ހިތް ފޭލްވުން(އިނގިރޭސި ބަހުން: heart failure) އަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައި ދިނުމަށް ނުކުޅެދުމެވެ. ހިތް ފޭލްވުން އަދި ހިތް ހުއްޓުން މިއީ ތަފާތު ދެކަމެކެވެ.

ހިތް ފޭލްވުން ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުން، ކެއްސުން، ތަނބިކަށި ދުޅަވުން، ވަރުބަލިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ހިތް ފޭލްވުން އަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އޭގެ ނުރައްކާތެރި ޙާލަތުގައި މަރުވުން ފަދަ ކަމެއް ވެސް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.