Content deleted Content added
New page: ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވިޓަމިން އޭ އަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަންގަޑުން ސަލާމަތުނ...
 
No edit summary
ފޮޅުވަތް 1:
ވިޓަމިން އޭ އަކީ އިންސާނުންނަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން އޭ ގެ ތަފާތު ވައްތަރު ތައް ހުރެއެވެ. ވިޓަމިން އޭ ގެ ވައްތަރު ތަކުގެ ތެރޭގައި [[ރެޓްނޯލް]](Retinol) ، [[ރެޓްނަލް]](Retinal) އަދި [[ރެޓްނޮއިޑް އެސިޑް]](Retinoid acid) އަދި [[ކެރަޓީން]](Carotene) ހިމެނެއެވެ. ވިޓަމިން އޭ ހުރިހާ ވައްތަރެއްގެ އޮނިގަނޑުގައިވެސް ''ބީޓާ އަޔޮނިން'' ރިންގ އެއް ވެއެވެ.
ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވިޓަމިން އޭ އަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަންގަޑުން ސަލާމަތުން ބެހެއްޓުމަށާއި، ލޮލުގެ ފެނުން ރަގަޅުކުރުމަށާއި، ކަށިތައް އުފެދުމަށް ވިޓަމިން އޭ ބޭނުންވެއެވެ. ހަމަ މިހެން ވިޓަމިން އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާާޢުކުރުމަށް އެހީވެދޭ ''އެންޓިއޮކްސިޑެންޓް'' އެކެވެ.
 
ވިޓަމިން އޭ އެކުލެވޭ ބާވަތްތަކުގެ ތެރޭގައި ކެރެޓާއި، ފަތާއި، ކައްޓަލަ،ބިސް،ފޯރޓިފައިޑް ކިރު،ސްޕިނެޗް، އަދި ބްރޮކޮލީ ހިމެނެއެވެ. ހަމަމިހެން މާބަނޑުވުމުން ނަގާ ''ޕްރިނޭޓަލް ވިޓަމިން''ގައިވެސް ވިޓަމިން އޭ އެކުލެވިގެންވެއެވެ. މާބަނޑު ދުވަސްވަރު 800މައިކްރޯގްރާމްގެ ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވެއެވެ.
* [[ރެޓިނޯލް]] އަކީ ސަރުބީއަށް ގިރޭ ރީދޫ ކުލައަށް ހުންނަ އެންޓި އޮކްސިޑެންޓް އެކެވެ. މިއީ ފެނުމާއި، ކަށިތައް އުފެދުމަށް މުހިއްމު ވިޓަމިނެކެވެ.
ވިޓަމިން އޭގެ މިންވަރު ހަށިގަނޑުގައި ގިނަވުމަކީ ބައިގެން ދިއުމާއި، މޭނުބައިކުރުމާއި، ބޮލުގައި ރިހުމާއި،ބޮލުން އިސްތަށިފޭބުމާއި، ފުރަމެޔަށް ގެއްލުން ލިބުމާއި، ކަށިތައް ހަލާކުވުން ފަދަ ކަންތައްތައް ކުރިމަތިކުރުވާ ކަމެކެވެ. ވިޓަމިން އޭ ގެ މައިގަނޑު ދެބާވަތެއް ހުރެއެވެ. އެއީ ބީތާ-ކެރޮޓީން(Beta-carotene)އާއި، ރެޓިނޯލް(Retinol) އެވެ.
 
ރެޓިނާ-އޭ(Retina-A) ހަންގަޑުގައި އުގުޅުމަށް މާބަނޑު ދުވަސްވަރު ބޭނުން ނުކުރާށެވެ. އެހެނީ މިގޮތަށް ބޭނުންކުރުމުން ހަންގަޑުގެ ތެރެއިން ހަށިގަނޑަށް ރެޓިނާ-އޭ ވަދެ ލޭގައި ވިޓަމިން އޭ އެކުލެވޭ މިންވަރު މަތިކުރުވައެވެ.
* ވިޓަމިން އޭ ހޯދުނުކަމަށް ބުނަނީ 1917 ވަނަ އަހަރު އެވެ. އެއީ ޔުނިވަސިޓީ އޮފް ވެންކަންސިން އަދި ޔޭލް ޔުނިވަސިޓީގެ ޕްރޮފެސަރުންނެވެ.
 
 
== ވިޓަމިން އޭ ލިބިދޭ ފައިދާ ==
* ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވިޓަމިން އޭ އަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ.
* ހަންގަޑުން ސަލާމަތުން ބެހެއްޓުމަށާއި، ލޮލުގެ ފެނުން ރަގަޅުކުރުމަށާއި، ކަށިތައް އުފެދުމަށް ވިޓަމިން އޭ ބޭނުންވެއެވެ.
* ވިޓަމިން އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާާޢުކުރުމަށް އެހީވެދޭ ''އެންޓިއޮކްސިޑެންޓް'' އެކެވެ.
 
 
== ވިޓަމިން އޭ ހިމެނޭ ކާނާގެ ބާވަތްތައް ==
 
ވިޓަމިން އޭ އެކުލެވޭ ބާވަތްތަކުގެ ތެރޭގައި ކެރެޓާއި، ފަތާއި، ކައްޓަލަ،ބިސް،ފޯރޓިފައިޑް ކިރު،ސްޕިނެޗް، އަދި ބްރޮކޮލީ ހިމެނެއެވެ. ހަމަމިހެން މާބަނޑުވުމުން ނަގާ ''ޕްރިނޭޓަލް ވިޓަމިން''ގައިވެސް ވިޓަމިން އޭ އެކުލެވިގެންވެއެވެ. މާބަނޑު ދުވަސްވަރު 800މައިކްރޯގްރާމްގެ ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވެއެވެ.
 
 
== ވިޓަމިން އޭ މަދުވުން ==
ވިޓަމިން އޭ މަދުވުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ރޭގަނޑު ރޯނާވުން، ލޯ މާބޮޑަށް ހިކުން، ލޮލުގެ ކުރިމަތީގައި ތިކިތަކެއް އުޅޭހެން ހީވުން، އަދިރިވުން، ދިފާޢީ ބާރު ދަށްވުން، މާބޮޑަށް ހަންގަނޑުން ތޮށި ފޮޅުން، އަދި ލޮލުގެ ކޯނިއާ މަޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
 
 
== ވިޓަމިން އޭ ގިނަވުން ==
 
މާގިނައިން ވިޓަމިން އޭ ހަށިގަނޑަށް ވަނުމަކީ ވިޓަމިން އޭ އޯވަޑޯޒްވުން ނުވަތަ ވިޓަމިން އޭ ވިހަވުން ކުރިމަތި ކުރުވާނެ ކަމެކެވެ. ވިޓަމިން އޭ އޯވަޑޯޒް ވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލެވުން، ކާހިތްނުވުން، ރީނދޫވުން، ބޮލުގައި ރިހުން، މަސްތަކުގައި ރިހުން، ވަރުދެރަވުން، ބަނޑުގައި ރިހުން، ތާއްޔަށް ޖެހުން، އަދި ވިސްނުން ކޮށިވުން ފަދަ ކަންތައްތައް ހިމެނެއެވެ.
 
ދިގުމުއްދަތަކަށް ވިޓަމިން އޭ އޯވަޑޯޒް ވެއްޖެނަމަ ހުންއައުން، ބައިގެން ދިއުން، ފުރަމޭ ހަލާކުވުން، އިސްތަށި ފޭބުން، ނިދިނައުން، ވަރުބަލިވުން، ބަރުދަން ލުއިވުން، ބޭރަށް ހިންގުން، ލޭމަދުވުން، ފަދަ ކަންތައްތައް ހިމެނެއެވެ.
 
 
== އަދިވެސް ބައްލަވާ ލައްވާ ==
 
== އިތުރު ފާލަންތައް ==
 
[[en:Vitamin A]]