Content deleted Content added
No edit summary
ފޮޅުވަތް 86:
މިއީ ސިފިލިސް ޖެހިފައިވާ މީހަކު ބަލިވެ އިނުމުން ބަނޑުގައިވާ ދަރިފުޅަށް ސިފިލިސްގެ އަސަރު ކުރުމެވެ. ނުވަތަ ސިފިލިސް ޖެހުމެވެ. ފަރުވާ ނުކޮށް ހުރިނަމަ ސިފިލިސް ޖެހޭތާ ފުރަތަމަ ދެއަހަރުގެ ތެރޭގައި މައިމީހާގެ ކިބައިން ކުޑަ ދަރިފުޅަށް ސިފިލިސް ޖެހިދާނެއެވެ. މިގޮތުން ސިފިލިސް ޖެހެނީ ފުރަތަމަ ހަތަރު މަސް ފާއިތުވާ ފަހުންނެވެ. އެއީ ބަނޑުގައި އުފެދިފައިވާ މަހުގައިވާ ''ލެންގހެންސް ސެލް ފަށަލަ'' ފޮރުވިދާ ފަހުންނެވެ. ބައިގެން ދިއުމަކީ މިހާލަތުގައި ވަރަށް ޢާންމު ކަމެކެވެ. ސިފިލިސް ޖެހިފައި ވަނިކޮށް އުފަންވި ނަމަވެސް މަރުވުމަކީ ވަރަށް ގާތް ކަމެކެވެ. ސަލާމަތްވާ ކުދީންނަށް އުމުރުގެ ކުރީކޮޅު ނުވަތަ އުމުރުގެ ފަހުކޮޅު ސިފިލިސްގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެންނަށް ފަށައެވެ.
 
 
==== އުމުރުގެ ކުރީކޮޅު ފެންނަ ޢަލާމާތްތައް ====
މިއަލާމާތްތައް ފެންނަނީ ވިހެއުމަށްފަހު ދުވަސް ކޮޅެއްގެ ތެރޭގައެވެ. ނުވަަތަ ފުރަތަމަ ދެއަހަރުގެ ތެރޭގައެވެ. ކުރީކޮޅު ފެންނަށް ޢަލާމާތްތައް ކުރިން ބަޔާންކުރެވުނު ދެވަނަ މަރުހަލާގެ ޢަލާމާތްތަކާ ވަރަށް އެއްގޮތެވެ. އެގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބިހިނެގުން، އަތްތިލަ އަދި ފައިތިލައިގެ ހުދު ހަންގަނޑު ފޮޅޭގޮތްވުން، އަދި ތެތްހަން އެކުލެވޭ ހިސާބު ތަކުގައި ވެސް ބިހި ނަގައެވެ.
 
Line 95 ⟶ 97:
ކަށި އަދި ހުޅުތަކާ އޭގެ ވަށައިގެންވާ މަޑު ކަށިތަކަށް ސިފިލިސްގެ އަސަރު ފޯރުމުން އަތްފައި ހަރަކާތް ކުރުމަށް އުދަގޫވެ، ކަށިތައް ބޮޑުވުން ލަސްވުން ކުރިމަތި ކުރުވައެވެ. މީގެ އިތުރުން އެތެރެ ހަށީގެ ވަރަށް ގިނަ ގުނަވަންތަކަށް ސިފިލިސްގެ އަސަރު ފޯރައި ގެއްލުންތަކާ ކުރިމަތި ކުރުވައެވެ.
 
 
==== އުމުރުގެ ފަހުކޮޅު ފެންނަ ޢަލާމާތްތައް ====
މިއަލާމާތްތައް ފެންނަނީ އުމުރުން 30-2 އަހަރާއި ދެމެދުގެ ދުވަސްވަރެއްގައެވެ. ފަހުކޮޅު ފެންނަ އަލާމާތްތައްކުރިން ބަޔާންކުރެވުނު 4 ވަނަ މަރުހަލާގެ ޢަލާމާތްތަކާ ވަރަށް އެއްގޮތެވެ. ބޮލުގެ ނާށިގަނޑު، ނޭފަތުގެ ދެހިނދުރި ވަކިކޮށްދޭ ބައި، އަދި ދިގުކަށިތައް ފަދަ ބައިތަކުގައި ''ގަމާ'' އުފެދޭގޮތް ވެއެވެ. ފައިގެ ތިރީގައި ކަކުލު ހުޅާއި ތަބިކައްޓާއި ދެމެދުގައިވާ ދެކަށިގަނޑުގެ ތެރެއިން ''ޓިބިއާ'' އޭ ކިޔޭ ކަށިގަނޑުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލައިގައި އިންފްލެމޭޝަން އުފެދި،އެކަށިގަނޑުގެ ކުރިމަތީބައިގައި އާޓިޝޫތައް ޖަމާވުމުން ''ކަނޑިއެއްގެ ސިފަޔަށް(Saber tibia) ޓިބިއާގެ ބައްޓަން ބަދަލުވެގެން ދެއެވެ.
 
ލޮލުގެ ކަޅުކަޅި އަދި ރެޓިނާ ފަދަ ބައިތަކަށް ސިފިލިސްގެ އަސަރު ފޯރުމުން ލޯއަދިރިވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ހުޅުތައް ފުފިބޮޑުވެ، އޭގެތެރެއަށް ދިޔާއެއްޗެއް ފަދަ އެއްޗެއް ފޭދުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ހީކެރުވުން، ގައިގައި ރިހުން، ގަދަ ފިންޏަށް ހުށަހެޅޭ ހިނދު ކުޑަކަމުދާ ތަކެތީގެ ކުލަ އަދިރިވުން ނުވަތަ ގަދަވުމަކީ ވެސް މިމަރުހަލާގައި ވެދާނެ ގޮތެކެވެ. އަޑުއެހުމަށް އެހީވެދޭ ނާރު ނުވަތަ ކަންފަތާއި ސިކުނޑި ގުޅުވައިދޭ ނާރަށް ސިފިލިސްގެ އަސަރު ފޯރައިފިނަމަ ބީރުވުން ކުރިމަތި ކުރުވައެވެ.
 
މަތީ މެދު ދެދަތްކުރުވެ، ފޭރާ ދަތް ހުންނަހެން އެދެދަތް ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ. މިގޮތަށް ހުރުމަށް ކިޔަނީ ''ހަޓްކިންސަން ދަތް''(Hutchinson’s teeth) އެވެ.
 
 
== ސިފިލިސް އިން ރައްކާތެރިވުން ==