ހައިޕޯތަލަމަސް ނުވަތަ (އިނގިރޭސި ބަހުން: Hypothalamus) އަކީ ނާރުތަކުގެ ނިޒާމް ، އެންޑަކްރިން ނިޒާމް އާ ގުޅުވާލަދޭ ފާލަމެކެވެ. މިދެނިޒާމް ގުޅުވާދެނީ އެންޑަކްރިން ނިޒާމްގައި ހިމެނޭ ޕިޓޫއިޓަރީ ގްލޭންޑް ގެ އެހީގައެވެ. ހައިޕޯ ތަލަމަސް އިންނަނީ ސިކުނޑިގެ ތެރޭގައި ބްރޭން ސްޓެމް(Brain stem) ގެ މަތިން ތަލަމަސް(Thalamus) ގެ ތިރީގައެވެ.

އަހަރެމެންގެ ބާރަކާއި އިޚްތިޔާރަކާ ނުލައި ހަށިގަނޑުގައި ހިންގާ ބައެއް ކަންތައްތަކާއި، އަދި ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތްތައް ތަންޒީމް ކުރުމުގައި ހައިޕޯތަލަމަސް ބައިވެރި ވެއެވެ. މީގެ އިތުރުން އެތަކެއް ނިއުރޯން ހޯރމޯންތަކެއް ހައިޕޯތަލަމަސް އިން ބޭރުކުރެއެވެ. މިހޯރމޯންތަކަށް ރިލީސިންގ ހޯރމޯން ތަކޭ ކިޔައެވެ.


އުފައްދައި ދޫކުރާ ހޯރމޯންތައް

އުނިއިތުރު ގެންނަވާ

ތައިރޯޓްރޮޕިން ރިލީސިންގ ހޯރމޯން (TRH)

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ތައިރޯޓްރޮޕިން ރިލީސިންގ ހޯރމޯން

ތައިރޯޓްރޮޕިން ރިލީސިންގ ހޯރމޯން ނުވަތަ (އިނގިރޭސި ބަހުން: Thyrotropin releasing hormone) އަކީސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ޕަރަވެންޓްރިކިއުލާ ނިއުކްލިއަސް(Paraventricular nucleus) އިން އުފައްދައި ދޫކުރާ،ޓްރައިޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އަކީ އެންޓީރިއޯ ޕިޓޫއިޓަރީ ލޯބް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަދި ޕްރޯލެކްޓިން ދޫކުރުމަށް ބާރުއަޅައި، ހިތްވަރުދޭ ހޯރމޯން އެކެވެ. މިހޯރމޯން އަށް ކިޔާ އެހެން ނަންތަކުގެ ތެރޭގައި ތައިރޯލިބެރިން(Thyroliberin)،ތައިރޯޓްރޮޕިން ރިލީސިންގ ފެކްޓަރ(TRF)އަދި ޕްރޯޓިރެލިން(Protirelin) ފަދަ ނަންތައް ހިމެނެއެވެ.


ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން(GnRH)

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން

ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން ނުވަތަ (އިނގިރޭސި ބަހުން: Gonadotropin releasing hormone) އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ޕަރަވެންޓްރިކިއުލާ ނިއުކްލިއަސް(Paraventricular nucleus) އިން އުފައްދައި ދޫކުރާ،ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އަކީ އެންޓީރިއޯ ޕިޓޫއިޓަރީ ލޯބް އިން ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން އަދި ލޫޓީއިނައިޒިންގ ހޯރމޯން ދޫކުރުމުގައި ޒިންމާވާ ހޯރމޯން އެވެ. މިހޯރމޯން އަށް ކިޔައި އުޅޭ އެހެން ނަންތަކުގެ ތެރޭގައި ލޫޓީއިނައިޒިންގ ހޯރމޯން ރިލީސިންގ ހޯރމޯން(LHRH) ފަދަ ނަންތައް ހިމެނެއެވެ.


ގްރޯޘް ހޯރމޯން ރިލީސިންގ ހޯރމޯން(GHRH)

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގްރޯޘް ހޯރމޯން ރިލީސިންގ ހޯރމޯން

ގްރޯޘް ހޯރމޯން ރިލީސިންގ ހޯރމޯން ނުވަތަ (އިނގިރޭސި ބަހުން: Growth hormone releasing hormone) އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ އާކުއޭޓް ނިއުކްލިއަސް(Arcuate nucleus) އިން އުފައްދައި ދޫކުރާ 44 އަމިނޯ އެސިޑް އެކުލެވޭ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އަކީ އެންޓީރިއޯ ޕިޓޫއިޓަރީ ލޯބް އިން ގްރޯޘް ހޯރމޯން ދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި ގްރޯޘް ހޯރމޯން ރިލީސިންގ ފެކްޓަރ(GRF/GHRF) އަދި ސޯމަޓަކްރިނިން(Somatocrinin) ފަދަ ނަންތައް ހިމެނެއެވެ.


ކޯޓިކޯޓްރޮޕިން ރިސީލިންގ ހޯރމޯން (CRH)

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކޯޓިކޯޓްރޮޕިން ރިލީސިންގ ހޯރމޯން

ކޯޓިކޯޓްރޮޕިން ރިލީސިންގ ހޯރމޯން ނުވަތަ (އިނގިރޭސި ބަހުން: Corticotropin releasing hormone) އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ޕަރަވެންޓްރިކިއުލާ ނިއުކްލިއަސް(Paraventricular nucleus) އިން އުފައްދައި ދޫކުރާ،ޕެޕްޓައިޑް ހޯރމޯން އެކެވެ. ހަމަމިހެން މިއީ ސްޓްރެސް އަށް އިޖާބަ ދިނުމުގައި ބައިވެރިވާ ނިއުރޯޓްރާންސްމިޓަރ އެއްވެސް މެއެވެ. މިހޯރމޯން އަކީ އެންޓީރިއޯ ޕިޓޫއިޓަރީ ލޯބް އިން އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން ދޫކުރުމަށް ބާރުއަޅާ ބާރުއަޅާ ހޯރމޯން އެކެވެ.މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި ކޯޓިކޯޓްރޮޕިން ރިލީސިންގ ފެކްޓަރ(CRF) އަދި ކޯޓިކޯލިބެރިން(Corticoliberin) ފަދަ ނަންތައް ހިމެނެއެވެ.


ވޭޒޯޕްރެސިން(AVP)

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވޭޒޯޕްރެސިން

ވޭޒޯޕްރެސިން ނުވަތަ (އިނގިރޭސި ބަހުން: Vasopressin) އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ޕަރަވެންޓްރިކިއުލާ ނިއުކްލިއަސް(Paraventricular nucleus) އަދި ސްޕްރައޮޮޕްޓިކް ނިއުކްލިއަސް(Supraoptic nucleus) ގައި ހުންނަ މެގްނޯ ސެލިއުލާ ނިއުރޯސިކްރީޓަރީ ސެލް(Magnocellular neurosecretory cell) ތަކުން އުފައްދައި ދޫކުރާ،ޕެޕްޓައިޑް ހޯރމޯން އެކެވެ. ވޭޒޯޕްރެސިން މައިގަނޑު ގޮތެއްގައި އުފެދިގެން އަންނަނީ ސްޕްރައޮޕްޓިކް ނިއުކްލިއަސްގައި ހުންނަ މިފަދަ ސެލްތަކުންނެވެ.


ސޯމަޓަސްޓެޓިން(SS/ GHIH)

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސޯމަޓަސްޓެޓިން

ސޯމަޓަސްޓެޓިން ނުވަތަ (އިނގިރޭސި ބަހުން: Somatostatin) އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ޕެރިވެންޓްރިކިއުލާ ނިއުކްލިއަސް(Periventricular nucleus) ، މަޢިދާ، ޗިސްމޭ، ފަދަ ގުނަވަންތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މައިދާގައި މިހޯރމޯން ދޫކުރަނީ ޑީސެލް(D Cell) ތަކުންނެވެ. މިހޯރމޯންގެ ހަރަކާތްތެރި ދެވައްތަރެއް ވެއެވެ. އެއީ 14 އަމިނޯ އެސިޑް އެކުލެވޭ ވައްތަރަކާއި، އަދި 28 އަމިނޯ އެސިޑް އެކުލެވޭ ވައްތަރެކެވެ. މިހޯރމޯން އަށް ކިޔައުޅޭ އެހެން ނަންތަކުގެ ތެރޭގައި ގްރޯޘް ހޯރމޯން އިންހިބިޓިންގ ހޯރމޯން(GHIH) ،ސޯމަޓަޓްރޮޕިން ރިލީސް އިންހިބިޓިންގ ހޯރމޯން(SRIF) ފަދަ ނަންތައް ހިމެނެއެވެ.


މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޑޯޕަމީން

ޑޯޕަމީން ނުވަތަ (އިނގިރޭސި ބަހުން: Dopamine) އަކީ ޑޯޕަމީން އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ އާކުއޭޓް ނިއުކްލިއަސް(Arcuate nucleus) އިން އުފައްދައި ދޫކުރާ ނިއުރޯ ހޯރމޯން އެކެވެ. ސިކުނޑިގެ ތެރޭގައި ޑޯޕަމީން މަސައްކަތްކުރަނީ ނިއުރޯ ޓްރާންސްމިޓަރ އެއްގެ ގޮތުގައެވެ. އެގޮތުން 5 ވައްތަރެއްގެ ޑޯޕަމީން ރިސެޕްޓަރ ތައް ހީވާގިކޮށް މުރާލި ކުރުވައެވެ. އެއީ D1,D2,D3,D4,D5 މި 5 ވައްތަރުގެ ރިސެޕްޓަރ އެވެ. ހައިޕޯތަލަމަސް އިން ދޫކުރާ ޑޯޕަމީންގެ މައިގަނޑު މަސައްކަތަކީ އެންޓީރިއޯ ޕިޓޫއިޓަރީ ލޯބް އިން ޕްރޯލެކްޓިން ދޫކުރުން މަނާކުރުމެވެ. ނުވަތަ އެމަސައްކަތަށް ހުރަސް އެޅުމެވެ.


ނިއުކްލިއަސްތައް

އުނިއިތުރު ގެންނަވާ

ކެއުން ކޮންޓްރޯލްކުރުން

އުނިއިތުރު ގެންނަވާ

އުމުރުން ދުވަސްވުމުން އަންނަ ބަދަލުތައް

އުނިއިތުރު ގެންނަވާ

އަދިވެސް ބައްލަވާލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ