އިންސާނާގެ ހަށިގަނޑުގައިވާ ނާރުތަކުގެ ނިޒާމް މަސްތަކުގެ ތަކުގެ ހަރަކާތްތައް ހިންގައިދީ، ގުނަވަންތަކުގެ މަސައްކަތް ބަލަހައްޓައިދީ، ތަފާތު އިޙްސާސްތައް ގެނެސްދީ، އަދި ތަފާތު ހަރަކާތްތައް ކުރުމުގައި އިންސާނާ އަށް އެހީތެރި ވެދެއެވެ. ނާރުތަކުގެ ނިޒާމްގައި އެންމެ ފާހަގަކޮށްލެވޭ ދެބައިވެރިންނަކީ ނާރުތައް(Nerves) އަދި ނިއުރޯންތައް(Neurons) އެވެ.

އިންސާނާގެ ނާރުތަކުގެ ނިޒާމް

އިންސާނާގެ ހަށިގަނޑުގައި ނާރުތަކުގެ ނިޒާމް ބެހިގެންވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ސެންޓްރަލް ނާރވަސް ސިސްޓަމް(CNS)އަދި ޕެރިފެރަލް ނާރވަސް ސިސްޓަމް(PNS)އެވެ. ސެންޓްރަލް ނާރވަސް ސިސްޓަމްގައި ހިމެނެނީ ސިކުނޑި(Brain) އަދި ސްޕައިނަލް ކޯޑް (Spinal cord) އެވެ. ޢާންމު ގޮތެއްގައި ނާރުތައް ހިމެނެނީ ޕެރިފެރަލް ނާރވަސް ސިސްޓަމްގެ ތެރޭގައެވެ. ޕެރިފެރަލް ނާރވަސް ސިސްޓަމް އިތުރު ދެބަޔަކަށް ބެހިގެން ގޮސްފައި ވެއެވެ. އެއީ ސޮމެޓިކް ނާރވަސް ސިސްޓަމް(Somatic nervous system) އަދި އުޓޮނޮމިކް ނާރވަސް ސިސްޓަމް (Autonomic nervous system)އެވެ.


ސެންޓްރަލް ނާރވަސް ސިސްޓަމް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސެންޓްރަލް ނާރވަސް ސިސްޓަމް

ސެންޓްރަލް ނާރވަސް ސިސްޓަމް ނުވަތަ (އިނގިރޭސި ބަހުން: Central nervous system) އަކީ ނާރުތަކުގެ ނިޒާމްގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރާ ބައެވެ. ސެންޓްރަލް ނާރވަސް ސިސްޓަމް ގައި ހިމެނޭ ސިކުނޑި އޮންނަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައެވެ. ސްޕައިނަލް ކޯޑް އިންނަނީ މައިބަދައިގެ މަތިން ފެށިގެން ތިރިއަށް ކަށިތަކުގެ މެދުން އުފެދިފައިވާ މަގުގެ ތެރޭގައެވެ. މާނައަކީ ސްޕައިނަލް ކޯޑް ފެށިފައި އިންނާނީ ސިކުނޑީގެ ތިރިންނެވެ.

ކުޑަ ދަރިފުޅު ބަނޑުގައި އުފެދެމުން އަންނައިރު ސެންޓްރަލް ނާރވަސް ސިސްޓަމް އުފެދިގެން އަންނަނީ ނިއުރަލް ޕްލޭޓް(Neural plate) އިންނެވެ. ނިއުރަލް ޕްލޭޓް އަކީ ކުޑަ ދަރިފުޅުގެ ހަށިގަނޑުގެ ބައިތައް އުފެދިގެން އަންނަ މައި ތިން ފަށަލައިގެ ތެރެއިން އެންމެ ބޭރަށް އިންނަ އިކްޓޮޑާރމް(Ectoderm) ގެ ބައެކެވެ. ހަށިގަނޑުގައި ކުޑަ ދަރިފުޅު ބޮޑުވެގެން އަންނަ އައުމުގެ ތެރޭގައި ނިއުރަލް ޕްލޭޓް ނިއުރަލް ޓިއުބު(Neural tube) އަށް ބަދަލު ވެއެވެ. ނިއުރަލް ޓިއުބުގެ އެތެރޭ ބައިން ސިކުނޑީގެ ތެރޭގައިވާ ވެންޓްރިކަލްތަކުގެ ނިޒާމް އުފެދޭއިރު، ނިއުރަލް ޓިއުބުގެ އެހެން ބައިތަކުން ސިކުނޑި އަދި ސްޕައިނަލް ކޯޑް އުފެދިގެން ދެއެވެ. އަދި ސިކުނޑިން ބްރެއިން ސްޓެމް އާއި އެހެނިހެން ބައިތައް އުފެދިގެން ދެއެވެ.


މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސިކުނޑި

ސިކުނޑި ނުވަތަ (އިނގިރޭސި ބަހުން: Brain) އަކީ ސެންޓްރަލް ނާރވަސް ސިސްޓަމް ކޮންޓްރޯލް ކުރާ މަރުކަޒެވެ. އަދި އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިއްމު އެއްގުނަވަން ވެސް މެއެވެ. މީހާގެ އުޅުމާއި މިޒާޖު، މީހާގެ ސުލޫކާއި، އަޚްލާގު، ފަދަ ކަންތައްތައް ފުރިހަމަކޮށް، އެކަންކަން ހުންނަ ނުހުންނަގޮތް ކަނޑައެޅުމުގައި ޒިންމާވަނީ ސިކުނޑި އެވެ. ބޮލުގެ ނާށިގަނޑަކީ ތަފާތު ގެއްލުންތަކުން ސިކުނޑި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ލެވިފައިވާ ގުދުރަތީ އައްޑަނަ އެކެވެ.

ސްޕައިނަލް ކޯޑް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސްޕައިނަލް ކޯޑް

ނާރު ރޮނދި، ނުވަތަ ނާރު ވާފަށް ނުވަތަ (އިނގިރޭސި ބަހުން: Spinal cord) އިންނަނީ މައިބަދައިގެ މަތިން ފެށިގެން ތިރިއަށް ކަށިތަކުގެ މެދުން އުފެދިފައިވާ މަގުގެ ތެރޭގައެވެ. މާނައަކީ ސްޕައިނަލް ކޯޑް ފެށިފައި އިންނާނީ ސިކުނޑީގެ ތިރިންނެވެ. އެހެންކަމުން ބޮލުގެ ނާށިގަނޑު ސިކުނޑި ހިމާޔަތްކޮށްދޭ އައްޑަނަ އަކަށް ވާފަދައިން މައިބަދައިގެ ކަށިތަކަކީ ސްޕައިނަލް ކޯޑް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ލެވިފައިވާ ގުދުރަތީ އައްޑަނަ އެކެވެ. ސްޕައިނަލް ކޯޑްގެ މައި ވަޒީފާ އަކީ ޕެރިފެރަލް ނާރވަސް ސިސްޓަމް ސިކުނޑިއަށް ފޮނުވާ ސިގްނަލްތައް ސިކުނޑިއާއި ހަމައަށް ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ.


ޕެރިފެރަލް ނާރވަސް ސިސްޓަމް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕެރިފެރަލް ނާރވަސް ސިސްޓަމް

ޕެރިފެރަލް ނާރވަސް ސިސްޓަމް ނުވަތަ (އިނގިރޭސި ބަހުން: Peripheral nervous system) އަކީ އިންސާނާގެ ނާރުތަކުގެ ނިޒާމްގައި ހިމެނޭ ބައެކެވެ. މިބައިގައި ހިމެނެނީ ސިކުނޑި އާއި ސްޕައިނަލް ކޯޑް އިން ބޭރުގައިވާ ނާރުތަކާއި ނިއުރޯން ތަކެވެ. އަތް ފަޔާއި، ހަށިގަނޑުގެ ގުނަންތަކުގެ ހަރަކާތް ކޮންޓްރޯލް ކުރުމުގައި މި ނިޒާމްގެ ނާރުތައް ބައިވެރި ވެއެވެ. ސެންޓްރަލް ނާރވަސް ސިސްޓަމް އާއި ޚިލާފަށް ޕެރިފެރަލް ނާރވަސް ސިސްޓަމް ވަނީ ކަށިތަކަކުން ހިމާޔަތް ކުރެވިފައެއް ނޫނެވެ. މާނައަކީ ފަސޭހަކަމާއެކު ވިހަތަކަށް ހުށަހެޅި ގެއްލުން ލިބުމުގެ ފުރުޞަތު ޕެރިފެރަލް ނާރވަސް ސިސްޓަމް އަށް ބޮޑެވެ. ޕެރިފެރަލް ނާރވަސް ސިސްޓަމް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ސޮމެޓިކް ނާރވަސް ސިސްޓަމް(Somatic nervous system) އަދި އުޓޮނޮމިކް ނާރވަސް ސިސްޓަމް(Autonomic nervous system) އެވެ.


ސޮމެޓިކް ނާރވަސް ސިސްޓަމް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސޮމެޓިކް ނާރވަސް ސިސްޓަމް

ސޮމެޓިކް ނާރވަސް ސިސްޓަމް ނުވަތަ (އިނގިރޭސި ބަހުން: Somatic nervous system) އަކީ ޕެރިފެރަލް ނާރވަސް ސިސްޓަމްގެ ބައެކެވެ. ހަށިގަނޑު ހަރަކާތްތައް ކޯޑިނޭޓް ކުރަނީ ސޮމެޓިކް ނާރވަސް ސިސްޓަމް އިންނެވެ. އަހަރެމެންގެ އިޚްތިޔާރާއި ބާރުގެ ދަށުން ހިންގޭ ހަރަކާތްތައް ހިންގައި ކޮންޓްރޯލް ކުރުމުގައި ޒިންވާ ނާރުތަކުގެ ނިޒާމަކީ ވެސް މިއީއެވެ. ބޭރު މާހައުލުން ކުރިމަތިވާ ކަންތައްތަކަށް ހުށަހެޅޭ ހިނދު އިޖާބަދޭ ނާރުތަކުގެ ނިޒާމަކީވެސް މިއީއެވެ. މިސާލަކަށް އެއްޗެއް ފެނުމުން، އަޑެއް އިވުމުން، އެއްޗެއް ގައިގައި ބީހުން ފަދަ ކަންތައްތަކުން ކުރިމަތިވާ ބަދަލުތަކާއި ހަށިގަނޑު ގުޅުވާލަދޭ ނިޒާމަކީ ވެސް މިއީއެވެ.

ސޮމެޓިކް ނާރވަސް ސިސްޓަމް ގެ ތެރޭގައި މަސްތަކާއި، ހަންގަނޑާއި، އަދި އިހްސާސް ގެނެސްދޭ ގުނަވަންތަކާއި ގުޅިފައިވާ ހުރިހާ ނިއުރޯންތައް ހިމެނެއެވެ. ސޮމެޓިކް ނާރވަސް ސިސްޓަމް އެކުލެވިގެންވަނީ އޭފެރަންޓް ނާރވްސް އަދި އީފެރަންޓް ނާރވްސް ތަކުގެ މައްޗަށެވެ. އޭފެރަންޓް ނާރވްސް(Afferent nerves) ތަކުން ބޭރުގެ މަސްދަރުތަކުން ލިބޭ ސެންސަރީ އިންފޮމޭޝަންތައް ބަލައި ގަނެއެވެ. އީފެރަންޓް ނާރވްސް(Efferent nerves) އިން މަސްތައް ކޮންޓްރެކްޓުވުމުގައި ޒިންމާވެއެވެ.

އުޓޮނޮމިކް ނާރވަސް ސިސްޓަމް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުޓޮނޮމިކް ނާރވަސް ސިސްޓަމް

އުޓޮނޮމިކް ނާރވަސް ސިސްޓަމް ނުވަތަ (އިނގިރޭސި ބަހުން: Autonomic nervous system) އަކީ އިންސާނާގެ ހަށިގަނޑު އެތެރޭގެ ގުނަވަންތައް ކޮންޓްރޯލްކޮށް އެގުނަވަންތަކުގެ މަސައްކަތް ހަމަހަމަ ކަމާއެކު ސާބިތުކަންމަތީ ހިފަހައްޓައިދީ، ބެލެހެއްޓުމުގައި ޒިންމާވާ ނާރުތަކުގެ ނިޒާމްގެ ބައެކެވެ. މިއީ ފެރިފެރަލް ނާރވަސް ސިސްޓަމްގެ ބައެކެވެ. މިނިޒާމްގެ މަސައްކަތްތައް ހިންގަނީ އަހަރެމެންގެ އިޚްތިޔާރަކާ ނުލައި، ނުވަތަ އަހަރެމެންނަށް އެގުމަކާ ނުލައެވެ.

އުޓޮނޮމިކް ނާރވަސް ސިސްޓަމް އިން ބާރުފޯރުވާ ހަރަކާތްތަކުގެ ތެރޭގައި ހިތުގެ ވިންދު ޖެހުން، ކާތަކެތި ހަޖަމުކުރުން، ނޭވާލާ މިންވަރު، ކުޅު އުފެއްދުން، ދާހިއްލުން، ކުޑަކަމުދިއުން، ކަޅި ބޮޑުވުން، އަދި ފިރިހެން ހަށި ވާންވެ ވަރުޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

އުޓޮނޮމިކް ނާރވަސް ސިސްޓަމް 3ބަޔަކަށް ބެހިފައި ވެއެވެ.އެއީ

  • ސިމްޕަތެޓިކް ނާރވަސް ސިސްޓަމް (Sympathetic nervous system)
  • ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް (Parasympathetic nervous system)
  • އެންޓީރިކް ނާރވަސް ސިސްޓަމް (Enteric nervous system)


ސިމްޕަތެޓިކް ނާރވަސް ސިސްޓަމް
އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސިމްޕަތެޓިކް ނާރވަސް ސިސްޓަމް

ސިމްޕަތެޓިކް ނާރވަސް ސިސްޓަމް ނުވަތަ (އިނގިރޭސި ބަހުން: Sympathetic nervous system) އަކީ އުޓޮނޮމިކް ނާރވަސް ސިސްޓަމްގެ ބައެކެވެ. ޢާންމު ގޮތެއްގައި ވެސް މިނިޒާމަކީ ހަރަކާތްތެރި އެއްޗެކެވެ. ސްޓްރެސް ފަދަ ޙާލަތްތަކުގައި މި ނިޒާމް މުރާލިވެ، ހީވާގިކަމާއެކު އިތުރަށް ހަރަކާތްތެރިވާން ފަށައެވެ. ނާރުތަކުގެ ނިޒާމްގައި ހިމެނޭ އެހެނިހެން ބައިތަކެކޭ އެއްގޮތަށް ސިމްޕަތެޓިކް ނާރވަސް ސިސްޓަމް ވެސް މަސައްކަތްކުރަނީ ގުޅިލާމެހިފައިވާ ނިއުރޯންތަކެއްގެ އެހީގައެވެ. ސެންޓްރަލް ނާރވަސް ސިސްޓަމްގެ ތެރޭގައި ހުންނަ ސިމްޕަތެޓިކް ނިއުރޯންތަކާ މެދު ބެލެވެނީ އެއީ ޕެރިފެރަލް ނާރވަސް ސިސްޓަމްގެ ބައެއްގެ ގޮތުގައެވެ. ސްޕައިނަލް ކޯޑް ގައި ހިމެނޭ ސިމްޕަތެޓިކް ނިއުރޯންތައް ޕެރިފެރަލް ސިމްޕަތެޓިކް ނިއުރޯންތަކާ ގުޅެނީ ސިމްޕަތެޓިކް ގެންގްލިއާ(Sympathetic ganglia) ތަކުގެ އެހީގައެވެ.


ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް
އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް

ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް ނުވަތަ (އިނގިރޭސި ބަހުން: Parasympathetic nervous system) އަކީ އުޓޮނޮމިކް ނާރވަސް ސިސްޓަމްގެ ބައެކެވެ. ޢާންމު ގޮތެއްގައި ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އަދި ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މަސައްކަތްކުރަނީ އެކަތި އަނެކައްޗާއި އިދިކޮޅު މަސައްކަތްތަކެވެ. ނަމަވެސް މިގޮތަށް މަސައްކަތްކުރަނީ ގުޅިފައިވާ ދެބައިގެ ގޮތުގައެވެ. މާނައަކީ އެއްބައިން ވަކިކަމެއް މަތިކުރާއިރު އަނެއްބައިން އެކަމެއް ދަށްކޮށްދެއެވެ. މިސާލަކަށް އެއްނިޒާމަކުން ލޭހޮޅިތައް ފުޅާކޮށްލާއިރު އަނެއް ނިޒާމަކުން ލޭހޮޅިތައް ހަނިކޮށް ފިއްތާލައި ދިނުން ފަދަ ކަންތައްތައް ފުރިހަމަކޮށްދެއެވެ.

ޢާންމު ގޮތެއްގައި ސިމްޕަތެޓިކް ނާރވަސް ސިސްޓަމް މަސައްކަތްކުރަނީ އަވަސް އިޖާބައެއް ބޭނުންވާ ފަދަ ކަންކަމާއި ގުޅިގެންނެވެ. ނަމަވެސް ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މަސައްކަތްކުރަނީ ކޮންމެހެން އަަވަސް އިޖާބައެއް ބޭނުންނުވާ ކަންކަމާއި ގުޅިގެންނެވެ.


އެންޓީރިކް ނާރވަސް ސިސްޓަމް
އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެންޓީރިކް ނާރވަސް ސިސްޓަމް

އެންޓީރިކް ނާރވަސް ސިސްޓަމް ނުވަތަ (އިނގިރޭސި ބަހުން: Enteric nervous system) އަކީ ސީދާ ހަޖަމުކުރާ ނިޒާމް ކޮންޓްރޯލްކޮށްދޭ ނާރުތަކުގެ ނިޒާމްގައި ހިމެނޭ ބައެކެވެ. އެންޓީރިކް ނާރވަސް ސިސްޓަމް ގެ ނިއުރޯންތައް ޖަމާވެފައި ހުންނަނީ ދެވައްތަރެއްގެ ގެންގްލިއާ ގައެވެ. އެއީ އޯބެކްސް ޕްލެކްސަސް(Auerbach’s plexus)އަދި މައިސްނާރސް ޕްލެކްސަސް(Meissner’s plexus) އެވެ. މައިސްނާރސް ޕްލެކްސަސް ހުންނަނީ މަޢިދާގެ އެތެރެއިން ބޭރަށް ހުންނަ ފަށަލަ ތަކުގެ ތެރެއިން ފުރަތަމަ އިންނަ ތެތް ދުލިފަށް ދޫކޮށް އޭގެ ދަށުގައިވާ ފަށަލައިގެ ތެރޭގައެވެ. އަދި އޯބެކްސް ޕްލެކްސަސް އިންނަނީ ކުރިން ބުނި ފަށަލައިގެ ބޭރުންއިންނަ ބޭރު މަޑުމަހުގެ ފަށަލައިގެ ތެރޭގައެވެ.


ސެންސަރީ ސިސްޓަމް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސެންސަރީ ސިސްޓަމް

ސެންސަރީ ސިސްޓަމް ނުވަތަ (އިނގިރޭސި ބަހުން: Sensory system) އަކީ ނާރުތަކުގެ ނިޒާމް ގައި ސެންސަރީ އިންފޮމޭޝަން ޕްރޮސެސް ކުރުމުގައި ޒިންމާވާ ބައެވެ. ސެންސަރީ ސިސްޓަމް އެކުލެވިގެންވަނީ ސެންސަރީ ރިސެޕްޓާރސް(Sensory receptors) ، ނިއުރަލް ޕާތުވޭސް(Neural pathways) އަދި ސިކުނޑީގައިވާ އިހްސާސްތައް ބަލައިގަތުމަށް ޚާއްޞަ ބައި ގެ މައްޗަށެވެ. ސެންސަރީ ސިސްޓަމް ގައި ހިމެނޭ އެންމެ އާންމު ބައިތަކަކީ ފެނުން، އަޑުއިވުން، ވަސް ބެލުން، ރަހަބެލުން، އަދި ބީހުން މި 5 ހިއްސުއެވެ.


އަދިވެސް ބައްލަވާ ލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ