24 (ޓީވީ ސިލްސިލާ)

(މިސްރާބުކުރެވުނީ 24 (TV series) އިން)

Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).

އެމީ އަދި ގޯލްޑަން ގްލޯބު އިނާމް ޙާޞިލްކޮށްފައިވާ އިނގިރޭސި ޓީވީ ޑްރާމާ ސިލްސިލާ 24 އަކީ އިމޭޖިން ޓެލެވިޒަން އިން ޕްރޮޑިއުސްކޮށް ޖޯއީލް ސަރނޯވް އަދި ރޮބާޓް ކޮކްރާން އުފައްދަމުން އަންނަ ސިލްސިލާ އެކެވެ. މިޑްރާމާ ސިލްސިލާގެ 6 ސީޒަން މިހާތަނަށްދައްކާފައި ވެއެވެ. ފޮކްސް ނެޓް ވޯރކް އިން ދުރަށް ފޮނުވާ މި ސިލްސިލާގެ ފުރަތަމަ މޫސުމްގެ ފުރަތަމަ އެޕިސޯޑް ދައްކާފައިވަނީ 6 ނޮވެންބަރު 2001 ގައެވެ.

24 ގެ ފުރަތަމަ މޫސުމްގެ ފުރަތަމަ 10 އެޕިސޯޑް ގައި 24 ސިލްސިލާގެ އިސް ދައުރު އަދާކުރާ ކެއިފަރ ސައުތަރލޭންޑް ކުޅެފައިވާ ބަޔަށް ގޯލްޑަން ގްލޯބް އެވޯޑް ލިބުމާއި ގުޅިގެން ފޮކްސް އިން 24 ސިލްސިލާގެ ބާކީ އެޕިސޯޑް ތައް ގަތުމަށް އޯޑަރު ދިނެވެ. 24 ސިލްސިލާގެ 6 މޫސުން ނުވަތަ 6 ސީޒަން މިހާރު ވަނީ ނިމިފައެވެ. މިއިން ކޮންމެ މޫސުމެއް އެކުލެވިގެންވަނީ 24 އެޕިސޯޑް ނުވަތަ ބައިގެ މައްޗަށެވެ. 15 މެއި 2007 ގައި ފޮކްސް އިންވަނީ 24 ސިލްސިލާގައި އަންނަން އޮތް ދެމޫސުމުގެ އެޕިސޯޑްތައް ވެސް ގަތުމަށް އޯޑަރުކުރިކަން ރަސްމީގޮތުން އިޢުލާން ކޮށްފައެވެ. 24 ސިލްސިލާގެ 7 ވަނަ ސީޒަން ދައްކަން ފަށާނީ ޖެނުއަރީ 2008 ގައެވެ.

24 ސިލްސިލާގެ ކޮންމެ މޫސުމެއްގައި ދައްކައިދެނީ ސިލްސިލާގެ ބަތަލުގެ ހަޔާތުގައި އަންނަ ދުވަސްތަކެވެ. ކޮންމެ ސީޒަން އަކީ އެއް ދުވަހެވެ. މާނައަކީ ކޮންމެ މޫސުމެއްގައި ދުވަހެއްގައި ހިމެނޭ 24 ގަޑިއިރު 24 އެޕިސޯޑްގެ ގޮތުގައި ދައްކައެވެ. މިސިލްސިލާގައި އިސް ދައުރު އަދާކުރާ ޖެކް ބޯއަރ ނުވަތަ ކެއިފަރ ސައުތަރލޭންޑް މަސައްކަތް ކުރަނީ އެމެރިކާގެ ލޮސްއެންޖަލްސްގައި ހުންނަ ކައުންޓަރ ޓެރަރިސްޓް ޔުނިޓް ނުވަތަ ސީޓީޔޫ ގައެވެ. ސީޓީޔޫގެ މަސައްކަތަކީ އެމެރިކާއަށް ޓެރަރިސްޓުން ދޭ ރާވައިފައިވާ ހަމަލާތައް ހޯދައި އެކަން ތަންފީޒުކުރުމުގެ ކުރިން އެމެރިކާގެ ރައްޔިތުން އެކަމުން ސަލާމަތްކުރުމެވެ.

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ