޚަލީފާ ކަމަށް އިސްކުރެއްވުމަށް ސިއްރިޔާތުގައި ޞަހާބީންނާއި މަޝްވަރާ ކުރެއްވި އެވެ. އަދި ގިނަ ބަޔަކު އެކަމާ އެއްބަސްވެ ވަޑައިގަތެވެ.

ވިދާޅުވެފައިވާ ވިދާޅުވުންތައް

އުނިއިތުރު ގެންނަވާ

އަބޫ ބަކުރުގެ ފާނު ވިދާޅުވެފައި ވެއެވެ. ދުނިޔޭގެ ޒީނަތްތެރި ކަމުގެ ތެރެއިން ކަމަކަށް އިންސާނާ ބޮޑާވެ ގަނެއްޖެ ނަމަ އެބޮޑާކަން ދޫކޮށްލަންދެން އެމީހެއްގެ މައްޗަށް ﷲ ގެ ރުހިވޮޑި ގަތުން ނުވެއެވެ.

ދުނިޔެ ދޫކުރެއްވުމުގެ ކުރިން ޢުމަރުގެ ފާނާއި މުޚާތަބުކޮށް ވިދާޅު ވިއެވެ. އޭ ޢުމަރު އެވެ. ރަސޫލާގެ އަޞްޙާބީންގެ ވެރިއެއްގެ ގޮތުގައި އަހަރެން ކަލޭގެ ފާނު ކަނޑައަޅައިފީމެވެ. ހަމަކަށަވަރުން މާތް ﷲ ރޭގަނޑު ކުރައްވަން ކަނޑައަޅުއްވާފައިވާ ކަމެއް ދުވާލު ގަބޫލު ނުކުރައްވަތެވެ. އަދި ދުވާލު ކުރަންވަން ކަނޑައަޅުއްވާފައިވާ ކަމެއް ރޭގަނޑު ގަބޫލު ނުކުރައްވަތެވެ. ފަހެ ގިޔާމަތް ދުވަހުން އެމީހެއްގެ ތިލަފަތް ބަރުވާހުށީ ޙައްގަށް ތަބާވެ، ހެޔޮ ޢަމަލުތައް ގިނަ ކުރުމުންނެވެ. އަދި ބާޠިލް ކަންކަމާއި ނުބައި ކަންކަމަށް ތަބާވީ މީހުންގެ ތިލަފަތް އެދުވަހުން ލުއިވާ ހުއްޓެވެ....

އަވަހާރަވީ ހިޖުރައިން 13 ވަނަ އަހަރުގެ ޖުމާދިލް އާޚިރާ މަހުގައެވެ. އަވަހާރަވީ ހުކުރު ދުވަހެއްގައި ކަމަށް ބުނެވެއެވެ. އެހެން ރިވާޔަތެއްގައި ބުނެވެނީ އަންގާރަ ދުވަހެއްގައި ކަމަށެވެ. އަބޫ ބަކުރުގެ ފާނުގެ މައްޗަށް އިސްވެ ކަށު ނަމާދު ކުރެއްވީ ޢުމަރުގެފާނެވެ. އަބޫބަކުރުގެފާނުގެ އަވަހާރަވީ ރަސޫލާއަށްވުރެ 2 އަހަރާއި ދެތިން މަސް ފަހުންނެވެ. އުފަންވެ ވަޑައިގަތީ ވެސް 2 އަހަރާއި ދެތިން މަސް ފަހުންނެވެ.

އަވަހާރަވީ އިރު އުމުރުފުޅަކީ 63 އަހަރެވެ. ކީރިތި ރަސޫލާ އަވަހާރަވީ އިރުވެސް އުމުރުފުޅަކީ ވެސް 63 އަހަރެވެ. ޚަލީފާކަން 2 އަހަރާއި 3 މަހާއި ދުވަސްކޮޅެއް ވަންދެން ކުރައްވާފައި ވެއެވެ.

އަދި އިތުރަށް ބައްލަވާލައްވާ

އުނިއިތުރު ގެންނަވާ