ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އަކީ ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަނެވެ. މިބައި އިންނަނީ ޑައަފްރަމް ގައި ޖެހިފައެވެ. އެހެންކަމުން މިބައި އިންނަނީ ހިޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އަށް ވުރެ މަތީ ލެވެލް އެއްގައެވެ. ކުރިމަތިންނާއި، އަރިމަތިން، އަދި މަތިން މިބައި އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ.

ހިޕަޓިކް ފްލެކްޝަރ އާއި ޑައަފްރަމް ގުޅިފައިވާ އެއްސުމަށް ކިޔަނީ ފްރެނިކޯ ކޮލިކް ލިގަމެންޓް(އިނގިރޭސި ބަހުން: Phrenico colic ligament) އެވެ. މަތިން މިބައި އިންނަނީ ހުންކޮށިގެ އަރިމަތިން ނިމޭކޮޅާއި، އަދި ޗިސްމޭގެ ނިގޫ ގައި ޖެހިފައެވެ. އަދި ހަށިގަނޑުގެ މެދާވީ ފަރާތުން މިބައި ޖެހިފައި އިންނަނީ ވާތު ގުރުދާ ގައެވެ.

ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަން ނުވަތަ ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އަށް މިހެން ކިޔަނީ މިބައި އިންނަނީ ހުންކޮށި އާއި ކައިރީގައި ކަމަށްވާތީ އެވެ.