ބައިލް ސޯލްޓް
ބައިލް ސޯލްޓް(އިނގިރޭސި ބަހުން: Bile salt) އަކީ ބައިލް އެސިޑް(އިނގިރޭސި ބަހުން: Bile acid) ތަކުގައި ހިމެނޭ ލޮނު ގެ ބައެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯޑިއަމް އަދި ޕޮޓޭސިއަމް އެވެ. މިބުނި ލޮނުގެ ދެބާވަތް ގްލައިސީން(އިނގިރޭސި ބަހުން: Glycine) އަދި ޓޯރީން(އިނގިރޭސި ބަހުން: Taurine) އާއި އެއްވެއެވެ. އިންސާނާގެ ހަށިގަނޑުގައި ބައިލް އެސިޑް ގެ 4 ވައްތަރު ހުރެއެވެ. އޭގެ ތެރެއިން 2 ވައްތަރު އުފެދެނީ ފުރަމޭގެ ތެރޭގައި ކޮލެސްޓިރޯލް(އިނގިރޭސި ބަހުން: Cholesterol ) އިންނެވެ. އެއީ ކޯލިކް އެސިޑް(އިނގިރޭސި ބަހުން: Cholic acid) އަދި ކީނަޑިއޮކްސީކޯލިކް އެސިޑް(އިނގިރޭސި ބަހުން: Chenodeoxycholic acid) އެވެ. މިއެސިޑްތައް ފުރަމޭ ގެ ތެރޭގައި އުފެދޭތީ މިއެސިޑް ތަކަށް ޕްރައިމަރީ ބައިލް އެސިޑް(އިނގިރޭސި ބަހުން: Primary bile acids) އޭ ކިޔައެވެ.
އަނެއް ދެވައްތަރުގެ ބައިލް އެސިޑް އުފެދެނީ ބޮޑު ގޮހޮރު ގެ ތެރޭގައެވެ. ބޮޑު ގޮހޮރު ގެ ތެރޭގައި މި ދެވައްތަރުގެ އެސިޑް އުފެދެނީ ބެކްޓީރިޔަލް އެކްޝަންގެ ސަބަބުން ޕްރައިމަރީ ބައިލް އެސިޑް އިންނެވެ. އެހެން ކަމުން ބޮޑު ގޮހޮރު ގެ ތެރޭގައި އުފެދޭ ބައިލް އެސިޑް ތަކަށް ސެކަންޑަރީ ބައިލް އެސިޑް (އިނގިރޭސި ބަހުން: secondary bile acid)އޭ ކިޔައެވެ. ބޮޑު ގޮހޮރު ގެ ތެރޭގައި އުފެދޭ ދެއެސިޑަކީ ޑިއޮކްސީކޯލިކް އެސިޑް(އިނގިރޭސި ބަހުން: Deoxycholic acid) އަދި ލިތޯކޯލިކް އެސިޑް(އިނގިރޭސި ބަހުން: lithocholic acid) އެވެ. ޕްރައިމަރީ ބައިލް އެސިޑް ތައް ގްލައިސީން(އިނގިރޭސި ބަހުން: Glycine) އަދި ޓޯރީން(އިނގިރޭސި ބަހުން: Taurine) އާއި އެކުވަނީ ފުރަމޭ ގެ ތެރޭގައެވެ. މިއެއްވުމުގެ ސަބަބުން އުފެދެނީ ގްލައިކަކޯލިކް އެސިޑް(އިނގިރޭސި ބަހުން: Glycocholic acid) އަދި ޓޯރަކޯލިކް އެސިޑް(އިނގިރޭސި ބަހުން: Taurocholic acid) އެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް ތައް ކަމުގައި ވާ ސޯޑިއަމް ގްލައިކަކޮލޭޓް(އިނގިރޭސި ބަހުން: Na Glycocholate) އަދި ސޯޑިއަމް ޓޯރަކޮލޭޓް(އިނގިރޭސި ބަހުން: Na Tauracholate) އުފެދިގެންދެއެވެ.
ފުރަމޭ އާއި ކުޑަ ގޮހޮރު އާއި ދެމެދު ބައިލް ސޯލްޓް ދައުރުވުން
އުނިއިތުރު ގެންނަވާބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95-90 އިންސައްތަ އިލިއަމް ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ އިލިއަމް އިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން އަށެވެ. ޕޯޓަލް ވެއިން އިން ފުރަމޭއަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް ފުރަމޭއަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ. ބާކީ 10-5 އިންސައްތަ ބޮޑު ގޮހޮރު އަށް ވާޞިލްވެ، ޑިއޮކްސީކޯލިކް އެސިޑް އަދި ލިތޯކޯލިކް އެސިޑް އުފެއްދުމުގައި ބޭނުން ކުރެވިގެން ދެއެވެ.
ހަށިގަނޑުގައި އާއްމު ގޮތެއްގައި 3.5 ގްރާމްގެ ބައިލް ސޯލްޓް ހުރެއެވެ. މިމިންވަރު ފުރަމޭ އާއި ކުޑަ ގޮހޮރު އާއި ދެމެދު ދުވާލަކު 8-6 ފަހަރު ދައުރުވެ ދައުރުވެ ހުރެއެވެ. ބޮޑުކަމުދާ ތަކެތީގެ ތެރެއިން ހަށިގަނޑަށް ބޭރުވަނީ ދުވާލަކު 0.4-0.2 ގްރާމާއި ދެމެދުގެ މިންވަރެކެވެ. އަދި ގެއްލިގެންދާ ބައި ފުރަމޭގެ ތެރޭގައި އަލުން އުފައްދައެވެ.
ފުރަމޭ އާއި ކުޑަ ގޮހޮރު އާއި ދެމެދު ބައިލް ސޯލްޓް ދައުރުވާ ދައުރުވުމަށް ބުރުލެއް އަރައިފިނަމަ ބައިލް ސޯލްޓް ގެ ބޮޑު މިންވަރެއް ބޮޑުކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ. އަދި މިހާލަތުގައި ގެއްލިގެން ދިޔަބައި ފޫބެއްދޭނެ ވަރަށް ބައިލް ސޯލްޓް ފުރަމޭ އަކުން އުފައްދައެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް މަދުވުމުން ފެންނަ އަލާމާތްތައް ފެންނަށް ފަށައެވެ.
ބައިލް ސޯލްޓްގެ ވަޒީފާ
އުނިއިތުރު ގެންނަވާފެޓް ހަޖަމުކުރުމުގައި އެހީތެރިވުން
އުނިއިތުރު ގެންނަވާމިގޮތުން ފެޓްގެ ސާރފޭސް ޓެންޝަން ކުޑަކޮށް، ފޮސްޕަލިޕިޑް އަދި މޮނަގްލައިސަރައިޑް އާއި ގުޅިގެން ފެޓް އިމަލްސިފިކޭޝަން(އިނގިރޭސި ބަހުން: Fat Emulsification) ކުރިމަތި ކުރުވައެވެ. މީގެ އިތުރުން ކުޑަ ގޮހޮރު ގެ ތެރޭގައި ލައިޕޭސް(އިނގިރޭސި ބަހުން: Lipase) ހީވާގިކޮށް މުރާލި ކުރުވައެވެ.
ފެޓް ހަށިގަނޑަށް ނެގުމުގައި ބައިވެރިވުން
އުނިއިތުރު ގެންނަވާބައިލް ސޯލްޓް އަކީ ފެޓް ހަށިގަނޑަށް ނެގުމަށް ބޭނުންތެރި މާއްދާއެކެވެ. އެގޮތުން ބައިލް ސޯލްޓް ފެޓް އާއި ތަތްވެ ފެނަށް ގިރޭ އެކުވެނި(އިނގިރޭސި ބަހުން: Water-soluble complex) އެއް އުފައްދައެވެ. މިއެކުވެނި އަށް ކިޔަނީ މިސެލް(އިނގިރޭސި ބަހުން: Micelle) އެވެ. މިސެލް އިން ފެޓް ހަށިގަނޑަށް ފަސޭހަ ކަމާއެކު ނަގައެވެ.
ވިޓަމިން ހަށިގަނޑަށް ނެގުމުގައި ބައިވެރިވުން
އުނިއިތުރު ގެންނަވާބައިލް ސޯލްޓް އަކީ ފެޓަށް ގިރޭ ވިޓަމިން(އިނގިރޭސި ބަހުން: Fat-soluble vitamins) ތައް ހަށިގަނޑަށް ނެގުމަށް ބޭނުންތެރި މާއްދާއެކެވެ. މިވިޓަމިން ތަކުގެ ތެރޭގައި ހިމެނެނީ ވިޓަމިން އޭ، ވިޓަމިން ޑީ، ވިޓަމިން އީ އަދި ވިޓަމިން ކޭ އެވެ.
ބައިލް ދައުރުވުން އިތުރުކުރުން
އުނިއިތުރު ގެންނަވާބައިލް ސޯލްޓް އަކީ ބައިލް ދައުރުވުން އިތުރުކޮށްދޭ ވަރުގަދަ މާއްދާއެކެވެ.
ކޮލެސްޓިރޯލް ބައިލްގެ ތެރޭގައި ހިފެހެއްޓުން
އުނިއިތުރު ގެންނަވާބައިލް ސޯލްޓް އަކީ ކޮލެސްޓިރޯލް ބައިލް ގެތެރޭގައި ހިފަހައްޓައި ބެހެއްޓުމަށް ބޭނުންތެރި މާއްދާއެކެވެ. މިގޮތަށް ވުމުން ކޮލެސްޓިރޯލް ޖަމާވުން ކުޑަކޮށްދީ، ކޮލެސްޓިރޯލް ހިލަ އުފެދުން ހިމާޔަތްކޮށްދެއެވެ.