ބިލިއަރީ ނިޒާމް
ބިލިއަރީ ނިޒާމް ގައި ހިމެނޭ ބައިތައް
އުނިއިތުރު ގެންނަވާހެޕަޓިކް ޑަކްޓްތައް
އުނިއިތުރު ގެންނަވާފުރަމޭގެ ކޮންމެ ލޯބަކުން ހެޕަޓިކް ޑަކްޓް އެއް ނިކުމެފައި އިނދެއެވެ. އެހެންކަމުން ފުރަމޭ ގެ ކަނާތް ފަރާތް އަދި ވާތް ފަރާތުން އައިސްފައިވާ ދެ ހެޕަޓިކް ޑަކްޓް(އިނގިރޭސި ބަހުން: Hepatic duct) ގުޅިގެން ކޮމަން ހެޕަޓިކް ޑަކްޓް އުފެދެއެވެ.
ކޮމަން ހެޕަޓިކް ޑަކްޓް
އުނިއިތުރު ގެންނަވާކޮމަން ހެޕަޓިކް ޑަކްޓް(އިނގިރޭސި ބަހުން: Common hepatic duct) އަކީ ގާތްގަނޑަކަށް 1 އިންޗީގެ ދިގުމިން ހުންނަ ކުރު ޑަކްޓެކެވެ. މިޑަކްޓް ތިރިއަށް ގޮސްފައި އިންނަނީ ޕޯޓަލް ވެއިން ކުރިމަތިން ފުރަމޭ އާޓަރީ ގެ ކަނާތް ފަރާތުންނެވެ. އަދި ފިތް އިން ނިކުމެފައިވާ ސިސްޓިކް ޑަކްޓް އާއި އެކުވެގެން، ބައިލް ޑަކްޓް އުފެދެއެވެ.
ފިތް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފިތް
ފިތް(އިނގިރޭސި ބަހުން: Gall bladder) އަކީ އިންސާނާގެ ފުރަމޭގެ ތެރެއަށް ނާސްޕަތީ އެއްގެ ބައްޓަމަށް ފެތިފައި އިންނަ ގުނަވަނެކެވެ. މިގުނަވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ބައިލް ރައްކާކޮށްފައި ހުރެއެވެ. ފިތުގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 12-7 ސެންޓި މީޓަރެވެ. ފިތް އިންނަނީ ގަދަ ފެހި ކުލައިގައެވެ. ތަފާތު ދެމަގަކުން ފިތް އިންނަނީ ފުރަމޭ އަދި ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ޑުއަޑީނަމް އާއި ގުޅިފައެވެ.
ފިތަކީ ފުރަމޭ ގެ ކަނާތު ލޯބް ގެ ތެރެއަށް ފެތިފައި އިންނަ ގުނަވަނެކެވެ. ފިތުގެ ތިރިއާއި އަރިމަތި ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އެކަމަކު ފިތުގެ މަތީ ސަތަހަ ނުވަތަ ފަރާތް އިންނަނީ ސީދާ ފުރަމޭގައި ޖެހިފައެވެ.
ފިތް އެކުލެވިގެންވަނީ ފަންޑަސް، ޖިސްމު، އަދި ކަރު ގެ މައްޗަށެވެ. ފަންޑަސް އިންނަނީ އެއްކޮށް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފިތުގެ ޖިސްމު އިންނަނީ ސީދާ ހުރަސް ފަލަ ގޮހޮރު އަދި ޑުއަޑީނަމް ގައި ޖެހިފައެވެ. ފިތުގެ ކަރަކީ އޭގެ އެންމެ މައްޗަށް އިންނަ ހިމަ ބައެވެ.
ސިސްޓިކް ޑަކްޓް
އުނިއިތުރު ގެންނަވާސިސްޓިކް ޑަކްޓް(އިނގިރޭސި ބަހުން: Cystic duct) އަކީ 1 ބައި އިންޗީގެ ދިގުމިން ހުންނަ ޑަކްޓެކެވެ. ސިސްޓިކް ޑަކްޓް ނިކުމެފައި އިންނަނީ ފިތް ގެ ކަރު ނިމޭ ހިސާބުންނެވެ. ސިސްޓިކް ޑަކްޓް ކޮމަން ހެޕަޓިކް ޑަކްޓް އާއި ގުޅިގެން ބައިލް ޑަކްޓް އުފެދިގެން ދެއެވެ.
ބައިލް ޑަކްޓް
އުނިއިތުރު ގެންނަވާބައިލް ޑަކްޓް(އިނގިރޭސި ބަހުން: Bile duct) އުފެދެނީ ސިސްޓިކް ޑަކްޓް އަދި ކޮމަން ހެޕަޓިކް ޑަކްޓް ގުޅިގެންނެވެ. މިޑަކްޓްގެ ދިގުމިނަކީ 3 އިންޗި އެވެ. ބައިލް ޑަކްޓް ތިރިއަށް ގޮސްފައި އިންނަނީ ޕޯޓަލް ވެއިން ކުރިމަތިން ފުރަމޭ އާޓަރީ ގެ ކަނާތް ފަރާތުންނެވެ. އެއަށްފަހު ޑުއަޑީނަމް ގެ ފުރަތަމަ ބައިގެ ފުރަގަހުން ގެސްޓްރޯޑުއަޑީނަލް އާޓަރީގެ ކަނާތް ފަރާތުން ތިރިއަށް ދެއެވެ. އެއަށްފަހު ޗިސްމޭގެ ބޯ ގެ ފުރަގަހުގައި އިންނަ ކުޑަ އަޑިކޮޅެއްގެ ތެރެއިން ގޮސް ޑުއަޑީނަމް ގެ ތެރެއަށް ވަދެއެވެ. އަދި އެތަނުގައި ޕެންކްރީއެޓިކް ޑަކްޓް (އިނގިރޭސި ބަހުން: Pancreatic duct)އާއި ގުޅި، ހެޕަޓޯ-ޕެންކްރީއެޓިކް އެމްޕިޔުލާ ނުވަތަ އެމްޕިޔުލާ އޮފް ވަޓަރ (އިނގިރޭސި ބަހުން: Ampulla of vater bladder) އުފެދެއެވެ.
ބިލިއަރީ ނިޒާމާއި ގުޅުންހުރި މާއްދާތައް
އުނިއިތުރު ގެންނަވާބައިލް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބައިލް
ބައިލް (އިނގިރޭސި ބަހުން: Bile)އަކީ ފުރަމޭގައި ހުންނަ ހެޕަޓަސައިޓް ތަކުން އުފައްދައި ބޭރުކުރާ އަލްކަލައިން ތަބީޢަތުގައި ހުންނަ ފެހި ނުވަތަ ރީނދޫ ނުވަތަ ރަން ރީނދޫ ކުލައިގައި ހުންނަ ހިތި ދިޔައެކެވެ. ދެކެއުން ދޭތެރޭގައި ބައިލް ހުންނަނީ ޗިސްމޭގައި ރައްކާކޮށް ގުދަން ކުރެވިފައެވެ. ކާވަގުތުގައި ނުވަތަ ކެއުމުން ބައިލް ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމްގެ ތެރެއަށް ބިލިއަރީ ނިޒާމްގެ ތެރެއިން ވާޞިލްވެއެވެ. އެއީ ހަޖަމުކުރުމުގެ މަސައްކަތަށް އެހީތެރިވެ ދިނުމަށްޓަކައެވެ.
ބައިލް ސޯލްޓް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބައިލް ސޯލްޓް
ބައިލް ސޯލްޓް(އިނގިރޭސި ބަހުން: Bile salt) އަކީ ބައިލް އެސިޑް(އިނގިރޭސި ބަހުން: Bile acid) ތަކުގައި ހިމެނޭ ލޮނު ގެ ބައެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯޑިއަމް އަދި ޕޮޓޭސިއަމް އެވެ. މިބުނި ލޮނުގެ ދެބާވަތް ގްލައިސީން(އިނގިރޭސި ބަހުން: Glycine) އަދި ޓޯރީން(އިނގިރޭސި ބަހުން: Taurine) އާއި އެއްވެއެވެ. އިންސާނާގެ ހަށިގަނޑުގައި ބައިލް އެސިޑް ގެ 4 ވައްތަރު ހުރެއެވެ. އޭގެ ތެރެއިން 2 ވައްތަރު އުފެދެނީ ފުރަމޭގެ ތެރޭގައި ކޮލެސްޓިރޯލް(އިނގިރޭސި ބަހުން: Cholesterol ) އިންނެވެ. އެއީ ކޯލިކް އެސިޑް(އިނގިރޭސި ބަހުން: Cholic acid) އަދި ކީނަޑިއޮކްސީކޯލިކް އެސިޑް(އިނގިރޭސި ބަހުން: Chenodeoxycholic acid) އެވެ. މިއެސިޑްތައް ފުރަމޭ ގެ ތެރޭގައި އުފެދޭތީ މިއެސިޑް ތަކަށް ޕްރައިމަރީ ބައިލް އެސިޑް(އިނގިރޭސި ބަހުން: Primary bile acids) އޭ ކިޔައެވެ.
އަނެއް ދެވައްތަރުގެ ބައިލް އެސިޑް އުފެދެނީ ބޮޑު ގޮހޮރު ގެ ތެރޭގައެވެ. ބޮޑު ގޮހޮރު ގެ ތެރޭގައި މި ދެވައްތަރުގެ އެސިޑް އުފެދެނީ ބެކްޓީރިޔަލް އެކްޝަންގެ ސަބަބުން ޕްރައިމަރީ ބައިލް އެސިޑް އިންނެވެ. އެހެން ކަމުން ބޮޑު ގޮހޮރު ގެ ތެރޭގައި އުފެދޭ ބައިލް އެސިޑް ތަކަށް ސެކަންޑަރީ ބައިލް އެސިޑް އޭ ކިޔައެވެ. ބޮޑު ގޮހޮރު ގެ ތެރޭގައި އުފެދޭ ދެއެސިޑަކީ ޑިއޮކްސީކޯލިކް އެސިޑް އަދި ލިތޯކޯލިކް އެސިޑް އެވެ. ޕްރައިމަރީ ބައިލް އެސިޑް ތައް ގްލައިސީން އަދި ޓޯރީން އާއި އެކުވަނީ ފުރަމޭ ގެ ތެރޭގައެވެ. މިއެއްވުމުގެ ސަބަބުން އުފެދެނީ ގްލައިކަކޯލިކް އެސިޑް އަދި ޓޯރަކޯލިކް އެސިޑް އެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް ތައް ކަމުގައި ވާ ސޯޑިއަމް ގްލައިކަކޮލޭޓް އަދި ޕޮޓޭސިއަމް ޓޯރަކޮލޭޓް އުފެދިގެންދެއެވެ.
ބައިލް ޕިގްމެންޓް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބައިލް ޕިގްމެންޓް
ބައިލް ޕިގްމެންޓް(އިނގިރޭސި ބަހުން: Bile pigment) ތަކަކީ ހިމަގްލޯބިން މެޓަބޮލިޒަމްގެ އެންމެ ފަހު މަރުޙަލާގައި އުފެދޭ އުފެދުންތަކެކެވެ. ލޭގެ ތެރޭގައި ގިނަދުވަސްވެފައިވާ ލޭގެ ރަތް ސެލް ފަޅައިގެން ދިއުމުން އެއިން ބޭރުވާ ހިމަގްލޯބިން ރެޓިކިޔުލޯއިންޑޯތީލިއަލް ސެލް ތަކުން(އިނގިރޭސި ބަހުން: RES cells)(މެކްރަފޭޖް) ދިރުވާލައެވެ. މެކްރަފޭޖްގެ ތެރޭގައި ހިމަގްލޯބިން ހީމް އަދި ގްލޯބިން އަށް ބައިވެގެން ދެއެވެ. އެއަށްފަހު ހީމް ގައި ހިމެނޭ ދަގަނޑުގެ ބައި ވަކިކޮށް ފުރަމޭ، އަދި ކަށީގެ މަދު ގެ ތެރޭގައި ރައްކާކުރެއެވެ. ދަގަނޑު ފިޔަވައި، ހީމް ގައި ދެންހިމެނޭ ބައި ބިލިވާޑިން(އިނގިރޭސި ބަހުން: Biliverdin) ކިޔާ ފެހި ޕިގްމެންޓް އަކަށް ބަދަލުވެއެވެ.