ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު: Difference between revisions

Content deleted Content added
m robot Adding: en:Abdul Majeed
No edit summary
ފޮޅުވަތް 1:
ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަކީ 1944 އިން 21 ފެބްރުއރީ 1952 އަށް ދިވެހި ރަސްކަމުގެ ތަޚުތަށް އިންތިޚާބު ކުރެވިފައި ހުރި ރަދުންނެވެ.
 
 
== ނަސަބު ==
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަކީ ހުރާގޭ ޚާންދާންގެ އެއްގޮފި ކަމުގައިވާ އަތިރީގޭ ޢާއިލާގެ އެންމެ ޚާއްޞަ އެއް ޝަޚްޞިއްޔަތެވެ. އެކިލެގެފާނުގެ ބައްޕާފުޅަކީ އަތިރީގޭ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެވެ. މަންމައަކީ އެއްގަމުގޭ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ ދޮންދީދީ އެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 8 ޝަޢުބާން 1293ހ، 29 އޮގަސްޓް 1876މ ގައެވެ.
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ފުރަތަމަ ކައިވެނި ބައްލަވައިގަތީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ބަންޑާރައިންގެ ދޮންގޮމާ އާއެވެ. މިބަނޑުފުޅުން އަލްއަމީރު މުޙައްމަދު ފަރީދު ދީދީ އާއި، އަލްއަމީރު ޙަސަން ފަރީދު އާއި، އަލް އަމީރާ ފަރީދާ ލިބިވަޑައިގަތެވެ. ދެވަނައަށް ކައިވެނި ބައްލަވައިގަތީ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ ދޮން ދީދީއާއެވެ. މިބަނޑުފުޅުން އައްނަބީލް އިބްރާހީމް ފަރީދު ލިބިވަޑައިގަތެވެ. ބޮޑުފުޅުވީ މި ހަތަރު ބޭފުޅުންނެވެ.
 
 
== ތަޢުލީމް ޙާޞިލްކުރެއްވުން ==
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަކީ އެޒަމާނާއި އެކަށީގެންވާ ފެންވަރަކަށް ތަޢުލީމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޢަރަބި، އުރުދޫ، އިގިރޭސި، ތަމަޅަ، މިބަސްބަހުން ރަގަޅަށް ވާހަކަފުޅު ދައްކަވައެވެ. ސިންގަޅަ ބަސް މަތީ ފެންވަރަކަށް ދެނެވަޑައިގަންނަވައެވެ.
 
 
== ގައުމީ ޚިދުމަތް ==
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދައުލަތަށް ޚިދުމަތް ކުރަންވަން ފެއްޓެވީ އެމަނިކުފާނުގެ ބައްޕާފުޅު ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާގެ ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި އެހީތެރިއެއްގެ ގޮތުންނެވެ. މިގޮތުގައި ހުންނަވައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ތަޚްތަށް އިސްވެ ވަޑައިގެން ގިނަދުވަހެއް ނުވެ، ދައުލަތް ހިންގުމުގެ ބާރު، އެމަނިކުފާނުގެ އަތްޕުޅުގެ މައްޗަށް ލިބިވަޑައިގަތެވެ. އެރަދުންގެ ދިގު ރަސްކަމުގެ ދުވަސްތަކުގައި ބޮޑު ވަޒީރެއްގެ ގޮތުން ހުންނަވައި، ފުރަތަމަ ގާނޫނު އަސާސީ ފާސްވެ ހަމަޖެހުމުން، އެމަނިކުފާނު މަގާމުން ޕެންޝަން ހޯއްދަވައި، ވަކިވެ ވަޑައިގަތެވެ. އޭގެ ފަހުން އަވަހާރަ ވެއްޖައުމަށް ދާންދެން އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ ޒަޢީމެވެ. އަދި ދިވެހި ދައުލަތުގެ މުސްތަޝާރުލް އަޢުޒަމް އެވެ. އަދި ދިވެހި ތަޚްތަށް އިންތިޚާބުކޮށްފައިވާ ވެރިޔާ އެވެ. އެކިލެގެފާނު ދިވެހި ރަސްކަމުގެ ތަޚްތަށް އިންތިޚާބު ކޮށްފައިވަނީ 12 އެޕްރީލް 1943 ގައެވެ. އެއީ ހިޖުރައިން 6 ރަބީޢުލް އާޚިރު 1362 ވީ ހޯމަ ދުވަހެވެ. ކިލެގެކަން ލިބިވަޑައިގަތީ 7 ރަޖަބު 1347 ގައެވެ.
 
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ސިޔާސީ ގޮތުން ދިވެހިރާއްޖެ މިޒަމާނުގައި ދުށް އެންމެ ކާމިޔާބު ލީޑަރެކެވެ. ރާއްޖޭގެ ރަށްތަކުގެ ޢިމްރާނިއްޔަތު ތަރައްގީ ކުރައްވައި، މިގޮތުން ރަށްރަށުގެ މަގުތަކާއި، މިސްކިތްތަކާއި، ޒިޔާރަތް ފަދަ ތަންތަން، އާކުރައްވައި، ސަރުކާރުގެ ފަރާތުން ދިވެހި ދަރިންނަށް ތައުލީމު ދޭނެ މަރުކަޒުތަކެއް ފުރަމާލޭގައި ހުޅުއްވި އެވެ. އަދި ދައުލަތުގެ ހުސްވެފައިވާ ޚަޒާނާއަށް މުއްސަދިކަން ގެންނެވީ އެކަލޭގެ ފާނުގެ މިއްނެތް މަސައްކަތްޕުޅާއި ރޭވެވުމުގެ މަތިންނެވެ. ދިވެހިރާއްޖެ އަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް ފުރަތަމަ ޙަރަކާތްތެރިވި މުޙައްރިރަކީ އެމަނިކު ފާނު އެވެ. އަދި ދުސްތޫރީ ގާނޫނު އަސާސީ އުވުނަ ނުދެއްވާ، ދެމެހެއްޓޭނެ ގޮތް ރޭއްވެވި ބޭފުޅަކީ ވެސް ޚުދު ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އެވެ.
 
 
== ފާހަގަކުރެވޭ ސިފަތައް ==
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަކީ ހަށިކޮޅާއި ރޫފަ ގުޅޭ، އިސްކޮޅުން ބޮޑު ދޮން ބޭފުޅެކެވެ. އަދި އާދަޔާ ޚިލާފު ޝަޚްޞިއްޔަތެއް މެއެވެ. ހުރިހާ ޢުމުރެއްގެ، ހުރިހާ މިޒާޖެއްގެ، ހުރިހާ ފެންވަރެއްގެ މީހުންނާއި ގުޅިގެން އުޅުމުގެ ލަޔާގަތު ލިބިފައިވާ ބޭފުޅެކެވެ.
 
== އަވަހާރަވުން ==
ރާއްޖޭގެ ރަސްކަމަށް ޢަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އިސްވެ ވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި އެކިލެގެފާނު އަވަހާރަވުމުން ދައުލަތް ހިންގުމުގެ ހަގީގީ ބާރާއި މަސްއޫލިއްޔަތު މުހައްމަދު އަމީންގެ ކޮނޑުފުޅުގައި އެޅިއްޖެއެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވީ 21 ފެބުރުއަރީ 1952 ގައި ސިލޯނުގެ ކޮޅުބުގައެވެ.
 
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދިވެހި ރައްޔިތުންގެ ލޯތްބާއި އިހްތިރާމުން ވަކިވެވަޑައިނުގެން ހުންނަވައި، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ 24 ޖުމާދިލް އޫލާ 1371ހ، 21 ފެބުރުއަރީ 1952 ވީ ބުރާސްފަތި ދުވަހު އެވެ. ފަސްދާނު ލެވުނީ ކޮޅުބުގެ މާލިގާ ވައްތޭ ގައެވެ.
 
== ރިފަރެންސް ==
*[http://www.qaumiyyath.gov.mv/ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް]
* ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
* ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
 
{{start box}}
Line 8 ⟶ 38:
 
[[Category:Sultans of the Maldives]]
[[Category:ޙަޔާތުނާމާ]]
 
[[en:Abdul Majeed]]