ސަލްފަރު(އިނގިރޭސި ބަހުން: Sulfur) އަކީ ވެސް ވަރަށް ބޭނުންތެރި މަޢުދަނެކެވެ. ބޮޑުމީހެއްގެ ހަށިގަކުޑަގޮހޮރު ގެ ތެރެއިންނެވެ. ބާކީވާ ބައި ފަހަރުވާ (ކުޑަކަމުދާ ތަކެތި) އާއި ނުވަތަ ނަޖިސް ( ބޮޑުކަމުދާ ތަކެތި ) އާއި އެކުވެގެން ހަށިގަނޑުން ބޭރުވެދެއެވެ. ސަލްފަރ ގެ ކަނޑައެޅިފައިވާ ވަކި ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. ޕްރޮޓީން ހިމެނޭ ކާނާ އެކަށޭނަ ވަރަށް ކާނަމަ، ސަލްފަރ ހަށިގަނޑަށް ލިބިދޭނެއެވެ. ދުވަހެއްގެ ކެއުމުގައި 850 މިލިގްރާމްގެ ސަލްފަރ އެކުލެވިފައިވާނަމަ، ފު ސަލްފަރ މަދުވެގެން ދިމާވާ މައްސަލަތަކެއް ހުންނަކަމަކަށް އަދި ފާހަގަކުރެވިފައެއް ނުވެއެވެ. ސަލްފަރ އެކުލެވޭ ކާނާގެ ތެރޭގައި، އެއްގަމު މަސް، ކަނޑު މަސް، ފަރު މަސް، ކުކުޅު ބިސް، ކިރު، ކިރުގެ ތަފާތު ބާވަތްތައް، މަދު، މުގު، ރެވި، އަދި ތޮޅި ހިމެނެއެވެ. ސަލްފަރ ގެ ބާވަތެއް ކަމަށްވާ ސަލްފޭޓް ހަށިގަނޑަށް ލިބެނީ ބޯން ބޭނުންކުރާ ފެނުންނާއި، މޭވާ، ތަރުކާރީގެ ބާވަތްތަކުންނެވެ. ސަލްފަރ އެކުލެވޭ ކާނާ ގިނައިން ކެއުމަކުން ސަލްފަރ އިތުރުވާނެ ކަމަކަށް ނުވަތަ ވިހަވާނެ ކަމަކަށް ނުވެއެވެ.

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003