Content deleted Content added
New page: މިއީ ކޮލެޖަން(Collagen)ކިޔާ ޕްރޮޓީންއެއް އުފެދުމަށް ބޭނުންވާ އަސާސީ އެއްމާދާއެވެ. ކޮލެޖަން އަކީ ހަންގަޑާ...
 
No edit summary
ފޮޅުވަތް 1:
ވިޓަމިން ސީ({{en|Vitamin C}}) ނުވަތަ އެސްކޯބިކް އެސިޑް އަކީ ވަރަށް ގިނަ ބޭނުން އެއިން ހިފޭ އެއްޗެކެވެ. މިއީ ހުދުކުލައިގައި ފުށްހެން ހުންނަ މާއްދާ އެކެވެ. ވިޓަމިން ސީ އުފެއްދުމުގެ ކުޅަދާނަކަން ވަރަށް ގިނަ ހައިވާނުންނަށް ލިބިފައިވީނަމަވެސް އިންސާނުންގެ ހަށިގަނޑުގައި ވިޓަމިން ސީ އުފެއްދުމުގެ ގާބިލިއްޔަތުކަން ލިބިފައެއް ނެތެވެ. އެހެން ކަމުން މިބައި ހަށިގަނޑަށް ހޯދައިދޭން ޖެހެނީ ކާބޯތަކެތީގެ ޒަރީޢާއިންނެވެ. އަދި ވިޓަމިން ސީ އަކީ ހަށިގަނޑުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ މާއްދާ ކޮލާޖެން އުފައްދައި ދިނުމުގައި އެހީވެދީ، އަދި ދަގަނޑުގެބައި ހަށިގަނޑަށް ލިބިދިނުމުގައި އެހީތެރިވެދޭ އެއްޗެއްވެސް މެއެވެ.
ވިޓަމިން ސީ އަކީ ވަރަށް ބާރުގަދަ އެންޓިއޮކްސިޑެންޓް އެކެވެ. އެހެން ކަމުން ނާރު ތަކުގައި ތަތްވެހަރުވާ ފެޓް ވިރުވާ ސާފުކުރަން މަސައްކަތްކުރާ އެއްޗެއްގެ ގޮތުގައި ހަރަކާތްތެރި ވެއެވެ. ވިޓަމިން ސީ އަކީ ގިނަ އަދަދަކަށް ހަށިގަނޑުގައި ކޮށާރުކޮށްގެން އެތިކޮޅުކޮޅުން ބޭނުން ހިފާ އެއްޗެކެވެ.
ވިޓަމިން ސީ މަދުވުމުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި ހިރުގަނޑުން ލޭއައުން، ކެނޑޭ ތަންތަނާއި ފާރުގަނޑު ފަދަ ތަންތަން ފަސޭހަނުވެ ގިނަ ދުވަސްވުން، އަދި ކައްޓާއި ސެލޯށިތައް ނިކަމެތިވުން ވެސް ހިމެނެއެވެ.
ގިނައިން މޭވާ އާއި ތަރުކާރީ ކެއުމަކީ ހަށިގަނޑަށް ވިޓަމިން ސީ ލިބޭ ކަމެކެވެ. ޚާއްޞަކޮށް ހުތް މޭވާ، ފޭރު، އޮރެންޖް، އަދި ތަރުކާރީގެ ތެރެއިން އަލުވި އަކީ ވެސް ވިޓަމިން ސީ އެކުލެވޭ ބާވަތެކެވެ. ތާޒާ މޭވާ އާއި ތަރުކާރީ ކުޑަކުދިންނާއި ބޮޑެތި މީހުން އާދަކޮށް ކެއުމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ.
ވިޓަމިން ސީ އަކީ ހަށިގަނޑު ހެދިބޮޑުވުމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ. އެންޓިއޮކްސިޑެންޓެއްގެ ގޮތުން ވިޓަމިން ސީ މަސައްކަތްކުރުމުން، ކެންސަރު އަދި ހިތުގެ ބަލި ތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ. ވިޓަމިން ސީ ލިބޭތަކެތި ހަކުރުބަލީގެ މީހުން ގިނައިން ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ފަސޭހަވެއެވެ.
ހަށިގަނޑު ޖިސްމާނީ ނުވަތަ މާއްދީ ބުރަކަމެއް އިހްސާސްވާނަމަ، ވިޓަމިން ސީ ގިނައިން ބޭނުންކުރަންވާނެއެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަކީ ފިއްތުމެއްގެ ތެރޭގައި އުޅޭ ބައެކެވެ. މިފަދަ މީހުން ވިޓަމިން ސީ އެކުލެވޭ ކާނާއާއި ބުއިންތައް ވަރަށް ގިނައިން ބޭނުންކުރަން ޖެހޭނެއެވެ.
ވިޓަމިން ސީގެ ކެލަމިން({{en|Recommanded Dietary intake}}) (ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު) ގެ ކަމަށް ބަލަނީ 60މިލިގްރާމް އެވެ. ބައެއް މާހިރުން ދެކޭގޮތުގައި ދުވާލަކު 1500 މިލިގްރާމް ގެ ވިޓަމިން ސީ ވެސް ގިނައެއް ނޫނެވެ.
ވިޓަމިން ސީ މާގިނައިން ބޭނުންކުރެވުމުން ގުރުދާގެ ބަލިތައް ހުންނަ މީހުންގެ ގުރުދާގައި ހިލަ އުފެދޭގޮތް ދިމާވެއެވެ. އަދި މާގިނައިން ވިޓަމިން ސީ ބޭނުންކޮށްގެން ހުރެ ލޭގެ ޓެސްޓެއް ނޫނީ، ކުޑަކަމުދާ ތަކެތީގެ ޓެސްޓެއް ހަދައިފިނަމަ، ނަތީޖާ ދައްކާގޮތް ތަފާތު ވެއެވެ.
 
 
މިއީ ކޮލެޖަން(Collagen)ކިޔާ ޕްރޮޓީންއެއް އުފެދުމަށް ބޭނުންވާ އަސާސީ އެއްމާދާއެވެ. ކޮލެޖަން އަކީ ހަންގަޑާއި،ދަތްތަކާއި،ކަށިތަކާއި، ހިރުގަނޑާއި، ދިފާއުކުރުމުގެ ނިޒާމު ސަލާމަތުން ބެހެއްޓުމަށް އެހީވެދޭ ޕްރޮޓީން އެކެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރު މައިމީހާއާއި، ކުޑަދަރިފުޅުގެ ހިރުގަނޑާއި އެހެނިހެން ޓިޝޫތައް ސަލާމަތުން ބެހެއްޓުމަށް ވިޓަމިންސީ އެހީތެރިވެދެއެވެ. ހަމަމިއާއެކު ބަލިތަކުން ރައްކާތެރިވުމަށާއި، ހަށިގަނޑަށް ދަގަނޑު ދަމައިގަތުމަށް ވެސް އެހީތެރެވެދެއެވެ. ދަތްތަކާއި ކަށިތަކުގެ ދިރުމަށް ވެސް ވިޓަމިންސީ ބޭނުންވެއެވެ.
ވިޓަމިންސީ އެކުލެވޭ މޭވޭއާއި، ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ސްޓޯބެރީ،ކަރާ، އޮރެންޖް،ފަޅޯ،ޓޮމާޓޯ، މިރުސް، ކެބެޖް،ކައްޓަލަ،އޮރެންޖް ޖޫސް،އަދި ބްރޮކޮލީ ހިމެނެއެވެ. މާބަނޑުދުވަސްވަރު 60މިލިގްރާމްގެ ވިޓަމިންސީ ބޭނުންވެއެވެ.
== ރިފަރެންސް ==
* ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003
 
[[Category:ކާނާގެ ބައިތަކާއި ވައްތަރުތައް]]
[[en:Vitamin C]]
[[ar:فيتامين ج]]
[[zh-min-nan:Bî-tá-mín C]]
[[bs:Vitamin C]]
[[bg:Витамин C]]
[[ca:Vitamina C]]
[[cs:Vitamín C]]
[[de:Vitamin C]]
[[et:C-vitamiin]]
[[es:Vitamina C]]
[[eo:Vitamino C]]
[[eu:C bitamina]]
[[fa:ویتامین ث]]
[[fr:Vitamine C]]
[[gl:Vitamina C]]
[[ko:비타민 C]]
[[hr:Vitamin C]]
[[id:Asam askorbat]]
[[it:Vitamina C]]
[[he:ויטמין C]]
[[lt:Vitaminas C]]
[[ja:ビタミンC]]
[[no:Vitamin C]]
[[nn:C-vitamin]]
[[pl:Kwas askorbinowy]]
[[ro:Vitamina C]]
[[ru:Аскорбиновая кислота (лекарственное средство)]]
[[simple:Vitamin C]]
[[sl:Vitamin C]]
[[sr:Витамин Ц]]
[[fi:C-vitamiini]]
[[sv:Askorbinsyra]]
[[th:วิตามินซี]]
[[tr:C vitamini]]
[[uk:Вітамін C]]
[[vi:Vitamin C]]
[[yi:וויטאמין C]]
[[zh:维生素C]]