ކާނާގައި ހިމެނޭ މަޢުދަންތައް
ކާނާގައި ހިމެނޭ މަޢުދަން(އިނގިރޭސި ބަހުން: Dietary mineral) ތައް އަދި ޓްރޭސް އެލިމެންޓް ތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ބޭނުންތެރި މާއްދާ ތަކެކެވެ. މަޢުދަންތަކާއި ޓްރޭސް އެލިމެންޓް ތައް އަދާކުރާ ބައެއް ވަޒީފާތައް ތިރީގައި މިވަނީ އެވެ.
- ހަށިގަނޑުގެ އޮނިގަނޑު އުފެއްދުމާއި ބައްޓަން ގެނައުން
- ހަށިގަނޑުގެ ގުނަވަންތަކުގެ ވަޒީފާ އަދާކުރުމުގައި ވާގިދިނުން
- ހަށިގަނޑު ބިނާކޮށް ހެފެހެއްޓުން
- އެންޒައިމް ތަކުގެ މަސައްކަތް ހަރުދަނާކުރުން
- ހޯރމޯންތައް އުފެދުމުގައި ބައިވެރިވުން
ހަށިގަނޑަށް ފައިދާކުރާ ބައެއް މަޢުދަންތައް
އުނިއިތުރު ގެންނަވާ- ނިކަލް
- ބޯރޯން
- ކެލްސިއަމް
- ރަތުލޯ ނުވަތަ ކޮޕަރ
- ކޮބާލްޓް
- ކްރޯމިއަމް
- ދަގަނޑު ނުވަތަ އަޔަން
- އަޔަޑިން
- ވެނޭޑިއަމް
- މޮލިބްޑިނަމް
- މެގްނީޒިއަމް
- މެންގަނީޒް
- ފްލޮރައިޑް
- ފޮސްފަރަސް
- ސަލްފަރު
- ސިލިކަން
- ސެލެނިއަމް
- ޒިންކް
ރިފަރެންސް
އުނިއިތުރު ގެންނަވާ- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003