ލޭހޮޅި
ލޭހޮޅި ތަކަކީ ހިތާއި ލޭހޮޅިތައް ހިއްސާވާ ނިޒާމް ނުވަތަ ލޭދައުރުވާ ނިޒާމްގެ މުހިއްމު ބައިތަކެކެވެ. ލޭނާރު ނުވަތަ ލޭހޮޅިތަކުގެ ވަޒީފާ އަކީ ހިތުން ހަށިގަނޑު އެކި ހިސާބުތަކަށް ލޭ ފޯރުކޮށް ދިނުމާއި، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުން ލޭ އަނބުރައި ހިތަށް ފޮނުވުމެވެ. ލޭހޮޅިތަކުގެ ތަފާތު ވައްތަރުތައް ވެއެވެ.
- ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅި(Artery) ތަކުން ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން ނުވަތަ ސާފުވައި ލެޔާއެކު ފޮނުވައިދެއެވެ. މިބުނި އުސޫލުން އެއްކިބާވާ އެއް ލޭހޮޅި ވެއެވެ. އެއީ ހިތުން ފުއްޕާމެޔަށް ލޭފޮނުވައިދޭ ލޭހޮޅި(Pulmonary artery) ނުވަތަ ޕުލްމަނަރީ އާޓަރީ އެވެ.
- ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Vein) ތަކުން އޮކްސިޖަނާއި އެކުނުވާ ނުވަތަ ސާފުވައި އެކުނުލެވޭ ލޭ އަނބުރައި ހިތަށް ފޮނުވައެވެ. މިބުނި އުސޫލުން އެއްކިބާވާ ލޭހޮޅިތަކަކީ ފުއްޕާމެއިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Pulmonary vein)ނުވަތަ ޕުލްމަނަރީ ވެއިން އަދި ޕޯރޓަލް ވެއިން(Portal vein) ތަކެވެ.
- ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅި(Artery) ތަކުން، ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Vein) ތަކަށް ނުވަތަ އާޓަރީ ތަކުން ވެއިން ތަކަށް ލޭ ވާޞިލްވަނީ އެދެވައްތަރުގެ ލޭހޮޅިތައް ގުޅުވައިދޭ ކުދިކުދި ލޭހޮޅިތައް(Capillaries) މެދުވެރި ވެގެންނެވެ.