ސުއްނަތް
ސުއްނަތަކީ މުޙައްމަދުގެފާނު އުޅުއްވި ގޮތްކޮޅެވެ. ބަހުގެ ގޮތުން ސުންނަތުގެ މާނައަކީ ގޮތް ނުވަތަ ސިޔަރަތެވެ. (ރަނގަޅު ނުވަތަ ނުރަނގަޅު ވިޔަސްމެއެވެ.) ޤުރުއާނާއި ޙަދީޘުގައި މި މާނައިގައި ސުންނަތް ވާރިދުވެފައި ވެއެވެ.
|
އެކި އިޞްޠިލާޙުތަކުގައި ސުންނަތުގެ ތަޢުރީފު
އުނިއިތުރު ގެންނަވާފިޤުހު ޢިލްމުވެރިންގެ އަރިހުގައިގައި
އުނިއިތުރު ގެންނަވާއެއީ ކީރިތިރަސޫލާ ﷺ ގެ އަރިހުން ވާރިދުވެފައިވާ ވާޖިބުނޫން ކަންކަމެވެ. ނުވަތަ އެކަލޭގެފާނުގެ އަރިއަހުން ޞައްޙަ އަދި ޞަރީހަކޮށް ސާބިތުވެފައިވާކަންކަމުގެ ތެރެއިން އެކަމެއް ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލުމުން ޢަޒާބު ނުލިބޭ ކަންކަމެވެ.
އުޞޫލުލް ފިޤުހު ޢިލްމުވެރިންގެ އަރިހުގައި
އުނިއިތުރު ގެންނަވާއެއީ ޤުރުއާން ފިޔަވައި ކީރިތި ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިމަތިފުޅުގައި އެކަމެއް ހިނގިއިރު، ނުވަތަ އެކަމެއްގެ ޚަބަރު ލިބިވަޑައިގަތުމުން ވެސް މަނާނުކުރައްވާ ކަންކަމެވެ. އަދި ބައެއް ދަންނަބޭކަލުންގެ ނަޒަރުގައި އެކަލޭގެފާނުގެ ޚުލުޤީ (އަޚުލާޤީ) ސިފަފުޅުތައްވެސް ހިމެނިގެން ވެއެވެ.
ޙަދީޘު ޢިލްމުވެރިންގެ އަރިހުގައި
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙަދީޘް
އެއީ ކީރިތި ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއް ހިނގިއިރު ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމާއި އެކަލޭގެފާނުގެ ޚުލުޤީ ސިފަފުޅުތަކާއި (އޯގާތެރިކަމާއި ތެދުވެރިކަން ފަދަ ސިފަފުޅުތައް) އެކަލޭގަފާނުގެ ޚަލްޤީ ސިފަފުޅުތަކެވެ.
ސުންނަތުގެ ޙުއްޖިއްޔަތު
އުނިއިތުރު ގެންނަވާކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ ޝަރީޢަތުގެ ބައެއް ކަމުގައި ހުރިހާ މުސްލިމުން އިއްތިފާޤުވެއެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން ދެވަނަ މަސްދަރެވެ. ކީރިތި ޤުރުއާނުން މިކަމުގެ ހެކި ލިބެއެވެ.
ﷲ ވަޙީކުރެއްވިއެވެ.
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ﴾ މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސް ކިޔަމަންވާށެވެ!"
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوۡاْ عَنۡهُ وَأَنتُمۡ تَسۡمَعُونَ﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއިވޭ ޙާލު ތިޔަބައިމީހުން އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!"
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުން ބާޠިލުކޮށްނުލާށެވެ!"
﴿مَن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا﴾ "ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ."
﴿وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ﴾ "އަދި، ﷲ އަށާއި، ރަސޫލާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ."
﴿وَإِن تُطِيعُوهُ تَهۡتَدُواْۚ﴾ "އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ."