Content deleted Content added
No edit summary
No edit summary
ފޮޅުވަތް 1:
ފަލަ ގާބޯ ({{sci|Cirrihitus pinnulatus}})ނުވަތަ ({{en|Stocky hawk fish}})އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަ ހިސާބުތަކުގައި އުޅޭ ގާބޯ އާއިލާގެ މަހެކެވެ. މިބާވަތުގެ މަސް ގިނައިން ފެނިފައި ހުންނަނީ އަޑީގައި ގާހުންނަ ރާޅު ބިންދާ ހިސާބުތަކުންނެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫންކަމުން މިބާވަތުގެ މަސް ހިފުމަށް ނުވަތަ ބޭނުމަށް ރާއްޖޭގައި ވަކި ޚާއްޞަ މަސްވެރިކަމެއް ކުރެވެމަކުން ނުދެއެވެ. ނަމަވެސް ދިރޭމަސް ރާއްޖެއިން ބޭރުކުރާ ފަރާތްތަކުން ބައެއް ފަަހަރު މިމަސް ހިފާ ބޭރުކޮށް އުޅެއެވެ. މިއީ ގާބޯގެ ގިނަ ބާވަތްތަކަށްވުރެ ފުޅާ ފަލަ ހަށިގަނޑެއް ލިބިފައިވާ މަހެއްކަމުން މިބާވަތަށް ވަކިނަމެއް ރާއްޖޭގައި ކިޔާ ނޫޅޭތީ، މަހަށް ކިޔާ އިގިރޭސި ނަމާގުޅޭގޮތުން މިމަހަށް ''ފަލަ ގާބޯ'' ކިޔާ ނަންދީފައި ވަނީ އެވެ. މަހުގައި ގަދަ މުށިކުލައިގެ ލައްތަކަކާއި ކުރެހުންތަކެއް ކޮތަރިތަކާއި އެކުގައި ހުރެއެވެ. މަހުގައި ހުދުކުލައިގެ ލައްތަކެއް ވެސް ހުރެއެވެ. މަހުގައި ބޮލުގައި ރަތްކުލައެއްގެ ކުދި ލައްތަކެއް ހުރެއެވެ. މަހުގެ ކާނާއަކީ ކަކުންޏާއި ކުދިމަހެވެ.
 
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 6 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 14 މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 28 ސެންޓި މީޓަރަށެވެ.
ފޮޅުވަތް 5:
 
[[Category:ދިވެހިރާއްޖޭގައި އުޅޭ މަސްތައް]]
 
 
[[en:Stocky hawkfish]]