ތޯމަސް ޖެފަރސަން

(މިސްރާބުކުރެވުނީ Thomas Jefferson އިން)

ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ 3 ވަނަ ރައީސެވެ. 13 އޭޕްރީލް 1743 ގައި އުފަންވެ ވަޑައިގަތް ތޯމަސް ޖެފަރސަން ވަނީ އެމެރިކާގެ ރައީސްކަން ޖެހިޖެހިގެން ދެދައުރުގައި ކޮށްފައެވެ. އެއީ 1801ން 1809 އަށެވެ. 1776ގައި އެކުލަވާލެވުނު ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސްގެ މައި މުއައްލިފަކީ ތޯމަސް ޖެފަރސަން އެވެ. އެމެރިކާއަށް ޖުމުހޫރިއްޔަތު ގެނައުމުގެ މައިތަބު ތަކުގެ ތެރޭގައި ތޯމަސް ޖެފަރސަން ހިމެނި ވަޑައިގަންނަވައެވެ. އޭނާގެ ވެރިކަމުގައި ހިގާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި 1803 ވަނަ އަހަރު ލުއިޒިއާނާ އެމެރިކާ އަށް ލިބުމާއި، އަދި 1804ން 1806 އަށް ހިންގުނު ލުއިސް އެންޑް ކްލާރކް އެކްސްޕިޑިޝަން ހިމެނެއެވެ.

Thomas Jefferson
Portrait of Thomas Jefferson by Rembrandt Peale
3rd President of the United States
މަޤާމުގައި
March 4, 1801 – March 4, 1809
ނައިބު ރައީސްAaron Burr (1801–1805)
George Clinton (1805–1809)
ކުރިން ހުންނެވީJohn Adams
ފަހުން ވަޑައިގަތީ
2nd Vice President of the United States
މަޤާމުގައި
March 4, 1797 – March 4, 1801
ރައީސްJohn Adams
ކުރިން ހުންނެވީJohn Adams
ފަހުން ވަޑައިގަތީ
1st United States Secretary of State
މަޤާމުގައި
March 22, 1790 – December 31, 1793
ރައީސްGeorge Washington
ކުރިން ހުންނެވީJohn Jay (Acting)
ފަހުން ވަޑައިގަތީ
United States Minister to France
މަޤާމުގައި
May 17, 1785 – September 26, 1789
އައްޔަން ކުރެއްވީCongress of the Confederation
ކުރިން ހުންނެވީBenjamin Franklin
ފަހުން ވަޑައިގަތީ
Delegate to the Congress of the Confederation from Virginia
މަޤާމުގައި
November 3, 1783 – May 7, 1784
ކުރިން ހުންނެވީJames Madison
ފަހުން ވަޑައިގަތީ
2nd Governor of Virginia
މަޤާމުގައި
June 1, 1779 – June 3, 1781
ކުރިން ހުންނެވީPatrick Henry
ފަހުން ވަޑައިގަތީ
Delegate to the Second Continental Congress from Virginia
މަޤާމުގައި
June 20, 1775 – September 26, 1776
ކުރިން ހުންނެވީGeorge Washington
ފަހުން ވަޑައިގަތީ
އުފަންވީ(1743-04-13)އޭޕްރީލް 13, 1743
Shadwell, Colony of Virginia, British America
އަވަހާރަވީޖުލައި 4 1826 (83 އަހަރުގައި)
Charlottesville, Virginia, U.S.
ފަސްދާނުލެވިފައިވަނީMonticello
ސިޔާސީ ޕާޓީDemocratic-Republican
އަނބި ނުވަތަ ފިރި
<div style="display:inline-block;Expression error: Unrecognized punctuation character "[".">​
(m. 1772; died 1782)
ދަރިން6, including Martha Jefferson Randolph and Mary Jefferson Eppes
މަތީތަޢުލީމުCollege of William and Mary
ProfessionStatesman, planter, lawyer, architect
ސޮއިTh: Jefferson

ސިޔާސީ ފިލޯސަފަރެއްގެ ގޮތުން ސިޔާސީ މައިދާނުގައި ތޯމަސް ޖެފަރސަން އަކީ ފާހަގަކޮށްލެވޭނެ ފަރާތެކެވެ. ފަރަންސޭސި އަދި އިގިރޭސި ވިލާތުގެ ގިނަ ސިޔާސީ ލީޑަރުން ދެނެވަޑައި ގަންނަވާ ބޭފުޅަކަށް ތޯމަސް ޖެފަރސަން ވަނީ ވެފައެވެ. 1779ން 1786އަށް ވާޖީނިއާ ސްޓެޓިއުޓް ފޯރ ރިލިޖަސް ފްރީޑަމް ލިޔުއްވި ބޭފުޅަކީ ވެސް ތޯމަސް ޖެފަރސަން އެވެ.

ޖެފަރސަނިއަން ޑިމޮކްރަސީ މިނަން ނެގިފައިވަނީ ވެސް ތޯމަސް ޖެފަރސަން އާއެވެ. އޭނާ އަކީ އެމެރިކާގެ ސިޔާސީ ތާރީކްގައި 25 ވަރަކަށް އަހަރު ވެރިކަން ހިންގި ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީގެ ބާނީ އަދި ފުރަތަމަ ލީޑަރުވެސް މެއެވެ. 1779ން 1781 އަށް ވާޖީނިއާ ގެ ގަވަރުނަރުކަން ތޯމަސް ޖެފަރސަން ކުރައްވާފައި ވެއެވެ. 1789ން 1793 އަށް އެމެރިކާގެ ފުރަތަމަ ސެކްޓަރީ އޮފް ސްޓޭޓްގެ މަގާމް ފުރުއްވާފައި ވެއެވެ. އަދި 1797ން 1801 އަށް އެމެރިކާގެ ދެވަނަ ނައިބު ރައީސްގެ މަގާމް ވެސް އަދާކޮށްފައި ވެއެވެ.

ތޯމަސް ޖެފަރސަން އަކީ ތަފާތު ޢިލްމު ދެނެލައްވާ އެޢިލްމުތަކަށް މޮޅު ބޭފުޅެކެވެ. ތޯމަސް ޖެފަރސަން އަކީ ހޯރޓިކަލްޗަރިސްޓް އެކެވެ. ޕޭލްއޮންޓޯލޮޖިސްޓް އެކެވެ. އާކިއޮލޮޖިސްޓް އެކެވެ. އާކިޓެކްޓް އެކެވެ. އިންވެންޓަރ އެކެވެ. އަދި ލިޔުންތެރިއެއް ވެސް މެއެވެ. ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ މަޝްހޫރު ވާޖީނިއާ ޔުނިވަސިޓީގެ ބާނީ އެވެ.

ދިރިއުޅުމުގެ ކުރީކޮޅު އަދި ތަޢުލީމް

އުނިއިތުރު ގެންނަވާ

ތޯމަސް ޖެފަރސަން އުފަންވެ ވަޑައިގަތީ 13 އޭޕްރީލް 1743 ގައި ވާޖީނިއާގެ މުއްސަދި ޢާއިލާ އަކަށެވެ. އެއީ އާއިލާގައި ހިމެނޭ 8 ކުދިންގެ ތެރެއިން 3 ވަނަ ކުއްޖާއެވެ. ތޯމަސް ޖެފަރސަން ގެ މަންމައަކީ އިޝާމް ރޮންޑަލްފް ގެ އަންހެން ދަރިކަލުން ޖޭން ރޮންޑަލްފް އެވެ. ތޯމަސް ޖެފަރސަންގެ ބައްޕައަކީ ޕީޓަރ ޖެފަރސަން އެވެ. އެއީ ދަނޑުވެރި އެކެވެ. އަދި ސާވޭޔަރެއް ވެސް މެއެވެ. ތޯމަސް ޖެފަރސަން ގެ ބައްޕަގެ ދަނޑުބިންތައް ވާޖީނިއާގެ އަލްބިމާރލީ ކައުންޓީގައި ވެއެވެ.

 
ޖެފަރސަންގެ ސޫރަ ދައްކައިދޭ ކުރެހުމެއް

1752 ގައި ސްކޮޓްލޭންޑްގެ މިނިސްޓަރެއް ކަމަށްވާ ވިލިއަމް ޑަގްލަސް ހިންގާ ސުކޫލަށް އުމުރުން 9 އަހަރުގައި ތޯމަސް ޖެފަރސަން ދާން ފެށިއެވެ. އަދި އެތާގައި ލެޓިން، ގްރީކް، އަދި ފަރަންސޭސި ބަސް ކިޔަވަން ފެށިއެވެ. 1757ގައި އުމުރުން 14 އަހަރުގައި ބައްޕަ ނިޔާވުމުން 5ހާސް އޭކަރުގެ ބިމަކާއި، އެތަކެއް އަަޅުންނެއް ތޯމަސް ޖެފަރސަން އަށް ވާރުތައިގެ ގޮތުގައި ލިބިގެންދިޔައެވެ. ތޯމަސް ޖެފަރސަން ގެ އެބިމުގައި ބިނާކުރިއެވެ. ފަހުން މިބުނިގެ މަޝްހޫރު ވެފައިވަނީ މޮންޓިސެއްލޯގެ ނަމުގައެވެ.

ތޯމަސް ޖެފަރސަން ގެ ބައްޕަގެ މަރަށްފަހު 1758ން 1760 އަށް ވާޖީނިއާގެ ޝެޑްވެލް އާ 12 މޭލު ދުރުގައިވާ ފްރެޑްރިކްވިލީ ޕެރިޝް ގައިވާ ބޯޑިންގ ސުކޫލަކުން ޖާގަ ހޯދިއެވެ. އަދި އެތާގައި ތާރީޚާއި ސައިންސް ކިޔަވާފައި ވެއެވެ.

1760 ގައި ޢުމުރުން 16 އަހަރުގައި ތޯމަސް ޖެފަރސަން ވިލިއަމްސް ބާރގް ގައި ހުންނަ ކޮލެޖް އޮފް ވިލިއަމްސް އެންޑް މޭރީ އަށް ވަނެވެ. ދެއަހަރަށްފަހު 1762 ގައި އެކޮލެޖް ނިމީ މަތީ ފާސްތަކާއި ޝަރަފާއި އެކުގައެވެ. އެކޮލެޖުން ތޯމަސް ޖެފަރސަން އުގެނިފައިވަނީ ހިސާބު، މެޓަފިޒިކްސް، ފަލްސަފާ، އެވެ. އެކޮލެޖްގެ ޕްރޮފެސަރު ވިލިއަމް ސްމޯލް ތޯމަސް ޖެފަރސަން އަށް އިގިރޭސި މަޝްހޫރު 3 ފިލޯސަފަރުންގެ ލިޔުންތައް ތަޢާރަފްކޮށްދީފައި ވެއެވެ. އެ 3 ފިލޯސަފަރުންނަކީ ޖޯން ލޮކް، ފްރެންސިސް ބޭކަން، އަދި އިސްހާގު ނިއުޓަން އެވެ. މި 3 މީހުންނަށް ނިސްބަތްކޮށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ތިން މީހުން ނޭ ތޯމަސް ޖެފަރސަން ބުނެފައި ވެއެވެ.

މީގެ އިތުރުން ފަރަންސޭސި ބަސް ރަގަޅަށް އުގެނެ، އަބަދުވެސް ގްރީކް ބަސް ދަސްކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. އަދި އަބަދުވެސް ވިއޫލިން ކުޅުމަށް ލޯބި ކުރެއްވި ކަމަށްވެއެވެ. ޢާއިލީ ކަމެއްގެ ގޮތުން ތޯމަސް ޖެފަރސަން އަށްވަނީ ގިނައިރު ކިޔަވަން ހޭދަކުރުން އާދަވެފައެވެ. ޢާންމުކޮށް ދުވާލަކު 15 ގަޑިއިރު ތޯމަސް ޖެފަރސަން ކިޔަވަން ހޭދަކުރި ކަމަށްވެއެވެ.

ކުރިން ބުނި ކޮލެޖްގައި އުޅުނު އިރު ތޯމަސް ޖެފަރސަން އަކީ ސިއްރު އޯގަނައިޒޭޝަނެއް ކަމަށްވާ ފްލެޓް ހެޓް ކްލަބްގެ މެންބަރެއް ވެސް މެއެވެ. ކޮލެޖް ކެމްޕަސްގައި ތޯމަސް ޖެފަރސަން ދިރިއުޅުނު އިމާރާތަކީ މިހާރުގެ ކްރިސްޓޮފަރ ވްރެން ބިލްޑިންގ އެވެ. ޝާހީ ގަވަރުނަރު ފްރެންކިސް ފޯކިއާރ ގެ ޕާރޓީތަކަށް ތޯމަސް ޖެފަރސަން ޢާންމުކޮށް ގޮސްފައި ވެއެވެ. އަދި އެތާގައި އޭނާގެ ވިއޫލިން އިން މިއުޒިކް ކުޅެ، ޅައުމުރުގައި ބަނގުރާ ބޯން ފަށާފައި ވެއެވެ. 1762 ގައި ކޮލެޖުން ދަސްވެ ނިވުމަށްފަހު އޭނާ ރަހުމަތްތެރިއެއް ކަމުގައިވާ ޖޯޖް ވީތު އާއެކު ގާނޫނު އުގެނިފައި ވެއެވެ.

1772 ގައި ތޯމަސް ޖެފަރސަން އުމުރުން 23 އަހަރުގެ ހުވަފަތް އަންހެނެއް ކަމަށްވާ މާރތާ ވޭލްސް ސްކެލްޓަން އާއި ކައިވެނި ކުރެއްވި އެވެ. އެދެމަފިރިންނަށް 6 ކުދިން ލިބިފައިވެއެވެ. 6 ސެޕްޓެމްބަރު 1782 ގައި މާރތާ މަރުވުމަށްފަހު ތޯމަސް ޖެފަރސަން އެހެން ކައިވެންޏެއް ކުރައްވާފައެއް ނުވެއެވެ.

ކޮލޮނިއަލް ލެޖިސްލޭޗަރ

އުނިއިތުރު ގެންނަވާ

ވާޖީނިއާގެ ހައުސް އޮފް ބާރގްސެސް ގައި ތޯމަސް ޖެފަރސަން ވަނީ ގާނޫނީ ދާއިރާއިން ޚިދުމަތް ކޮށް ތަމްރީނު ހޯއްދަވާފައެވެ. 1774ގައި އަ ސަމަރީ ވިއު އޮފް ޛަ ރައިޓްސް އޮފް ބްރިޓިޝް އެމެރިކާ ގެ ނަމުގައި ވާޖީނިއާގެ ފަރާތުން ނޭޝަނަލް ކޮންގްރެސްގައި ބައިވެރިވާ މަންދޫބުން ހުށަހެޅުމަށް ލިޔުމެއް ތައްޔާރު ކުރެއްވި އެވެ.


ދެވަނަ ކޮންޓިނެންޓަލް ކޮންގްރެސް

އުނިއިތުރު ގެންނަވާ

ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް ލިޔުއްވި މައި އެއް ލިޔުންތެރިއަކީ ތޯމަސް ޖެފަރސަން އެވެ. އެމެރިކާ ސިޔާސަތު އަދި އެމެރިކާގެ މަދަނީ ޘަގާފަތަށް ތޯމަސް ޖެފަރސަން ވަނީ ޚިދުމަތްތަކެއް ކޮށްދީފައެވެ. ކޮންޓިނެންޓަލް ކޮންގްރެސް ގައި ޑެކްލަރޭޝަން ލިޔުމަށްޓަކައި 5 މެންބަރުންގެ ކޮމިޓީއެއް ހޮވުނެވެ. އެކޮމިޓީގައި ތޯމަސް ޖެފަރސަން ހިމެނިގެން ދިޔައެވެ. އަދި ޑެކްލަރޭޝަން ލިޔެފައިވަނީ އެހެން މީހެއްގެ އެހީތެރިކަމެއްނެތި ތޯމަސް ޖެފަރސަން އެކަންޏެވެ.


ސްޓޭޓް ލެޖިސްލޭޗަރ

އުނިއިތުރު ގެންނަވާ

1776 ގެ ސެޕްޓެމްބަރުގައި ތޯމަސް ޖެފަރސަން އެބުރި ވާޖީނިއާ އަށް ދިއުމުން ވާޖީނިއާ ހައުސް އޮފް ޑެލިގޭޓްސް އަށް އަލަށް އިންތިޚާބު ކުރެވުނެވެ. ވާޖީނިއާ ހައުސްގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ވާޖީނިއާގެ މަދަނީ ގާނޫނު ތައް އިސްލާހުކޮށް ޑިމޮކްރެޓިކް ބައްޓަމަކަށް ފެއްތުމަށް މަސައްކަތް ކުރެއްވި އެވެ. ތޯމަސް ޖެފަރސަން ވަނީ 3 އަަހަރު ދުވަހުގެ ތެރޭގައި 126 ބިލް ޑްރާފްޓް ކުރެއްވި އެވެ. އެގޮތުން ޢާއިލާގެ ވާރުތަ މުދާ ހަމައެކަނި ދޮށީ ފިރިހެން ކުއްޖާއަށް ލިބޭގޮތަށް އޮންނަ ގާނޫނު ބަދަލު ކުރެއްވި އެވެ. އަދި ދީނީ މިނިވަންކަމާ ގުޅޭ ގާނޫނު ތައް އިސްލާހު ކުރެއްވި އެވެ. 1178ގައި ތޯމަސް ޖެފަރސަން ތައްޔާރު ކުރެއްވި ބިލް ފޯރ ޛި މޯރ ޖެނެރަލް ޑިފިއުޒަން އޮފް ނޮލެޖް ވަރަށް މަޝްހޫރު ވެގެން ދިޔައެވެ.

ވާޖީނިއާގެ ގަވަރުނަރުކަން

އުނިއިތުރު ގެންނަވާ

1779ން 1781 އަށް ތޯމަސް ޖެފަރސަން ވަނީ ވާޖީނިއާގެ ގަވަރުނަރުކަން ކޮށްފައެވެ. ގަވަރުނަރުކަން ހުރި ދުވަސްވަރު ވާޖީނިއާ ސްޓޭޓްގެ ވެރިކަން ހިންގަމުން އައި އަވަށް ވިލިއަމްސްބާރގް އިން ރިކްމޮންޑް އަށް 1780 ވަނަ އަަހަރު ބަދަލު ކުރެއްވި އެވެ. 1779ގައި ވިލިއަމް މޭރީ ކޮލެޖްގެ ގާނޫނީ ފްރޮފެސަރަކަށް ތޯމަސް ޖެފަރސަން އިސްކުރެވުނެވެ. އެއީ އެމެރިކާ ޔުނިވަސިޓީއެއްގައި ކިޔަވާ ދޭން ފެށި ފުރަތަމަ ގާނޫނީ ދާއިރާގެ ޕްރޮފެސަރު ވެސް މެއެވެ. ފަހުން 1819 ވަނަ އަހަރު އުފެދުނު ވާޖީނިއާ ޔުނިވަސިޓީގެ ބާނީ އަކީ ވެސް ތޯމަސް ޖެފަރސަން އެވެ. އެމެރިކާގައި އެމީހެއްގެ ދީނަށް ބެލުމެއްނެތި ތަޢުލީމު އުގެނުމުގެ ފުރުޞަތު ހުޅުވާލި ފުރަތަމަ ޔުނިވަސިޓީއަކީ ވާޖީނިއާ ޔުނިވަސިޓީ އެވެ. ތޯމަސް ޖެފަރސަން ގަވަރުނަރަކަށް ހުރި ދުވަސްވަރު ދެފަހަރެއްގެ މަތިން އިގިރޭސިން ވާޖީނިއާ އަށް އަރައިގެންފައި ވެއެވެ.


ފަރަންސޭސި ވިލާތަށް ކަނޑައެޅި މިނިސްޓަރު

އުނިއިތުރު ގެންނަވާ

ފަރަންސޭސި ވިލާތަށް އެމެރިކާއިން ކަނޑައެޅި މިނިސްޓަރެއްގެ ގޮތުގައި 1785ން 1789 އަށް ތޯމަސް ޖެފަރސަން ޚިދުމަތް ކޮށްފައިވެއެވެ. އެދުވަސްވަރު ޕެރިސްގައި ހުންނަ އެލީސެސް ކެމްޕަސް ގައި ތޯމަސް ޖެފަރސަން ދިރިއުޅުއްވި އެވެ. ކޮންސްޓިޓިއުޝަނަލް ކޮންވެންޝަން އަށް ތޯމަސް ޖެފަރސަން ޙާޟިރުވެފައެއް ނުވެއެވެ. އެކަމަކު އޭގެ ބަދަލުގައި ތޯމަސް ޖެފަރސަން ތާއީދު ކުރެއްވީ އާ ކޮންސްޓިޓިއުޝަން އަކަށެވެ.


ސެކްޓްރީ އޮފް ސްޓޭޓް ގެ މަގާމް ފުރުއްވުން

އުނިއިތުރު ގެންނަވާ

ފަރަންސޭސި ވިލާތުން އެބުރި އައިސް އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގ ޓަންގެ ސަރުކާރުގައި އަދި އެމެރިކާގެ ފުރަތަމަ ސެކެޓްރީ އޮފް ސްޓޭޓް ގެ މަގާމް 1789ން 1793 އަށް ތޯމަސް ޖެފަރސަން ވަނީ ފުރުއްވާފައެވެ. ތޯމަސް ޖެފަރސަން ޖޯޖް ވޮޝިންގޓަންގެ އަރިސް ބޭފުޅެއްކަމަށްވާ އެލެގްޒެންޑަރ ހެމިލްޓަން އާއި ދެމެދު ހަގުރާމައިގެ ދަރަންޏާއި ގުޅިގެން ތަފާތު އަރާރުންތަކާއި ދެބަސްވުންތައް އުފެދުނެވެ. ހެމިލްޓަން ބުނާގޮތުން ހަގުރާމައިގެ ދަރަނި ޖެހޭނީ ހަމަހަމަގޮތެއްގައި ހުރިހާ ސިޓީތަކެއް ޙިއްޞާވާގޮތަށް ބެހިގެން ދާށެވެ. ނަމަވެސް ތޯމަސް ޖެފަރސަން ބުނާގޮތުން އެސިޓީއެއްގެ ދަރަންޏާއި ޒިންމާވާން ޖެހޭނީ އެސިޓީ އަކުންނެވެ. އިގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ދެެމެދު 1793 ގައި ކުރެވުނު ހަގުރާމައިގެ ތެރޭގައި ތޯމަސް ޖެފަރސަން ތާއީދު ކުރެއްވީ ފަރަންސޭސި ސަރުކާރުގެ ކޮޅަށެވެ.


1796ގެ ރިޔާސީ އިންތިޚާބު އަދި ނައިބު ރައީސްކަން

އުނިއިތުރު ގެންނަވާ

1796 ގައި ރިޕަބްލިކަން ކެންޑިޑޭޓެއްގެ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވައި ޖޯން އެޑަމްސް އާއި ވާދަކޮށް ތޯމަސް ޖެފަރސަން އަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނެވެ. އެކަަމަކު ނާއިބު ރައީސްކަމަށް އިސްވުމަށް އެކަށޭނަ ވަރަށް ތޯމަސް ޖެފަރސަން އަށް ވޯޓް ލިބިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން 1797ން 1801 އަށް އެމެރިކާގެ ނައިބު ރައީސްކަމުގެ މަގާމްގައި ދެމިހުންނެވުމުގެ ފުރުޞަތު ތޯމަސް ޖެފަރސަން ލިބިގެން ދިޔައެވެ. ޖޯން އެޑަމްސްގެ ވެރިކަމުގައި ސޮއިކުރި އެލައިން އެންޑް ސެޑިޝަން އެކްޓްސް ތޯމަސް ޖެފަރސަން ސިފަކޮށްފައިވަނީ އޭނާގެ ޕާޓީ އާއި ދެކޮޅަށް ނެގި ގަރާރެއްގެ ސިފައިގައެވެ.


1800 ވަނަ އަހަރުގެ އިންތިޚާބު

އުނިއިތުރު ގެންނަވާ

1800 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ތޯމަސް ޖެފަރސަން އާއި ވާދަކޮށްފައިވަނީ ނިއުޔޯކް ސިޓީގެ އާރަން ބާރ އެވެ. ރިޔާސީ އިންތިޚާބު ޖެހުމުގެ ކުރިން ދުރާލާ ތޯމަސް ޖެފަރސަން ރައީސް ކަމަށް ކެމްޕޭން ކޮށްފައެއް ނުވެއެވެ. އިންތިޚާބުގައި ތޯމަސް ޖެފަރސަން ހޯދި ކާމިޔާބާއެކު އެމެރިކާގެ ރައީސް ކަމުގެ މަގާމަށް އިސްކުރެވުނެވެ. އަދި ނައިބު ރައީސްކަމަށް އާރަން ބާރ އިސްކުރެވުނެވެ. 1804 ގައި އާރަން ބާރ ހެމިލްޓަން މަރާލުމާއި ގުޅިގެން ނައިބު ރައީސް ކަމުން ވަކިކުރެވުނެވެ.

އެމެރިކާގެ ރިޔާސަތުގައި

އުނިއިތުރު ގެންނަވާ

އެމެރިކާގައި ރިޔާސަތުގައި އާދެ! އެމެރިކާގެ ރައީސް ކަމުގެ މަގާމް ތޯމަސް ޖެފަރސަން ފުރުއްވާފައިވަނީ މާރޗް 4 1801ން މާރޗް 4 1809 އަށެވެ. ތޯމަސް ޖެފަރސަން ގެ ދައުރު ފާހަގަ ވެގެން ގޮސްފައިވަނީ ރަށްފުށުގެ އަހުލުވެރިންގެ ހައްގު ތަކަށް އަޅާލާ، ހިފެހެއްޓިފައިވާ ސަރުކާރެއް އޮތް ދުވަސްވަރެއްގެ ގޮތުގައެވެ.


ފެޑެރަލިސްޓުންގެ ސިޔާސަތު ކުރިއަށްގެންދެވުން

އުނިއިތުރު ގެންނަވާ

ޢަޖާއިބު ކުރުވަނިވި އެއްކަމަކީ ތޯމަސް ޖެފަރސަން އަކީ ރިޕަބްލިކަން ޕާޓީ އިން އިންތިޚާބުވެ ވަޑައިގަތް ރިޕަބްލިކަން އެއް ކަމަށްވިޔަސް، ފެޑެރަލިސްޓުންގެ ސިޔާސަތު ތޯމަސް ޖެފަރސަން ގެ ވެރިކަމުގައި ކުރިއަށް ގެންގޮސްފައިވާ ކަމެވެ. އެގޮތުން އެލެގްޒެންޑަރ ހެމިލްޓަން ފެށި ގައުމީ ބޭންކްގެ މަޝްރޫޢު ކުރިއަށް ގެންދެވިއެވެ. ސެޑިޝަން އެކްޓް ޝެޑިއުލްގައިވާ ގޮތަށް 1801 ގައި ހަމަވެގެން ދިޔައިރު، އެލައިން އެކްޓް ތަކުގެ ތެރެއިން ކޮންމެވެސް އެއް އެއްބަސްވުމެއް އަަހަރަކަށްފަހު އުވާލިއެވެ. ސެޑިޝަން އެކްޓްގެ ދަށުން ބަންދުކުރެވިފައި ތިބި އެންމެން މިނިވަން ކޮށް ދޫކޮށްލެވުނެވެ. ތޯމަސް ޖެފަރސަން ގެ ދައުރުގައި ގައުމީ ދަރަނީގެ ނިސްބަތް ކުޑަކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ. ހަމަމިހެން އަސްކަރިއްޔާގެ ބާރު ކުޑަކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން 1812 ވަނަ އަހަރު އެމެރިކާ ކުރި ހަގުރާމައިގައި ބަލިވެފައިވެއެވެ. ނުވަތަ ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

 
ޖެފަރސަންގެ ބުދެއް

ތޯމަސް ޖެފަރސަން ވެރިކަމަށް އިސްވުމުގެ ކުރިން ކަނޑައަޅާފައި ތިބި ފަނޑިޔާރުންނާއި މެދު ތޯމަސް ޖެފަރސަން އިތުބާރެއް ނުކުރެއްވި އެވެ. އަދި 1801 ވަނަ އަހަރު ގެ ޖުޑިޝަރީ އެކްޓް އުވާލެއްވި އެވެ. އަދި ވަރަށް ގިނަ ޝަރުޢީ ކޯޓްތައް ވެސް އުވާލެއްވި އެވެ.


އަލުން އިންތިޚާބުވުން

އުނިއިތުރު ގެންނަވާ

1804 ވަނަ ތޯމަސް ޖެފަރސަން ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވުނެވެ.


ބޭރުގެ ސިޔާސަތު، ލޫޒިޔާނާ އަލުން އެމެރިކާއަށް ލިބުން

އުނިއިތުރު ގެންނަވާ

ޖޭ ޓްރީޓީ ގެ އެއްބަސްވުން ތޯމަސް ޖެފަރސަން ވަނީ ކުރިއަށް ގެންގޮސްފައެވެ. ލަންޑަންގައި ފެޑެރަލިސްޓުން ބަހައްޓާފައި ހުރި މިނިސްޓަރު ވެސް ބެހެއްޓެވިއެވެ. އަދި ދެގައުމުގެ ދެމެދުގައި ވާހަކަތައް ބާއްވައިފައި ވެއެވެ. ލޫޒިޔާނާ އަލުން އެމެރިކާ ލިބިފައިވަނީ 1803 ވަނަ އަހަރު އެވެ.


ރައީސްކަމުގައި ހުންނަވައި ދެއްވި ބައެއް ތަގްރީރުތައް

އުނިއިތުރު ގެންނަވާ
  • ފުރަތަމަ ފަހަރަށް ރައީސްކަމަށް އިސްވެ ދެއްވި ތަގްރީރު - 4 މާރޗް 1801
  • ދެވަނަ ފަހަރަށް ރައީސްކަމަށް އިސްވެ ދެއްވި ތަގްރީރު - 4 މާރޗް 1805
  • ފުރަތަމަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 8 ޑިސެމްބަރު 1801
  • ދެވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 15 ޑިސެމްބަރު 1802
  • ތިންވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 17 އޮކްޓޯބަރު 1803
  • ހަތަރުވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 8 ނޮވެމްބަރު 1804
  • ފަސްވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 3 ޑިސެމްބަރު 1805
  • ހަވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 2 ޑިސެމްބަރު 1806
  • ހަތްވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 27 އޮކްޓޯބަރު 1807
  • އަށްވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 8 ނޮވެމްބަރު 1808


އަލަށް އުފެއްދެވި ސްޓޭޓްތައް

އުނިއިތުރު ގެންނަވާ
  • އޯހިއޯ - 1މާރޗް 1803

ތޯމަސް ޖެފަރސަން އެކުލަވާލި ކެބިނެޓް

އުނިއިތުރު ގެންނަވާ

ޔުނިވަސިޓީއެއްގެ ބައްޕަ

އުނިއިތުރު ގެންނަވާ

އެމެރިކާގެ ރިޔާސަތުން ވަކިވެ ވަޑައިގަތުމަށްފަހު ތޯމަސް ޖެފަރސަން ހަރަކާތްތެރިވެފައިވަނީ ޢާންމު ރައްޔިތުންނާއި ގުޅުން ހުރި ދާއިރާ ތަކުގައެވެ. ޚާއްޞަކޮށް މަތީ ތަޢުލީމީ ފުރުޞަތުތައް ތަނަވަސް ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އެވެ. އާދާއިރާތަކުން މަތީ ތަޢުލީމު އުގެނުމުގެ ފުރުޞަތު ފަހިކުރުމަށް މަސައްކަތް ކުރެއްވި އެވެ. 1800 ވަނަ އަހަރު ޖޯސެފް ޕްރިސްޓްލީ އަށް ފޮނުވި ސިޓީއެއްގައި ތޯމަސް ޖެފަރސަން ޔުނިވަސިޓީއެއް ހެދުމުގެ ޚިޔާލު ގެންގުޅޭކަން ޚިޔާލު ކުރާކަމަށް ލިޔެފައި ވެއެވެ.

ތޯމަސް ޖެފަރސަން މިހުވަފެން ހަގީގަތަކަށްވީ 1819 ވަނަ އަހަރު ވާޖީނިއާ ޔުނިވަސިޓީ އުފެދިގެން ދިއުމުންނެވެ. ތޯމަސް ޖެފަރސަން ބާނީއެއްގެ ގޮތުގައި ވެފައިވާ މިޔުނިވަސިޓީ ރަސްމީ ގޮތުން ހުޅުވިފައި ވަނީ 1825 ވަނަ އަހަރު އެވެ. ވާޖީނިއާ ޔުނިވަސިޓީގެ ޢިމާރާތަކީ އެދުވަސްވަރު އުތުރު އެމެރިކާ ބައްރުގައި ބިނާކުރެވުނު އެންމެ ވަރުގަދަ އެއް ޢިމާރާތެވެ.

ޖެފަރސަން ނިޔާވުން

އުނިއިތުރު ގެންނަވާ

ތޯމަސް ޖެފަރސަން ނިޔާވެފައިވަނީ 4 ޖުލައި 1826 ގައެވެ. އެއީ އެމެރިކާގެ ދެވަނަ ރައީސް ޖޯން އެޑަމްސް ވެސް އަވަހާރަވި ދުވަހެވެ. ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ މުއްސަދި އާއިލާއަކަށް އުފަންވި ބޭފުޅެއް ނަމަވެސް އޭނާ ނިޔާވިއިރު ވަނީ ވަރަށް ބޮޑަށް ދަރާފައެވެ. އޭނާގެ މިލްކިއްޔާތުގައި ހުރި ތަކެތި ވަނީ ނީލަމުގައި ވިއްކާލާފައެވެ. 1831 ވަނަ އަހަރު ތޯމަސް ޖެފަރސަން ގެ 552 އޭކަރުގެ ބިން 7 ހާސް ޑޮލަރަށް ޖޭމްސް ޓީ ބާކްލޭ އަށް ވިއްކާލާފައި ވެއެވެ. ތޯމަސް ޖެފަރސަން ފަސްދާނު ލެވިފައިވަނީ ވާޖީނިއާގެ ޗާލޮޓްސް ވިލީ ގައި ވާ ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު މޮންޓިސެއްލޯ ގައެވެ. ތޯމަސް ޖެފަރސަން ގެ އެދުމަށް މޮންޓިސެއްލޯ ފަހުން ވަނީ ނޭވީ އޮފިސަރުންގެ ޔަތީމް ދަރިންނަށް ކިޔަވައިދޭ ސުކޫލެއް ހެދުމަށް ބޭނުން ކުރެވިފައެވެ. އޭނާގެ މަގުބަރާގައިވާ މަހާނަ ގަލުގައި އަންނަނިވި ޢިބާރާތްތައް ލިޔެފައި ވެއެވެ.


 
ޖެފަރސަންގެ މަހާނަ ގާ

HERE WAS BURIED THOMAS JEFFERSON

AUTHOR OF THE DECLARATION OF AMERICAN INDEPENDENCE

OF THE STATUTE OF VIRGINIA FOR RELIGIOUS FREEDOM

AND FATHER OF THE UNIVERSITY OF VIRGINIA

އުޅުމާއި މިޒާޖު

އުނިއިތުރު ގެންނަވާ

ތޯމަސް ޖެފަރސަން އަކީ އާރކިޓެކްޓް އެކެވެ. ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު ވާޖީނިއާގެ ޗާލޮޓްސްވިލީ ގައިވާ މޮންޓިސެއްލޯ ފަރުމާކޮށް ހަދާފައިވަނީ ޚުދު ތޯމަސް ޖެފަރސަން އެވެ. މޮންޓިސެއްލޯގައި އުޓޮމެޓިކް ދޮރުތަކާއި، ރިވޮލްވިންގ ގޮނޑި އަދި އެހެނިހެން ތަފާތު އާ އަދަވާތްތައް ވެއެވެ. އެހުރިހާ އެއްޗެއްވެސް ފަރުމާކޮށް ތައްޔާރު ކޮށްފައިވަނީ ޚުދު ތޯމަސް ޖެފަރސަން އެވެ.

އެމެރިކާގެ ވާޖީނިއާ ޔުނިވަސިޓީ އުފެއްދި ބާނީގެ އިތުރުން ތޯމަސް ޖެފަރސަން އަކީ އެ ޔުނިވަސިޓީގެ ކަރިިކިއުލަމް އެކުލަވާ ލައްވައި، އިމާރާތްތައް ފަރުމާ ކުރެއްވި ފަރާތް ވެސް މެއެވެ. މިއަދު ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު މޮންޓިސެއްލޯ އަދި ވާޖީނިއާ ޔުނިވަސިޓީގެ އިމާރާތަކީ އެމެރިކާގައި ހުރި އިންސާނުން އަތުން ހަދާފައިވާ ތަންތަންގެ ތެރެއިން ވޯލްޑް ހެރިޓޭޖް ސައިޓްގައި ހިމާޔަތް ކުރެވިފައިވާ ތަންތަންކަމަށް ބުނެފައިވާ ދެތަނެވެ.

ތޯމަސް ޖެފަރސަން އެންމެ ޝައުގުވެރިވި އެއް ދާއިރާ އަކީ އާކިއޮލޮޖީ އެވެ. އެއް ދުވަސްވަރެއްގެ އާކިއޮލޮޖީ ގެ ބައްޕަ މިނަމުން ނިސްބަތް ކުރެވުނެވެ. 1784ގައި ވާޖީނިއާގައިވާ އިންޑިއަން ބަރިއަލް މަންޑް ކޮނެ ހެދުމުގެ ތެރޭގައި ތޯމަސް ޖެފަރސަން ވަނީ ޢަމަލީ ގޮތުން ބައިވެރި ވެފައެވެ.

ތޯމަސް ޖެފަރސަން އޭނާގެ ގެކޮޅު މޮންޓިސެއްލޯ މަސް ފެންގަނޑެއް ތައްޔާރު ކުރައްވައިގެން ބެލެހެއްޓެވި އެވެ. 1 ފޫޓް ފުންމިނުގެ މި ފެންގަނޑު ތޯމަސް ޖެފަރސަން ބޭނުންކުރެއްވީ ޢާންމުކޮށް ނުގެންގުޅޭ ބާވަތްތަކުގެ މަސްތައް ގެންގުޅުމަށެވެ. މި ފެންގަނޑު އޮންނަނީ މޮންޓިސެއްލޯގެ ހުޅަގު ފަރާތުން ގޯތިތެރޭގައެވެ.

1780ވަނަ އަހަރު ބެންޖަމިން ފްރެންކްލިންސް އެމެރިކަން ފިލޯސަފިކަލް ސޮސައިޓީ އާއި ތޯމަސް ޖެފަރސަން ގުޅިވަޑައިގެންނެވި އެވެ. 1797ން 1815 އަށް މިބުނި ސޮސައިޓީގެ ރައީސްކަން ތޯމަސް ޖެފަރސަން ކުރައްވާފައި ވެއެވެ. ތޯމަސް ޖެފަރސަން އަކީ ބަނގުރާ ގެ ވައްތަރުތަކަށް ލޯބި ކުރައްވައި އެ ހިއްޕަވައި ހެއްދެވި ބޭފުޅެކެވެ.

1801 ވަނަ އަހަރު އަމެނުއަލް އޮފް ޕާލިމެންޓްރީ ޕްރެކްޓިސް ކިޔާ ފޮތެއް ނެރުއްވި އެވެ. އަދި އޭގެ ދެވަނަ ޗާޕް 1802 ވަނަ އަހަރު ނެރުއްވި އެވެ. މިއަދު ވެސް މިފޮތް އެމެރިކާގައި ބޭނުންކުރެވޭ ކަމަށް ވެއެވެ. އޮގަސްޓް 1814 ވަނަ އަހަރު އިގިރޭސިން ކޮންގްރެސް ލައިބްރަރީ އަންދާލުމުން ތޯމަސް ޖެފަރސަން އޭނާ ޖަމާކޮށްފައިވާ ފޮތްތައް ގައުމަށްޓަކައި ހަދިޔާކުރެއްވި އެވެ. ޖެނުއަރީ 1815 ވަނަ އަހަރު 6487 ފޮތް މިގޮތުން ކޮންގްރެސް ލައިބްރަރީ އަށް ތޯމަސް ޖެފަރސަން ފަރާތުން ލިބުނެވެ. ކޮންގްރެސް ލައިބްރަރީގެ ވެބްސައިޓްގައި ފެޑެރަލް ލެޖިސްލޭޓިވް އިންފޮމޭޝަން ބަޔަށް ނަން ދެވިފައިވަނީ ތޯމަސް ޖެފަރސަން ގެ ޝަރަފްގައި ތޯމަސް މިނަމުންނެވެ.

ޝައުގުވެރިވާ ކަންތައްތަކާއި ހަރަކާތްތައް

އުނިއިތުރު ގެންނަވާ

އިންޖިނޭރިންގ

އުނިއިތުރު ގެންނަވާ

ތޯމަސް ޖެފަރސަން އަކީ އާރކިޓެކްޓް އެކެވެ. ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު ވާޖީނިއާގެ ޗާލޮޓްސްވިލީ ގައިވާ މޮންޓިސެއްލޯ ފަރުމާކޮށް ހަދާފައިވަނީ ޚުދު ތޯމަސް ޖެފަރސަން އެވެ. މޮންޓިސެއްލޯގައި އުޓޮމެޓިކް ދޮރުތަކާއި، ރިވޮލްވިންގ ގޮނޑި އަދި އެހެނިހެން ތަފާތު އާ އަދަވާތްތައް ވެއެވެ. އެހުރިހާ އެއްޗެއްވެސް ފަރުމާކޮށް ތައްޔާރު ކޮށްފައިވަނީ ޚުދު ތޯމަސް ޖެފަރސަން އެވެ.

އެމެރިކާގެ ވާޖީނިއާ ޔުނިވަސިޓީ އުފެއްދި ބާނީގެ އިތުރުން ތޯމަސް ޖެފަރސަން އަކީ އެ ޔުނިވަސިޓީގެ ކަރިިކިއުލަމް އެކުލަވާ ލައްވައި، އިމާރާތްތައް ފަރުމާ ކުރެއްވި ފަރާތް ވެސް މެއެވެ. މިއަދު ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު މޮންޓިސެއްލޯ އަދި ވާޖީނިއާ ޔުނިވަސިޓީގެ އިމާރާތަކީ އެމެރިކާގައި ހުރި އިންސާނުން އަތުން ހަދާފައިވާ ތަންތަންގެ ތެރެއިން ވޯލްޑް ހެރިޓޭޖް ސައިޓްގައި ހިމާޔަތް ކުރެވިފައިވާ ތަންތަންކަމަށް ބުނެފައިވާ ދެތަނެވެ.


ތޯމަސް ޖެފަރސަން އެންމެ ޝައުގުވެރިވި އެއް ދާއިރާ އަކީ އާކިއޮލޮޖީ އެވެ. އެއް ދުވަސްވަރެއްގެ އާކިއޮލޮޖީ ގެ ބައްޕަ މިނަމުން ނިސްބަތް ކުރެވުނެވެ. 1784ގައި ވާޖީނިއާގައިވާ އިންޑިއަން ބަރިއަލް މަންޑް ކޮނެ ހެދުމުގެ ތެރޭގައި ތޯމަސް ޖެފަރސަން ވަނީ ޢަމަލީ ގޮތުން ބައިވެރި ވެފައެވެ.


މަސް ފެންގަނޑު

އުނިއިތުރު ގެންނަވާ

ތޯމަސް ޖެފަރސަން އޭނާގެ ގެކޮޅު މޮންޓިސެއްލޯ މަސް ފެންގަނޑެއް ތައްޔާރު ކުރައްވައިގެން ބެލެހެއްޓެވި އެވެ. 1 ފޫޓް ފުންމިނުގެ މި ފެންގަނޑު ތޯމަސް ޖެފަރސަން ބޭނުންކުރެއްވީ ޢާންމުކޮށް ނުގެންގުޅޭ ބާވަތްތަކުގެ މަސްތައް ގެންގުޅުމަށެވެ. މި ފެންގަނޑު އޮންނަނީ މޮންޓިސެއްލޯގެ ހުޅަގު ފަރާތުން ގޯތިތެރޭގައެވެ.

1780ވަނަ އަހަރު ބެންޖަމިން ފްރެންކްލިންސް އެމެރިކަން ފިލޯސަފިކަލް ސޮސައިޓީ އާއި ތޯމަސް ޖެފަރސަން ގުޅިވަޑައިގެންނެވި އެވެ. 1797ން 1815 އަށް މިބުނި ސޮސައިޓީގެ ރައީސްކަން ތޯމަސް ޖެފަރސަން ކުރައްވާފައި ވެއެވެ. ތޯމަސް ޖެފަރސަން އަކީ ބަނގުރާ ގެ ވައްތަރުތަކަށް ލޯބި ކުރައްވައި އެ ހިއްޕަވައި ހެއްދެވި ބޭފުޅެކެވެ.

 
މޮންޓިސެއްލޯ: ޖެފަރސަންގެ ގެކޮޅު

ލިޔުންތެރިކަން

އުނިއިތުރު ގެންނަވާ

1801 ވަނަ އަހަރު އަމެނުއަލް އޮފް ޕާލިމެންޓްރީ ޕްރެކްޓިސް ކިޔާ ފޮތެއް ނެރުއްވި އެވެ. އަދި އޭގެ ދެވަނަ ޗާޕް 1802 ވަނަ އަހަރު ނެރުއްވި އެވެ. މިއަދު ވެސް މިފޮތް އެމެރިކާގައި ބޭނުންކުރެވޭ ކަމަށް ވެއެވެ. އޮގަސްޓް 1814 ވަނަ އަހަރު އިގިރޭސިން ކޮންގްރެސް ލައިބްރަރީ އަންދާލުމުން ތޯމަސް ޖެފަރސަން އޭނާ ޖަމާކޮށްފައިވާ ފޮތްތައް ގައުމަށްޓަކައި ހަދިޔާކުރެއްވި އެވެ. ޖެނުއަރީ 1815 ވަނަ އަހަރު 6487 ފޮތް މިގޮތުން ކޮންގްރެސް ލައިބްރަރީ އަށް ތޯމަސް ޖެފަރސަން ފަރާތުން ލިބުނެވެ. ކޮންގްރެސް ލައިބްރަރީގެ ވެބްސައިޓްގައި ފެޑެރަލް ލެޖިސްލޭޓިވް އިންފޮމޭޝަން ބަޔަށް ނަން ދެވިފައިވަނީ ތޯމަސް ޖެފަރސަން ގެ ޝަރަފްގައި ތޯމަސް މިނަމުންނެވެ.

ސިޔާސީ ފަލްސަފާ

އުނިއިތުރު ގެންނަވާ

ތޯމަސް ޖެފަރސަން އަކީ އެމެރިކާގައި ޖުމްހޫރީ ނިޒާމް ބިނާކުރެއްވުމުގައި ލީޑް ރޯލް ކުޅުއްވި ފަރާތެވެ. 1790 ވަނަ އަހަރު އެލްގްޒެންޑަރ ހެމިލްޓަން އަދި ޖޯން އެޑަމްސް ގުޅިގެން އެމެރިކާގައި އިގިރޭސި ވިލާތުގައި އޮންނަ ފަދަ ރަސްކަމެއް ބިނާކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ތޯމަސް ޖެފަރސަން އިންޒާރު ކުރެއްވި އެވެ. 1812 ވަނަ އަހަރުގެ ހަގުރާމަ އަށް ތޯމަސް ޖެފަރސަން ތާއީދު ކުރެއްވި އެވެ. މިހަގުރާމަ އަކީ ކެނެޑާއިން އިގިރޭސި އަސްކަރީ ބާރު ދުއްވާލުމަށްޓަކައި ކުރެވުނު ހަގުރާމަ އެކެވެ.

ތޯމަސް ޖެފަރސަން ގެ ވެރިކަމުގައި ގައުމީ ބޭންކް ގެ ނިޒާމް ގާއިމުކުރެއްވުމަށް ތޯމަސް ޖެފަރސަން އިދިކޮޅު ހެއްދެވިއެވެ. އެގޮތުން ތޯމަސް ޖެފަރސަން ބުނެފައި ވެއެވެ. ސިފައިން ނުވަތަ އާރމީން ގައުމުގައި ބޭތިއްބުމަށްވުރެ ވެސް ބޭންކުތައް ގާއިމް ކުރުމުގެ ނުރައްކާތެރިކަން ބޮޑެވެ. ތޯމަސް ޖެފަރސަން މި އިދިކޮޅު ހެއްދެވުން އޮތް ނަމަވެސް 1816 ވަނަ އަހަރު އެމެރިކާގެ ދެވަނަ ބޭންކް އުފެދިގެން ދިޔައެވެ.

ތޯމަސް ޖެފަރސަން ގަބޫލު ކުރައްވާ ގޮތުގައި ކޮންމެ މީހަކަށްވެސް ވަކި ޙައްގު ތަކެއް ލިބިފައި ވެއެވެ. އެހައްގުތަކަކީ ވަކި މީހަކަށް ނުވަތަ ވަކި ސަރުކާރަކަށް ނިގުޅައިގަނެވޭނެ ހައްގުތަކެއް ނޫނެވެ.

ދީނީ ތަޞައްވުރު

އުނިއިތުރު ގެންނަވާ

ގިނަ މީހުން ގަބޫލު ކުރާގޮތުގައި ތޯމަސް ޖެފަރސަން އަކީ ޑެއިސްޓެކެވެ. މިކަން މިގޮތަށް ގިނަބަޔަކު ގަބޫލުކުރަނީ ތޯމަސް ޖެފަރސަން ގެ ސިޔާސަތުގައި ވަރަށް ގިނަގިނަ ކަންތައްތައް ޑެއިސްޓުންގެ އުސޫލާއި އެއްގޮތަށް ގެންގޮސްފައިވާތީއެވެ. ތޯމަސް ޖެފަރސަން އުޅެބޮޑުވެގެން އައިރު ވަރަށް ގިނައިން ވާޖީނިއާގައި ހުންނަ ޗާރޗް އޮފް އިންގްލަންޑް އަށް ގޮސްފައިވެއެވެ. އެމެރިކަން އިންގިލާބުގެ ކުރިން ތޯމަސް ޖެފަރސަން އޭނާ ދިރިއުޅުއްވި އަވަށުގައި ހުރި ލޯކަލް ޗާރޗް ގައި ވޭސްޓްރީމޭން އެއްގެ ގޮތުގައި ހަރަކާތްތެރި ވެފައި ވެއެވެ.

އެމެރިކާގެ ރިޔާސަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވް ގައި ހަފްތާ އަކު އެއްފަހަރު ބާއްވާ ޗާރޗް ސާރވިސް ގައި ބައިވެރި ވެފައި ވެއެވެ. 1784ން 1786 އަށް ތޯމަސް ޖެފަރސަން އާއި ޖޭމްސް މެޑިސަން ގުޅިގެން ފައްޅި ހެދުމަށް ބޭނުންވާތަކެތި ހޯދުމަށް ޓެކްސް ނެގުމާއި ދެކޮޅަށް ޕެޓްރިކް ހެންރީ ކުރަމުން ގެންދިޔަ މަސައްކަތާ ދެކޮޅު ހެއްދެވިއެވެ. 1786 ވަނަ އަހަރު ބޭއްވުނު ވާޖީނިއާ ޖެނެރަލް އެސެމްބްލީގައި ތޯމަސް ޖެފަރސަން ހުށަހެޅުއްވި ދީނީ މިނިވަންކަމުގެ ބިލް ފާސްކުރިއެވެ.

ޖެފަރސަންއާއި އަޅުން ގެންގުޅުއްވުން

އުނިއިތުރު ގެންނަވާ

ތޯމަސް ޖެފަރސަން ވަނީ އޭނާގެ ދިގު ޙަޔާތުގައި ވަރަށް ގިނަ އަޅުން ގެންގުޅުއްވާފައެވެ. އަޅުން ގެންގުޅުއްވުމަކީ ޣައިރު އަޚްލާގީ ސިފައެއް ކަމަށް ތޯމަސް ޖެފަރސަން ބުނާއިރު އޭނާ އަޅުން ގެންގުޅުއްވާތީ ވަރަށް ގިނަ ބަޔަކު އެވާހަކަ ދައްކާފައި ވެއެވެ. 1769 ވަނަ އަހަރު ހައުސް އޮފް ބާރގްސެސް ގެ މެންބަރެއްގެ ގޮތުން ވާޖީނިއާގައި އަޅުން ގެންްގުޅުން ނައްތާލުމަށް ކޮންގްރެސް އަށް ތޯމަސް ޖެފަރސަން ހުށަހެޅުއްވި އެވެ. ނަމަވެސް މިހުށަހެޅުއްވުން ކާމިޔާބު ވެފައެއް ނުވެއެވެ. ބުނެވޭގޮތުގައި އަޅުން ގެންގުޅުއްވުމުގެ ސަބަބުން ޚުދު ތޯމަސް ޖެފަރސަން އަށް ވެސް ވަރަށް ބޮޑު ދަރަންޏަކާއި ހަޔާތުގެ ފަހުކޮޅު ކުރިމަތި ލާން ޖެހުނެވެ.

1778 ގައި ވާޖީނިއާ އަަށް އަޅުން އެެތެރެކުރުން މަނާކުރާ ގާނޫނެއް ފާސްކުރުމަށް ހުށަހެޅުނެވެ. ނަމަވެސް މިކަންވެސް ކާމިޔާބުވާގޮތް ވެފައެއް ނުވެއެވެ. 1807 ވަނަ އަހަރު އަޅުންގެ ވިޔަފާރި ކުރުން ނައްތާލުމަށް ބިލެއްގައި ތޯމަސް ޖެފަރސަން ސޮއިކުރެއްވި އެވެ.

އާޘާރުތަކާއި ހަދާންތައް

އުނިއިތުރު ގެންނަވާ
  • އޭޕްރީލް 131943 - ތޯމަސް ޖެފަރސަންގެ 200 ވަނަ އުފަންދުވަހު ވޮޝިންގޓަން ޑީސީ ގައި ޖެފަރސަން މެމޯރިއަލް ތަޚްޞީޞް ކުރެވުނު! މިމެމޯރިއަލް ގައި ތޯމަސް ޖެފަރސަން ގެ 19 ފޫޓްގެ އުސްމިނުގައި ހެދިފައިވާ ބުދު ބެހެއްޓިފައިވޭ!
  • ތޯމަސް ޖެފަރސަން ގެ ފޮޓޯ 2 ޑޮލަރުގެ ލޯލާރި، އަދި ކަރުދާސް 100 ޑޮލަރުގައި ޖަހާފައިވޭ!
  • ވާޖީނިއާގެ ޗާލޮޓްސްވިލީ ގައި ތޯމަސް ޖެފަރސަން ގެ ހަދާނީ ފައްޅި ބިނާކުރެވިފައިވޭ!


އަދިވެސް އިތުރަށް ބައްލަވާލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ



  1. Randall, 1994 p. 203


Cite error: <ref> tags exist for a group named "lower-alpha", but no corresponding <references group="lower-alpha"/> tag was found