Content deleted Content added
ފޮޅުވަތް 14:
ހޮސްޕިޓަލަށް ގެންދިއުމަށްފަހު ބަލިމީހާގެ ނޭވާލުމާއި، ހިތުގެ ވިންދު، އަދި ލޭދައުރުވުން ހަމައަކަށް އެޅުވުމަށްފަހު، ބޮލުގެ ސީޓީ ސްކޭން، ހެދުމަކީ މިފަދަ ކަމެއް ދެނެގަތުމަށްޓަކައި، ކުރާނެ ޓެސްޓެވެ. މިޓެސްޓްގައި ސިނކުޑީގެ ތެރެއަށް ލޭއޮހޮރިފައިވާނަމަ، ނުވަތަ ވަކިހިސާބަކަށް ލޭގެންގޮސްދިނުން ހުއްޓި، އެހިސާބުގެ މަސައްކަތް ހުއްޓިފައިވާނަމަ، އެކަން ދެނެގަނެވޭނެ އެވެ. އެއަށްފަހު ޑޮކްޓަރަށް ފެންނަ އެންމެ ރަގަޅު ގޮތަކަށް ބަލިމީހާގެ ހަގީގީ ފަރުވާ ފަށާނެއެވެ. އާންމު ގޮތެއްގައި ސްޓްރޯކް ޖެހުމުން ދޭނީ ބޭހުގެ ފަރުވާ އެވެ.
މިކަހަލަ ހާލަތެއްގައި ސިކުނޑީގެ އޮޕަރޭޝަނެއް ކޮށް އެތަނުގައިވާ ލޭތަން ނެރުމަކީ ކުރާނެ ކަމެއް ނޫނެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ސްޓްރޯކް ޖެހިގެން ސިކުނޑީގެ ތެރެއަށް ލޭއެޅިފައިވާ މީހުން ވަގުތުން އޮޕަރޭޝަން ކުރުމަކީ ބަލިމީހާގެ އެހާލަތަށް އެއްވެސް ލުޔެއް ލިބޭކަމެއް ނޫނެވެ. ވުމާއެކު މިފަދަ މީހުންނަށް ފަރުވާކުރަނީ ހާލު ދެރަނަމަ އައިސީޔޫގައި ބާއްވައި ބޭސްދީގެންނެވެ. މީގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްކުރުމަށް ދޭބޭހާއި، ސިކުނޑީގެ ޕްރެޝަރު ދަށްކުރުމަށް ދޭ ބޭސްތައް ހިމެނެއެވެ. އަދި ފިޓްޖެހުން މަނާކުރަން ދޭ ބޭސް ވެސް ހިމެނެއެވެ.
 
==ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް==
* ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްފައި ބެހެއްޓުން : ޑޮކްޓަރު ދީފައިވާ ޕްރެޝަރުގެ ބޭސް ބޭނުންކުރުން ހުއްޓާލުމަކީ މިފަދަ މައްސަލަ ދިމާވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ބައެއް ބަލިމީހުންނަށް ޑޮކްޓަރު ދޭ އިރުޝާދު ރަގަޅަށް އޮޅުން ނުފިލާކަން ފާހަގަކުރެވެއެވެ. އަދި އުމުރުން ދުވަސްވީ ބައެއް މީހުންނަށް މިފަދަ ބޭހެއް ކާންޖެހުމުގެ މުހިއްމުކަން ކިޔާނުދީ އޮތުމަކީ ވެސް މިކަންކަން ކުރިމަތިވުމުގެ އެއް ސަބަބެވެ.
* ސިކުނޑިއާއި ބޮލަށް ލޭގެންގޮސްދޭ ލޭހޮޅިއެއްގައި މައްސަލަ ދިމާވެފައިވާ މީހުން ޑޮކްޓަރުގެ ފަރުވާ އަށް ފަރުވާކުޑަ ނުކޮށް ހުއްޓާނުލާ ފަރުވާ ކުރިޔަށް ގެންދިއުން
* ހަށިގަނޑުގެ ބަރުދަން މައްޗަށްދިޔަނުދީ ކޮންޓްރޯލް ކުރުމާއެކު ކަސްރަތުކުރުން
* ހަކުރު ބައްޔަށް ބޭސް ބޭނުންކުރާނަމަ ހަކުރު ކޮންޓްރޯލްގައި ބެހެއްޓުން
* ހިތުގެ ބަލިތަކަށް ވަކިން ޚާއްޞަކޮށް ހިތުގެ ވިންދުގައި މައްސަލަތަކެއް ދިމާވާ މީހުންނަށް ކުރާ ފަރުވާ ތަކުގައި އިހްމާލްނުވެ، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ބޭސްކުރަމުން ގެންދިއުން
* ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެކަން ވަގުތުން ހުއްޓާލުން
* ކޮލެސްޓްރޯލް މަތިވެފައިވާ މީހުން އެކަން ކުޑަކުރުމަށް ބޭސް ބޭނުންކުރުން