ނ. މަނަދޫ ކާސިންހާޖީ އަސްލު ނަންފުޅަކީ ޤާސިމް ހާރޫނެވެ. ކާސިންހާޖީއަކީ މަނަދޫއަށް އެކިގޮތްގޮތުން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަޚުރުވެރި ދަރިއެކެވެ. ރާއްޖެއަށް ކުރިމަތިވި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މަނަދޫއަކީ ވަރަށް ގިނަ ބަޔަކު މަރުވެފައިވާ ރަށެކެވެ. ވަރަށް ބޮޑަށް ހާލުގައި ޖެހުނު ރަށެކެވެ. ސަރުކާރުން އެހީގެ ކާޑު ފޮނުއްވި ރަށްތަކުގެ ތެރެއިން އެއްރަށެވެ. އޭރު ސަރުކާރު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލަގެފާނު މަނަދުއަށް ޒިޔާރަތް ކުރެއްވިއެވެ. އަމީންދީދީ ލިޔުއްވާފައިވާ ގޮތުގައި މަނަދޫގައި ރަށުގެ ޙާލަށް ލޯހުޅުވި ހޭލުންތެރިހުރީ އެންމެ މީހެކެވެ. އެއީ އޭރު މަނަދޫ ކުޑަކަތީބު ކަމުގައި ހުންނެވި ކާސިންހާޖީއެވެ. ކާސިން ހާޖީވަނީ މަނަދޫގެ ވެރިކަމާއި މުދިންކަމާއި އިމާމްކަން ކުރައްވާފައެވެ. މުޅި އަތޮޅުގައި ނެތްވަރުގެ ތަނަވަސްވެރިއެކެވެ. ސީދާ ކޮޅުބަށް ވަޑައިގެން ވިޔަފާރިކަން ކުރެއްވިއެވެ. ރައްޔިތުންގެ މުހުތާދުތައް ފިލުވައި ހެއްދެވިއެވެ. މަސްދޯނިފަހަރު ދުއްވާ ހެއްދެވިއެވެ. ކާސިން ހާޖީއަކީ ދީނަށް ލޯބިކުރެއްވި ބޭފުޅެކެވެ. ހައްޖުގެ މަތިވެރި އަޅުން ކަނޑުމަގުން ކުރެއްވިއެވެ. މި މަޒުމޫނުގައި ބަލާލާނީ އެމަނިކުފާނުގެ ޙަޔާތަށެވެ. ކާސިން ހާޖީގެ އުފަން ރަށަކީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫއެވެ. ކާސިން ހާޖީ އުޅެ ބޮޑުވީ މަނަދޫގައެވެ. ކާސިން ހާޖީގެ ބައްޕާފުޅަކީ މަނަދޫ ހާޖީބެ އެވެ. ފުރިހަމަ ނަމަކީ ހާރޫނެވެ. ކޮލީ ނަންފުޅަކީ ހާރޫނު ހާޖީ ކަލޭފާނެވެ. މަންމާފުޅުގެ ފުރިހަމަ ނަންފުޅަކީ އައިޝަތު ޤާސިމެވެ. މަނަދޫ މީހުން ޢާންމުކޮށް އައިޝަތު ޤާސިމަށް ކިޔަނީ ކަމަނަ ދައިތައެވެ. ހާޖީބެއަކީ މަނަދޫގައި އެދުވަސްވަރު އުޅުއްވި އެންމެ މުއްސަދި އެކަކު ކަމުގައި ވިއެވެ. ހާޖީބެ ގެ ގެކޮޅު ހުރިތަނުގައި މިހާރު ހުރީ މަނަދޫ ދިލްބަހާރު ގެއެވެ. އެގޭގައި ކުރީގެ މަސައްކަތްތެރިކަން ފެންނަން އެބަހުއްޓެވެ.

ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ )
އުފަން ތާރީޚްއޭޕްރީލް 04، 1920
މަނަދޫ (ނ. އަތޮޅު) ގައި
ވަޒީފާވިޔަފާރިވެރިއެއް
Religious beliefsއިސްލާމް
Spouse(s)މަރީނާ މޫސާ ( އަވަހާރަވިރު އިންނެވި
 
 
ހުވަދޫ ކެޔޮޅު
 
-----
 
ޤާސިމް
 
-----
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ހާރޫނުހާޖީ ކަލޭފާނު
 
 
 
 
 
ޢައިޝަތު ޤާސިމް ( ކަމަނަ ދައިތަ)
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ)
 
 
 
 
 
 
 

ތުއްޕުޅު އިރުގެ ޙަޔާތް

އުނިއިތުރު ގެންނަވާ

ކާސިން ހާޖީ އުފަންވީ " ހާޖީބެގެ ގޭގައި ( ދިލްބަހާރުގެ ) ގައެވެ. އުފަންތާރީޚަކީ 04 އެޕްރީލް 1920 އެވެ.

ޒުވާން ދުވަސްވަރުގެ ދިރިއުޅުއްވުން

އުނިއިތުރު ގެންނަވާ

ކާސިން ހާޖީއަކީ ހެދިހުރި ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ބުރުސޫރަ ރީތި ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ހަށިގަނޑުކުލަ ދޮން މީހެކެވެ. އިސްކޮޅާ ރޫފަ ގުޅޭ ވަރުގަދަ ޅަނބާޅަ ބޭފުޅެކެވެ. ސަމައްތަރު ހެޔޮ މުލައްދަނޑިތަކެއްގެ ވެރިއެކެވެ. ޒުވާން ދުވަސްވަރު ކުޅިވަރު ކުޅެއްވުމުގައި އަވަދިނެތި އުޅުއްވިއެވެ. ދަނޑިޖެހުމާއި ސަގާފީ ކުޅިވަރު ކުޅުއްވިއެވެ. ފުޓްބޯޅަ ކުޅުއްވިއެވެ. ކާސިން ހާޖީއަކީ ޒުވާން ދުވަސްވަރުވެސް ނުފޫޒުގަދަ ހަރުދަނާ ޝަހުސިއްޔަތެކެވެ. ޖަރުބާތީ ބޭފުޅެކެވެ.

ކައިވެނީގެ ޙަޔާތް

އުނިއިތުރު ގެންނަވާ

ކާސިން ހާޖީ ޖުމުލަ 5 މީހަކާ ކައިވެނީގެ ގޮތުން ގުޅިވަޑައިގެންނެވިއެވެ. އެއީ 1- ދަލޭކަ 2 - އައިޝަތު މޫސާ ( ކަތީބުގެ މޫސަބޭގެ ދޮން ދައިތަ ) 3 - ދޮން އައިސަ ( ހައްވަދައިގެ ދޮންއައިސަ) 4- މަރިޔަމް މޫސާ ( މޫސާ މަނިކުބޭގެ މަރިޔަ ) 5 - މަރީނާ މޫސާ ( ބޮޑިބަތް މޫސަބޭގެ މަރީނާ ) އެވެ.

ކާސިން ހާޖީ ކައިވެނި ބައްލަވައިގެން ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވި ދަލޭކައަކީ ވަރަށް ބުރުސޫރަ ރީތި އަންހެނެކެވެ. އޭނާއަށް ދަރިކަލަކުވެސް ލިބިވަޑައިގެންނެވިއެވެ. އެކަމަކު ޅަފަތުގައި އަވަހާރަވީއެވެ. މަރިޔަމް މޫސާއަށް 9 ކުދިން ލިބިވައިގަތެވެ. އެއީ 7 ފިރިހެން ކުދިންނާއި 2 އަންހެން ކުދިންނެވެ. އޭގެ ތެރެއިން ދުނިޔޭގައި މިހާރު ތިއްބެވީ 3 ފިރިހެން ބޭފުޅުންނާއި 1 އަންހެން ބޭފުޅެކެވެ. އެއީ ސަޢީދު ޤާސިމް ، ޢަބްދުލްއަޒީޒު ޤާސިމް، އަޙްމަދު ހަނީފް އަދި ހައްވާ ގާސިމެވެ. މަރިޔަމް މޫސާ އަވަހާރަވީ ދަރިކަލަކު ރައްކާވުމަށްފަހު އެބަލިން ގަދަނުވެއެވެ. އެއަށްފަހު ކާސިން ހާޖީ ކައިވެނި ބައްލަވައިގެންނެވީ މަރީނާ މޫސާ އާއެވެ. ކާސިން ހާޖީ އަވަހާރަވީއިރުވެސް އަނބިކަނބަލަކަށް އިންނެވީ މަރީނާ މޫސާއެވެ. އެބަނޑަށް 4 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ދުނިޔޭގައި ތިއްބެވީ 2 ފިރިހެން ބޭފުޅުންނާއި 3 އަންހެން ބޭފުޅުންނެވެ. އެއީ މުޙަންމަދު ނާސިހާއި އަބޫބަކުރު ޖައުހަރީ އާއި ފަޒުނާ ޤާސިމާއި ބަދޫރާ ޤާސިމާއި ފަޒީލާ ޤާސިމެވެ. ކާސިން ހާޖީގެ އެންމެ ދޮށީ ދަރިކަލަކީ ސައީދު ޤާސިމެވެ. އެންމެ ހަގު ދަރިކަލަކީ ފަޒީލާ ޤާސިމެވެ

ކާސިން ހާޖީގެ އާއިލާ

އުނިއިތުރު ގެންނަވާ

ދުނިޔޭގައި ތިބި އުފަން ދަރިން

1- ސަޢީދު ޤާސިމް ( 16 ފެބްރުއަރީ 1945 ) ( ވަނަން: ދޮންތުއްތު )

2- ޢަބްދުލްޢަޒީޒު ޤާސިމް ( ވަނަން: ތުއްތު )

3- ޙައްވާ ޤާސިމް ( ވަނަން: ދޮންކަނބުލޮ )

4- އަޙްމަދު ހަނީފް ( ވަނަން: މަންމަނު )

5- މުޙަންމަދު ނާސިޙް

6- އަބޫބަކުރު ޖައުފަރީ

7- ފަޒުނާ ޤާސިމް

8- ބަދޫރާ ޤާސިމް

9- ފަޒީލާ ޤާސިމް

ދަނބިދަރިން

1- ޒުލޭޚާ އިބްރާހިމް ( ބޮޑުކާށި ކަނބުލޮ ) މާލްރޯޑް / ނ. މަނަދޫ ( ސަޢީދު ޤާސިމް ގެ އަނބިކަނބަލުން ) 2 ކައިވެނި

2- ޚާޖަރާ ޢުމަރު ( ކަމަނަ އުމަރުބޭގެ ޚާޖަރާ ) ޖޭމުގަސްދޮށުގެ / ނ. މަނަދޫ ( ޢަބްދުލްޢަޒީޒު ޤާސިމް އާ ކައިވެނި ބައްލަވައިގެންނެވި )3 ކައިވެނި

3- ޛުލައިޚާ މޫސާ ( މޫސަ ދަލޭ ) ތަނޑިރަތްމާގެ / ނ. މަނަދޫ ( ޢަބްދުލްޢަޒީޒު ޤާސިމް އާ ކައިވެނި ބައްލަވައިގެންނެވި ) 1 ކައިވެނި ( ނޯޓް: ޛުލައިޚާ މޫސާ އާއި ޢަބްދުލްޢަޒީޒު ކައިވެނި ބައްލަވައިގަތީ ޚާޖަރާ ޢުމަރާ ދެއަނތްބަށެވެ. )

4- ޚަދީޖާ ޔޫސުފް ( ކެލާހަދީ ) ޕެރިސްގެ / ނ. މަނަދޫ ( ޢަބްދުލްޢަޒީޒު ޤާސިމް އާ ކައިވެނި ބައްލަވައިގެންނެވި ) 1 ކައިވެނި

5- އައިމިނަތު މުޙަންމަދު ( އައިމިނަކޮއި ) ސޯސަންގެ / ނ. މަނދޫ ( ޢަބްދުލްޢަޒީޒު ޤާސިމް ގެ އަނބިކަނބަލުން )1 ކައިވެނި

6- އައިމިނަތު ޤާސިމް ( ރާއައިމިނަ ) މިދިލިމާގެ / ނ. މަނަދޫ ( އަޙްމަދު ޙަނީފް ކައިވެނި ބައްލަވައިގެންނެވި ) 1 ކައިވެނި

7- ޒުހުރާ ( ގާފަރު ޒުހުރާ ނުވަތަ ފަލަކުބޭ ޒުހުރާ ) ( އަޙްމަދު ޙަނީފް ކައިވެނި ބައްލަވައިގެންނެވި )1 ކައިވެނި

8- އައިމިނަތު ޢަބްދުއްސަމަދު ( ކޮޅުބޭގެ އައިމިނަތު ) ކުރިކީލަގެ / ނ.މަނަދޫ ( އަޙްމަދު ޙަނީފް ކައިވެނި ބައްލަވައިގެންނެވި )1 ކައިވެނި

9- ނަބީސާ ( އިންޑިއާ ނަބީސާ ) ( އަޙްމަދު ޙަނީފުގެ އަނބިކަނބަލުން ) 1- ކައިވެނި

10- ޢައްބާސް ނޫޙް ފިތުރޯނުގެ ( ޙައްވާ ޤާސިމް ގެ ފިރިކަލުން ) 4 ކައިވެނި

11- ޢުމަރު ޢަބްދުއްރަޙުމާން ( ލޯލިބޭ ) ޗާނދަނީވިލާ / ނ.މަނަދޫ ( ޙައްވާ ޤާސިމް އާ ކައިވެނި ބައްލަވައިގެންނެވި ) 1 ކައިވެނި

12- ވަފިއްޔާ ( މުޙަންމަދު ނާސިޙްގެ އަނބިކަބަލުން ) ށ.މަރޮށި

13- ޢުންމު ކްލުސޫމާ ރޭނިގެ / ނ.މަނަދޫ ( އަބޫބަކުރު ޖައުހަރީ އަލަތު ކައިވެނި ކުރެއްވި ) 1 ކައިވެނި

14- އައިޝަތު ޝީނީޒް ސުންދުރަ / ކ. މާލެ ( އަބޫބަކުރު ޖައުހަރީގެ އަނބިކަނބަލުން ) 1 ކައިވެނި

15- އިބްރާހިމް ޔޫސުފް ޅ. ކުރެންދޫ ( ފަޒުނާ ޤާސިމްގެ ފިރިކަލުން ) 1 ކައިވެނި

16- ޢަބްދުއްރަޙްމާނު ޢަބްދުލްޤައްޔޫމް ގުލްޒާރުގެ / ނ. މަނަދޫ ( ބަދޫރާ ޤާސިމުގެ ފިރިކަލުން )

17- އަޙްމަދު ޢާތިފް ފިތުރޯނުގެ / ނ.މަނަދޫ ( ފަޒީލާ ޤާސިމުގެ ފިރިކަލުން )

ދުނިޔޭގައި ތިބި ކާފަދަރިން

އުނިއިތުރު ގެންނަވާ

ގާސިމް ހާރޫނުގެ ފުތް ސަޢީދު ޤާސިމް ގެ ދަރިން


1- މުޙަންމަދު ސަޢީދު ( ސައީދު ޤާސިމާއި ޒުލޭޚާ އިބްރާހިމަށް ލިބިފައިވާ )

2- ޢަބްދުﷲ ސަޢީދު ( ސައީދު ޤާސިމާއި ޛުލައިޚާ އިބްރާހިމަށް ލިބިފައިވާ )

3- ޢަލީ ޒާހިރު ( ސައީދު ޤާސިމާއި ޛުލައިޚާ އިބްރާހިމަށް ލިބިފައިވާ )

4- ޢަބްދުއްރަޙުމާން މުބާރިކް ( ސައީދު ޤާސިމާއި ޛުލައިޚާ އިބްރާހިމަށް ލިބިފައިވާ )

5- ޢައިޝަތު ފަރަހަނާޒް ( ސައީދު ޤާސިމާއި ޛުލައިޚާ އިބްރާހިމަށް ލިބިފައިވާ )

6- އައިމިނަތު ފަހަރަދީބާ ( ސައީދު ޤާސިމާއި ޛުލައިޚާ އިބްރާހިމަށް ލިބިފައިވާ )

7- މަރިޔަމް ފަރަހާނާ ( ސައީދު ޤާސިމާއި ޛުލައިޚާ އިބްރާހިމަށް ލިބިފައިވާ )

8- ފަސީހާ ހަނާނު ( ސައީދު ޤާސިމާއި ޛުލައިޚާ އިބްރާހިމަށް ލިބިފައިވާ )

ޤާސިމް ހާރޫނުގެ ފުތް ޢަބްދުލްޢަޒީޒުގެ ދަރިން

9- މުޙަންމަދު ޢަރީފް ( ޢަބްލްޢަޒީޒާއި ޙާޖަރާ ޢުމަރަށް ލިބިފައިވާ )

10- އަޒުރާ ޢަބްދުލްޢަޒީޒް ( ޢަބްދުލް ޢަޒީޒާއި ޛުލައިޚާ މޫސާ އަށް ލިބިފައިވާ )

11- ފަޒީލާ ޢަބްދުލްއަޒީޒް ( ޢަބްލްޢަޒީޒާއި ޙާޖަރާ ޢުމަރަށް ލިބިފައިވާ )

12- މައިމޫނާ ޢަބްދުލްޢަޒީޒް ( ޢަބްލްޢަޒީޒާއި ޙާޖަރާ ޢުމަރަށް ލިބިފައިވާ )

13- މަޢުރޫފް ޢަބްދުލްޢަޒީޒު ( ޢަބްދުލް ޢަޒީޒާއި އައިމިނަތު މުޙަންމަދަށް ލިބިފައިވާ )

14- ސަނާ ޢަބްދުލްޢަޒީޒް ( ޢަބްދުލް ޢަޒީޒާއި އައިމިނަތު މުޙަންމަދަށް ލިބިފައިވާ )

15- ނަޒީފް ޢަބްދުލްޢަޒީޒު ( ޢަބްދުލް ޢަޒީޒާއި އައިމިނަތު މުޙަންމަދަށް ލިބިފައިވާ )

16- ޝައްފާފު ޢަބްދުލް ޢަޒީޒް( ޢަބްދުލް ޢަޒީޒާއި އައިމިނަތު މުޙަންމަދަށް ލިބިފައިވާ )

ގާސިމް ހާރޫނުގެ ފުތް ހައްވާ ޤާސިމްގެ ދަރިން

17- ސަލްމާ ޢައްބާސް ( ހައްވާ ޤާސިމަށާއި ޢައްބާސް ނޫހަށް ލިބިފައިވާ )

18- ޢަލީ ނަޝީދު ( ހައްވާ ޤާސިމަށާއި ޢައްބާސް ނޫހަށް ލިބިފައިވާ )

19- ޙުސައިން ނަޝީދު ( ހައްވާ ޤާސިމަށާއި ޢައްބާސް ނޫހަށް ލިބިފައިވާ )

20- ޙަސަން ނަޝީދު ( ހައްވާ ޤާސިމަށާއި ޢައްބާސް ނޫހަށް ލިބިފައިވާ )

21- އައިމިނަތު ސަރުމީލާ ( ހައްވާ ޤާސިމަށާއި ޢައްބާސް ނޫހަށް ލިބިފައިވާ )

22- ފާތުމަތު ސަމާ ( ހައްވާ ޤާސިމަށާއި ޢައްބާސް ނޫހަށް ލިބިފައިވާ )

23- މުޙަންމަދު ނާޝީދު ( ހައްވާ ޤާސިމަށާއި ޢައްބާސް ނޫހަށް ލިބިފައިވާ )

24- ޝަޒުމާ އައްބާސް ( ހައްވާ ޤާސިމަށާއި ޢައްބާސް ނޫހަށް ލިބިފައިވާ )

ގާސިމް ހާރޫނުގެ ފުތް މުޙަންމަދު ނާސިޙުގެ ދަރިން

25- ނަޒީޙް ( މުޙަންމަދު ނާސިޙަށާއި ވަފިއްޔާއަށް ލިބިފައިވާ )

ގާސިމް ހާރޫނުގެ ފުތް އަބޫބަކުރު ޖައުހަރީގެ ދަރިން

26- މަރިޔަމް ޖާއިޝާ ޖައުހަރީ ( އަބޫބަކުރު ޖައުހަރީ އަށާއި އައިޝަތު ޝީނީޒް އަށް ލިބިފައިވާ )

27- ޢަބްދުﷲ ޖައިޝާން ޖައުހަރީ ( އަބޫބަކުރު ޖައުހަރީ އަށާއި އައިޝަތު ޝީނީޒް އަށް ލިބިފައިވާ )

ގާސިމް ހާރޫނުގެ ފުތް ފަޒުނާ ޤާސިމްގެ ދަރިން

28- އަމަން އިބްރާހިމް ( ފަޒުނާ ޤާސިމަށާއި އިބްރާހިމް ޔޫސުފަށް ލިބފައިވާ )

29- އަނާނު އިބްރާހިމް ( ފަޒުނާ ޤާސިމަށާއި އިބްރާހިމް ޔޫސުފަށް ލިބފައިވާ )

30- އާލާ އިބާރާހިމް ( ފަޒުނާ ޤާސިމަށާއި އިބްރާހިމް ޔޫސުފަށް ލިބފައިވާ )

ގާސިމް ހާރޫނުގެ ފުތް ބަދޫރާ ގާސިމްގެ ދަރިން

31- އައިލަމް ޢަބްދުއްރަޙުމާން ( ބަދޫރާ ގާސިމަށާއި ޢަބްދުއްރަޙުމާން ޢަބްދުލްޤައްޔޫމަށް ލިބިފައިވާ )

32- ލައްމަތު ޢަބްދުއްރަޙުމާން ( ބަދޫރާ ގާސިމަށާއި ޢަބްދުއްރަޙުމާން ޢަބްދުލްޤައްޔޫމަށް ލިބިފައިވާ )

ގާސިމް ހާރޫނުގެ ފުތް ފަޒީލާ ޤާސިމްގެ ދަރިން

33- މަރިޔަމް އަފުނާނު އާތިފް ( ފަޒީލާ ޤާސިމާއި އަހުމަދު އާތިފަށް ލިބިފައިވާ )

އަދާކުރެއްވި ވަޒީފާތައް

އުނިއިތުރު ގެންނަވާ

ކާސިން ހާޖީ އަދާކުރެއްވި ސަރުކާރުގެ ވަޒީފާ ތަކުގެ ތެރޭގައި މުދިން ކަމާއި ޚަތީބުކަން ހިމެނެއެވެ. ކާސިން ހާޖީއަކީ އިމާމެކެވެ. ކަށުކަމާކެމީގެ ކަންތައްތައް ކުރެއްވި ބޭފުޅެކެވެ. ދެވަނަ ބޮޑު ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި ބޮޑުތަދުގެ ދުވަސްވަރު މަނަދޫ ކުޑަ ޚަތީބު ކަމުގެ މަގާމުގައި ހުންނެވީ ކާސިން ހާޖީއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ބޮޑަށް ހާލުގައި ޖެހުނު އެއް ރަށް ކަމުގައިމާ ނ. މަނަދޫއަށް އެދުވަސްވަރު ދިމާވި ތަދުމަޑުކަމާއި ބަނޑުހައި ހޫނުކަމުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލު ކުޑަކުރެއްވޭތޯ އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ކާސިން ހާޖީއެވެ.

ދިރިއުޅުއްވުމަށް ކުރެއްވި މަސައްކަތްތައް

އުނިއިތުރު ގެންނަވާ
 
ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ )ގެ ބްރިޓިޝް ޕާސްޕޯޓްގެ ކަވަރ

ކާސިން ހާޖީ ދިރިއުޅުއްވުމަށް ކުރެއްވި މައިގަނޑު މަސައްކަތަކީ ވިޔަފާރިއެވެ. ކޮޅުބުމަށް ހިކިމަހާއި ކުފުރާ ގެންދަވާ މުދާ ގެންނަވައެވެ. މަސްވެރިކަން ކުރެއްވިއެވެ. މަހަށްދާ ބޮޑެތި މަސްދޯނިތައް ދުއްވިއެވެ. ކާސިން ހާޖީ އަކީ އޭރު މުޅި ނ.އަތޮޅަށްވެސް މަޝްހޫރު ވިޔަފާރިވެރިއެކެވެ. މަނަދޫގައި ނެތްވަރުގެ މުއްސަދި ބޭފުޅެކެވެ. ރަށުގައި އޮޑިދޯނި ފަހަރުގެ ނަމުގައި ރުއްގަނޑުތައް އެޅުއްވިއެވެ.

އާލާސްކަންފުޅު

އުނިއިތުރު ގެންނަވާ

މަނަދޫ ކާސިން ހާޖީ ނިޔާވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވާފައެވެ. ސްޓްރޯކެއް ޖެހިވަޑައިގެން ޕެރަލައިޒްވެ އެހާލުކޮޅުގައި ގާތްގަޑަކަށް 15 ވަރަކަށް އަހަރު އުޅުއްވިއެވެ. ބަލިވެ އުޅުއްވިއިރު އެބަލިހާލަށް ވަރަށް ބޮޑަށް ކެތްތެރިވެ ވަޑައިގެންނެވިއެވެ. އެއްވެސް ޝަކުވާއެއް ކުރައްވާ ރުޅި އިސްކުރައްވާ ހައްދަވާފައެއް ނުވެއެވެ. ސްޓްރޯކް ޖެހިވަޑައިގެންނެވުމާއެކު ފަރުވާ ދޭން ފެށުނެވެ. އެގޮތުން ދިވެހިބޭހާއި ޑޮކްޓަރީ ބޭސް ކުރެވުނެވެ. ފުރަތަމަ ސްޓްރޯކް ޖެހިވަޑައިގެންނެވުމުން މާލެ ގެންނަވާ އޭނާގެ ދަރިންގެ ބެލުމުގެ ދަށުން ޑޮކްޓަރީ ފަރުވާ ކުރެވުނެވެ. ކޮންމެވެސް ވަރަކަށް ލުއިކަން ލިބިވަޑައިގެންނެވިއެވެ. ގިނަ ދުވަސްތަކެއް އެބަލީގައި ހޭދަކުރެއްވުމަށްފަހު އަވަހާރަވީ އެބަލީގައެވެ.

މަނަދޫ ކާސިންހާޖީ އަވަހާރަވީ ހިޖުރައިން ---- އެވެ. އެއީ މީލާދީން 1988 އެވެ. މަހަކީ މާރޗް މަހެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ -- އަހަރުފުޅެވެ. އަވަހާރަވީ އެދުވަހުރޭ އިރުއޮއްސި ގާތްގަޑަކަށް 7:15 ގައެވެ. ކަށުކަމާކެމީގެ ކަންތައްތައް ކުރެވުނީ ކާސިން ހާޖީގެ އަމިއްލަ ގެކޮޅު ކަމަށްވާ މަނަދޫ ފިނިވާގޭގައެވެ. މަނަދޫ ކުރީގެ ހުކުރުމިސްކިތް ( މަސްޖިދުލް ރިޟްވާން ) ގައި ކަށުނަމާދުކޮށް، ފަސްދާނަ ވެޑުވުނީ މަނަދޫ ސަހަރާގައެވެ.

މުސަންނިފުގެ ގަލަމުން:

އުނިއިތުރު ގެންނަވާ

މަނަދޫ ކާސިން ހާޖީއަކީ އަޅުގަނޑުގެ ލޮބުވެތި ކާފައެވެ. ކާފަގެ ހަނދާނަކަށް އަޅުގަނޑު ހުންނަ އެންމެ ދުރު ހަނދާނަކީ މަނަދޫ މާފޮޅޭގޭ ގޯތިތެރޭގައި ހުންނަ ކާފަގެ ބޮޑު ޖަބްރޯލު ގަހަކުން ޖަބުރޯލު ބިންނަން ގެންދާ ހަނދާނެވެ. އޭރު ކާފަ ހުންނަވަނީ ހުދު މުންޑެއްގައެވެ. އަދި އަތްދިގު ހުދު ގަމީހެއްގައެވެ. އޭރުވެސް ބޮލުގެ އިސްތަށިގަނޑު ހުންނަނީ މުޅިންހެން ހުދު ނުރައަށް ވެފައެވެ. ކާފަގެ ދެން އެންމެ ދުރު ހަނދާނަކަށް ހުންނަނީ އަޅުގަނޑުގެ ބައްޕައާ އެކު ކާފަގެއަށް ސައިބޯންދާ ހަނދާނެވެ. ބައްޕަ އޭރު ހުންނަވަނީ މާލޭގައެވެ. ރަށަށް ވަޑައިގަތީމާ ކާފަގެއަށް ސައިބޯން ގެންދާނެއެވެ. އެދުވަހު ތަށިމަތީގައި ވަރަށް ގިނަ ވައްތަރުތައް ހުންނާނެއެވެ. އަޅުގަނޑުމެން ސައިބޮއި ނިމިގެން ކުޅެން އުޅެއުޅެފައި ދެވަނަ ފަހަރަށް ކާގެއަށް ދާއިރުވެސް ކާފައާއި ބައްޕަ އާ ދެކަލުން ސައިބެއްލެވުމުގައި ތިއްބަވާނެއެވެ. ކާފައަކީ ވަރަށް ލަސްލަހުން ވަރަށް ރަނގަޅަށް ހަފައިގެން ކޭންބައްލަވާ ބޭކަލެކެވެ.

ކާފައަށް ސްޓްރޯކް ޖެހިވަޑައިގެން ޕެރަލައިޒް ވެގެން މާލެ ގެންނެވި ދަތުރުގައި އަޅުގަނޑު މާލެ ދިޔައީމެވެ. ކާފައާއި އެއް ބަނޑުއެއްބަފާ އިބްރާހިމް ހާރޫނު ( އިބުރަބޭ ) ގެ މުތީ ބައްތެލީގައި އެކުރި ދަތުރު ނިންމާލެވުނީ ހަފުތާއެއްހާ ދުވަހުންނެވެ. އެއީ ވައި ނުބައިވެ ފަލިވެސް ޖަހައިގެންނެވެ. އެދަތުރުގައި އަޅުގަނޑުގެ ކޮއްކޮ ޢަލީ ޒާހިރުވެސް ބައިވެރިވިއެވެ. އަޅުގަނޑުމެން އައީ އަޅުގަނޑުމެންގެ ބޮޑުބޭބެ އަބްދުލްޢަޒީޒު ޤާސިމްގެ ބެލެނިވެރިކަމުގައެވެ. ކާފަ މާލޭގައި އޮންނެވީ އަޅުގަނޑުގެ ބައްޕަ އޭރު އުޅުއްވި މ. ދޫނިދޫގައެވެ. އަޅުގަނޑުގެ މަންމަ އާ އަޅުގަނޑުގެ އާއިލާ އޭރު އުޅެމުން ދިޔައީ އެގޭގައެވެ. ވަރަށް ގިނަ ދުވަހު މާލޭގައި ޑޮކްޓަރީ ފަރުވާ ކުރުމަށް ކާފަ އޮތެވެ. އޭރު ދިވެހި ބޭސްވެސް ކޮށްފައިވެއެވެ.

ރަށުގައި ކާފަ ބަލި ހާލުގައި އުޅުއްވިއިރު ގިނަ އިރު އިންނަވާނީ ރުންމަގު ހޮޅުއަށީގައެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ކާފަގެ ދަރިއެއް ކަމަށްވާ އަހުމަދު ހަނީފު ކާފަ މޫދަ ގެންގޮސްގެން އުނަގަނޑުތާ ފެނުގައި ބަހައްޓައިގެން ކަސްރަތު ކުރުވާތަން އަޅުގަނޑު ދެކެމެވެ. އަދި ގޮނޑު ދޮށުގައި ބާއްވައިގެން ވެލި މޮޑެ ހަދާތީވެސް ދެކެމެވެ. ކާފަ ބަލިވެގެން އަޙުމަދު ހަނީފު އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތި އެކުރި ހޭހަން ކުރުމަކީ އާދަޔާ ޚިލާފު ކަމެކެވެ.

ކާފަ ބަލިވެ އުޅުއްވި އިރު އެއްދުވަހަކު ކާފަ އަޅުގަނޑުމެންގެ ގެއަށް ވަޑައިގަތެވެ. އެއީ އެއޮތް ހުރިހާ ދުވަހު އާލާސްކަންފުޅުގައި އުޅުއްވިއިރުވެސް ކާފަ ޝަކުވާއެއް ކުރަނިކޮށް އަޅުގަނޑު ދެކުނު ހަމައެކަނި ފަހަރެވެ. އެދުވަހުވެސް ކުރެއްވީ ބަލީގެ ޝަކުވާއެއްނޫނެވެ. ކާފައަށް އަޅާނުލާ ޝަކުވާއެއްވެސް ނޫނެވެ. ކާފައަށް ފެންނަ ކަންތައްތަކާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ޝަކުވާއެވެ. އެދުވަހު ބައްޕައާއެކު ކާފަ ގެއަށްލާން އަޅުގަނޑު ދިޔައީމެވެ. ކާފަ ވަޑައިގަތީ އަޅުގަނޑުމެންގެ ގެއިން ސައި ބައްލަވައިގެންނެވެ. އެދުވަހު އަޅުގަނޑުމެންގޭގައި ހަދާ ސައި މީރު ވާހަކަ ވިދާޅުވުމުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކާފައަށް ސައިގެންދަމެވެ. އެކަން އޮންނަނީ އަޅުގަނޑަށާއި އަޅުގަނޑުގެ ކޮއްކޮ އަލީއަށެވެ. ސައިގެންދަނީ މާމުއި ހުސްކުރި ބިއްލޫރި ތައްޓެއްގައި މަތި ޖަހައިގެންނެވެ.

ކާފަ ނިޔާވި ކަމުގެ ޚަބަރު އަޅުގަނޑަށް ލިބުނީ ދެނަމާދު ދޭތެރޭގައި ފިހާރަ ހުޅުވައިގެން ފިހާރައިގައި އިންދައެވެ. އޭވާހަކަ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ ބައްޕައެވެ. ފިހާރަ ބަންދުކޮށް ބައްޕައާއެކު އަޅުގަނޑު ދިޔައީ ކާފަގެ ގެއަށެވެ. އޭރު ކާފަ ބާއްވާފައި އޮތީ އެތެރިގޭ ތެރޭގައެވެ. އަހުމަދު ހަނީފު ރޮމުން ފާރުގައި ބޯތަޅާތަން އަޅުގަނޑު ދެކުނީމެވެ. އެކަން މަނާކުރީ އަޅުގަނޑުގެ ބައްޕައެވެ. އިޝާ ނަމާދުން ފައިބައިގެން އަންނައިރު އާދަވެގެން މަންމަ ހުންނާނީ ކާން ހަދާފައެވެ. އެރޭ އެއްގޮތަކަށްވެސް ކާހިތެއްނުވިއެވެ. ދެން ކާފަ ކައިރިއަށްގޮސް ޤުރުއާން ކިޔަވަން އިނީއެވެ. ހިނަވާ ހަދަން ފެށުމުން މަންމައާއެކު އަޅުގަނޑު އައީ ގެއަށެވެ. ކާފަ ވަޅުލަން ހަމަޖެހިފައިވަނީ ހެނދުނު ކަމަށްވާތީ މަންމައާއެކު އަޅުގަނޑުމެން އައީއެވެ. އޭރު އަޅުގަނޑު ހުރީ ވަރަށް ބޮޑަށް ދެރަވެ އަދި ވަރަށް ބޮޑަށް ބިރުވެސް ގެންފައެވެ. އެރޭ އަޅުގަނޑަށް އެއްގޮތަކަށްވެސް ނުނިދިގެން ނިދަން އޮތީ މަންމަގެ ކައިރީގައެވެ. އެކަމަކުވެސް ނުނިދެއެވެ. ބައްޕަ ގެއަށް ވަޑައިގަތީ މެންދަމުގެ ވަގުތެއްގައެވެ. އަޅުގަނޑުމެންނަށް ނުނިދިގެން އުޅޭތީ ވަރަށް އަސަރާއެކު ބައްޕަ ވާހަކަ ދެއްކެވިއެވެ. އަދިވެސް އެރޭ ބައްޕަ ދެއްކެވި ވާޙަކަ ކަންފަތުގައި އެބަހުއްޓެވެ. މީހަކު ނިޔާވެގެން އުޅޭ ކޮންމެ ތަނަކަށް ދެވުނަސް އެ ވާހަކަތައް ހަނދާން އާވެއެވެ. ބައްޕަ ވިދާޅުވިއެވެ. ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. ދަރިފުޅުގެ ބައްޕައާއި މަންމަވެސް މަރުވާނެއެވެ. ދަރިފުޅުވެސް މަރުވާނެއެވެ. މި ދުނިޔެއަކީ ވަގުތީ ތަކެކެވެ. ކޮންމެ މީހަކުވެސް ޖެހޭނީ މަރަށް ތައްޔާރުވާށެވެ. އަހަރެމެންނަކީ ﷲ ގެ އަޅުންނެވެ. އެކަލާނގެ މިންވަރުކުރެއްވި ވަގުތެއް ހަމަވުމުން އެކަލާނގެ ހަޟުރަތަށް ގެންދަވާނެއެވެ. އެކަމާ އެއްވެސް ޝަކުވާއެއް ނުކުރެވޭނެއެވެ. އަހަރެމެންނަށް ކާފައަށްޓަކައި ކޮށްދެވޭނެ ހަމައެކަނި ކަމަކީ ހެޔޮ ދުޢާ ކުރުމެވެ.

އަޅުގަނޑުގެ ކާފައަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް ލައްވާށިއެވެ. މަނަދޫ ކާސިން ހާޖީގެ ހަޔާތުގެ ނާމާ އަޅުގަނޑު ލިޔަން ގަސްތުކުޅަ ހިސާބަށް ލިޔެ މި ނިމުނީއެވެ. މައުލޫމާތު ދެއްވި ފަރާތްތަކަށް ޚާއްޞަ ކޮށް އަޅުގަނޑުގެ ލޮބުވެތި ބައްޕައަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ. މި ވަރުގެ މަސައްކަތެއް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވި ކަމަށްޓަކައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަމެވެ.