ގުރުތާ
ގުރުތާ ނުވަތަ (އިނގިރޭސި ބަހުން: Ureters) އަކީ ގުރުދާ އިން މަސާނާ އަށް ކުޑަކަމުދާ ތަކެތި ގެންގޮސްދޭ ހޮޅި އެވެ. ގުރުދާގައި އުފައްދާ ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ގުރުދާ އިން މަސާނާ އަށް ވާޞިލްވަނީ މިހޮޅި ހުރަސް ކޮށެވެ. ކޮންމެ ގުރުތާ ނުވަތަ ޔުރެޓަރ އެއްގެ ދިގުމިނުގައި 250-200 މިލިމީޓަރާއި ދެމެދުގެ މިންވަރެއް ހުރެއެވެ. އެއީ 10-8 އިންޗިއާއި ދެމެދުގެ މިންވަރެކެވެ. ނުވަތަ 30-25ސމ ގެ މިންވަރެކެވެ. މަސާނާގެ ފާރު ތަކުގައިވާ މަޑު މަސްތަކުގެ ޓިޝޫތައް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައެވެ. ކޮންމެ 50 ނުވަތަ 60 ގަޑިއިރަކުން ވަރަށް ކުޑަ މިންވަރެއްގެ ވިހަ މާއްދާތައް ޔުރެޓަރ އިން މަސާނާ އަށް އެޅެއެވެ.
ހިސްޓޮލޮޖީEdit
ގުރުތާގެ ވަށަމިނުގައި 3-10 މިލިމީޓަރު އާއި ދެމެދުގެ މިންވަރެއް ހުރެއެވެ. ގުރުތާގެ ހޮޅި އެތެރެއިން އިންނަނީ ތަރިއެއްގެ ބައްޓަމަށް ވާގޮތަށެވެ. ގުރުތާގެ ފާރުގައި މަޑު މަސް ގެ ދެފަށަލަ ވެއެވެ. އެތެރެއިން ލެވިފައިވާ މަޑު މަހުގެ ފަށަލަ އެތުރިފައި ހުންނަނީ ދިގަށެވެ. ބޭރު މަޑު މަހުގެ ފަށަލަ އެތުރިފައިހުންނަނީ ވަށްކޮށެވެ.
ގުރުތާ ތިރިއަށް ފައިބައި އިންނަނީ ގޯނަޑަލް ލޭހޮޅިތަކުގެ ފުރަގަހުން އިލިއޮޕްސޯސް މަސްގަނޑު ކުރިމަތިންނެވެ. އެއަށްފަހު ކޮމަން އިލިއެކް އާޓަރީ، ކޮމަން އިލިއެކް ވެއިން ހުރަސްކޮށް ތިރިއަށް ގޮސް ޅިނދުގެ ތެރެއަށް ފައިބައެވެ.
ބަލިތައްEdit
ގުރުތާ އަށް ޖެހޭ ބައެއް ބަލިތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.