ހިތް ނުވަތަ (އިނގިރޭސި ބަހުން: Heart) މިއި އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ ހިތަށް ޚާއްޞަ މަސްތަކަކުން އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑު އެކި ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭނާރަކުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ކާޑިއެކް (Cardiac)މިބަހުން ދޭހަވަނީ ހިތާއި ގުޅުންހުރި މިހެންނެވެ. ހިތް އުފެދިފައިވަނީ ކުރިންވެސް ބުނިހެން ހިތަށް ޚާއްޞަ މަހުގެ ވައްތަރަކުންނެވެ. އެއީ ހިތު މަސް(Cardiac muscle) އެވެ.

ބަނޑުގައި އަށަގަންނަ ކުޑަ ދަރިފުޅުގެ ހިތުގެ ވިންދު ޖަހަން ބަލިވެ އިންނަތާ 5 ވަނަ ހަފްތާގެ ތެރޭގައި ފަށައެވެ. ފެށިގެން އަންނައިރު ކުޑަ ދަރިފުޅުގެ ހިތުގެ ވިންދު ޖެހުން ހުންނަނީ ގާތްގަނޑަކަށް މައިމީހާގެ ހިތުގެ ވިންދު ޖެހުމާއި އެއްވަރެއްގައެވެ. އެއީ ގާތްގަނޑަކަށް މިނިޓަކު 80-75 ވިންދެވެ. އެއަށްފަހު ވިންދު ޖަހަން ފަށާ ފުރަތަމަ މަހުގެ ތެރޭގައި ކުޑަދަރިފުޅުގެ ހިތުގެ ވިންދު ޖެހުން މިނިޓަކު 185-165 އަށް މަތިވެގެން ދެއެވެ. މިވަރަށް ވިންދު ޖެހުން ހުންނަނީ ބަލިވެއިންނަތާ 7 ވަނަ ހަފްތާ ހިސާބުގައެވެ.

Real-time MRI of the human heart

ހިތުގެ މައިގަނޑު ބައިތައް

އުނިއިތުރު ގެންނަވާ

ކަނާތު އެޓްރީއަމް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކަނާތު އެޓްރީއަމް

ކަނާތު އެޓްރީއަމް ނުވަތަ (އިނގިރޭސި ބަހުން: Right atrium) އަކީ ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ކަނާތް ފަރާތުން މަތީގައި އިންނަ ބައެވެ. ކަނާތު އެޓްރީއަމް އަށް އިންފިރިއާ ވީނާ ކޭވާ(Inferior vena cava) އަދި ސްޕީރިއާ ވީނާ ކޭވާ(Superior vena cava) އިން އޮކްސިޖަން އެކުނުލެވޭ ހަށިގަނޑުގެ އެކި ހިސާބުތަކުން ގެނެސްދެއެވެ. އެއަށްފަހު މިލޭ ޓްރައި ކަސްޕިޑް ވޭލް(Tricuspid valve) ހުރަސްކޮށް ކަނާތު ވެންޓްރިކަލް އަށް ފޮނުވާލައެވެ.

ކަނާތު ވެންޓްރިކަލް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކަނާތު ވެންޓްރިކަލް

ކަނާތު ވެންޓްރިކަލް ނުވަތަ (އިނގިރޭސި ބަހުން: Right ventricle) އަކީ ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ކަނާތް ފަރާތުން ތިރީގައި އިންނަ ބައެވެ. އޮކްސިޖަން އެކުނުލެވޭ ލޭ ޓްރައިކަސްޕިޑް ވޭލް(Tricuspid valve) ހުރަސްކޮށް ކަނާތު އެޓްރީއަމް އިން ކަނާތު ވެންޓްރިކަލް އަށް އާދެއެވެ. މިގޮތުން ކަނާތު ވެންޓްރިކަލް އަށް ވާޞިލްވި ލޭ ދެން ފޮނުވާލަނީ ޕުލްމަނަރީ ވޭލް(Pulmonary valve) ހުރަސްކޮށް ފުއްޕާމެޔަށް ލޭފޮނުވާ ލޭނާރު(Pulmonary artery) ގެ ޒަރީޢާއިން ފުއްޕާމޭ އަށެވެ.


ވާތު އެޓްރީއަމް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވާތު އެޓްރީއަމް

ވާތު އެޓްރީއަމް ނުވަތަ (އިނގިރޭސި ބަހުން: Left atrium) އަކީ ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ވާތް ފަރާތުން މަތީގައި އިންނަ ބައެވެ. ކުރިން ކަނާތު ވެންޓްރިކަލް އިން ފުއްޕާމޭއަށް ފޮނުވާލި އޮކްސިޖަން އެކުނުލެވޭ ލޭ ފުއްޕާމޭގެ ތެރޭގައި އޮކްސިޖަންއާ އެއްވެއެވެ. އެއަށްފަހު އޮކްސިޖަން އިން މުއްސަދިކުރެވުނު ލޭ ފުއްޕާމޭ އިން ހިތަށް ލޭފޮނުވާ ލޭނާރު(Pulmonary vein) ގެ ތެރެއިން ގޮސް ވާތު އެޓްރީއަމް އަށް ވާޞިލްވެއެވެ. އެއަށްފަހު މިލޭ މައިޓްރަލް ވޭލް(Mitral valve) ހުރަސްކޮށް ވާތު ވެންޓްރިކަލް އަށް ފޮނުވާލައެވެ.


ވާތު ވެންޓްރިކަލް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވާތު ވެންޓްރިކަލް

ވާތު ވެންޓްރިކަލް ނުވަތަ (އިނގިރޭސި ބަހުން: Left ventricle) އަކީ ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ވާތް ފަރާތުން ތިރީގައި އިންނަ ބައެވެ. ވާތު އެޓްރީއަމް އަށް ފުއްޕާމޭ އިން ފޮނުވާލި އޮކްސިޖަން އިން މުއްސަދި ލޭ މައިޓްރަލް ވޭލް(Mitral valve) ހުރަސްކޮށް ވާތު ވެންޓްރިކަލް އަށް ވާޞިލްވެއެވެ. އެއަށްފަހު އެއޯޓިކް ވޭލް(Aortic valve) ހުރަސްކޮށް، ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭ ފޮނުވައިދޭ އެންމެ ބޮޑު ލޭހޮޅި އެއޯޓާ އަށް ވާޞިލްވެ، ހަށިގަނޑުގެ ބައިތަކަށް ތަފާތު ލޭހޮޅި ތަކާއި، ލޭނާރުތަކުގެ އެހީގައި ފެތުރިގެން ދެއެވެ.


ހިތުގެ ވޭލްތައް

އުނިއިތުރު ގެންނަވާ

މައިޓްރަލް ވޭލް

އުނިއިތުރު ގެންނަވާ

ޓްރައިކަސްޕިޑް ވޭލް

އުނިއިތުރު ގެންނަވާ

ޕުލްމަނަރީ ވޭލް

އުނިއިތުރު ގެންނަވާ

ދޫކުރާ ހޯރމޯންތައް

އުނިއިތުރު ގެންނަވާ
 
Heart being dissected showing right and left ventricles, from above

އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް

އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް ނުވަތަ (އިނގިރޭސި ބަހުން: Atrial natriuretic peptide) އަކީ ހަށިގަނޑު ގައި ފެން، ލޮނު، އަދި ސަރުބީ ހަމަހަމަކަންމަތީ ބެހެއްޓުމުގައި ބައިވެރިވާ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ލޭގެ ޕްރެޝަރު އާދަޔާ ޚިލާފަށް މަތިވެގެންދާ ހިނދު ހިތުގެ އެޓްރީއަމް ތަކުގައި ހުންނަ މަޔޯސައިޓް(Myocyte) އޭ ކިޔާ ސެލްތަކަކުން މިހޯރމޯން ދޫކުރަން ފަށައެވެ. މަޔޯސައިޓް ތަކަކީ ހިތުގެ އެޓްރީއަމް ގައި ހުންނަ މަހު ސެލް ތަކެކެވެ. އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް ލޮނާއި، ފެނާއި ސަރުބީގެ މިންވަރު ހަށިގަނޑުގައި މަދުކޮށްގެން ލޭގެ ޕްރެޝަރު ދަށްކުރުވައެވެ.


ބްރޭން ނެޓްރީޔުރެޓިކް ޕެޕްޓައިޑް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބްރޭން ނެޓްރީޔުރެޓިކް ޕެޕްޓައިޑް

ބްރޭން ނެޓްރީޔުރެޓިކް ޕެޕްޓައިޑް ނުވަތަ (އިނގިރޭސި ބަހުން: Brain natriuretic peptide) އަކީ 32 އަމިނޯ އެސިޑް އެެކުލެވޭ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ހިތުގެ ވެންޓްރިކަލް ގައި ހުންނަ މަޔޯސައިޓް ތަކަށް ދެމިވާންވުމުން ވެންޓްރިކަލްތަކުގައި ހުންނަ މަޔޯސައިޓްތަކުން މިހޯރމޯން ދޫކުރަން ފަށައެވެ.

އަދިވެސް ބައްލަވާ ލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ