ޝަމްޝީރު ރާޖު ކަޕޫރު ނުވަތަ ޝައްމީ ކަޕޫރު (އުފަންވެފައިވަނީ އޮކްޓޫބަރު 21 1931) ގައި އިންޑިޔާގެ ބޮމްބޭގައެވެ. ޝައްމީ ކަޕޫރު އަކީ ޕްރިތްވީ ރާޖު ކަޕޫރު އާއި ރާމާ ކަޕޫރު ގެ ދެވަނަ ދަރިފުޅެވެ. މިއީ މަޝްހޫރު ހިންދީ ފިލްމީ ތަރިއެކެވެ. ޝައްމީ ކަޕޫރުގެ މަޝްހޫރު ފިލްމްތައް ނިކުމެފައިވަނީ 1950 އަދި 1960 ގެ އަހަރު ތަކުގެ ތެރޭގައެވެ.

ފިލްމީ ޙަޔާތް އުނިއިތުރު ގެންނަވާ

ކިޔަވަމުންދިޔަ ރުއިއާ ކޮލެޖުން ވަކިވެ ބައްޕަގެ ސިނަމާ ތިއޭޓަރުގައި ޖޫނިއަރ ފަންނާނެއްގެ ގޮތުން ހަރަކާތްތެރިވާން ފެށީ 1948 ގައެވެ. އެއަށްފަހު 1952 އާއި ހަމައަށް އެތިއޭޓަރުގެ ތަފާތު އުފެއްދުން ތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ. ޝައްމީ ކަޕޫރުގެ ބަތަލެއްގެ ހައިސިއްޔަތުން ފުރަތަމަ ފެނިފައިވާ ފިލްމަކީ 1953 ގައި ނިކުތް ޑައިރެކްޓަރު މަހޭޝް ކައުލްގެ ޖީވަން ޖިޔޯތީ އެވެ. ޢުމުރުން 20 އަހަރުގައި ކުޅުނު މިފިލްމްގައި ޝައްމީ ކަޕޫރު އާއި އެކު ހަރަކާތްތެރި ވެފައިވަނީ ޗާންދު އުސްމާނީ އެވެ. 1952ން 1957 އާއި ހަމައަށް ޝައްމީ ކަޕޫރު ކުޅުނު 17 ފިލްމް ވެސް ވަނީ އިންޑިޔާގެ ބޮކްސް އޮފީހުގައި ފްލޮޕް ވެފައެވެ.

1957 ވަނަ އަހަރު ނިކުތް ތުމްސާ ނެހީ ދޭކާ ވެފައިވަނީ ޝައްމީ ކަޕޫރު އަށް ވަރަށް ބޮޑު ކާމިޔާބީ އެއް ހޯދައިދިން ފިލްމަކަށެވެ. 1959 ގައި ނިކުތް ޝައްމީ ކަޕޫރު ގެ ފިލްމް ދިލްދެކެ ދޭކޯ ވެސް ބޮކްސް އޮފީހުގައި ހިޓް ލަގަބު ޙާޞިލް ކުރިއެވެ. ކަޅާއި ހުދުގެ ފިލްމްތަކަށް އަލްވަދާޢު ކިޔުމަށްފަހު ޝައްމީ ކަޕޫރު ކުޅުނު ފުރަތަމަ ކުލަ ފިލްމް ޖަންގްލީ ނިކުތީ 1961 ވަނަ އަހަރު އެވެ.

1961ން 1968އަށް ޝައްމީ ކަޕޫރު ކުޅެފައިވާ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި ޕްރޮފެސަރު ، ރާޖުކުމާރު، ޖާންވަރު،ކަޝްމީރީ ކާލީ،ބައްތަމީޒް،އަދި ތީސްރީ މަންޒިލް ފަދަ ފިލްމްތައް ހިމެނެއެވެ. 1968 ވަނަ ޝައްމީ ކަޕޫރު ބްރަހަމް ޗާރީ ގައި ކުޅެފައިވާ ބަޔަށް ފިލްމް ފެއަރ އެވޯޑްގެ ބެސްޓް އެކްޓަރުގެ މަގާމް ލިބިފައި ވެއެވެ.

1990ގެ ފަހުކޮޅު ނިކުތް ޝައްމީ ކަޕޫރު ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ސަރު އާންކޯ ޕަރު، ޕްރޭމް ގްރާންތު، ކަރީބް،ޖާނަމް ސަމްޖާކަރޯ، އައުރު ޕިޔާރު ކިޔާހޯގާ، އަދި ވާތޭރާ ކިޔާކެހެނާ ފަދަ ފިލްމްތައް ހިމެނެއެވެ. ޝައްމީ ކަޕޫރު ގެ ދިގު ފިލްމީ ހަޔާތުގައި 130 އަށްވުރެ ގިނަ ފިލްމްގައި ހަރަކާތްތެރި ވެފައި ވެއެވެ.

ޝައްމީ ކަޕޫރު ކުޅެފައިވާ ފާހަގަ ކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި އަންދާޒު،ޒަމީރު، ޕަރުވަރިޝް، ޕްރޭމް ރޯގް، ދިލްދެކޭ ދޭކޯ، ސިންގަޕޯރ، ތުމްސޭ އައްޗާ ކޯންހޭ، ތުމްސާ ނޭހީ ދޭކާ، ރާޖުކުމާރު، އަދި ޖާންވަރު ފަދަ ފިލްމްތައް ހިމެނެއެވެ.

ޝައްމީ ކަޕޫރު ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ ސަންޖީވް ކުމާރު އަދި ޒީނަތު އަމަން ލީޑްރޯލް އަދާކޮށްފައިވާ ފިލްމް މަނޯރަންޖަން އެވެ. 1982 ވަނަ އަހަރު ފިލްމް ފެއަރ އެވޯޑްގައި ބެސްޓް ސަޕޯޓިންގ އެކްޓަރު ގެ މަގާމް ވިދާތާ ގައި ކުޅެފައިވާ ބައިން ޝައްމީ ކަޕޫރު އަށް ލިބިފައި ވެއެވެ. 1995 ވަނަ އަހަރު ފިލްމް ފެއަރ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، އަދި 1998 ވަނަ ޒީސިނަމާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ޝައްމީ ކަޕޫރު އަށް ލިބިފައި ވެއެވެ. މިއަދު ޝައްމީ ކަޕޫރު އަކީ އިންޓަރނެޓް ޔޫޒާ ކްލަބް އޮފް އިންޑިޔާގެ ޗެއަރޕާސަން އެވެ.

ޝައްމީ ކަޕޫރު ވަނީ އަމިއްލަ މަޖައްލާ އެއްވެސް ކުރު މުއްދަތަކަށް ނެރެފައެވެ. ޖުމްލަ 6 އަދަދު ނިކުތް މިމަޖައްލާގެ ނަމަކީ ޝައްމީ ކަޕޫރު ޕްރެޒެންޓްސް މަނޯރަންޖަން އެވެ. ޗައްޓާން ކިޔާ ޓީވީ ސިލްސިލާ އެއް ވެސް ޝައްމީ ކަޕޫރު ހަދާފައި ވެއެވެ.

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

ޝައްމީ ކަޕޫރު އާއި ފިލްމީ ބަތަލާ ގީތާ ބާލީ ގެ ކައިވެނި ކުރެވުނީ 1955 ވަނަ އަހަރު އެވެ. އެއީ އަދިތްޔާ ރާޖު އަދި ކަންޗަން ކަޕޫރު އެވެ. 21 ޖެނުއަރީ 1965 ގައި ގީތާ ބާލީ ދުނިޔެ ދޫކޮށް ދިއުމަށްފަހު ޝައްމީ ކަޕޫރު އާއި ނީލާ ދޭވީ ގެ ކައިވެނި ކުރެވުނީ 1969 ވަނަ އަހަރު އެވެ. 20 އޮކްޓޫބަރު 2006 ގައި މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޝައްމީ ކަޕޫރު ބުނެފައިވަނީ ހަފްތާއަކު 3 ދުވަހު އޭނާ ޑައަލިސިސް ހަދާކަމުގައެވެ.

ލިބިފައިވާ އެވޯޑްތައް އުނިއިތުރު ގެންނަވާ

ފިލްމް ފެއަރ އެވޯޑް އުނިއިތުރު ގެންނަވާ

  • 1968 - ބެސްޓް އެކްޓަރ (ބްރަހަމް ޗާރީ)
  • 1982 - ބެސްޓް ސަޕޯޓިންގ އެކްޓަރ (ވިދާތާ)
  • 1995 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް

ޒީސިނަމާ އެވޯޑް އުނިއިތުރު ގެންނަވާ

  • 1999 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް

ސްޓާރ ސްކްރީން އެވޯޑް އުނިއިތުރު ގެންނަވާ

  • 2001 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް

އެހެނިހެން އެވޯޑްތައް އުނިއިތުރު ގެންނަވާ

  • 2002 - ހިންދީ ފިލްމީ ދާއިރާއަށް ކޮށްދިން އަގުނުކުރެވޭ ފަދަ ޚިދުމަތަށް - އައިފާ އެވޯޑް
  • 2005 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - ބޮލީވުޑް މޫވީ އެވޯޑް
  • 2008 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - ޕޫނޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް
  • ލިވިންގ ލެޖަންޑް އެވޯޑް - ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބަރ އެންޑް ކޮމާރސް އިންޑަސްޓްރީ