ސްޓްރޯކް ޖެހުން: Difference between revisions

Content deleted Content added
No edit summary
ފޮޅުވަތް 10:
 
== ފަރުވާ ==
ސްޓްރޯކެއް ޖެހުމަކީ ކުއްލި ޙާލަތެކެވެ. ވުމާއެކު ވީހާވެސް އަވަހަށް ފަރުވާ ދެވޭނެ ހިސާބަކަށް ބަލިމީހާ ގެންދިއުމަކީ ކުރަންޖެހޭނެ ކަމެކެވެ. ފަރުވާ ދިނުން ލަސްވެ ގިނައިރުވީ ވަރަކަށް ކުރީގެ ހުރި ފުރިހަމަ ޞިއްޙަތަށް އެނބުރި ދިއުމުގެ ފުރުޞަތު ހަނިވާނެއެވެ. ކުރިން އިޝާރާތްކުރި އަލާމާތްތައް ފާހަގަކުރެވޭނަމަ، ލަސްނުކޮށް ހޮސްޕިޓަލަށް ގެންދެވޭނެގޮތެއް ހަމަޖެހިފައި އޮންނަންވާނެ އެވެ.
އިމަޖެންސީ ޙާލަތްތަކުގައި ގުޅާނެ ނަންބަރާއި، އަދި އެމްބިޔުލެންސް ޚިދުމަތަށް އެދޭނެގޮތް މިފަދަ ބަލިމީހުންނަށް ކުރިއްސުރެ އެނގިފައި އޮންނަންވާނެ އެވެ. ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ބަލިމީހާގެ ހާލަތު ބެލުމުގައި ނޭވާލާތޯއާއި، ލޭދައުރުކުރޭތޯ އާއި، ހޭހުރިތޯ ބަލައި މިފަދަ ކަމެއްގައި މައްސަލައެއްވާނަމަ އަވަސްފަރުވާ ދޭންވާނެއެވެ.
ހޮސްޕިޓަލަށް ގެންދިއުމަށްފަހު ބަލިމީހާގެ ނޭވާލުމާއި، ހިތުގެ ވިންދު، އަދި ލޭދައުރުވުން ހަމައަކަށް އެޅުވުމަށްފަހު، ބޮލުގެ ސީޓީ ސްކޭން، ހެދުމަކީ މިފަދަ ކަމެއް ދެނެގަތުމަށްޓަކައި، ކުރާނެ ޓެސްޓެވެ. މިޓެސްޓްގައި ސިނކުޑީގެ ތެރެއަށް ލޭއޮހޮރިފައިވާނަމަ، ނުވަތަ ވަކިހިސާބަކަށް ލޭގެންގޮސްދިނުން ހުއްޓި، އެހިސާބުގެ މަސައްކަތް ހުއްޓިފައިވާނަމަ، އެކަން ދެނެގަނެވޭނެ އެވެ. އެއަށްފަހު ޑޮކްޓަރަށް ފެންނަ އެންމެ ރަގަޅު ގޮތަކަށް ބަލިމީހާގެ ހަގީގީ ފަރުވާ ފަށާނެއެވެ. އާންމު ގޮތެއްގައި ސްޓްރޯކް ޖެހުމުން ދޭނީ ބޭހުގެ ފަރުވާ އެވެ.
މިކަހަލަ ހާލަތެއްގައި ސިކުނޑީގެ އޮޕަރޭޝަނެއް ކޮށް އެތަނުގައިވާ ލޭތަން ނެރުމަކީ ކުރާނެ ކަމެއް ނޫނެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ސްޓްރޯކް ޖެހިގެން ސިކުނޑީގެ ތެރެއަށް ލޭއެޅިފައިވާ މީހުން ވަގުތުން އޮޕަރޭޝަން ކުރުމަކީ ބަލިމީހާގެ އެހާލަތަށް އެއްވެސް ލުޔެއް ލިބޭކަމެއް ނޫނެވެ. ވުމާއެކު މިފަދަ މީހުންނަށް ފަރުވާކުރަނީ ހާލު ދެރަނަމަ އައިސީޔޫގައި ބާއްވައި ބޭސްދީގެންނެވެ. މީގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްކުރުމަށް ދޭބޭހާއި، ސިކުނޑީގެ ޕްރެޝަރު ދަށްކުރުމަށް ދޭ ބޭސްތައް ހިމެނެއެވެ. އަދި ފިޓްޖެހުން މަނާކުރަން ދޭ ބޭސް ވެސް ހިމެނެއެވެ.