އެންޑްރޫ ޖެކްސަން

(މިސްރާބުކުރެވުނީ Andrew Jackson އިން)

މިއީ އެމެރިކާގެ 7 ވަނަ ރައީސެވެ. އެންޑްރޫ ޖެކްސަން އަކީ އެމެރިކާގެ 7 ވަނަ ރައީސެވެ. ރައީސް ކަމުގައި ހުންނެވީ މާރޗް 4 1829 ން މާރޗް 4 1837 އަށެވެ. 1815 ވަނަ އަހަރު ކުރި ބެޓްލް އޮފް ނިއުއޯލިއަންސް ގައި ބައިވެރިވި އެމެރިކާގެ އަސްކަރިއްޔާގެ ކޮމާންޑަރުގެ އިތުރުން 1821 ވަނަ އަހަރު ފްލޮރިޑާގެ އަސްކަރީ ގަވަރުނަރުކަން ވެސް އެންޑްރޫ ޖެކްސަން ކުރައްވާފައި ވެއެވެ. އެންޑްރޫ ޖެކްސަން އަކީ މޮޑަން ޑިމޮކްރެޓިކް ޕާޓީގެ އެއް ބާނީ ވެސް މެއެވެ. ޖެކްސަނިއޮން ޑިމޮކްރަސީ ނިސްބަތްވަނީ އެންޑްރޫ ޖެކްސަންގެ ނަމާއެވެ. އެންޑްރޫ ޖެކްސަން އުފަންވެ ވަޑައިގަތީ މާރޗް 15 1767 ގައެވެ. އަވާހަރަވެފައިވަނީ ޖޫން 8 1845 ގައެވެ.

އެންޑްރޫ ޖެކްސަން
އެމެރިކާގެ 7 ވަނަ ރައީސް
މަޤާމުގައި
މާރޗް 4 1829 – މާރޗް 4 1837
ނައިބު ރައީސްޖޯން ސީ ކެލްހޯން
ކުރިން ހުންނެވީޖޯން ކުއިންސީ އެޑަމްސް
ފަހުން ވަޑައިގަތީ
އުފަންވީމާރޗް 15، 1767
ލެންކަސްޓަރ ކައުންޓީ، ދެކުނު ކެރޮލީނާ
އަވަހާރަވީޖޫން 8 1845 (78 އަހަރުގައި)
ނޭޝްވިލީ, ޓިނެސީ
ޤައުމިއްޔަތުއެމެރިކަން
އަނބި ނުވަތަ ފިރިރަޝޭލް ޑޮނެލްސަން ރޮބާޑްސް
މަސައްކަތުގެ ދާއިރާ(ދަނޑުވެރިއެއް)
ސޮއި


ޙަޔާތުގެ ކުރީކޮޅު

އުނިއިތުރު ގެންނަވާ

އެންޑްރޫ ޖެކްސަން އުފަންވެފައިވަނީ މާރޗް 15 1767 ގައި ދެކުނު ކެރޮލީނާގެ ލެންކަސްޓަރ ކައުންޓީ ގައެވެ. އެންޑްރޫ ޖެކްސަން އަކީ ޢާއިލާގައި ހިމެނޭ 3 ފިރިހެނުންގެ ތެރެއިން އެންމެ ހަގު މީހާއެވެ. އެންޑްރޫ ޖެކްސަން އުފަންވެފައިވަނީ އޭނާގެ ބައްޕަ ދުނިޔެ ދޫކުރިތާ ދެތިން ހަފްތާއެއް ފަހުންނެވެ. ދެކުނު ކެރޮލީނާ އަދި އުތުރު ކެރޮލީނާގެ މީހުންވެސް އެންޑްރޫ ޖެކްސަން އަކީ އެތަނުގެ މީހެއް ކަމަށް ބުނެއެވެ. ނަމަވެސް އެންޑްރޫ ޖެކްސަން ގަބޫލުފުޅު ކުރައްވާގޮތުން އޭނާ އަކީ ދެކުނު ކެރޮލީނާ އަށް އުފަން ރައްޔިތެކެވެ. އުމުރުން 13 އަހަރުގައި އެމެރިކަން އިންގިލާބީ ހަގުރާމައިގައި މެސެޖް ރައްދުކޮށްދޭ މީހެއްގެ ބައި އަދާކޮށްފައި ވެއެވެ.

އެދުވަސްވަރު އެންޑްރޫ ޖެކްސަން އަދި އޭނާގެ ބޭބެ ރޮބާރޓް ޖެކްސަން ކުށްވެރިންގެ ގޮތުގައި ހައްޔަރު ކުރެވުނެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ދެމީހުންނަށް ވެސް ކަށިވިދުރި ޖެހުނެވެ. އަދި ބޭބެ ރޮބާރޓް ޖެކްސަން ޖަލުގައި ނިޔާވެ ދިޔައެވެ. އުމުރުން 15 އަހަރުގައި މަންމަ މަރުވެ ޔަތީމް މީހަކަށް ވެގެން ދިޔައެވެ.

1787 ވަނަ އަހަރު އެންޑްރޫ ޖެކްސަން ޓިނެސީއަށް ދިޔައެވެ. އަދި އެތާގައި ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއވިއެވެ. 1790ގެ ފަހުކޮޅު ޓިނެސީ ގެ ފުރަތަމަ ކޮންގްރެސް މޭންގެ ގޮތުގައި އިންތިޚާބު ކުރެވުނެވެ. 1797 ގައި އެމެރިކާގެ ސެނެޓަރ ގެ މަގާމަށް އިސްކުރެވުނެވެ. 1798 ވަނަ އަހަރު ޓިނެސީގެ އެންމެ މަތީ ކޯޓްގެ ފަޑިޔާރު ކަމަށް އިސްކުރެވުނެވެ.


އަސްކަރީ ޙަޔާތް

އުނިއިތުރު ގެންނަވާ

1812ވަނަ އަހަރުގެ ހަގުރާމަ

އުނިއިތުރު ގެންނަވާ

1801 ވަނަ އަހަރު އެންޑްރޫ ޖެކްސަން ގެ އަސްކަރީ ޙަޔާތް ފެށުނީއްސުރެ ޓިނެސީ އަސްކަރިއްޔާގެ ކާނަލްއެއްގެ މަގާމް އެންޑްރޫ ޖެކްސަން ފުރުއްވާފައި ވެއެވެ. 1812 ވަނަ އަހަރުގެ ހަގުރާމައިގައި 1813 ވަނަ އަހަރު ނޯރތް ކްރީކުންގެ ވެރިއަކަށް ޕީޓަރ މެކްކްއީން ހުންނަވައިގެން 400 ވަރަކަށް މީހުން މަރާލާފައި ވެއެވެ. މިހާދިސާ އަށް ދީފައިވާ ނަމަކީ ފޯރޓް މިމްސް ގަތުލު އާންމު އެވެ. އެންޑްރޫ ޖެކްސަން އަލަބާމާ އަދި ޖޯޖިއާގައި ތިބި ނޯރތް ކްރީކުންނާއި ދެކޮޅަށް ކެމްޕޭން ފެއްޓެވިއެވެ.

1812 ވަނަ އަހަރުގެ ހަގުރާމައިގެ ތެރޭގައި ހިގި ހޯރސް ޝޫ ބޭންޑް ހަގުރާމަ ގައި އެންޑްރޫ ޖެކްސަން ވަނީ ރެޑް ސްޓިކް ގެ ނަންދީފައިވާ ނޯރތް ކްރީކުން ބަލިކުރައްވާފައެވެ. މިބުނި ހާދިސާގައި ނުވަތަ ހަގުރާމައިގައި ނޯރތް ކްރީކުންގެ 800 މީހުން މަރާލާފައި ވެއެވެ. މިކަމުގެ ތެރޭގައި ނޯރތް ކުރީކުންގެ ބާރުގެ ދަށުގައި އޮތް 20 މިލިއަން އޭކަރުގެ ބިން އެންޑްރޫ ޖެކްސަން ގެ ބާރުގެ ދަށަށް ގެންނަވައި ނޯރތް އަދި ސައުތު ކްރީކުންނާއި އެކު ޓްރީޓީ އޮފް ފޯރޓް ޖެކްސަން ގެ ނަންދެވުނު އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.

ފުރަތަމަ ސެމިނޯލް ހަގުރާމަ

އުނިއިތުރު ގެންނަވާ

ފުރަތަމަ ސެމިނޯލް ހަގުރާމައިގެ ދުވަސްވަރު ވެސް އަސްކަރިއްޔާގައި އެންޑްރޫ ޖެކްސަން ޚިދުމަތް ކުރައްވާފައި ވެއެވެ. އެގޮތުން މަސައްކަތްކުރެއްވީ 1817 ވަނަ އަހަރު ޖޭމްސް މޮންރޯއި ޖޯޖިއާގައި ތިބި ސެމިނޯލް އަދި ކްރީކް އިންޑިއަން މީހުންނާއި ދެކޮޅަށް ކެމްޕޭން ކުރެއްވުމަށް އަމުރު ކުރެއްވުމުންނެވެ.


1824 ވަނަ އަހަރުގެ އިންތިޚާބު

އުނިއިތުރު ގެންނަވާ

1822 ވަނަ އަހަރު ޓިނެސީގައި 1824 ވަނަ އަހަރުގައި އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި އެންޑްރޫ ޖެކްސަން ނޮމިނޭޓް ކުރުމަށް ކަނޑައެޅުއްވި އެވެ. ހަމަ މިހެން އެއަހަރު އަނެއްކާ ވެސް ސެނެޓަރ އަކަށް ހަމަޖެހިގެން ދިޔައެވެ. 1824 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީ އިން ކޮންގްރެސްގައި ވަކި މީހަކު ކޮންގްރެސް ގައި ވާހަކަ ދެއްކުމަށް ފަހު ރައީސްކަމާއި ނައިބު ރައީސް ކަމަށް ނޮމިނޭޓް ކުރުމަށް އޮންނަ އޮތުން ބޮއިކަޓް ކުރިއެވެ. އަދި ޕެންސިލްވީނިޔާ ގައި އޮތް ބައްދަލުވުމެއްގައި އެއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓަަކަށް އެންޑްރޫ ޖެކްސަން ހަމަޖެއްސެވި އެވެ. މިގޮތަށް ހަމަޖެހިގެން ދިޔައީ 4 މާރޗް 1824 ގައެވެ. 1824 ވަނަ އަހަރުގެ އިންތިޚާބުގައި ތަފާތު ސަބަބުތަކާހުރެ އެންޑްރޫ ޖެކްސަން އަށް ކާމިޔާބު ކުރެއްވި ފައެއް ނުވެއެވެ.


1828 ވަނަ އަހަރުގެ އިންތިޚާބު

އުނިއިތުރު ގެންނަވާ

1828 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ދެވަނަ ފަހަރަށް ވެސް ޓިނެސީ އިން އެންޑްރޫ ޖެކްސަން ކަނޑައެޅުއްވި އެވެ. 1825 ވަނަ އަހަރު އެމެރިކާގެ ސެނެޓާރ އެއްގެ މަގާމުން އިސްތިއުފާ އެންޑްރޫ ޖެކްސަން ދެއްވާފައި ވެއެވެ. އެންޑްރޫ ޖެކްސަން އާއި އޭނާގެ ސަޕޯޓަރުންނަށް ތިއްބެވި ޖޯން ސީ ކެލްހޯން، މާޓިން ވެން ބިޔުރެން، އާއި ގުޅިވަޑައިގެން އެއަހަރުގެ އިންތިޚާބުގައި އެމެރިކާގެ 6 ވަނަ ރައީސެއްގެ ހައިސިއްޔަތުން މަގާމްގައި ހުންނެވި ޖޯން ކުއިންސީ އެޑަމްސް ބަލިކުރެއްވި އެވެ. އެންޑްރޫ ޖެކްސަން ގެ ސަޕޯޓަރުން އެމީހުން އަމިއްލައަށް ޖެކްސަންގެ މީހުން ނުވަތަ ޖެކްސަނިއަން އޭ ކިޔައި އުޅުނެވެ.


އެމެރިކާގެ ރިޔާސަތުގައި 1829- 1837

އުނިއިތުރު ގެންނަވާ

ފެޑެރަލް ދަރަނި

އުނިއިތުރު ގެންނަވާ

އެމެރިކާގެ ރިޔާސަތުގައި އެންޑްރޫ ޖެކްސަން ހުންނެވި ދުވަސްވަރު އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ފަރާތުން އެގައުމު ދަރާފައިވާ ދަރަނި ދައްކައި ޚަލާޞް ކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. މިއީ އެމެރިކާގެ ތާރީޚްގައި މިފަދަ ދަރަންޏެއް ދައްކައި އަދާކުރި ފުރަތަމަ ފަހަރު ކަމަށް ވެއެވެ.

ސްޕޮއިލް ނިޒާމް

އުނިއިތުރު ގެންނަވާ

ސްޕޮއިލް ނިޒާމްގެ މާނައަކީ ޕާޓީއަކުން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ސަރުކާރުގެ ވަޒީފާތައް އެޕާޓީ އިން ވޯޓް ދެއްވާ ފަރާތްތަކަށް ދިނުމަށް ކިޔާނަމެކެވެ. މާނައަކީ މީހާގެ ގާބިލިއްޔަތާއި ކުޅެދުންތެރިކަމަށް ބެލުމެއްނެތި މަގާމް ދިނުމެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސިޔާސަތާއި ގުޅިފައި އޮންނަ ނިޒާމަކަށް ވެއެވެ. މިވައްތަރުގެ އަނެއް ނިޒާމަކީ މެރިޓް ނިޒާމް އެވެ. މެރިޓް ނިޒާމް ގައި ވަޒީފާ ދެނީ ކަމަށް ގާބިލު ކުޅެދުންތެރި މީހުންނަށެވެ. އެހެން ކަމުން މިއީ ސިޔާސަތާއި ގުޅިފައި އޮންނަ ނިޒާމެކޭ ނުބުނެވޭނެ އެވެ. އެންޑްރޫ ޖެކްސަންގެ ދުވަސްވަރު އޭނާގެ ޕާޓީއަށް އިޚްލާޞްތެރި ބޭފުޅުންނަށް ވަޒީފާތައް ދީފައިވާ ކަމަށް ބުނެވެއެވެ. އެހެންކަމުން އެންޑްރޫ ޖެކްސަން ގެ ދުވަސްވަރު ސްޕޮއިލް ނިޒާމް ގާއިމުކުރެއްވިކަމަށް ބެލެވެއެވެ.

ގައުމީ ބޭންކް ހެއްދެވުމާއި އިދިކޮޅު ހެއްދެވުން

އުނިއިތުރު ގެންނަވާ

އެންޑްރޫ ޖެކްސަން ގެ ރިޔާސަތުގައި އެމެރިކާގެ ދެވަނަ ގައުމީ ބޭންކް ހެއްދެވުމާ އިދިކޮޅު ހެއްދެވިއެވެ. ދެވަނަ ގައުމީ ބޭންކެއް އުފެއްދުމަށް ފުރަތަމަ ހުށަހަޅުއްވާފައިވަނީ އެމެރިކާގެ 4 ވަނަ ރައީސް ޖޭމްސް މެޑިސަން ގެ ދުވަސްވަރު 1816 ވަނަ އަހަރު އެވެ. ގައުމީ ދެވަނަ ބޭންކެއް ހެއްދެވުމަށް ވީޓޯ ކުރައްވަމުން އެންޑްރޫ ޖެކްސަން ލިޔުއްވި މެސެޖްގައި އެކަމާ އިދިކޮޅު ހައްދަވާ ސަބަބުތައް އަންނަނިވި ގޮތަށް ބަޔާން ކުރައްވާފައި ވެއެވެ.

  • ގައުމުގެ ފައިސާ އެއް މުއައްސަސާއެއްގައި ޖަމާވެފައި ހުރުން.
  • ބޭރުގެ އިންވެސްޓަރުންނަށް ގައުމުގެ އިގްތިޞާދު ކޮންޓްރޯލްކުރުމަށް މަގުފަހިވުން.
  • މުއްސަދިން އިތުރަށް މުއްސަދިވެގެން ދިއުމަށް ބާރުއަޅައިދޭ ކަމަކަށްވުން.
  • ހުޅަގާއި ދެކުނުގެ ސަހަރު ތަކަށްވުރެ އުތުރު އިރުމަތީ ބިތުގެ ސްޓޭޓްތަކަށް އަހައްމިއްޔަތުކަން ދެވޭލެން ބޮޑުވުން

27 މާރޗް 1834 ގައި ބޭންކް ހެއްދެވުމާއި ދެކޮޅަށް ގެންގުޅެއްވި ސިޔާސަތާއި ގުޅިގެން އެމެރިކާގެ ސެނެޓްގައި އެންޑްރޫ ޖެކްސަން ސެންސަރ ކުރެވުނެވެ. މާނައަކީ އެވާހަކަ ނުދެއްކޭނެ ގޮތް ހެދިގެން ދިޔައެވެ. ނަމަވެސް ފަހުން ސެނޭޓްގައި އެންޑްރޫ ޖެކްސަން އަށް ތާއީދުކުރާ މީހުން އިތުރުވެ މި ސެންސަރޝިޕް އުވާލެވުނެވެ.


އެންޑްރޫ ޖެކްސަން މަރާލުމަށް ދެވުނު ޙަމަލާ

އުނިއިތުރު ގެންނަވާ

30 ޖެނުއަރީ 1835 ގައި އެމެރިކާގެ ކެޕިޓޯލް ބިލްޑިންގ ގައި އެންޑްރޫ ޖެކްސަން މަރާލުމަށް ހަމަލާއެއް ދެވުނެވެ. އެއީ އެމެރިކާގެ ތާރީކްގައި އެތާގެ ރައީސަކު މަރާލުމަށް އެގޮތަށް ދެވިފައިވާ ފުރަތަމަ ޙަމަލާއެވެ. މިޙަމަލާ ދީފައިވަނީ ދެކުނު ކެރޮލީނާގެ ކޮންގްރެސްމޭން ވެރެން އާރް ޑެވިސް އަވަހާރަވުމުން ބޭއްވި ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ވަޑައިގަންނަވަނިކޮށް ރިޗަރޑް ލޯރެންސް ކިޔާ މީހަކު ފިސްޓޯލައެއް ބޭނުންކޮށްގެންނެވެ.


އަމިއްލަ ދިރިއުޅުން އަދި އާއިލާ

އުނިއިތުރު ގެންނަވާ

އަދިވެސް ބައްލަވާ ލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ