Content deleted Content added
ފޮޅުވަތް 45:
 
 
 
== ސުރުހީގެ އިބާރާތް ==
== ސިފިލިސްގެ އަސަރު ހަށިގަނޑުގެ ބައިތަކަށް ފޯރުން ==
ސިފިލިސްގެ އަމިއްލަ އަށް ލިބިގަންނަ ވައްތަރުގެ ފަހު މަރުޙަލާގައި ސިފިލިސްގެ އަސަރު މުޅި ހަށިގަނޑުގެ ތަފާތު ބައިތަކަށް ފޯރައެވެ. މިގޮތުން ހަށިގަނޑުގެ ބައެއް ބައިތަކަށް ސިފިލިސްގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
 
 
==== ހިތާއި ލޭހޮޅިތަކުގެ ނިޒާމް ====
ސިފިލިސްގެ ސަބަބުން ހިތުގެ އެއްބައި އަނެއްބަޔާއި ވަކިކޮށްދޭ ހުރަސް ނުވަތަ ފާރު ގައި ''ގަމާ'' އުފެދުމަކީ ވަރަށް ޢާންމު ކަމެކެވެ. އަދި ހިތުގެ ބޭރުން ލެވިފައިވާ ދުލިފަށަލަ، އަދި ހިތުގެ އެތެރޭގައިވާ މަސް ފަށަލަ ދުޅަވުން ފަދަ ކަންތައް މެދުވެރިވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަދި ހަށިގަނޑުގެ ކޮންމެ ހިސާބެއްގައިވާ ލޭހޮޅިއެއް ވެސް ސިފިލިސްގެ ސަބަބުން ހަލާކުވުމަކީ ވަރަށް ގާތްކަމެކެވެ.
 
ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ މައި ލޭހޮޅި ހަލާކުވުމަކީ ވެސް ދިމާވާ ގޮތެކެވެ. މިކަން ކުރިމަތިވަނީ ސިފިލިސްގެ އަސަރު ފުރަތަމަ ފެންނަތާ 20-5 އަހަރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ސިފިލިސްގެ ސަބަބުން އެންމެ އާންމުކޮށް އަސަރު ފޯރަނީ މިބުނި ލޭހޮޅީގެ މޭމަތި ހިމެނޭ ހިސާބުގައިވާ ބަޔަށެވެ.
 
 
==== ސިކުނޑިއާއި ނާރުތަކުގެ ނިޒާމް ====
މިބަޔަށް ސިފިލިސްގެ އަސަރު ފޯރަނީ އެންމެ ފުރަތަމަ ސިފިލިސްގެ އަސަރު ފެންނަތާ 10 އަހަރު ފަހުން ސިފިލިސް ޖެހޭމީހުންގެ އެންމެ 2 އިންސައްތަ މީހުންނަށެވެ. ސިކުނޑިއާއި، ސްޕައިނަލް ކޯޑަށް ލޭފޮނުވައިދޭ ލޭހޮޅިތައް ދުޅަވުން، އަދި ސިކުނޑިއާއި ސްޕައިނަލް ކޯޑް ވަށައިގެން ލެވިފައިވާ ދުލިފަށްތައް ދުޅަވެ، އެއިން ކުރިފަޅައި ނިކުމެފައިވާ ނާރުތަކަށް ފިތުމުގެ ސަބަބުން ބައެއް ފަހަރު އައްސިވުމާއި ވާގިނެތުން ކުރިމަތި ކުރުވައެވެ.
 
Line 63 ⟶ 69:
މިއީ ސިކުނޑީގެ ބޭރަށް ފެންނަ ހުންނަ ބައި(Cortex) ސިފިލިސް ގެ ސަބަބުން ހަލާކުވުމުން މެދުވެރިވާ ކަމެކެވެ. ޚާއްޞަކޮށް ކުރިމަތި، އަދި ދެއަރިމަތީގައިވާ ސިކުނޑީގެ ލޯބްތަކުގެ ޓިޝޫތައް މަރުވެ، އެބައިތަކަށް ލޭހިލުން، އަދި އެސްޓްރަސައިޓްތައް ގިނަ އަދަދަކަށް އެހިސާބުގައި ޖަމާވާގޮތް ވެއެވެ. ސިކުނޑީގެ ބޭރަށް ފެންނަން ހުންނަ ބައިގައިވާ އޮޅުންތައް ނުވަތަ އޮޅި އުފުލިފައި ހުންނަތަންތަން(Gyrus) ފަތިވެ، އަދި އެއޮޅުންތަކުގެ މެދުގައިވާ ހުސްތަން ނުވަތަ އަޑިގަނޑުތައް(Sulcus) ފުޅާވާގޮތް ވެއެވެ.
 
 
==== ނޭވާލުމުގެ ނިޒާމް ====
 
ސިފިލިސްގެ ސަބަބުން އަޑުފޮށީގައި ''ގަމާ'' ނުވަތަ ''ސިފިލިޓިކް އިންފްލެމޭޝަން'' ވެސް އުފެދިދާނެއެވެ. އޭގެ ސަބަބުން އަޑުފޮށީގައި ފައިބަރަސް ޓިޝޫ އުފެދި، އަޑު ފޮށި ހަނިވެ، ބެދޭގޮތް ވެއެވެ. ވައިނޮޅި އަދި ވައިނޮޅީގެ ކަފީގައި ވެސް ކުރިން ބުނި ދެކަންތައް މެދުވެރިވެ، އެދެތަންވެސް ހަނިވުމަކީ ވެދާނެ ގޮތެކެވެ. ފުއްޕާމެޔަށް ވެސް ބަޔާންކުރެވުނު އުސޫލުން ސިފިލިސްގެ އަސަރު ފޯރައެވެ.
 
 
==== ހަޖަމުކުރުމުގެ ނިޒާމް ====
ދުލުގައި ފައިބަރަސް ޓިޝޫ އުފެދޭލެން ގިނަވެ، ދުލުގައި ހުދު ޕެޗެއް ނުވަތަ ފަށަލައެއް ލައެވެ. ދުލުގެ ދަށްފަށުގައި ''ގަމާ'' އުފެދުމުން ގޮށްގަނޑެއް ފަދަ އެއްޗެއް އުފެދެއެވެ. މިބުނި ގޮށްގަނޑު ފަހުން ފެޅި ފާރުކޮޅަކަށް ވުމަކީ ވެސް ވެދާނެ ގޮތެކެވެ. ދުލުގައި ސިފިލިސް އާއި ގުޅިގެން އުފެދޭ މިބުނި ދެކަމަކީ ވެސް ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު އޮތް ދެކަންތަކެވެ. ފުރަމޭގައި ވެސް އެކެއް ނުވަތަ ބައިވަރު ''ގަމާ''ތައް ސިފިލިސްގެ ސަބަބުން އުފެދޭގޮތް ވުމަކީ ގާތް ކަމެކެވެ.
 
 
==== އުރަވަޅި ====
ވަރަށް މަދުން ދިމާވާ މިޙާލަތުގައި އުރަވަޅި އާއި އޮށް ބޮޑުވެ، ރިއްސާގޮތް ވެއެވެ. އަދި އޮށުގެ އިހްސާސް ގެއްލިގެންދާގޮތް ވެއެވެ. ''ގަމާ'' ޢާންމުކޮށް އުފެދެނީ އުރަވަޅީގެ ކުރިމަތި ފަރާތުގައެވެ.
 
==== ކަށިތައް ====
އެންމެ ކަށިގަނޑަކަށް ނުވަތަ އެއަށްވުރެ ގިނަ ކަށިތަކަށް އެއްފަހަރާ ވެސް ސިިފިލިސްގެ އަސަރު ފޯރައިފާނެއެވެ. އެންމެ އާންމުކޮށް އަސަރު ފޯރަނީ ބޮލުގެ ނާށިގަނޑު، މޭމަތީގެ ކަށިތައް ކުރިމަތިން ގުޅިފައިވާ ފަތި ކަށިގަނޑު، ފައިގެ ކަކުލު ހުޅާއި ތަބިކައްޓާއި ދެމެދުގައިވާ ''ޓިބިއާ''، އަދި ''ފިބިއުލާ'' އޭކިޔޭ ދެކަށިގަނޑު، ފައިގެ ފަލަމަސްގަނޑާވީ ހިސާބުގައިވާ ދިގު ކަށިގަނޑު، އަދި އަތުގެ މުލައްދަނޑީގެ ކަށިގަނޑަށެވެ.
 
Line 78 ⟶ 92:
ކަށިތަކުގައި ''ގަމާ'' އުފެދެނީ ވަރަށް މަދުންނެވެ. އެންމެ އާންމުކޮށް އުފެދެނީ ބޮލުގެ ނާށިގަނޑު އަދި މޭމަތީގެ ކަށިތައް ގުޅިފައިވާ ފަތިކަށިގަނޑު ގައެވެ. ގަމާ އުފެދި ކަށިގަނޑުގެ ސަތަޙަ ހަލާކުވުމުން ހުންނަނީ އެއްޗެއް ''ފަނިކައިފައި'' ހުންނަ ސިފަޔަށެވެ. ނޭފަތުގެ ދެހިނދުރި ވަކިކުރާބައިގައި ގަމާ އުފެދުމުން ނޭފަތުގެ ބްރިޖް އަޑިއަށް ގޮސް ''އަސްދާނު ގޮނޑި''އެއްގެ ސިފަޔަށް(Saddle nose) ނޭފަތުގެ ބައްޓަން ބަދަލުވެއެވެ.
 
ހުޅުތައް
ވަރަށް މަދުން ނޫނީ ދިމާނުވާ މިހާލަތުގައި އެންމެ އާންމުކޮށް އަސަރު ފޯރަނީ ކަކުލު ހުޅާއި ކޮނޑު ހުޅަށެވެ. ހުޅުތައް ދުޅަވެ، ރިއްސައި، ހުޅުތަކުގެ ތެރެއަށް ފެން ފޭދުން(Hydroarthrosis) ކުރިމަތި ކުރުވައެވެ.
 
==== ހުޅުތައް ====
ވަރަށް މަދުން ނޫނީ ދިމާނުވާ މިހާލަތުގައި އެންމެ އާންމުކޮށް އަސަރު ފޯރަނީ ކަކުލު ހުޅާއި ކޮނޑު ހުޅަށެވެ. ހުޅުތައް ދުޅަވެ، ރިއްސައި، ހުޅުތަކުގެ ތެރެއަށް ފެން ފޭދުން(Hydroarthrosis) ކުރިމަތި ކުރުވައެވެ.
 
== އުފެދުމުގައި ޖެހިފައިހުރި ސިފިލިސް (Congenital syphilis) ==