ރަހިމުގެ ދޮރުގެ ކެންސަރު: Difference between revisions

Content deleted Content added
No edit summary
ފޮޅުވަތް 3:
ރަހިމުގެ ދޮރުގެ ކެންސަރު ޖެހެނީ އެހިސާބުގައި ހުންނަ ސެލްތަކަށް ބަދަލުތަކެއް އައިސް ދުވަސްތަކެއް ވަންދެން ހުރުމަށް ފަހުގައެވެ. މިވައްތަރުގެ ކެންސަރު ޖެހޭ މީހުންނަށް އޭގެ އަސަރު ފެންނަނީ ބަލި ޖެހުމަށްފަހު ގިނަ ދުވަސްވެ، ރަހިމުގެ ބޮޑު ބަޔަކަށާއި އަދި އެހެނިހެން ގުނަވަންތަކަށް ބަލީގެ އަސަރު ފޯރާ ފަހުންނެވެ.
 
ރަހިމު އަކީ މަންމަގެ ބަނޑުގައި ދަރިފުޅަ ގަރުބަގަނެ ބޮޑުވާ ގުނަވަނެވެ. މިގުނަވަން އޮންނަނީ އަންހެނާގެ ބަނޑުތެރޭގައި ދަށްބަނޑާއި ކައިރީގައެވެ. ރަހިމުގެ ދޮރުގެ ކެންސަރު ގިނައިން ޖެހެނީ އުމުރުން 30 އަހަރުން މަތީގެ އަންހެނުންނަށެވެ. މިއީ އަންހެނުންނަށް އެންމެގިނައިން ޖެހޭ ކެންސަރެވެ. އެހެންކަމުން ކުރިއަރާފައިވާ ގައުމުތަކުގައި އުމުރުން 30 އަހަރުން މަތީގެ އަންހެނުންނަށް ގަވާއިދުން ޕެޕްސްމިއަރ ޓެސްޓްހެދުމަށް އިސްކަން ދެއެވެ.މިކަމުގެ ސަބަބުން ބަލީގެ ކުރީކޮޅު ފަރުވާ ފެށި ބަލި ފަސޭހަވުމުގެ ފުރުޞަތު ބޮޑުވެއެވެ.
ޕެޕްސްމިއަރ ޓެސްޓް އަކީ ރަހިމުގެ ދޮރާއި ކައިރި ހިސާބެއްގައި ކަފަބުރެއް ހާކާލައިގެން ނަގާ ދިޔައިން ހަދާ ޓެސްޓެކެވެ.
 
 
== ސަބަބު / ފުރުޞަތު ބޮޑުވާ ކަންތައްތައް ==
* [[ޖެނިޓަލް ވޯރޓްސް]] ޖެހުން
 
* ސާފުތާހިރުކަން ކުޑަވުން
* މާޅައުމުރުގައި މީހުންނާއި އިނުން
* މާ ޅައުމުރުގައި ޖިންސީ ގުޅުން ހިންގަން ފެށުން ( އުމުރުން 16 އަހަރުވުމުގެ ކުރިން )
* ގިނަމީހުންނާއި އެކު ޖިންސީގުޅުން ހިންގުން: ހަށިވިއްކާ މީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ.
* ގިނަ ކުދިންގިނައިން ވިހެއުން
* [[ޖެނިޓަލް ވޯރޓްސް]] ޖެހުން
* ގިނަ މީހުންނާއި ޖިންސީ ގުޅުން ހިންގާ މީހެއްކަމުގައިވުން ، ނުވަތަ އެފަދަ ބައިވެރިޔަކު ޚިޔާރުކޮށްފައިވުން
* ދުންފަތުގެ އިސްތިއުމާލު ކުރުން
* ގިނަ ކުދިން ވިހެއުން
 
 
Line 15 ⟶ 22:
ގިނަ ފަހަރަށް މިބަލީގެ އަލާމާތެއް ނުފެނިވެސް ހުރެދާނެއެވެ. އާންމުކޮށް ފެންނަ އަލާމާތްތަކަކީ: -
* ޖިންސީ ގުޅުން ހިންގުމަށް ފަހުގަޔާއި މައްސަރުކަންތައް ފެށުމުގެ ކުރިން ކުރިމަތިފަރާތުން ލޭއައުން. އަދި ބައެއް ފަހަރަށް އިއްދައިން ކެނޑިފައިތިބޭ މީހުންގެ ވެސް ކުރިމަތި ފަރާތުން ލޭއަންނަގޮތް މެދުވެރިވުން
* ދިގުމުއްދަތަކަށް ކުރިމަތި ފަރާތުން އެއްޗެތި އައުން. މިގޮތަށް އަންނަ އެއްޗެތި ކުލަ ފަނޑުކޮށް، ދިޔާކޮށް، ފިޔާތޮށި ކުލައިގައި، މުށިކުލައިގައި، ނުވަތަ ލެޔާއެކުވެފައި ވެސް ހުރެދާނެއެވެ. އަދި ބައެއް ފަހަރު ކުލަ ގަދަކޮށް ހުރުމާއެކު ނުބައި ވަސް ދުވުން ވެސް އެކަށީގެންވެއެވެ.
* ކުރިމަތި ފަރާތުން އެއްޗެތި އައުމާއެކު އަންނަ އެއްޗެހީގައި ލޭހުރުން
* ޖިންސީ ގުޅުން ހިންގުމާއި ގުޅިގެން ލޭއައުން
* މައްސަރު ކަންތައްޖެހި ރަގަޅުވުމަށްފަހު އަލުން މައްސަރުކަންތައް ޖެހުމާ ދެމެދު ލޭއައުނ
 
== ގިނަދުވަސް ވުމުން ފެންނަ އަލާމާތްތައް ==
Line 41 ⟶ 52:
* ރޭޑިއޭޝަން ދިނުން ( އަލިދޯދި ބޭނުންކޮށްގެންދޭ ފަރުވާ )
* ކީމޮތެރަޕީ ( އެންޓިބަޔޮޓިކް ބޭނުންކޮށްގެން ދޭފަރުވާ )
 
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
 
== މަރުޖިޢުތައް ==
* ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005
 
 
[[Category:ބަލިތައް]]