ރޯދަ އަކީ ކޮންމެ އަހަރަކު ރަމަޟާން މަހުގައި އަދާ ކުރުމަށް މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ އަޅުކަމެކެވެ.  ރޯދައަކީ: ﷲ އަށް އަޅުކަމުގެ ގޮތުން، ފަޖުރުގެ އަލިކަން ފާޅު­ވީއްސުރެ އިރު­އޮއްސެން­ދެން ރޯދަ ގެއްލޭ އެންމެ­ހައި ކަން­ތައް­ތަކުން ދުރުވެ ހުރުމެވެ.[1] ރަމަޟާންމަހު ރޯދަ ހިފުމަކީ: އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ހަތަރުވަނަ ރުކުނެކެވެ.

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

އިސްލާމް ދީނުގައި ރޯދައި ބައެއް ޙުކުމްތައް

އުނިއިތުރު ގެންނަވާ

ރޯދައަކީ: ﷲ އަށް އަޅުކަމުގެ ގޮތުން، ފަޖުރުގެ އަލިކަން ފާޅު­ވީއްސުރެ އިރު­އޮއްސެން­ދެން ރޯދަ ގެއްލޭ އެންމެ­ހައި ކަން­ތައް­ތަކުން ދުރުވެ ހުރުމެވެ.

ރަމަޟާންމަހުގެ ރޯދައަކީ: އިސްލާމްކަމުގެ މަތިވެރި ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ.

بُنِيَ الْإسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ البْْيتِ، وَصَوْمِ رَمَضَانَ

މާނައީ: އިސްލާމް­­ދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ މެނުވީ ޙައްޤު­ވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމް­ކުރުމާއި، ޒަކާތް­­ދިނުމާއި، ގެފުޅަށް ޙައްޖު­ވުމާއި، ރަމަޟާންމަހު ރޯދަހިފުމެވެ. [ބުޚާރީއާއި މުސްލިމް]

ރޯދައިގެ ޙުކުމުގައި މީސްތަކުން ބެހޭ ބައިތައް[1]

އުނިއިތުރު ގެންނަވާ
  1. ބާލިޣުވެ، ބުއްދި ސަލާމަތުން ހުރެ، ރަށުގައި ޤާއިމްވެ ހުރި، ކުޅަދާނަ­ކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ރޯދަ ހިފުން ވާޖިބުވެގެން ވެއެވެ.
  2. ކާފަރަކަށް ރޯދައެއް ނުވެއެވެ. އަދި އިސްލާމް ވިޔަސް އެ ރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ.
  3. ބާލިޣު ނުވާ ކުޑަކުއްޖަކަށް ރޯދަ ވާޖިބެއް ނުވާނެއެވެ. އެކަމަކު އޭނާ އެކަމަށް ހޭނުވުމަށްޓަކައި ރޯދަ ހިފަން އަމުރުކުރާނީއެވެ.
  4. (ބުއްދި ފިލައިފައިވާ) މޮޔަ މީހާގެ މައްޗަށް ރޯދަ ވާޖިބެއް ނުވާނެއެވެ. އަދި އޭނާއީ ބޮޑުމީހަކަށް ވިޔަސް އެ ދުވަސްތަކުގެ ބަދަލުގައި (މިސްކީނަކަށް) ކާންދޭކަށް ވެސް ނުޖެހޭނެއެވެ. ކަންކަން ވަކިކުރަން ނޭނގޭ، ސިކުނޑި ހަމަނުޖޭ މީހާއާއި މުސްކުޅިވެ ތަންދޮރު ވަކިކުރަން ނޭނގޭ، މޮޔަގޮވާ މީހާވެސް އެފަދައެވެ.
  5. މުސްކުޅިބަލީގެ ސަބަބުން ނުވަތަ ފަސޭހަވާނޭ ކަމުގެ އުންމީދެއް ނެތް ބައްޔެއްގެ ސަބަބުން ރޯދަ ހިފަން ނުކުޅެދޭ މީހާ، ރޯދަ ހިފަން ޖެހޭ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ.
  6. ފަސޭހަވާނޭ ކަމަށް ބެލެވޭ ބައްޔެއް ޖެހިފައިވާ މީހާ، އޭނާގެ މައްޗަށް ރޯދަހިފުން ބުރަ ކަމަކަށް ވެއްޖެނަމަ ރޯދަ ދޫކޮށްލާނީއެވެ. އަދި ބަލި ފަސޭހަވުމުން އެ ރޯދަ ޤަޟާކުރާނީއެވެ. ރޯދަހިފުމުގެ ވަގުތާ ދިމާކޮށް (ފަސޭހަވެދާ ފަދަ ބައްޔަކުން) ބަލިވެއްޖެ މީހާ އޭނާއަށް ރޯދަހިފުން ބުރަ ކަމަކަށް ވާނަމަ ރޯދަ ދޫކޮށްލާނީއެވެ.
  7. މާބަނޑުމީހާއާއި، ކިރުދޭ މައިމީހާ، މާބަނޑުވުމުގެ ސަބަބުން ނުވަތަ ކިރުދިނުމުގެ ސަބަބުން، އޭނާގެ މައްޗަށް ބުރަވާ ނަމަ، ނުވަތަ ދަރީގެ މައްޗަށް ބިރުހީވާ ނަމަ، ރޯދަ ދޫކޮށް، ފަހުން އެކަން ފަސޭހަވުމުން ނުވަތަ ބިރު ފިލައި ދިޔުމުން އެ ރޯދަ ޤަޟާކުރާނީއެވެ.
  8. ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ: ޙައިޟުވެރިވެފައިވާ ޙާލު ނޫނީ ނިފާސްކަމުގައި ވާ ޙާލު ރޯދަ ހިފައިގެން ނުވާނެއެވެ. އެ ރޯދަ ފަހުން ޤަޟާކުރާނީއެވެ.
  9. މަޖުބޫރުވެފައިވާ މީހާ: މީހަކު ޣަރަޤުވުމުން ނުވަތަ އަލިފާނަކުން ސަލާމަތްކުރުން ފަދަ ކޮންމެހެން ކުރަންޖެހޭ ކަމަކަށްޓަކައި ރޯދަ ވީއްލަން ޖެހިއްޖެ މީހާ ރޯދަ ދޫކޮށް ފަހުން ޤަޟާކުރާނީޢެވެ.
  10. ދަތުރުވެރިޔާ: އޭނާ އެދޭނަމަ ރޯދަ ހިފާނީއެވެ. ނުވަތަ އެދޭނަމަ ރޯދަ ދޫކޮށް ފަހުން އެ ރޯދަ ޤަޟާކުރާނީއެވެ. އެއީ ކުއްލިއަކަށް ކުރަން ޖެހޭ (މިސާލަކަށް ޢުމްރާ ދަތުރު ފަދަ) ދަތުރަކަސް ނޫނީ (ދުރުދަތުރު ކުރާ ޓެކްސީ ދުއްވުން ފަދަ) ދާއިމީ ދަތުރަކަސް އޭނާ ރަށުން ބޭރުގައި ވާނަމަ ހަމަ އެފަދައެވެ.

ރޯދަވެރިޔާގެ ރޯދަ ގެއްލުވާލާ ކަންކަން[1]

އުނިއިތުރު ގެންނަވާ
  • ހަނދާން ނެތިގެން، ނޫނީ ނޭނގިގެން، ނޫނީ މަޖުބޫރު ވެގެން ރޯދަގެއްލޭ ފަދަ އެއްޗެއް ބޭނުންކުރަން ޖެހިއްޖެ ނަމަ އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. ދަލީލަކީ ﴿رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ﴾ [ބަޤަރާ 286] “އަޅަމެންގެ ރައްބެވެ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއް ނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!” މި އާޔަތާއި، ﴿إِلَّا مَنۡ أُكۡرِهَ وَقَلۡبُهُۥ مُطۡمَئِنُّۢ بِٱلۡإِيمَٰنِ﴾ [އައްނަޚްލު 106] “އީމާންކަމަށް، އެ މީހާގެ ހިތްހަމަޖެހިގެންވާ ޙާލު، މަޖުބުރުވެގެންވާ މީހާ މެނުވީ…” މި އާޔަތެވެ.
  • ރޯދަވެރިޔާ ހަނދާންނެތިގެން އެއްޗެއް ކެވުނަސް ނުވަތަ ބޮވުނަސް ރޯދަ ފާސިދެއް ނުވާނެއެވެ. އެއީ އޭނާއަށް ހަނދާންނެތުނީމައެވެ.
  • ފަޖުރުނުލާކަމަށް، ނޫނީ އިރު އޮއްސިއްޖެ ކަމަށް ޔަގީންވެގެން، އެ އިޢުތިޤާދުގެ މަތީ ކެވުނަސްް ބޮވުނަސް ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އޭނާއަކީ އެކަމާމެދު ޖާހިލެކެވެ.
  • ވުޟޫކޮށް އަނގަ ދޮންނަ އިރު ގަސްދަކާ ނުލައި ކަރުތެރެއަށް ފެންފޮދެއް ދިޔަޔަސް ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އެއީ އޭނާ ގަސްދުގަ ކުރި ކަމެއް ނޫނެވެ.
  • ރޯދަވެރިޔާ ނިދީގައި އިޙްތިލާމް ވިޔަސް (އެބަހީ: މަނި ބޭރުވުން ފަދަ، އެކަމެއްގެ ސަބަބުން ހިނައިގަންނަން ޖެހޭ ފަދަ ކަމެއް ނިދީގައި ދިމާވިޔަސް) ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އެއީ އޭނާގެ އިޚްތިޔާރުގަ ކުރި ކަމެއް ނޫނެވެ.

ރޯދަގެއްލޭ އަށް ކަންތައް[1]

އުނިއިތުރު ގެންނަވާ
  1. ޖިމާޢުވުން: ރޯދަ ވާޖިބުވާ މީހަކު ރޯދަމަހު ދުވާލު ރޯދައަށް ހުރެ ޖިމާޢުވެއްޖެނަމަ އޭނާއަށް ވާޖިބުވެގެން ވަނީ ރޯދަ ޤަޟާކުރުމާއެކު ބުރަ ކައްފާރާއެއް އަދާކުރުމެވެ. އެއީ އަޅަކު މިނިވަންކުރުމެވެ. އެކަން ވާން ނެތްނަމަ ވިދިވިދިގެން ދެމަހު ރޯދަހިފުމެވެ. އެކަމަށް ވެސް ކުޅަދާނަވެގެން ނުވާނަމަ، 60 މިސްކީނުންނަށް ކާންދިނުމެވެ.
  2. މަނި ބޭރުކުރުން: އަމިއްލައަށް (ނިދީގައި ނޫން ގޮތަކަށް) މަނިބޭރުކޮށްގެން ނުވަތަ ބީހިގެން ނުވަތަ ބޮސްދީގެން ނުވަތަ ބައްދައިގެން ފަދަ ކަމަކުން ބޭރުވުން.
  3. ކެއުމާއި ބުއިން: އެއީ ފައިދާހުރި އެއްޗަކަސް، ނުވަތަ ސިގަރޭޓު ދުން ފަދަ ގެއްލުންހުރި އެއްޗަކަސް ހަމަހަމައެވެ.
  4. ގައިގައި ބާރުޖައްސާ އައިވީ އިންޖެކްޝަން ފަދަ ތަކެތި ބޭނުން­ކުރުން. އެހެނީ އެއީ ކެއިންބުއިމުގެ ބަދަލުގައި ދެވޭ އެއްޗެކެވެ. އެކަމަކު ބާރުނުޖައްސާ އިންޖެކްޝަން ނާރުތެރެއަށް ނުވަތަ މަސްގަނޑަކަށް ޖެއްސަސް، ކަރުތެރޭ ރަހަލިޔަސް ނުލިޔަސް ރޯދައެއް ނުގެއްލޭނެއެވެ.
  5. ލޭ އެޅުން: މިސާލަކަށް ރޯދަވެރިޔާގެ ހަށިގަނޑުން ލޭއައިސްގެން އޭގެ ބަދަލުގައި ލޭ އެޅުން.
  6. ޙައިޟުގެ ނުވަތަ ނިފާސްކަމުގެ ލޭ އައުން.
  7. ކަވާޖެހުން (ޙިޖާމާ ނުވަތަ ކަޕިންގ) ފަދަ ކަމަކުން ލޭ ބޭރުކުރުން. ނަމަވެސް އަމިއްލައަށް ލޭ އައުމުން (މިސާލަކަށް ނޭފަތުން ލޭއައުން، ދަތް އުފުރިގެން ލޭއައުން) ފަދަ ކަންކަމުން ރޯދަ ނުގެއްލޭނެއެވެ. އެހެނީ އެއީ ޙިޖާމާފަދަ ކަންކަމެއް ނޫނެވެ.
  8. ގަސްތުގައި ހޮޑުލުން. ގަސްތަކާ ނުލައި ހޮޑު ލެވުނަސް ރޯދައެއް ނުގެއްލޭނެއެވެ.
  1. 1.0 1.1 1.2 1.3 މުޙައްމަދް ބިން ޞާލިޙުލް ޢުޘައިމީން (1401.ހ) نبذ في الصيام [ލީފްލެޓް]