ޑުއަޑީނަމް
ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް(އިނގިރޭސި ބަހުން: Doudenum) އަކީ މައިދާ އާއި ކުޑަ ގޮހޮރުގެ މެދު ބައި ނުވަތަ ޖެޖޫނަމް އާއި ގުޅުވައިދޭ ހޮޅިއެވެ. މިއީ ކުޑަ ގޮހޮރުގެ އެންމެ ކުރު އަދި އެންމެ ފުރަތަމަ އިންނަ ބައިވެސް މެއެވެ. އިގިރޭސި އަކުރު ސީ ( C ) ގެ ބައްޓަމަން އިންނަ މިބަޔަކީ ގިނަ ކެމިކަލް މާއްދާތައް ހަޖަމުކޮށް އެއިން ހަށިގަނޑަށް ބޭނުންވާ ބައި ނަގައިދޭ މަރުކަޒެވެ. އިންސާނުންގެ ޑުއަޑީނަމް ގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 26 ސެންޓި މީޓަރެވެ.
ޑުއަޑީނަމް | |
---|---|
Duodenum is #6 | |
Small intestine | |
Gray's | subject #248 1169 |
Artery | Inferior pancreaticoduodenal artery, Superior pancreaticoduodenal artery |
Vein | Pancreaticoduodenal veins |
Nerve | celiac ganglia, vagus [1] |
Precursor | Foregut (1st and 2nd parts), Midgut (3rd and 4th part) |
MeSH | duodenum |
Dorlands/Elsevier | d_30/12315518 |
ޑުއަޑީނަމްގެ ބައިތައް
އުނިއިތުރު ގެންނަވާކުރިން ބުނެވުނު ސީ އަކުރުގެ ބައްޓަމަން އިންނަ އެނބުރުން އިންނަނީ ޗިސްމޭގެ ބޯ ގެ ވަށާލާފައެވެ. ނުވަތަ ޗިސްމޭގެ ބޯ އިންނަނީ ޑުއަޑީނަމްގެ އުފެދުމުގައި ލެވިފައިވާ މިސީއަކުރުގެ ބައްޓަމުގެ ތެރެއަށް ފެތިފައެވެ. އެނަޓަމިކަލް ގޮތުން ބަލާއިރު ޑުއަޑީނަމް އިންނަނީ 4 ބަޔަކަށް ބެހިފައެވެ.
ފުރަތަމަ ބައި
އުނިއިތުރު ގެންނަވާޑުއަޑީނަމްގެ ފުރަތަމަ ބައިގެ ދިގުމިނަކީ 2 އިންޗި އެވެ. މިބައި ފެށިފައި އިންނަނީ ޕައިލޮރަސް އާއި ހިސާބުން ބައި އިންޗިވަރު ހަށިގަނޑުގެ ކަނާތް ފަރާތަށް (ހަށިގަނޑުގެ މެދުން ދެފަޅިއަށް ހަށިގަނޑު ބަހާލުމުން) ޖެހިފައި އިންނަގޮތަށެވެ. މިބައި ފެށިފައި އިންނަނީ ފުރަތަމަ ލަމްބާ ވާޓެބްރާ ހުންނަ ހިސާބުންނެވެ. ފުރަތަމަ ބައި ނިމިފައި އިންނަނީ ފިތްގެ ކަރުގެ ކައިރިންނެވެ.
ފުރަތަމަ ބައިގެ ފުރަތަމަ އިންޗި އަކީ ޑުއަޑީނަމް ގެ ހަމައެކަނި ހަރަކާތްކުރާ ބައެވެ. މިއިންޗި ކުރިމަތިން އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި މިބައިގައި އިންނަނީ ފުރަމޭގެ ކޯޑްރޭޓް ލޯބް ޖެހިފައެވެ. މިއިންޗި ފަހަތުން ވެސް އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި މިބައި އިންނަނީ ޗިސްމޭގެ ކަރު ގައި ޖެހިފައެވެ. މަތިން ލެސަރ އޯމެންޓަމް މިބަޔާއި ތަތްވެފައި އިންނަ އިރު ތިރިން މިބަޔާއި ތަތްވެފައި އިންނަނީ ނުވަތަ ހަރުލާފައި އިންނަނީ ގްރޭޓަރ އޯމެންޓަމް އެވެ.
ފުރަތަމަ ބައިގެ ދެވަނަ އިންޗީގައި ޕެރިޓޯނިއަމް އިން ނިވާކުރެވިފައި އިންނަނީ ކުރިމައްޗާއި މައްޗެވެ. ނުވަތަ ކުރިމަތިންނާއި މަތިންނެވެ. މިބުނި ދެބައި އާދެ ކުރިމަތިންނާއި މަތިން މިބައި އިންނަނީ ފުރަމޭގެ ކޯޑްރޭޓް ލޯބް ގައި ޖެހިފައެވެ. އަދި މިބައި ފިތްގެ ކަރުގައި ވެސް ޖެހިފައި އިނދެއެވެ. ފުރަތަމަ ބައިގެ ދެވަނަ އިންޗީގެ ތިރީބައި ޖެހިފައި އިންނަނީ ޗިސްމޭގެ ކަރު އަދި ޗިސްމޭގެ ބޯ ގައެވެ.
ދެވަނަ ބައި
އުނިއިތުރު ގެންނަވާޑުއަޑީނަމްގެ ދެވަނަ ބައިގެ ދިގުމިނަކީ 3 އިންޗި އެވެ. ޑުއަޑީނަމްގެ ދެވަނަ ބައި އިންނަނީ ފުރަތަމަ ލަމްބާ ވާޓެބްރާ އިން ތިންވަނަ ލަމްބާ ވާޓެބްރާ އާއި ދެމެދުގައި މަތިން ތިރިއަށް އައިސްފައެވެ. މިބައި ޕެރިޓޯނިއަމް އިން ނިވާކުރެވިފައިވަނީ ހަމައެކަނި ކުރިމަތިންނެވެ.
ޑުއަޑީނަމްގެ ދެވަނަ ބައިގެ ކުރިމަތިން މަތީބައި އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. މިބައި އިންނަނީ ފުރަމޭގެ ކަނާތު ލޯބްގައިވާ ޑުއަޑީނަލް އިމްޕްރެޝަން އޭ ކިޔޭ އަޑިކޮޅު ނުވަތަ ވަޅުކޮޅުގެ ތެރެއަށް ފެތިފައެވެ. ނުވަތަ އެތަނުގައި ޖެހިފައެވެ. ޑުއަޑީނަމްގެ ދެވަނަ ބައިގެ ކުރިމަތިން މެދުބައި ހުރަސްކޮށް ހުރަސް ފަލަ ގޮހޮރު ގޮސްފައި ވެއެވެ. ޑުއަޑީނަމްގެ ދެވަނަ ބައިގެ ކުރިމަތިން ތިރީބައި އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި މިބައި އިންނަނީ ޖެޖޫނަމްގެ ލޫޕްތަކުގައި ޖެހިފައެވެ.
ޑުއަޑީނަމްގެ ދެވަނަ ބައިގެ ފަހަތުން ޖެހިފައި އިންނަނީ ކަނާތު ގުރުދާ ގައެވެ. އެހެންކަމުން ކަނާތު ސޯސް މޭޖަރ މަސްގަނޑު އާއި ޑުއަޑީނަމް ވަކިކޮށްދޭ ހުރަހަކީ ކަނާތު ގުރުދާ އާއި އެއަށްއައިސްފައިވާ ލޭހޮޅި ތަކެވެ.
ޑުއަޑީނަމްގެ ދެވަނަ ބައި އަރިމަތިން ޖެހިފައި އިންނަނީ މައްޗަށްއަރާ ފަލަ ގޮހޮރު އަދި ހުރަސް ފަލަ ގޮހޮރު ގުޅޭ ކަން ގައެވެ. އަދި ކަނާތުގުރުދާ މަތީގައި ހުންނަ ސަރުބީ ތަކުގައި ވެސް ޖެހިފައި ހުރެއެވެ.
ޑުއަޑީނަމްގެ ދެވަނަ ބައި ހަށިގަނޑުގެ އެތެރެއާވީ ފަރާތް ނުވަތަ މެދުތެރެއިން ޖެހިފައި އިންނަނީ ޗިސްމޭގެ ބޯ އަދި ބައިލް ޑަކްޓް ގައެވެ.
ބައިލް ޑަކްޓް ހުޅުވިފައި އިންނަނީ ޑުއަޑީނަމްގެ ދެވަނަ ބައިގެ ފަހަތުން ހަށިގަނޑުގެ މެދާވީ ފަރާތުން ޑުއަޑީނަމްގެ ދެވަނަ ބައިގެ މެދަށްވުރެ ތަންކޮޅެއް ތިރިން ޑުއަޑީނަމްގެ ތެރެއަށެވެ. ބައިލް ޑަކްޓް އާއި ޕެންކްރީއެޓިކް ޑަކްޓް ޑުއަޑީނަމް ގެ ދެވަނަ ބައިގެ ފާރުގެ ތެރޭގައި ބައިލް ޑަކްޓް އާއި ގުޅެއެވެ. އަދި އެހިސާބުގައި މިހޮޅި ތަންކޮޅެއް ބޮޑަށް ފުޅާވެގެން ގޮސް އެމްޕުލާ އޮފް ބައިލް ޑަކްޓް ނުވަތަ އެމްޕުލާ އޮފް ވަޓަރ ނުވަތަ (އިނގިރޭސި ބަހުން: Ampulla of bile duct) އޭ ކިޔާ ބައެއް އުފެދެއެވެ. ކުޑަ ޕެންކްރީއެޓިކް ޑަކްޓް ވެސް ހުޅުވިފައި އިންނަނީ ޑުއަޑީނަމްގެ ދެވަނަބައިގެ ތެރެއަށެވެ.
ތިންވަނަ ބައި
އުނިއިތުރު ގެންނަވާޑުއަޑީނަމްގެ ތިންވަނަ ބައިގެ ދިގުމިނަކީ 4 އިންޗި އެވެ. މިއީ ޑުއަޑީނަމް ގެ އެންމެ ބޮޑު ބައެވެ. މިބައި އޮންނަނީ ތިންވަނަ ލަމްބާ ވާޓެބްރާ ހުންނަ ލެވެލްގައި ހުރަސް ދިގުކޮށެވެ. ޑުއަޑީނަމްގެ ތިންވަނަ ބައިގައި ޕެރިޓޯނިއަމް އިން ނިވާކުރެވިފައިވަނީ ހަމައެކަނި ކުރިމަތިންނާއި ތިރިންނެވެ.ޑުއަޑީނަމްގެ ތިންވަނަ ބައި ތިރިން ޖެހިފައި ހުންނަނީ ޖެޖޫނަމްގެ ކޮއިލް ތަކުގައެވެ. ޑުއަޑީނަމްގެ ތިންވަނަ ބައި މަތިން ޖެހިފައި ހުންނަނީ ޗިސްމޭގެ ބޯ ގައެވެ. އަދި ޑުއަޑީނަމްގެ ތިންވަނަ ބައި ފަހަތުން ޖެހިފައި ހުންނަނީ ކަނާތުން ވާތަށް ވާގޮތަށް ތަރުތީބުން އަންނަނިވި ބައިތަކުގައެވެ. ފުރަތަމަ ޖެހިފައި އިންނަނީ ކަނާތު ގުރުތާ ގައެވެ. އެއަށްފަހު ކަނާތު ސޯސް މޭޖަރ މަސްގަނޑު ގައެވެ. އެއަށްފަހު ފިރިހެނުންގެ ނަމަ ކަނާތު އޮށް އަށް ލޭގެންގޮސްދޭ ލޭހޮޅިތަކުގައެވެ. އަންހެނުންގެ ނަމަ ކަނާތު ބިސްރަވަ އަށް ލޭގެންގޮސްދޭ ލޭހޮޅި ތަކުގައެވެ. އެއަށްފަހު ޖެހިފައި އިންނަނީ އިންފީރިއާ ވީނާ ކޭވާ ގައެވެ. އެއަށްފަހު އެބްޑަމިނަލް އެއޯޓާ ގައެވެ. އެންމެ ފަހުން ޖެހިފައި އިންނަނީ އިންފީރިއާ މިސެންޓިރިކް އާޓަރީ ފެށޭ ހިސާބުގައެވެ.
ހަތަރުވަނަ ބައި
އުނިއިތުރު ގެންނަވާޑުއަޑީނަމްގެ ހަތަރުވަނަ ބައިގެ ދިގުމިނަކީ އެންމެ 1 އިންޗި އެވެ. އެހެންކަމުން މިއީ ޑުއަޑީނަމް ބެހިފައިވާ 4 ބައިގެ ތެރެއިން އެންމެ ކުރު ބަޔެވެ. މިބައި އިންނަނީ ތިންވަނަ ލަމްބާ ވާޓެބްރާގެ ހިސާބުން މައްޗަށް ދެވަނަ ލަމްބާ ވާޓެބްރާ ހުންނަ ހިސާބަށް ގޮސްފައެވެ. މިބައި ނިމެނީ ޑުއަޑީނަމް އާއި ޖެޖޫނަމް ގުޅޭކަން އިންނެވެ. މިބައި ވެސް އިންނަނީ ކުރިމަތިން ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ވާތް ފަރާތުން މިބައި ޖެހިފައި އިންނަނީ ޖެޖޫނަމްގެ ކޮއިލް ތަކުގައެވެ. ހަށިގަނޑުގެ މެދާވީ ފަރާތުން މިބައި އިންނަނީ އެބްޑަމިނަލް އެއޯޓާގައި ޖެހިފައެވެ.
ޑުއަޑީނަމްގެ ވަޒީފާ
އުނިއިތުރު ގެންނަވާޑުއަޑީނަމް އަކީ ކުޑަ ގޮހޮރުގެ ތެރޭގައި ކާތަކެތި އިތުރަށް ކުދިކުދިކޮށް، ހިމުންކޮށް ބައިބައި ކުރުމުގައި މައިގަނޑު ގޮތެއްގައި ޒިންމާވާ ބައެކެވެ. ޑުއަޑީނަމްގެ ތެރޭގައި ދަވަ ނުވަތަ މިޔޫކަސް ބޭރުކުރާ ބްރަނާރސް ގްލޭންޑް ތައް ހުރެއެވެ. ޑުއަޑީނަމްގެ ފާރުގައި ސެލްތަކުގެ ތުނިފަށަލައެއް ލެވިގެން މަސްކިޔުލަރިސް މިޔުކޯސާ އޭ ކިޔޭ މަސްފަށަލަ އެއް އުފެދިފައެވެ. ޑުއަޑީނަމްގެ އެތެރޭގެ ޕީއެޗް އުޅެނީ 6 ގައެވެ.
ޑުއަޑީނަމް އަށް ލޭފޯރުކޮށްދިނުން
އުނިއިތުރު ގެންނަވާޑުއަޑީނަމް އަށް ލޭފޯރުކޮށްދެނީ އަންނަނިވި ލޭހޮޅި ތަކުންނެވެ.
- ގެސްޓްރޯޑުއަޑީނަލް އާޓަރީ އަދި އޭގެ ގޮފިތައް:
- ސްޕީރިއާ ޕެންކްރީއެޓޯޑުއަޑީނަލް އާޓަރީ
- އިންފީރިއާ ޕެންކްރީއެޓޯޑުއަޑީނަލް އާޓަރީ
- ސްޕީރިއާ މިސެންޓިރިކް އާޓަރީ
އިތުރު ފޮޓޯތައް
އުނިއިތުރު ގެންނަވާ-
The celiac artery and its branches; the stomach has been raised and the peritoneum removed.
-
Superior and inferior duodenal fossæ.
-
Duodenojejunal fossa.
-
Interior of the stomach.
-
Section of duodenum of cat. X 60.
-
The pancreas and duodenum from behind.
-
Transverse section through the middle of the first lumbar vertebra, showing the relations of the pancreas.
-
The pancreatic duct.
-
Duodenum with amyloid deposition in lamina propria.
-
Region of pancreas
-
Stomach
-
Duodenum with brush border (microvillus)