ޢަބްދުﷲ ސަޢީދު ނުވަތަ މަނަދޫ ޢަބްދުﷲ ސަޢީދަކީ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. އޭނާ ލިޔުންތައް ރާއްޖޭގައި ނެރެވޭ ބައެއް މަޖައްލާތަކުގައިވަނީ ޝާއިޢު ކުރައްވާފައެވެ. އުދަރެސް މަޖައްލާ އާއި މަނަސް މަޖައްލާއަށް ޢަބްދުﷲ ސަޢީދު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ފިޝަރީޒު މިނިސްޓްރީން ނެރުއްވާ " ރަސްއައިން" މަޖައްލާއަށާއި އެމްއެންޑީއެފް އިން އަހަރަކު ދެފަހަރު ނެރުއްވާ " އައްޑަނަ" މަޖައްލާއަށްވެސް ލިޔުއްވާފައިވެއެވެ.


ވަނަވަރު އުނިއިތުރު ގެންނަވާ

މަނަދޫ ޢަބްދުﷲ ސަޢީދަކީ މަނަދޫ އަށް އުފަން ބޭފުޅެކެވެ. އޭނާއަކީ ހުވަދޫ ކެޔޮޅުގެ، ހާރޫނު ހާޖީ ( ހާޖީބެ ) ގެ ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ ) ގެ ސަޢީދު ޤާސިމް ( ދޮންތުއްތު ) ގެ ޢަބްދުﷲ ސަޢީދެވެ. މީނާގެ މަންމައަކީ މަނަދޫ ކެޔޮޅު އިބްރާހިމް ( އިބްރާހިމް ޙަސަން ) ގެ ޛުލައިޚާ އިބްރާހިމް ( ކަނބުލޮ ) އެވެ. ޢަބްދުﷲ ސަޢީދަކީ ސަޢީދު ޤާސިމް އާއި ޛުލައިޚާ އިބްރާހިމަށް ލިބިވަޑައިގެން ތިންވަނަ ދަރިކަލުންނެވެ. ޢަބްދުﷲ ސަޢީދު އުފަންވެފައިވަނީ މަނަދޫ ކުދިލުބޯމާގެ ( ބޮޑުކާށިގެ ) ގައެވެ. އެގެ ހުރީ މަނަދޫ އިރުމަތީ އަވަށުގައި އިރުއުތުރު އެންމެ ކޮޅުގައެވެ. މިހާރު އެގެ ހުރިތަނަކީ ހުސްބިމެކެވެ. އެގެއާ ޖެހިގެން ހުންނަނީ މަނަދޫ ރައިމާގެއެވެ. ޢަބްދުﷲ ސައީދު އުފަންވީ މީލާދީ ސަނަތުން 1973 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުއެވެ. ޢަބްދުﷲ ސަޢީދުގެ އަނބިކަނބަލުންނަކީ މަނަދޫ ކަރަންކާވިލާ ފާތިމަތު އަންވަރީއެވެ. މި ދެމަފިރިންނަށް ދެދަރިކަލުން ލިބިވައިގެންފައިވެއެވެ. އެއީ އީމާ ޢަބްދުﷲ ސަޢީދު އާއި އީހާ ޢަބްދުﷲ ސަޢީދުއެވެ. ޢަބްދުﷲ ސަޢީދުގެ ހޯމްޕޭޖް އެޑްރެހަކީ https://web.archive.org/web/20110204031536/http://hafthaa.com/ އެވެ.


ތުއްތުއިރުގެ ދިރިއުޅުން އުނިއިތުރު ގެންނަވާ

ޢަބްދުﷲ ސަޢީދު އުފަންވެފައިވަނީ ނ. މަނަދޫއަށެވެ. އެންމެ ތުއްތު އިރު ދިރިއުޅެފައިވަނީ މަނަދޫ ބޮޑުކާށިގޭގައެވެ. އޭގެފަހުން ދިރިއުޅެމުން އައީ މަނަދޫ މާލްރޯޑްގައެވެ. ކިޔަވާފައިވަނީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގައެވެ. ޢަބްދުﷲ ސަޢީދަކީ ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ސްކޫލް ކެޕްޓަނެވެ. މީނާވަނީ ރާއްޖޭގައި ބޭއްވި ފުރަތަމަ ސްކައުޓް ޖަމްބޮރީގައި ބައިވެރިވެފައެވެ. މީނާއަކީ ސްކައުޓް ލީޑަރެކެވެ.