ސޯޑިއަމް
ސޯޑިއަމް ނުވަތަ (އިނގިރޭސި ބަހުން: Sodium) އަކީ ކެމިކަލް ޢުންޞުރެކެވެ. ސޯޑިއަމްގެ ރަމްޒަކީ Na އެވެ. އޭގެ އެޓަމިކް ނަންބަރަކީ 11 އެވެ. ސޯޑިއަމް އަކީ ލޭ އަދި އެހެންވެސް ދިޔަތަކުގައި ހިމެނޭ ޕޮޒިޓިވް ޗާރޖު ކުރެވިފައި ހުންނަ ކެރެވި އެވެ. ބޮޑުމީހެއްގެ ހަށިގަނޑުގައި 90 ގްރާމްގެ ސޯޑިއަމް އެކުލެވެއެވެ. މީގެތެރެއިން ½ އުޅެނީ ހަށިގަނޑުގެ ތެރޭގައި ސެލިތައް ދޮވެވޭ ދިޔަގަނޑުގައެވެ. 3/1 ހުންނަނީ ގިރިގެންނުދާ މަޢުދަންތަކާއި އެކުވެ ކަށިތަކުގައެވެ. ސޯޑިއަމް ބޭނުންވަނީ ހަށިގަނޑުގައި ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް ރައްދުކޮށްދިނުމަށް މަސްތައް ކުރުގަޅުވާ ހެދުމަށެވެ. ސޯޑިއަމް ހަށިގަނޑަށް ބޭނުންކުރެވެނީ ހަށިގަނޑުގެ މާބޮޑު މަސައްކަތަކާއި ނުލައި އޭގެ އަމިއްލަ ޒާތުގައެވެ. ސޯޑިއަމް ހަށިގަނޑުން މަދުވުމަކީ ވަރަށް ހޫނު ގަދަ ތަނެއްގައި ވަރަށް ބަރު މަސައްކަތްކުރާ މީހުންނަށް ނޫނީ ދިމާވާ ކަމެއް ނޫނެވެ. ސޯޑިއަމްގެ ކެލަމިން ( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) އަކީ 500 މިލިގްރާމް އެވެ. މިމިންވަރު ފިރިހެނުންނާއި އަންހެނުންނަށް ތަފާތެއް ނެތެވެ. ސޯޑިއަމް އަކީ އާންމުކޮށް ބޭނުންކުރާ ގިނަ ކާބޯތަކެތީގައި އެކުލެވޭ ބާވަތެކެވެ. މީގެ ތެރެއިން އެންމެ ގިނައިން ސޯޑިއަމް އެކުލެވެނީ ލޮނުގައެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ލޮނުގަދަކޮށް ކެއުމަށް އާދަވެފައި ތިބެއެވެ. މިފަދަ މީހުން އުމުރުން ދުވަސްވުމުން ލޭމައްޗަށްދިއުން އަކީ ވެދާނެ ގޮތެކެވެ.
މަޞްދަރުތައް އުނިއިތުރު ގެންނަވާ
ސޯޑިއަމްގެ މައިގަނޑު މަޞްދަރަކީ ޓެބްލެޓް ސޯލްޓް އެވެ. މާނައަކީ ކައްކާއިރު ބޭނުންކުރާ ލޮނެވެ.
ހަށިގަނޑުގައި އެކުލެވޭ ސޯޑިއަމް އުނިއިތުރު ގެންނަވާ
ހަށިގަނޑުގައި އެކުލެވޭ ސޯޑިއަމްގެ 70 އިންސައްތަ ހުންނަނީ ހަށިގަނޑުގައި އުފެދޭ ދިޔަތަކާއި، އެހެނިހެން ޓިޝޫތަކުގައެވެ. 30 އިންސައްތަ ހުންނަނީ ކަށިތަކުގައެވެ. ލޭގެ ކޮންމެ ލިޓަރެއްގައި 143-137 މިލިއީކްއަލެންޓް ގެ ސޯޑިއަމް ހުރެއެވެ.
-
Caption1
-
Caption2
--> -->
</gallery>
ސޯޑިއަމްގެ ވަޒީފާ އުނިއިތުރު ގެންނަވާ
- ޕްލާޒްމާގެ ވޮލިއުމް އަދި އޮސްމެޓިކް ޕްރެޝަރުގެ ހަމަ ހިފެހެއްޓުން
- މަސްތައް ހަރަކާތް ކުރުމުގައި ބައިވެރިވުން
- ސިކުނޑިއަށް ތަފާތު މެސެޖްތައް ފޮނުވުމުގައި ބައިވެރިވުން
- އެސިޑް-ބޭސް އެކުލެވޭ މިންވަރު ހަމަހަމަކަމާއެކު ތަންޒީމްކޮށް ބެލެހެއްޓުން
ސޯޑިއަމް ހަށިގަނޑުން ބޭރުކުރުން އުނިއިތުރު ގެންނަވާ
ސޯޑިއަމްގެ 95 އިންސައްތަ ހަށިގަނޑުން ބޭރުކުރަނީ ކުޑަކަމުދާ ތަކެތިގެ ޒަރީޢާއިންނެވެ.
ސޯޑިއަމް ހަށިގަނޑަށް ބޭނުންވާ މިންވަރު އުނިއިތުރު ގެންނަވާ
ބޮޑެތި މީހުންނަށް ދުވާލަކު 500 މިލިގްރާމްގެ ސޯޑިއަމް ބޭނުންވެއެވެ.
އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ
ރިފަރެންސް އުނިއިތުރު ގެންނަވާ
- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003