Content deleted Content added
No edit summary
No edit summary
ފޮޅުވަތް 4:
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 7ހަރުކައްޓާއެކު 40 އާއި 43 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮަތަރިބައިގައި 3 ހަރުކައްޓާއެކު 33 އާއި 35 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ދިދަ މަހަކީ ވަރަށް ފަތިކޮށް ހުންނަ މަހެކެވެ. ދިދަމަހުގެ ހަށިގަނޑުގައި ހުންނަނީ ވަރަށް ކުދިކުދި ހުޅުނބު ތަކެކެވެ. މަހުގެ އަނގައިގެ މިޔަކަނާ ދިމާލުން ކުރުކައްޓެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ދެކަށި ކުރުވެފައި ތިންވަނަ ކަށީގެ ކޮޅުގައި ހުންނަނީ ވަރަށް ދިގު ނަރުވައެކެވެ. މަހުގެ އަރިމަތީގައި ހުންނަނީ ރީނދޫ ކުލައާއި ހުދުކުލައެވެ. މަހުގެ ދެފަރާތުގައި ވަރަށްފުޅާ ކަޅުކުލައިގެ ބޭންޑެއް މަހުގެ ހުރަހަށް ވާގޮތަށް ހުރެއެވެ. މަހުގެ ތުންކޮޅުގެ ކުލައަކީ ކަޅު ކުލައެވެ. ނިގޫފަތުގައި ހަނދުފަޅި ބުރަށް ހުންނަ ކަޅުކުލައިގެ ފާހަގައެއް ވަރަށް ފާޅުކޮށް ހުރެއެވެ.
 
[[Category:ދިވެހިރާއްޖޭގައި އުޅޭ މަސްތައް]]