ބޮޑު ގޮހޮރު

(މިސްރާބުކުރެވުނީ Large Intestine އިން)

ބޮޑު ގޮހޮރު (އިނގިރޭސި ބަހުން: Large intestine)އަކީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު އަށް ވެސް ބޮޑު ގޮހޮރު އޭ ކިޔައެވެ. އެއީ ބޮޑު ގޮހޮރުގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަބައިގައި ހުރި ފެން އަނބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރިތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ.

ބޮޑު ގޮހޮރު
Front of abdomen, showing the large intestine, with the stomach and small intestine in dashed outline.
Front of abdomen, showing surface markings for liver (red), and the stomach and large intestine (blue).
Latin intestinum crassum
Gray's subject #249 1177
Lymph inferior mesenteric lymph nodes
Dorlands/Elsevier i_11/12456545

ބޮޑު ގޮހޮރު ފެށިފައި އިންނަނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު (އިނގިރޭސި ބަހުން: Iliac region)އޭ ކިޔޭ ހިސާބުގައެވެ. ބޮޑު ގޮހޮރުގައި ހިމެނެނީ މައިގަނޑު ދެބަޔެކެވެ. އެއީ ސީކަމް އަދި ފަލަ ގޮހޮރު އެވެ. ބޮޑު ގޮހޮރުގެ ދިގުމިނުގައި 1.5 މީޓަރު ހުރެއެވެ. ބޮޑު ގޮހޮރުގެ މައިގަނޑު ދެބަޔަކީ ކުރިން ބުނި ދެބައި ނަމަވެސް، އެނަޓަމީ ޢިލްމުވެރިން ބޮޑުގޮހޮރުގެ ބައިތަކުގެ ގޮތުގައި ފާހަގަކުރާ އާންމު ބައިތައް ތިރީގައި މިވަނީ އެވެ. ބޮޑު ގޮހޮރުގެ އެތެރޭގެ ހުރަސް ދިގު ވަށަމިން ކުޑަ ގޮހޮރުއަށްވުރެ އެތަކެއް ގުނައެއް ފުޅާވާނެއެވެ.

ބޮޑު ގޮހޮރު ގައި ސީކަމް އިން ފެށިގެން ހުރަސް ފަލަ ގޮހޮރުގެ މެދާއި ހަމައަށް އިންނަ ބަޔަށް ކަނާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. އަދި ހުރަސް ފަލަ ގޮހޮރުގެ މެދުން ފެށިގެން ގޮސް ސިގްމޮއިޑް ގޮހޮރުގެ ނިޔަލަށް އިންނަ ބަޔަށް ވާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. ބޮޑު ގޮހޮރުގެ ޕީއެޗް ހުންނަނީ 7-5.5 އާއި ދެމެދުގެ މިންވަރެއްގައެވެ.

ބޮޑު ގޮހޮރުގެ ބައިތައް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސީކަމް

ސީކަމް(އިނގިރޭސި ބަހުން: Cecum) އަކީ ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމް އާއި، މައްޗަށްއަރާ ފަލަ ގޮހޮރު ގުޅުވައިދޭ ކޮތަޅެއް ފަދަ ގުނަވަނެކެވެ. ބޮޑު ގޮހޮރުގެ ފެށޭބައި ކަމުގައި ބެލެވިފައިވާ ސީކަމް އާއި، ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމް ވަކިކޮށްދެނީ އިލިއޯސީކަލް ވޭލް(އިނގިރޭސި ބަހުން: Ileocecal valve) އިންނެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ އިލިއެކް ސަރަހައްދު އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމުން ސީކަމް އިންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުން ކުރިމަތިން އުނަގަނޑުގެ ތިރީބައިގައެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެޕެންޑިކްސް

އެޕެންޑިކްސް(އިނގިރޭސި ބަހުން: Appendix) އަކީ ސީކަމްގެ ފަހަތުން ހަށިގަނޑުގެ މެދާ ކައިރިވީ ފަރާތުގައި އިލިއޯސީކަލް ވޭލް އަށްވުރެ 1 އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައި އިންނަ ވަރަށް ހަނި ފަންޏެއް ފަދަ ހޮޅި އެކެވެ. އާންމު ގޮތެއްގައި މިބުނި ގޮތަށް ސީކަމްގެ ފަހަތުން ސީކަމްގެ ތެރެއަށް އެޕެންޑިކްސް ހުޅުވިފައި އިންނަނީ 74 އިންސައްތަ މީހުން ގެއެވެ. 21 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ޅިނދުގެ ތެރޭގައެވެ. 3.5 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ސީކަމްގެ ދަށުގައެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފަލަ ގޮހޮރު

ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Colon) އަކީ ބޮޑު ގޮހޮރުގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު އަށް ވެސް ބޮޑު ގޮހޮރު އޭ ކިޔައެވެ. އެއީ ބޮޑު ގޮހޮރުގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަބައިގައި ހުރި ފެން އަނބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރިތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމާއި، އަދި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެން ކަމަށްވާތީ ފަލަ ގޮހޮރުގެ ފުރަތަމަ ބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ.

މައްޗަށްއަރާ ފަލަ ގޮހޮރު

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މައްޗަށްއަރާ ފަލަ ގޮހޮރު

މައްޗަށްއަރާ ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Ascending colon) އަކީ ފަލަ ގޮހޮރު ގައި ސީކަމް އިން ފެށިގެން މައްޗަށް އަރަމުން ގޮސް، ހުރަސް ފަލަ ގޮހޮރުގެ ފެށުމާއި ހަމައަށްވާ ބައެވެ. މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށްކިޔަނީ ހިޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ ދިގުމިނުގައި 12.5 ސެންޓިމީޓަރު ހުރެއެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމާއި، އަދި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެން ކަމަށްވެފައި، މައްޗަށްއަރާ ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރުގެ ފުރަތަމަބައި ކަމަށްވާތީ މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ވޭގަސް ނާރު(އިނގިރޭސި ބަހުން: Vagus nerve)ގެ ސިމްޕަތެޓިކް ނާރު ފައިބަރު ތަކުންނެވެ.

ހިޕަޓިކް ޕްލެކްޝަރ

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހިޕަޓިކް ޕްލެކްޝަރ

ހިޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އަކީ މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަނެވެ. މިކަން ނުވަތަ މިބައިގެ ފަހަތް ނޫން އެހެން ފަރާތްތައް ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. މަތިންނާއި އަރިމަތިން މިބައި އިންނަނީ ފުރަމޭގެ ކަނާތު ލޯބްގައިވާ ކޮލިކް އިމްޕްރެޝަން އޭ ކިޔާ އަޑިކޮޅުގެ ތެރެއަށް ފެތިފައެވެ. ނުވަތަ އެއަޑިކޮޅުގައި ޖެހިފައެވެ. ފަހަތުން މެދަށްވާގޮތަށް މިބައި އިންނަނީ ކަނާތު ގުރުދާގައި ޖެހިފައެވެ.

މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން ނުވަތަ ހިޕަޓިކް ފްލެކްޝަރ އަށް މިހެން ކިޔަނީ ފުރަމޭ އާއި ވިދިގެން މިބައި ހުންނާތީ އެވެ.

ހުރަސް ފަލަ ގޮހޮރު

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުރަސް ފަލަ ގޮހޮރު

ހުރަސް ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Transverse colon) އަކީ ފަލަ ގޮހޮރުގައި މައްޗަށްއަރާ ފަލަ ގޮހޮރު ނިމޭ ހިސާބުން ފެށިގެން ހުރަހަށް ހަށިގަނޑުގެ ކަނާތުން ވާތަށްވާ ގޮތަށް ތިރިއަށްފައިބާ ފަލަ ގޮހޮރުގެ ފެށުމާއި ހަމައަށް އޮންނަ ބައެވެ. ހުރަސް ފަލަ ގޮހޮރުގެ ކުރިމަތިން މައިދާއާއި ހުރަސް ފަލަ ގޮހޮރު ވަނީ ގްރޭޓަރ އޯމެންޓަމް އޭ ކިޔާ ޕެރިޓޯނިއަމް ފޯލްޑް އަކުން ގުޅިފައެވެ. ހުރަސް ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރު ގައި ހިމެނޭ އެންމެ ދިގު، އަދި އެންމެ ހަރަކާތްކުރާ ބައެވެ. މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށްކިޔަނީ ހިޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އެވެ. ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަން އަށް ކިޔަނީ ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އެވެ. އެހެންކަމުން ހުރަސް ފަލަ ގޮހޮރު އޮންނާނީ ހަށިގަނޑުގެ ހުރަހަށްވާގޮތަށް ހިޕަޓިކް ފްލެކްޝަރ އާއި ސްޕްލީނިކް ފްލެކްޝަރ އާއި ދެމެދުގައެވެ.

ސްޕްލީނިކް ފްލެކްޝަރ

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސްޕްލީނިކް ފްލެކްޝަރ

ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އަކީ ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަނެވެ. މިބައި އިންނަނީ ޑައަފްރަމް ގައި ޖެހިފައެވެ. އެހެންކަމުން މިބައި އިންނަނީ ހިޕަޓިކް ފްލެކްޝަރ އަށް ވުރެ މަތީ ލެވެލް އެއްގައެވެ. ކުރިމަތިންނާއި، އަރިމަތިން، އަދި މަތިން މިބައި އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ.

ތިރިއަށްފައިބާ ފަލަ ގޮހޮރު

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ތިރިއަށްފައިބާ ފަލަ ގޮހޮރު

ތިރިއަށްފައިބާ ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Descending colon) އަކީ ފަލަ ގޮހޮރުގައި ހުރަސް ފަލަ ގޮހޮރު ނިމިގެން ތިރިއަށް ގޮސް، ސިގްމޮއިޑް ގޮހޮރުގެ ފެށުމާއި، ހަމައަށްވާ ބައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އޮންނަނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށް ކިޔަނީ ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އެވެ.

ސިގްމޮއިޑް ގޮހޮރު

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސިގްމޮއިޑް ގޮހޮރު

ސިގްމޮއިޑް ގޮހޮރު(އިނގިރޭސި ބަހުން: Sigmoid colon) އަކީ ފަލަ ގޮހޮރުގެ ބައެކެވެ. ނުވަތަ ފަލަ ގޮހޮރުގެ އެންމެ ފަހު ބައެވެ. ނުވަތަ ފަލަ ގޮހޮރުގައި ތިރިއަށްފައިބާ ފަލަ ގޮހޮރުގެ ނިމޭ ހިސާބުން ފެށިގެން ފުރަގަސް ފަރާތް އާއި ދެމެދުގައިވާ ބައެކެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ އިގިރޭސި އަކުރު އެސް(S) ގެ ބައްޓަމަށެވެ. ސިގްމޮއިޑް ގޮހޮރު ގެ ފާރުގައި މަޑު މަސްގެ ފަށަލައެއް ވެއެވެ. މިމަސް ފަށަލަ ކުރުގެޅި، ވާންވުމުން، ފަލަ ގޮހޮރުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ބޮޑުކަމުދާ ތަކެތި ފުރަގަސް ފަރާތް އަށް އެޅޭގޮތް ވެއެވެ. ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް ގައި ހުންނަނީ ސިންގަލް ކޮލަމްނަރ އެޕިތީލިއަލް ސެލް އެވެ. މިސެލް ތަކުގެ ތެރޭގައި ވަރަށް ގިނަ ގޮބްލިޓް ސެލް ތައް ހުރެއެވެ. އަދި ކުދި ގްލޭންޑް ތަކެއް ބޮޑު ގޮހޮރުގެ ތެތް ދުލިފަށަލައިގައި ހުރެއެވެ. ގޮބްލިޓް ސެލް ތަކާއި، މިގްލޭންޑް ތައް ގުޅިގެން އަލްކަލައިން ތަބީޢަތުގައި ހުރި ދަވަ ދޫކުރެއެވެ. ބޮޑު ގޮހޮރުގެ ތެރޭގައި ވަކިވަކިން ހުންނަ ލިމްފް ފޮލިކަލް ތައް ވެސް ހުރެއެވެ. މިލިމްފް ފޮލިކަލް ތައް ހުންނަނީ ސީކަމް އަދި އެޕެންޑިކްސް ގައެވެ.

ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް

އުނިއިތުރު ގެންނަވާ

ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Colonic muscosa) ގައި ހުންނަނީ ސިންގަލް ކޮލަމްނަރ އެޕިތީލިއަލް ސެލް އެވެ. މިސެލް ތަކުގެ ތެރޭގައި ވަރަށް ގިނަ ގޮބްލިޓް ސެލް ތައް ހުރެއެވެ. އަދި ކުދި ގްލޭންޑް ތަކެއް ބޮޑު ގޮހޮރުގެ ތެތް ދުލިފަށަލައިގައި ހުރެއެވެ. ގޮބްލިޓް ސެލް ތަކާއި، މިގްލޭންޑް ތައް ގުޅިގެން އަލްކަލައިން ތަބީޢަތުގައި ހުރި ދަވަ ދޫކުރެއެވެ. ބޮޑު ގޮހޮރުގެ ތެރޭގައި ވަކިވަކިން ހުންނަ ލިމްފް ފޮލިކަލް ތައް ވެސް ހުރެއެވެ. މިލިމްފް ފޮލިކަލް ތައް ހުންނަނީ ސީކަމް އަދި އެޕެންޑިކްސް ގައެވެ.

ބޮޑު ގޮހޮރުގެ ވަޒީފާ

އުނިއިތުރު ގެންނަވާ

ކާނާ ހަށިގަނޑަށް ނެގުން

އުނިއިތުރު ގެންނަވާ

ބޮޑު ގޮހޮރު އަކީ ކާނާގެ ބާވަތްތައް ހަށިގަނޑަށް ނެގުމުގެ ބާރު ނުވަތަ އެމާއްދާތައް ހަށިގަނޑަށް ދެމުމުގެ ބާރު މަތި ތަނެކެވެ. ސޯޑިއަމް، ކްލޮރައިޑް، އަދި ފެން މައިގަނޑު ގޮތެއްގައި ހަށިގަނޑަށް ނަގަނީ ބޮޑު ގޮހޮރުގެ ތެރޭގައެވެ. ދުވާލަކު 2-1 ލިޓަރުގެ އައިސަޓޮނިކް ހާލަތުގައި ހުރި ކައިމް ބޮޑު ގޮހޮރަށް ވާޞިލް ވެއެވެ. މިބުނި ކައިމްގެ ތެރޭގައި ހުރި ދިޔާތަކެތީގެ 90 އިންސައްތަ ހަށިގަނޑަށް ނަގައެވެ. އަދި ގާތްގަނޑަކަށް 250-200 މިލިލީޓަރުގެ ކޮންމެވެސް ހަރުކަމެއް ހުރި ބޮޑު ކަމުދާތަކެތި ބޭރުވެގެން ދެއެވެ.

ބައެއް މާއްދާތައް ދޫކުރުން

އުނިއިތުރު ގެންނަވާ

ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށުން ގޮހޮރުގެ ތެރެއަށް ދޫކުރާ މާއްދާ ތަކުގެ ތެރޭގައި ޕޮޓޭސިއަމް، ބައިކާބޮނޭޓް، އަދި ދަވަ ހިމެނެއެވެ.

ބައެއް މާއްދާތައް ބޭރުކުރުން

އުނިއިތުރު ގެންނަވާ

ބައެއް މާއްދާތައް ހަށިގަނޑުން ބޭރުވެގެންދަނީ ބޮޑު ގޮހޮރުގެ ތެރެއިން ގޮހެވެ. މިސާލަކަށް ދިރޭ ރަހަ އަކީ މިގޮތުން ބޭރުވެގެންދާ މައުދަނެކެވެ.

ބޮޑުކަމުދާ ތަކެތި ގުދަންކުރުން

އުނިއިތުރު ގެންނަވާ

ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ޖެހެންދެން ގުދަން ކުރެވިފައި ހުންނަނީ ސިގްމޮއިޑް ގޮހޮރު ގައެވެ.

ބޮޑުކަމުދިއުން

އުނިއިތުރު ގެންނަވާ

ބޮޑުކަމުދިއުން އަކީ ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމެވެ. މިމަސައްކަތްކުރުމުގައި ބައިވެރިވާ ދެގުނަން އަކީ ފުރަގަސް ފަރާތް އަދި ފުރަގަސް ފަރާތު ދޮރު އެވެ. ބޮޑުކަމުދާ ތަކެތީގެ ސަބަބުން ފުރަގަސް ފަރާތް ފުޅާވެ، ފުފިގެންދަނީ ހަމައެކަނި ބޮޑުކަމުދިއުމުގެ ތެރޭގައެވެ.

ވިޓަމިން އުފެއްދުން

އުނިއިތުރު ގެންނަވާ

ބޮޑު ގޮހޮރުގެ ތެރޭގައި ހުންނަ ބައެއް ކަހަލަ ބެކްޓީރިޔާ ތަކުން ވިޓަމިން އުފައްދައެވެ. މިގޮތުން ބެކްޓީރިޔަލް ފްލޯރާ އޭކިޔާ ބެކްޓީރިޔާ ތަކުން ވިޓަމިން ކޭ އަދި ވިޓަމިން ބީގެ ބައެއް ވައްތަރުތައް އުފައްދައެވެ. މީގެ އިތުރުން ފުރަގަސް ފަރާތުން ބޭރުކުރާ ވައި ވެސް އުފެދެނީ މިބެކްޓީރިޔާ ތަކުގެ ސަބަބުންނެވެ.

ބޮޑުގޮހޮރުގެ ބަލިތައް

އުނިއިތުރު ގެންނަވާ