ވިޓަމިން އީ(އިނގިރޭސި ބަހުން: Vitamin E) ހޯދުނީ 1920 ވަނަ އަހަރު ސަރުބީގައި ހިމެނޭ މިބާވަތް ނުލާ މީދަަލަށް ކާންދިނުމުން ދަރިން އުފެދޭގޮތް ނުވުމުންނެވެ. މިބަޔަށް ނަންދިނީ ޓޮކޮފީރޯލް އެވެ. ގްރީކް ބަހުން މީގެ މާނައަކީ ދަރިފަސްކޮޅެއް ނެތުން އެވެ. ވިޓަމިން އީ އަކީ ވެސް އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. އެހެންކަމުން ދިރުތައް އުފެދެމުންދާއިރު، ދިމާވާ ކަންތައްތަކުން ރައްކާތެރިކޮށްދީ، ކެންސަރު އަދި ހިތުގެ ބަލިތައް ޖެހުމުން ރައްކާތެރިކޮށްދޭ އެއްޗެއްވެސް މެއެވެ. އަދި މިއީ އަންހެންކުދިން ފުރާވަރަށް އަޅާ ދުވަސްވަރާއި، އަންހެނުން އިއްދައިން ކެނޑޭ ދުވަސްވަރު ޚާއްޞަކޮށް އިތުރަށް ބޭނުންވާ ވިޓަމިނެކެވެ. ވިޓަމިން އީ ގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނަނަކަށް 10 މިލިގްރާމް އަލްފާ ޓީއީ ( ޓޮކޮފީރޯލް އީކްވަލެންޓް ) އާއި، އަންހެނަކަށް 8 މިލިގްރާމް އަލްފާ ޓީއީ އެވެ. ވިޓަމިން އީ އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި އެވަކާޑޯ، ސަންފްލާވަރ ތެޔޮ، މަދު، އަދި ފެހިކުލަ ގަދަ ފަތާއި ތަރުކާރީ ހިމެނެއެވެ. ވިޓަމިން އީ އަކީ ގިނައިން ބޭނުންކުރުމުން ވެސް ހަށިގަނޑަށް ގެއްލުންވާ އެއްޗެއް ނޫނެވެ. ނަމަވެސް މާގިނައިން ބޭނުންކުރުމުން ބޭރަށް ހިންގައި ބަނޑުގައި ރިއްސައި، ބޮލުގައި ރިއްސުން ފަދަ ގޮތްތައް މެދުވެރިވެދާނެއެވެ. ވިޓަމިން އީ ބޭހެއްގެ ގޮތުގައި ކެއުމަށްވުރެ ރަގަޅީ ވިޓަމިން އީ އެކުލެވޭ ކާނާ އާއި މޭވާ ތަރުކާރީ ގިނައިން ކެއުމެވެ. ވިޓަމިން އީ ބޭނުންކުރާ ދުވަސްވަރު އެންޓިކޯގްލެންޓް ބޭހެއް ބޭނުން ކުރުން ރަގަޅެއް ނޫނެވެ. ވީމާ ލޭމައްޗަށްދިއުން ހުންނަ މީހުން، ހިތުގެ ބަލި ތައް ޖެހިފައިވާ މީހުން، އަދި ތައިރޮއިޑް ފަދަ ބަލި ތައް ހުންނަމީހުން މިވިޓަމިން ބޭހެއްގެ ގޮތުގައި ބޭނުންކުރާނަމަ ވަރަށް ބޮޑަށް ބަލަންޖެހޭނެއެވެ.

ދުވާލަކު 2މިލިގްރާމްގެ ވިޓަމިންއީ ހަށިގަނޑަށް ބޭނުންވެއެވެ. ނާރުތަކާއި ގުޅޭ ނިޒާމްގެ ބައިތައް އުފެދި ބޮޑުވުމަށް މިއީ ބޭނުންތެރި މާއްދާއެކެވެ. ބަލިވެއިންނަތާ ކުރީކޮޅު ކުޑަދަރިފުޅުގެ ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތައް އަަދި ފުއްޕާމޭ އުފެދިބޮޑުވުމަށް މިއީ ވަރަށް މުހިއްމު މާއްދާއެކެވެ. ވިޓަމިންއީ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ގޮދަން، ފެހިފަތް، ތަރުކާރީ، ބަދަން، އަދި ތަރުކާރީ ތެޔޮ ހިމެނެއެވެ. ވިޓަމިންއީ ގިނަވުމުން ވަރުބަލިވުން، ބޮލުގައި ރިހުން، މަސްތަކުގެ ބާރު ދެރަވުން، ލޮލުގެ ފެނުން ކޮށިވުން ފަދަ މައްސަލަތައް ކުރިމަތި ކުރުވައެވެ.

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003