އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް
އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް ނުވަތަ (އިނގިރޭސި ބަހުން: Atrial natriuretic peptide) އަކީ ހަށިގަނޑު ގައި ފެން، ލޮނު، އަދި ސަރުބީ ހަމަހަމަކަންމަތީ ބެހެއްޓުމުގައި ބައިވެރިވާ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ލޭގެ ޕްރެޝަރު އާދަޔާ ޚިލާފަށް މަތިވެގެންދާ ހިނދު ހިތުގެ އެޓްރީއަމް ތަކުގައި ހުންނަ މަޔޯސައިޓް(Myocyte) އޭ ކިޔާ ސެލްތަކަކުން މިހޯރމޯން ދޫކުރަން ފަށައެވެ. މަޔޯސައިޓް ތަކަކީ ހިތުގެ އެޓްރީއަމް ގައި ހުންނަ މަހު ސެލް ތަކެކެވެ. އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް ލޮނާއި، ފެނާއި ސަރުބީގެ މިންވަރު ހަށިގަނޑުގައި މަދުކޮށްގެން ލޭގެ ޕްރެޝަރު ދަށްކުރުވައެވެ.