Content deleted Content added
No edit summary
No edit summary
ފޮޅުވަތް 8:
* ނޭވާ ކުރުވުން
* އަވަސް އަވަހަށް ރުޅިއަންނަ ގޮތްވެ ހާސްވާގޮތްވުން
** އާންމު ޢަލާމާތްތައް: އާދަޔާ ޚިލާފަށް ވަރުބަލިވުން، ކުޑަކުދިން ބޮޑުނުވުން ފަދަ ކަންތައްތަކަކީ ލޭމަދުވުމުގެ ސަބަބުން ކުރިމަތިވެދާނެ ބައެއް އާންމު އަލާމާތްތަކެވެ. ލޭމަދުވެފައި ހުރިކަން އެނގޭނެ އާންމު ނިޝާނަކީ ހަންގަނޑުގެ ކުލަ ދޮންފޫޑުވުން އެވެ. މިގޮތުން އަތްތިލަ، ތުންފަތް، ނިޔަފަތީގެ ބުނޑުން ވަރަށް ރީތިކޮށް ދޮންފޫޑުކަން ފެންނަން ހުންނާނެއެވެ.
** ހިތާއި ލޭހޮޅިތަކުގެ ނިޒާމް: ކަމެއްކޮށްލުމާއެކު ނޭވާކުރުވުން، ހިތުގެ ވިންދު އަވަސްވުން، މޭގައި ރިހުން، އަދި ދޭތެރެއަކުން ފައިގެ ކުޑަކަޅުވާގައި ރިހުން، އަދި ހިތް ފޭލްވުން ފަދަ ކަންކަމަކީ ލޭމަދުވުމުގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ނިޒާމް އަށް ދިމާވެދާނެ ބައެއް ކަންތައްތަކެވެ. ލޭމަދުވެފައިވާކަން އެނގޭނެ ނިޝާން ތަކުގެ ތެރޭގައި ހިތުގެ އަޑުތަކުގެ ބާރުގަދަވުން، 3 ވަނަ ހިތުގެ އަޑު އިވުން، ކަށިގަނޑު އަޅައިގެން ދެނެގެނެވޭ ބައެއް އެހެން އަޑުތައް އިވުން ފަދަ ކަންތައްތައް ހިމެނެއެވެ.
** ނާރުތަކުގެ ނިޒާމް: ބޮލުގައި ރިހުން، ބޯއެނބުރުން، ކަންފަތުން އަޑުގޮވުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ހޭނެތުން، ކަންކަމަށް ފަރުވާ ނުބެހެއްޓުން، އަތްފައި އައްސިވުން ފަދަ ކަންކަމަކީ ލޭމަދުވުމުގެ ސަބަބުން ނާރުތަކުގެ ނިޒާމް އަށް ދިމާވެދާނެ ބައެއް ކަންތައްތަކެވެ.
** އެހެނިހެން: ލޭމަދުވުން ފެނިދާނެ އެހެނިހެން އަލާމާތްތަކުގެ ތެރޭގައި މާގިނައިން ކުޑަކަމުދާންޖެހުން، މައްސަރު ކަންތަކަށް ބުރޫއެރުން، އަދި ޖިންސީ ގުނަވަން ވަޅޯވުން ފަދަ ކަންތައްތައް ހިމެނެއެވެ. ފައި ފޮއްސިވުން އަކީ ވެސް ވަރަށްގިނައިން ދިމާވާ ކަމެކެވެ.
 
===ނުރައްކާތައް ===
* ބައިގެންދިއުން