ފަންވަތް:Featured article/2024-07
މައުމޫން ޢަބްދުލް ޤައްޔޫމް (އުފަންވެ ވަޑައިގަތީ 29 ޑިސެމްބަރ 1937) އަކީ 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅާއެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހީމް ނާޞިރު އަށް ފަހު ގައެވެ. ތިރީސް އަހަރުގެ ދިގު ވެރިކަމެއްކުރި، އެމަނިކްފާނު ހިމެނިފަވަނީ، އޭޝިއާ ބައްރުގެ އެންމެގިނަ ދުވަހު ވެރިކަމެއް ކުރި މީހުންގެ ތެރޭގައެވެ. މައުމޫން ހަވަނަ ދައުރަކައް ޤާނޫނީ ހުވައި ކުރެއްވީ 2003 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ހެދި އާ ޤާނޫނު އަސާސީ އަށްފަހު ދިވެހިރާއްޖެ ދިމިޤްރާޠީ ނިޒާމަކަށް ބަދަލުކޮށް، ބޭއްވި ރިޔާސީ އިންތިޙާބުން، މައުމޫން ބަލިވެ، މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމަށް އިސްވެވަޑައިގަތެވެ. (އަދި އިތުރަށް...)
ކުރިން:އެލިޒަބަތު ދެވަނަ