ލޭމައްޗަށްދިއުން
އިންސާނާގެ ހަށިގަނޑުގައި ހިނގާ ލޭހަށިގަނޑުގެ އެކި ގުނަވަންތަކަށް ފޮނުވައި ދިނުމުގައި ނުވަތަ ލޭހިނގުމުގައި ވަކި މިންވަރެއްގައި އަބަދުވެސް ހިނގަހިނގާ ހުރެއެވެ. ހަށިގަނޑުގައި ލޭހިނގުމުގެ މިންގަނޑު ނުވަތަ ލޭގެ ޕްރެޝަރުހުންނަންޖެހޭ މިންވަރަށްވުރެ މަތިކޮށް ހުންނަނަމަ އެއީ ލޭމައްޗަށްދިއުން ކަމުގައި ބެލެވެއެވެ. ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންގަނޑުގައި ހުރުމަކީ ޞިއްޙަތު ސަލާމަތުން ހުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.
ލޭމައްޗަށްދިއުން(އިނގިރޭސި ބަހުން: Hypertension) އަކީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ މިންގަނޑު ނުވަތަލޭގެ ޕްރެޝަރު އާންމުކޮށް ހުންނަން ޖެހޭ މިންވަރަށްވުރެ މަތީ މިންވަރެއްގައި ނުވަތަ މަތިކޮށް ހުރުމެވެ. ލޭމައްޗަށް ހިގައްޖެ ކަމަށް ބަލާނީ ހިތުން ލޭ ފޮނުވައިދިނުމުން އުފެދޭ ޕްރެޝަރު ނުވަތަ ސިސްޓޮލިކް ޕްރެޝަރު 140 މިލިމީޓަރު މާކަރީއަށް ނުވަތަ އެއަށްވުރެ މައްޗަށް ދިއުމާއެކު، ހިތުން ލޭ ފޮނުވާލުމަށްފަހު ހިތް މަޑުޖެހިލާ (ހަމައަކަށްއެޅޭ) ވަގުތުކޮޅު އުފެދޭ ޕްރެޝަރު ނުވަތަ ޑަޔަސްޓޮލިކް ޕްރެޝަރު 90 މިލިމީޓަރު މާކަރިއަށް ވުރެ މައްޗަށް ދާއިމީ ގޮތެއްގައި ދިއުމުންނެވެ.
ލޭމައްޗަށްދިއުމޭ ބުނެވެނީ ދާއިމީ ސިފައެއްގައި ލޭގެ ޕްރެޝަރު މަތިވެފައިވާނަމަ އެވެ. ލޭގެ ޕްރެޝަރު ބަލާއިރު ދެމިނެއް ފާހަގަ ކުރެވެއެވެ. އެއީ ސިސްޓޮލިކް ޕްރެޝަރު އަދި ޑަޔަސްޓޮލިކް ޕްރެޝަރު އެވެ.
ސިސްޓޮލިކް ޕްރެޝަރު(އިނގިރޭސި ބަހުން: Systolic Pressure) އަކީ ހިތް ކޮންޓްރެކްޓް(އިނގިރޭސި ބަހުން: Contraction) ވާއިރު އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ނުވަތަ އާޓަރީގެ ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ.އެހެން ގޮތަކަށް ބުނާނަމަ މިއީ ހިތުން ލޭ ފޮނުވައިދިނުމުން އާޓަރީ ތެރޭގައި ލޭދައުރުވާ ބާރުމިން ނުވަތަ އާޓަރީ ތެރޭގައި އުފެދޭ ޕްރެޝަރު އެވެ. ލޭގެ ޕްރެޝަރު ބަލާއިރު މަތީގައި އިންނަ ޢަދަދަކީ ސިސްޓޮލިކް ޕްރެޝަރު ހުންނަ ވަރެވެ. އާންމު ގޮތެއްގައި އެއީ 120 އެވެ.
ޑަޔަސްޓޮލިކް ޕްރެޝަރު(އިނގިރޭސި ބަހުން: Diastolic Pressure) އަކީ ހިތް ރިލެކްސް(އިނގިރޭސި ބަހުން: Relaxation) ވާއިރު އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ނުވަތަ އާޓަރީގެ ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ހިތުން ލޭފޮނުވާދިނުމަށްފަހު މަޑުޖެހިލާ ވަގުތުކޮޅު ނުވަތަ ހަމައަކަށް އެޅޭ ވަގުތުކޮޅުގައި އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިން ނުވަތަ އާޓަރީ ތެރޭގައި އުފެދޭ ޕްރެޝަރު އެވެ. ލޭގެ ޕްރެޝަރު ބަލާއިރު މަތީގައި އިންނަ ޢަދަދަކީ ސިސްޓޮލިކް ޕްރެޝަރު ހުންނަ ވަރެވެ. އާންމު ގޮތެއްގައި އެއީ 80 އެވެ.
އެހެން ކަމުން ލޭގެ ޕްރެޝަރު އާދައިގެ ގޮތެއްގައި ހުރިނަމަ ލިޔެފައި އިންނާނީ 80/120 މިލިމީޓަރު މާކަރީ މިހެންނެވެ. ލޭމައްޗަށްދިއުމުގެ ދެވައްތަރެއް ވެއެވެ. އެއީ ޕްރައިމަރީ ހައިޕަރޓެންޝަން އަދި ސެކަންޑަރީ ހައިޕަރޓެންޝަން އެވެ.
ޕްރައިމަރީ ހައިޕަރޓެންޝަން (އިނގިރޭސި ބަހުން: Primary Hypertension) އަކީ ވަކި ސަބަބެއް ބުނެދޭން ނޭގި ލޭމައްޗަށްދިއުން މެދުވެރި ވުމެވެ. ސެކަންޑަރީ ހައިޕަރޓެންޝަން(އިނގިރޭސި ބަހުން: Secondary Hypertension) އަކީ ހަށިގަނޑުގައި ހުރި އެހެން ބައްޔެއްގެ ސަބަބުން ލޭމައްޗަށްދިއުން މެދުވެރިވުމެވެ.
ބަހާލެވޭގޮތް
އުނިއިތުރު ގެންނަވާލޭގެ ޕްރެޝަރު ބަލާއިރު އާންމު ގޮތެއްގައި ހުންނަނީ 120/80 ގައެވެ. 120 އެއީ ސިސްޓޮލިކް ޕްރެޝަރު އެވެ. 80 އެއީ ޑަޔަސްޓޮލިކް ޕްރެޝަރު އެވެ. ސިސްޓޮލިކް ޕްރެޝަރު އަކީ ހިތުން ލޭ ބޭރަށް ފޮނުވާދޭއިރު ހުންނަ ޕްރެޝަރު އެވެ. ޑަޔަސްޓޮލިކް ޕްރެޝަރު އަކީ ލޭނާރުގެ ތެރޭގައި ހުންނަ ޕްރެޝަރު އެވެ. ނުވަތަ ހިތުން ލޭބޭރުކޮށްލުމަށްފަހު ހިތް އަރާމުކޮށްލާ ވަގުތު ނުވަތަ ހިތުން ލޭ ޕަމްޕްނުކުރާ ވަގުތު ހުންނަ ޕްރެޝަރު އެވެ.
ކެޓަގަރީ | ސިސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ | ޑަޔަސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ |
---|---|---|
ބަހާލެވިފައިވާ މިންގަނޑުތައް
އުނިއިތުރު ގެންނަވާލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންވަރު މީހާގެ އުމުރާއި ވަރަށް ބޮޑަށް ގުޅިފައި ވެއެވެ. ޒުވާން އުމުރުގައި ޕްރެޝަރު ބަލާއިރު 90/140 ގައި ހުރެއްޖެނަމަ މިއީ މަތީ އަދަދެކެވެ. މެދު އުމުރަށްވުރެ މައްޗަށް ދިއުމުން 90/140 ގައި ހުރިނަމަ އަދި ބޭސް ނުކައި ޑޮކްޓަރުގެ އިރުޝާދުގެ މަތީން ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް އިރުޝާދު ދޭނެއެވެ. ހަށިގަނޑަށް ނުރައްކާވަނީ ސިސްޓޮލިކް ޕްރެޝަރު 90 އަށްވުރެ މަތީގައި ހުރެފައި އަދި ޑަޔަސްޓޮލިކް ޕްރެޝަރު 140 އަށްވުރެ މަތީގައި ހުރެއްޖެ ނަމައެވެ.
ކެޓަގަރީ | ސިސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ | ޑަޔަސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ |
---|---|---|
އަލާމާތްތައް
އުނިއިތުރު ގެންނަވާ- ބޮލުގައި ރިހުން
- ބޯއެނބުރުން
- ނޭފަތުން ލޭއައުން
- ފައިފޮއްސިވުން
- ނޭވާކުރުވުން
- ހިތުގެ ވިންދު ޖެހުމުގެ ހަމަ ގެއްލުމާއި ވިންދު އަވަސްވުން
- ލޯއަނދިރިވުން
- ފައިގެ ކުޑަހުޅު އަތުގެ އިގިލިތައް ދުޅަވުން
ސަބަބު އަދި ފުރުޞަތު ބޮޑުމީހުން
އުނިއިތުރު ގެންނަވާ- އާޢިލީގޮތުން ލޭމައްޗަށްދާގޮތް ވާރުތަވުން ނުވަތަ އާއިލާގައި ލޭމައްޗަށްދާ މީހުން ތިބުން
- އުމުރު މައްޗަށް ދިއުން
- މާބޮޑަށް ފަލަވުން ފަލަބަލި، ނުވަތަ އެކަށީގެންވާ ވަރަށްވުރެ ފަލަވުން
- ދުންފަތުގެ އިސްތިއުމާލު ކުރުން
- ފިކުރުބޮޑުވެ ހާސްވުން
- ހަކުރު ބަލި ކޮލެސްޓްރޯލް އިތުރުވުމާއި، ހިތުގެ މަސައްކަތް ފޭލްވުން ފަދަ ދިގު ބައްޔެއްގައި އުޅުން
- ތެލުގެ ބާވަތްތައް ގިނައިން ކެއުން
- ކެއުމުގައި ގިނައިން ލޮނު ބޭނުންކުރުން
- ބައެއް ބާވަތުގެ ބޭސް ބޭނުންކުރުން
ދިމާވެދާނެ ބައެއް ނުރައްކާތެރި މައްސަލަތައް
އުނިއިތުރު ގެންނަވާލޭމައްޗަށް ދިއުމުން ފަރުވާ ނުހޯދައި ގިނަދުވަސް ވުމުން ލޭނާރުތަކުގެ ތެރޭގައި މައްސަލަ ޖެހި، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:-
- ސިކުނޑީގެ ނާރުތައް ފަޅައިގެން ދިއުމާއި، ބެދުމުގެ ސަބަބުން ވާގިނެތޭ ބަލި ޖެހުން ނުވަތަ ސްޓްރޯކްޖެހުން : ސްޓްރޯކްޖެހުން އަކީ ސިކުނޑިއަށް ލޭފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުން އެވެ. މީގެ ސަބަބުން ވާގިނެތޭ ބަލިޖެހުން، އަދި ވާހަކަ ނުދެއްކި ހޭނެތިފައި އޮންނަގޮތް ދިމާވެއެވެ.
- ލޯއަނދިރިވުން
- ގުރުދާ ގެ މައްސަލަތައް ދިމާވުމާޢި ގުރުދާ ފޭލްވުން
- ހިތުގެ މައްސަލަތައް ކުރިމަތިވުމާއި ހިތުގެ މަސައްކަތް ހުއްޓުން
- ހާޓް އެޓޭކް ޖެހުން : މިހެންވަނީ ހިތަށްލޭފޯރުކޮށްދޭ ލޭހޮޅިއެއް މުޅިން ބެދި އޭގެ ސަބަބުން ހިތުގެ ބައެއް ހަލާކުވެގެންނެވެ.
- ހިތް ފޭލްވުން: މިއީ ހިތުގެ މަސްތައް ވަރުބަލިވެ، ލޭހަށިގަނޑުގެ ތެރެއަށް ޕަމްޕްކުރުމަށް ދަތިވެ، ހިތުގެ މަސައްކަތް ފުރިހަމަކުރުމަށް ބުރޫއެރުމެވެ.
ފަރުވާ
އުނިއިތުރު ގެންނަވާޑޮކްޓަރުން ލޭގެ ޕްރެޝަރު ދަށްކުރުމަށްޓަކައި ދޭ ބޭސް ގަވާއިދުން މެދުނުކަނޑާ ކާންވާނެއެވެ. އަދި ގަވާއިދުން ޕްރެޝަރު ބަލާ ރިކޯޑްކޮށް ބަލަހައްޓަން ވާނެއެވެ.
ރައްކާތެރިވުން
އުނިއިތުރު ގެންނަވާލޭމައްޗަށް ދިއުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
- ހަށިގަނޑު ފަލަވެ ބަރުދަން އިތުރުވެފައިވާނަމަ ބަރުދަން ލުއިކުރުން
- ކަސްރަތު ކުރުން
- ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން
- ދުންފަތުގެ އިސްތިއުމާލު ނުކުރުން
- ރާނުބުއިން
- ތެލާއި ލޮނުގެ ބައި ކެއުމުގައި މަދުކުރުން