އިއްދައިން ކެނޑުން: Difference between revisions

Content deleted Content added
ފޮޅުވަތް 22:
* [[ބިސްރަވަ]] : މިތަނުން ޖިންސީ ހޯރމޯން އުފެއްދުން ހުއްޓުމާއި ގުޅިގެން ބިސްރަވަ އިގެ ސައިޒުން ކުޑަވެ، އެއްވެސް ހަރަކާތެއް ނެތް ހަރުޖިސްމު އަކަށް މަޑުމަޑުން ބަދަލުވެއެވެ.
* [[ބިސް ދަތުރުކުރާ ހޮޅި]] : ބިސް ދަތުރުކުރާ ހޮޅީގެ ސައިޒުން ކުޑަވެ، އޭގެ ސެލްތަކުގައި ހުންނަ ނަރުވާތައް ގެއްލި ނެތިދެއެވެ. ނަތީޖާއެއްގެ ގޮތުން މިހޮޅިއަށް ލިބިގެންވާ ޚާއްޞަ ހަރަކާތް ގެއްލި ބީވެގެންދެއެވެ. މިބުނި ހަރަކާތަކީ ކުރިން ބުނި ނަރުވާތަކުގެ އެހީގައި ބިސް ރަހިމް އާއި ދިމާއަށް ގެންދިއުމެވެ.
* [[ރަހިމްރަހިމު]] : ރަހިމްގެ ސައިޒުން ކުޑަވެ، އޭގެ ބަތާނައަށް ވަޅޯކަން ނުވަތަ ނިކަމެތިކަން އާދެއެވެ. ބައެއް އަންހެނުންނަށް [[ރަހިމް]] އަދި [[ޖިންސީ ގުނަވަން]] ހިމެނޭ ހިސާބުގައިވާ މަސް ފަށަލަ ތަކަށް ދޫކަންލިބި، ރަހިމް ތަންކޮޅެއް ތިރިއަށްޖެހި [[ތަލީވައި]] ގެ އުދަގޫތައް އިހްސާސް ކުރެވެއެވެ. ތަލީވައި ކުރިމަތިވުމުން ބައެއް ފަހަރު ކެއްސުން، ކިނބިހިއެޅުން، ބަރުއެއްޗެއް އުފުލުން، ނުވަތަ ބާރަށް ހުނުން ފަދަ ކަމެއް ކުރުމުގެ ތެރޭގައި ކުޑަކަމުދެވޭގޮތް ވުމަކީ ވެދާނެ ގޮތެކެވެ.
* [[އަންހެނާގެ ޖިންސީ ގުނަވަން]] : އަންހެނާގެ ޖިންސީ ގުނަވަނުގެ އެތެރޭގެ ހަންފަށަލަ ތުނިވެ، އޭގެ ވާންކަން ކެނޑި، އެއަށް ލިބިގެންވާ ރޫފަ، ނުވަތަ ސިފަ ގެއްލިދެއެވެ. ހަމަމިހެން އެތެރޭގައި ހުންނަ ތެތްކަން ކުޑަވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން އެތެރެއިން ކަހައި ހިރުވާގޮތް ވެއެވެ. ޖިންސީ ގުނަވަނުގެ ތެރޭގައި ހުންނަ ގްލައިކޯޖަން ހުސްވެއެވެ. އެކަމުގެ ސަބަބުން ޖިންސީ ގުނަވަނުގެ ތެރޭގައި ހުންނަ އެސިޑިޓީ ބީވެ ގޮސް ތަފާތު އިންފެކްޝަންތަކަށް ފަސޭހައިން އަންހެނާ ހުށަހެޅޭގޮތް ވެއެވެ.
* [[ފަރުޖު]] : އިސްމަތީގައިވާ އިސްތަށިތައް މަދުވެ، އޭގެ ކުލަ ހުދު ނުވަތަ މަޑު އަޅިކުލައަކަށް ބަދަލުވެގެން ދެއެވެ. ބޮޑު ދެތުންފަތުގެ މަތީގައި އޮންނަ ސަރުބީތައް ވިރިދެއެވެ. އެހެންކަމުގެ ފަރުޖުގެ ދޮރު ފުޅާވެ، އެއަށް ލިބިގެންވާ ވާންކަން ގެއްލިދެއެވެ.
ފޮޅުވަތް 43:
* މާބޮޑަށް ބަރުދަން އިތުރުވެ ފަލަވާގޮތް ވެއެވެ. ހަމަމިހެން މިމުއްދަތުގައި ކުރިމަތިވާ ނަފްސާނީ ފިއްތުން ތަކުގެ ސަބަބުން ބައެއް އަންހެނުން [[ަހަކުރު ބަލި]] ފަދަ ބަލިތަކަށް ހުށަހެޅޭގޮތް ވެއެވެ.
* އުމުރުން ދުވަސްވެގެންދާއިރު [[ކަށި ފީވުން]]، [[ހިތުގެ ބަލި]]ތައްޖެހުން އަދި [[ލޭމައްޗަށްދިއުން]] ފަދަ ކަންތައްތައް ފެންމަތިވެގެން އާދެއެވެ.
* [[މަސާނާ]]، [[ގުރުދާ]]، [[ކުޑަކަމުދާ ހޮޅި]] [[ގުރުތާ]] ފަދަ [[ކުޑަކަމުދާ ނިޒާމް]]ގެ ބައިތަކުގައި އިންފެކްޝަން އަށަގަންނަގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަގިނައިން އަވަސްއަވަހަށް ކުޑަކަމުދާންޖެހުން، ކުޑަކަމުދާއިރު އުދަގޫވުން، ކުޑަކަމުދާއިރު ދިލަނެގުން ރިއްސުން ފަދަ ކަންތައްތައް ކުރިމަތިވެގެންދެއެވެ.
 
== އިއްދައިން ކެނޑުމުގެ އުދަގޫތަކުން ރައްކާތެރިވުން ==