ޒުލޭޚާ އިބްރާހިމް (ކަނބުލޮ ދައްތަ) އަކީ މަނަދޫ މަސްކާށި ކަތީބުގެ މޫސާ ކަތީބުގެ ފާތުމަތު މޫސާ އާއި، މާކުރަތު ޙަސަނުގެ އިބްރާހީމް ޙަސަނުގެ ދަރިއެކެވެ. މިއީ މި ދެމަފިރިންނަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅެކެވެ. ބުރުސޫރަ ރީތިވެފައި ދޮން އަންހެން ކުއްޖަކަށްވާތީ ބޮޑުވެގެން އައި ދުވަސްވަރު އާއިލާގެ މީހުން ލޯބި ކިޔާއުޅުނީ ދޮންކަނބުލޮއެވެ.

ޒުލޭޚާ އިބްރާހީމަކީ ދީނަށް ލޯބިކުރާ ހެޔޮލަފާ ބޭކަނބަލެކެވެ. ޒަވާޖީ ހަޔާތުގެ ބައިވެރިއަކީ މަނަދޫ މާލްރޯޑް ސަޢީދު ޤާސިމެވެ. މި ކައިވެނިން ލިބުނު 8 ދަރިންގެ ފުށުން ޢާއިލާ ދެމިގެން އައިސްފައިވެއެވެ.

ޒުލޭޚާ އިބްރާހީމްގެ ބައްޕަކީ އިބްރާހިމް ހަސަން (ދޮންކަަަަމަނަ އިބުރަބޭ) އެވެ. މަންމާއަކީ ފާތުމަތު މޫސާ (ކަތީބު މޫސަބޭގެ ފާތުމަ ދައިތަ) އެވެ. ޒުލޭޚާ އިބްރާހިމަށް ބައެއް މީހުން ބޮޑުކާށި ކަނބުލޮ ކިޔައެވެ. އެހެން ކިޔަސް ޒުލޭޚާ އިބްރާހިމަކީ މަނަދޫ ބޮޑުކާށި އާއިލާގެ ބޭކަނބަލެއްނޫނެވެ. ބޮޑުކާށި ކަނބުލޮ ކިޔަނީ ބޮޑުކާށި ޙަސަންމަނިކުގެ ހުވަފަތް އަންހެނުން ފާތުމަތު މޫސާ (ޒުލޭޚާ އިބްރާހިމްގެ މަންމަ) އާއި އިބްރާހިމް ޙަސަން (ޒުލޭޚާ އިބްރާހިމް ގެ ބައްޕަ) ކައިވެނިކޮށްގެން ބޮޑުކާށިގޭގައި އުޅެނިކޮށް ލިބުނު ދަރިއަކަށް ޒުލޭޚާ އިބްރާހިމް ވީމައެވެ.

 
 
ޙަސަން ( މާކުރަތު ޙަސަންބެ )
 
ދޮންކަމަނަ ( ބަނޑޭރިގެ ދޮންކަމަނަ )
 
މޫސާ (ކަތީބުގެ މޫސަބޭ )
 
ސިއްތި
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
އިބްރާހިމް ޙަސަން
 
 
 
 
 
ފާތުމަތު މޫސާ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ޒުލޭޚާ އިބްރާހިމް
 
 
 
 
 
 
 

ތުއްތުއިރުގެ ހަޔާތް

އުނިއިތުރު ގެންނަވާ

ޒުލޭޚާ އިބްރާހީމް އުފަންވީ މަނަދޫ ބޮޑުކާށިގެ (ފަހުން މަނަދޫ ކުދިލިބޯމާގެ) ގައި 1955 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. ޅަފަތުގެ ދުވަސްތައް ފަހަނައަޅައި ޒުވާން އުމުރުފުރަޔަށް އެރީ ވެސް އެގޭގައި އުޅެމުން ދަނިކޮށެވެ. ޒުލޭހާ އިބްރާހީމަކީ އިސްކޮޅާއި ރޫފަ ހެޔޮވަރު، ދޮން ރީތި ބޭކަނބަލެކެވެ. އިސްކޮޅުން މާދިގެން ނޫނެވެ. ކުރުވެގެން އައިބުވާވަރެއްވެސް ނޫނެވެ. ވަރަށް ވަރުގަދަ ރީތި ކަޅުކަންގަދަ އިސްތަށިގަނޑެއް އެންމެ ޒުވާން ދުވަސްވަރު އޮތެވެ. ވަރަށް ހުދުކަންގަދަ ރީތި ދަތްތަކެއް ލިބިފައިވެއެވެ.

ތަޢުލީމް ހާސިލުކުރެއްވުން

އުނިއިތުރު ގެންނަވާ

ޒުލޭހާ އިބްރާހިމް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނީ މަންމަ، ފާތުމަތު މޫސާއެވެ. ގާތްގަނޑަކަށް އުމުރުން 10 އަހަރުގައި ޚަތިމު ކުރިއެވެ. ލިޔަންކިޔަން ދަސްކޮށް ދިނީ ވެސް މަންމައެވެ. ސްކޫލަށް ދާން ފެށީ 13 އަހަރުގައެވެ. އޭރުވެސް ރަނގަޅަށް ލިޔަންކިޔަން އެނގެއެވެ. ސްކޫލުން ކިޔެވި މާއްދާތަކުގެ ތެރޭގައި ޤުރުއާނާއި ތަޢުލީމު ދިޔާނާއާއި ދުރޫސުލްއަޚްލާޤާއި ދުރޫސުލްތަޖުވީދާއި ދިވެއްސާއި ހިސާބު ހިމެނެއެވެ. ސްކޫލުގައި ކިޔަވައި ދެއްވި މުދައްރިސުންނަކީ ސަޢީދު ޤާސިމާއި، ހާރޫނު މޫސާ އާއި ވެލިދޫ މުޙައްމަދުފުޅާއި ޢަބްދުއްރަހީމް އަބޫބަކުރެވެ. ޒުލޭޚާ އިބްރާހިމް ކިޔެވި މަދަރުސާއަކީ މަނަދޫ ބޮޑު މަދަރުސާއެވެ. ސްކޫލަށްދަނީ ހެނދުނު 08:30 ގައެވެ. ނިމެނީ 14:30 ގައެވެ.

ޒަވާޖީ ހަޔާތްޕުޅު

އުނިއިތުރު ގެންނަވާ

ޒުލޭޚާ އިބްރާހީމް ކައިވެނި ކުރީ މަނަދޫ މާލްރޯޑް ސަޢީދު ޤާސިމް ( މަނަދޫ ކާސިންހާޖީ ގެ ދޮންތުއްތު ) އާއެވެ. ކައިވެނި ކޮށްގެން ފުރަތަމަ ދިރިއުޅުނީ ސަޢީދު ޤާސިމްގެ ބައްޕަ މަނަދޫ ކާސިންޙާޖީ އާއި ދޮންމަންމަ މަރީނާ މޫސާއާއެކު ސަޢީދު ޤާސިމުގެ ބައްޕަގެ ގެ މަނަދޫ ފިނިވާގޭގައެވެ. މިދެމަފިރިންގެ ކައިވެނި އެއްފަހަރު ރޫޅުމަށްފަހު އަލުން ކައިވެނިކޮށްގެން ދިރިއުޅުން އާރާސްކުރިއެވެ.

ފުރަތަމަ ކައިވެނި ކުރީ ޒުލޭޚާ އިބްރާހިމްގެ އުމުރުފުޅުން 15 އަހަރުގައެވެ. ފުރަތަމަ ދަރިފުޅު އުމުރުން 16 އަހަރުގައި ލިބުނެވެ. އެއީ މުޙައްމަދު ސަޢީދުއެވެ. މާގިނަ ދުވަހެއް ނުވެ ދެވަނަ ދަރިފުޅަކު ވެސް ލިބުނެވެ. އެއީ ފާތުމަތު ސަޢީދާއެވެ. އެ ދަރިފުޅު 1 މަހާއި 15 ދުވަސް ވީތަނާ ނިޔާވީއެވެ. ކައިވެނި ރޫޅުނީ މުޙައްމަދު ސަޢީދުގެ އުމުރުން ދޮޅު އަހަރުގައެވެ.

މި ކައިވެނި ރޫޅުމަށް ދިމާވި މައިގަނޑު ސަބަބަށްވީ ދެ ފަރާތުގެ އާއިލާގެ ދެމެދުގައި ހުރިހާ ގޮތަކުން ވެސް އޮތް ބޮޑު ތަފާތެވެ. ޚާއްޞަކޮށް މުއްސަނދިކަމާއި ފަގީރުކަމުގެ ތަފާތެވެ. ފިރިކަލުން ސަޢީދު ޤާސިމުގެ ބައްޕައަކީ އޭރު މަނަދޫގައި ހުންނެވި އެންމެ ފޯރާ އެންމެ މުއްސަނދި ވިޔަފާރިވެރިޔާއެވެ. ޒުލޭޚާ އިބްރާހީމްގެ ބައްޕައަކީ އެގޭ ދޯންޏަކުން މަހަށްދާ ކެޔޮޅެކެވެ. މަސްބައިގެން ދޯނިތައް އައުމުން ދުވާލުގެ ބަޔަކާއެކު ރޭގަނޑުގެ ބޮޑު ބައެއްގައި ވެސް އޮންނަނީ މަސްކެއްކުމެވެ. ކުޑަ ކުއްޖަކު ގޮވައިގެން ގޭތެރޭގެ މަސައްކަތުގައި އުޅެމުން ދިޔައީ މުރާލިކަމާއެކުގައެވެ. އެކަމަކު އެ މަސައްކަތަކުން ލިބޭ ހިތްހަމަޖެހުމެއް ނެތެވެ. އެކަން ބަލައިގަންނަ މީހެއްނެތެވެ. އެންމެފަހުން އާއިލީ މައްސަލަތަކަށް ހައްލެއް ނުލިބި ވަރިއާ ހަމައަށް ދިޔައީއެވެ. ޒުލޭޚާ އިބްރާހީމަށް ލިބުނު ދެވަނަ ދަރިއަކީ ފާތުމަތު ސަޢީދެވެ. އެ ދަރިފުޅު 1 މަހާއި 15 ދުވަސް ވީތަނާ ނިޔާވީއެވެ.

ދެވަނަ ފަހަރަށް ކައިވެނިކޮށްގެން ޢަބްދުﷲ ސަޢީދު އާއި ޢަލީ ޒާހިރު ލިބުނެވެ. ސަޢިދު ޤާސިމް އާއި ޒުލޭޚާ އިބްރާހީމް ދިރިއުޅެން އަލަށް އިމާރާތްކުރި މާލްރޯޑަށް ބަދަލުވީ ޢަލީ ޒާހިރަށް 4 މަހުގައެވެ. އޭގެ ކުރިން ދިރިއުޅުނީ ދެ ގޭގައެވެ. ދުވާލު އުޅެނީ ބޮޑުކާށި ގޭގައެވެ. ފިނިވާގެއަށް ދަނީ ރޭގަނޑު ނިދާށެވެ.

މާލްރޯޑުގައި ފުރަތަމަ ވިހެއީ ޢަބްދުއްރަޙުމާން މުބާރިކެވެ. އެއަށްފަހު ލިބުނީ ޚަދީޖާ އަމަތުﷲއެވެ. އެ ދަރިފުޅު 7 މަހުގައި ނިޔާވީއެވެ. އެއަށްފަހު ލިބުނީ ޢައިޝަތު ފަރަހަނާޒެވެ. އެއަށްފަހު އައިމިނަތު ފަރަހުދީބާއެވެ. ދެން މަރިޔަމް ފަރުހާނާއެވެ. ދެން ފަސީހާ ހަނާނެވެ. އެއަށްފަހު ފަރުހާ ސަޢީދެވެ. އެ ދަރިފުޅު ވިހެއުމުގެ ތެރޭގައި ނިޔާވީއެވެ.

ޒުލޭޚާ އިބްރާހިމާއި ސަޢީދު ޤާސިމް އަށް 11 ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ މުޙަންމަދު ސަޢީދު ، ފާތުމަތު ސަޢީދު ( ނިޔާވެފައި )، ޢަބްދުﷲ ސަޢީދު ، ޢަލީ ޒާހިރު، ޢަބްދުއްރަޙްމާން މުބާރިކް، އަމަތުﷲ ސަޢީދު ( ނިޔާވެފައި )، އައިޝަތު ފަރަހަނާޒް، އައިމިނަތު ފަރަހަ ދީބާ، މަރިޔަމް ފަރްހާނާ، ފަސީހާ ހަނާން އަދި ފަރަހަ ސަޢީދު ( ނިޔާވެފައި ) އެވެ. ފަރަޙަ ނިޔާވީ ވިހެއުމުގެ ތެރޭގައެވެ. އެހެންކަމުން މިހާރު ދުނިޔޭގައި ތިއްބެވީ ސަޢީދު ޤާސިމްގެ 4 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުންނާއެކު ޖުމުލަ 8 ބޭފުޅުންނެވެ.

ދަނބިދަރި ބޭފުޅުން

އުނިއިތުރު ގެންނަވާ

1- މުޙަންމަދު ސަޢީދުގެ އަނބިކަބަލުން ނ. މަނަދޫ ޒޭވަރު އަލްފާޟިލާ ފާތުމަތު ޒުހުރާ + ގ. ޓޮޕާޒް ނިޝްރީން މުޙައްމަދު

2- ޢަބްދުﷲ ސަޢީދުގެ އަނބިކަބަލުން ނ. މަނަދޫ ކަރަންކާވިލާ އަލްފާޟިލާ ފާތުމަތު އަންވަރީ

3- ޢަލީ ޒާހިރުގެ އަނބިކަބަލުން މާލޭ ހިތިމާގޭ އަލްފާޟިލާ މާޝާން މޫސާ ދީދީ

4- ޢަބްދުއްރަޙްމާން މުބާރިކްގެ އަނބިކަބަލުން މާލޭ އާދިއްލީގޭ އަލްއުސްތާޛާ އަސްމާ ޢުމަރު

5- އައިމިނަތު ފަހަރަދީބާގެ ފިރިކަލުން ށ. ފޯކައިދޫ ކަރަންކާގޭ އައްޝައިޚް އަޙްމަދު ސަމީރު

6- މަރިޔަމް ފަރްހާނާގެ ފިރިކަލުން އަލްފާޟިލް ޢަބްދުﷲ ޙަސަން

މާމަ ވިދާޅުވާ ބޭފުޅުން

އުނިއިތުރު ގެންނަވާ

މުޙައްމަދު ސަޢީދާއި ފާތުމަތު ޒުހުރާގެ ނަސްލުން 1- އަދުހަމް ސަޢީދު މުޙަންމަދު ( ނިޔާވެފައި ) 2- އިނާރާ މުޙަންމަދު ސަޢީދު 3- އިބާނާ މުޙަންމަދު ސަޢީދު 4. އައްޝަމް މުޙައްމަދު ސަޢީދު މުޙައްމަދު ސަޢީދާއި ނިޝްރީން މުޙައްމަދުގެ ނަސްލުން: 2 ދަރިން.

ޢަބްދުﷲ ސަޢީދާއި ފާތުމަތު އަންވަރީގެ ނަސްލުން 1- އީމާ ޢަބްދުﷲ ސަޢީދު 2- އީހާ ޢަބްދުﷲ ސަޢީދު 3. އީފާ ޢަބްދުﷲ ސަޢީދު

ޢަލީ ޒާހިރާއި މާޝާން މޫސާދީދީގެ ނަސްލުން 1- ޢަލީފު ޢަލީ ޒާހިރު 2. އައުފާ ޢަލީ ޒާހިރު

ޢަބްދުއްރަޙްމާން މުބާރިކާއި އަސްމާ ޢުމަރުގެ ނަސްލުން 1- މުޙައްމަދު އާއިޒް މުބާރިކް 2. (އަންހެން ދަރިކަނބަލެއް)

ޢައިޝަތު ފަރަހަނާޒާއި ޙުސައިން ޝާކިރުގެ ނަސްލުން 1- މުޙައްމަދު އަބާން ޙުސައިން 2. ޢަބްދުﷲ 3. އެއްމާބަނޑު ދެބެން

އައިމިނަތު ފަރަހަދީބާ އާއި އަޙްމަދު ސަމީރު އިބްރާހިމް ޙުސައިންގެ ނަސްލުން 1- ޢަބްދުއްރަޙުމާނު އަޙްމަދު ސަމީރު 2. އަންހެން 4 ބެއިން