ޢިރާޤު
ރިޕަބްލިކް އޮފް ޢިރާޤަކީ ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. މި ޤައުމަށް މެސޮޕޮޓޭމިއާއޭ ވެސް ކިޔައެވެ. ޢިރާޤަކީ ދެކޯރުގެ ދެމެދުގައިވާ ހިތް ފަސޭހަ ބިމުގެ ގޮތުގައި މަޝްހޫރުވެފައިވާ ބިމެވެ. އިންސާނީ ޙަޟާރަތާއި ތަރައްޤީ އާއި ތަމައްދުނުގެ އުނގު ކަމުގައި ބެލެވޭ މެސޮޕޮޓޭމިޔާއަކީ ޢިރާޤެވެ. ފުރާތު ކޯރާއި ދިޖުލަތު ކޯރުގެ ފެނުން ތާޒާކަން ލިބިފައިވާ ޢިރާޤަކީ ޠޫފާނުގެ ފަހުން ދެވަނަ ފަހަރަށް އިންސާނުން ދުނިޔޭގެ ބިމުގައި ދިރިއުޅެން ފެށި ވަޒަނެވެ. އެހެންކަމުން ބަނީ ނޫޙު ވަންހައިގެ މީހުން އާބާދުވެ ދިރިއުޅެން ފަށާފައިވަނީ ޢިރާޤުގައެވެ. ބަނީ އާދަމް ނުވަތަ ނޫޙުގެފާނުގެ ކުރީގައި ތިބި އިންސާނުންގެ ވަޒަނެއްކަމުގައިވެފައި އޮތް ކަމަށް ބެލެވެނީ ޔަމަނާއި ޙިޖާޒެވެ. ބަނީ ނޫޙު ނުވަތަ ނޫޙުގެފާނުގެ ފަހުން ތިބި އިންސާނުން ފުރަތަމަ ދިރިއުޅެންފެށިކަމަށް ބެލެވިފައިވަނީ ޢިރާޤުގައެެވެ. ނޫޙުގެފާނުގެ ބޭފުޅުންގެ ތެރެއިން އެފްރިކާކޮޅަށް ވަޑައިގަތީ ޙާމްގެ ދަރިކޮޅު މީހުންނެވެ. މި މީހުން ކަޅުވެފައިވަނީ ނޫޙުގެފާނު ކުރެއްވި ދުޢާފުޅަކުން ކަމަށް ބުނެވެއެވެ. ސާމްގެ ދަރިކޮޅު މީހުންނަކީ ޢަރަބީންނާއި އިސްރާއީލީންނެވެ. ޔާފިސުގެ ދަރިކޮޅު މީހުންނަކީ މޮންގޯލިޔަނުންނާއި ތުރުކީ ނަސްލުގެ މީހުންނެވެ. ޔޫރަޕުގެ ދަރިކޮޅަކީ ސާމީ ދަރިކޮޅާއި ޔާފިސީ ދަރިކޮޅު ގުޅިގެން އުފެދުނު ދަރިކޮޅެއް ކަމަށް ބުނެވެއެވެ. ޢިރާޤު ނުވަތަ މެސޮޕޮޓޭމިޔާއަށް ކްރޭޑްލް އޮފް ސިވިލައިޒޭޝަނޭ ކިޔަނީ މިހެންވެގެންނެވެ.
Republic of Iraq جمهورية العراق Jumhūriyat Al-Irāq ފަންވަތް:Ar icon كماری عراق Komara Îraqê ފަންވަތް:Ku icon | |
---|---|
ވެރިރަށް and largest city | Baghdad |
ރަސްމީ ބަސްތައް | Arabic, Kurdish |
އާންމު ސަރަހައްދީ ބަސްތައް | Aramaic, Azerbaijani |
ދީންތައް | Islam(94%), Christian(4–5%), Mandean & Yazidi (<1%) |
ޑިމޮނިމް | Iraqi |
ސަރުކާރު | Developing parliamentary republic |
Jalal Talabani | |
Nouri al-Maliki | |
• from the Ottoman Empire | 1 October 1919 |
• from the United Kingdom | 3 October 1932 |
• Republic | 14 July 1958 |
15 October 2005 | |
ސަރަޙައްދު | |
• Total | 438,317 km2 (169,235 sq mi) (58th) |
• Water (%) | 1.1 |
އާބާދީ | |
• 2009 estimate | 31,234,000[1] (39th) |
• Density | 71.2/km2 (184.4/sq mi) (125th) |
ޖީޑީޕީ (ޕީޕީޕީ) | 2009 estimate |
• ޖުމްލަ | $114.151 billion[1] (63rd) |
• ބޮލަކަށް ޖެހެނީ | $3,655[1] (125th) |
ޖީޑީޕީ (nominal) | 2009 estimate |
• ޖުމްލަ | $68.553 billion[1] (58th) |
• ބޮލަކަށް ޖެހެނީ | $2,195[1] (105th) |
ފައިސާ | Iraqi dinar (IQD) |
ޓައިމް ޒޯން | ޔޫޓީސީ+3 (GMT+3) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+3 (not observed) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 964 |
އައިއެސްއޯ 3166 ކޯޑް | IQ |
އިންޓަރނެޓް ޓީއެލްޑީ | .iq |
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާޢިރާޤުގެ ރަސްމީ ބަހަކީ ޢަރަބިބަހާއި ކުރުދީ ބަހެވެ. މީގެ އިތުރުން ސަރަޙައްދީ ބަސްތަކުގެ ގޮތުގައި އާރާމީ ބަހާއި އަޒަރުބައިޖާނީ ބަސް ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުން ޢިރާޤުގެ މީހުންނަށް ކިޔަނީ އިރާގީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަޣުދާދެވެ. ޢިރާޤުގެ ވެރިރަށަކީ ވެސް ބަޣުދާދެވެ. ޢިރާޤަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 31 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 39 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ iq. އެވެ. ކޯލިން ކޯޑަކީ +964 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޢިރާޤީ ދީނާރެވެ.
ނަން
އުނިއިތުރު ގެންނަވާ“ޢިރާޤު” މި ނަން ވަނީ މީލާދީން 6 ވަނަ ޤަރުނުގެ ކުރީއްސުރެން ވެސް އެ ޤައުމުގެ ނަމެއްގެ ގޮތުގައި ބޭނުންކޮށްފައެވެ. މި ނަން އުފެދުނު ގޮތާ މެދު ތަފާތު ނަޒަރިއްޔާތަކެއްވެއެވެ. މި ގޮތުން މި ނަމުގެ އަޞްލު ނިސްބަތްވަނީ ސޫމާރީ ބަހަށް ކަމަށާއި، ސޫމާރީ ބަހުން ކިޔާ އުރުކު މިނަމަށް ކަމަށް ވެސް ބުނެވެއެވެ. އަނެއް ގޮތަކީ ޢިބްރާނީ ބަހުން ކިޔާ އިރެކް މި ބަހެވެ. ނުވަތަ ސޫމާރި ޝަހަރެއް ކަމުގައިވާ އޫރުކު އަށް އައްކާދީ ބަހުން ކިޔާ ނަމުން އުފެދުނު ނަމެއް ކަމަށް ވެސް ބުނެވެއެވެ. ހަމަ އެހެންމެ މިއީ ފާރިސީ ބަހުން ތިރި ބިމަށް ކިޔާނަން އެރާކު، މި ބަސް ޢަރަބިކުރެވިގެން އުފެދުނު ނަމެއް ކަމަށް ވެސް ބުނެވެއެވެ. ޢިރާޤަށް ޤަދީމީ ޒަމާނުގައި ކިޔާނަމަކީ މެސޮޕޮޓޭމިޔާއެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާޢިރާޤުގެ ހުޅަނގުގައި އޮތީ އުރުދުންއެވެ. ހުޅަނގު އުތުރުގައި އޮތީ ސޫރިޔާއެވެ. އުތުރުގައި އޮތީ ތުރުކީއެވެ. އިރުމަތީގައި އޮތީ އީރާނެވެ. ދެކުނުގައި އޮތީ ކުވައިތާއި ސަޢޫދީ ޢަރަބިއްޔާއެވެ.
ތާރީޚު
އުނިއިތުރު ގެންނަވާކްރޭޑްލް އޮފް ސިވިލައިޒޭޝަން ނުވަތަ ތަހްޒީބާއި ތަމައްދުނުގެ އުނގުކަމުގައި ބެލެވޭ މެސޮޕޮޓޭމިޔާ ނުވަތަ ޢިރާޤަކީ ލިޔުންތެރިކަމާއި ސަރަކަ (ވީލް) އުފެދުނު ބިމެވެ. ޢިރާޤުގެ ޤަދީމީ ރަސްގެފާނު ހާމޫރާބީގެ ވާހަކައަކީ އަޅުގަނޑުމެންނަށް އާ ވާހަކަތަކެއް ނޫނެވެ. މީލާދީން ހަތްވަނަ ޤަރުނުގައި ޚުލަފާއުއްރާޝިދޫންގެ ޚިލާފަތުގައި ޢިރާޤަށް ވަނީ އިސްލާމްދީން ތަޢާރަފު ކުރެވިފައެވެ. ޢިރާޤުގެ ވެރިރަށް ބަޣުދާދު ބިނާކުރެވުނީ ޢައްބާސީ ޚިލާފަތުގެތެރޭގައި މީލާދީން އަށްވަނަ ޤަރުނުގައެވެ. ދެން އައީ ތުރުކީންގެ ވެރިކަމެވެ. އޭގެ ފަހުން ޢިރާޤު ދިޔައީ އިނގިރޭސީންގެ ދަށަށެވެ. 1932 ގައި މިނިވަންކަން ލިބުމަށް ފަހުގައި ދެން އުފެދުނީ ޢިރާޤުގެ ރަސްކަމެވެ. ޢިރާޤުގެ ރަސްކަން އުވި ޖުމްހޫރިއްޔަތަކަށް ބަދަލުވީ 14 ޖުލައި 1958 ގައެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާޢިރާޤުގެ އާބާދީގެ 80% އަކީ ޢަރަބީންނެވެ. 15% އަކީ ކުރުދީންނެވެ. ދެން ތިބީ ތުރުކުމަނުންނާއި އާޝޫރީންނެވެ. ސުންނީންގެ އާބާދީއަކީ 45% އެވެ. ޝީޢީންނަކީ 55% އެވެ. މުޅި އާބާދީގެ 3% އަކީ އެހެން ދީންތަކުގެ މީހުންނެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާޢިރާޤުގެ ސަގާފީ ކަންތައްތަކުގެ ތެރޭގައި ވަރަށް ޤަދީމީ އާދަތައް ވެސް ހިމެނެއެވެ. ހަމަ އެހެންމެ ފާރިސީންނާއި ޢަރަބީންގެ ސަގާފީ ކަންތައް ވެސް ހިމެނެއެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާޢިރާޤަކީ ތެލުގެ ގޮތުން މުއްސަނދި ޤައުމެއް ނަމަވެސް މިއަދު އެ ޤައުމު އޮތީ ހަނގުރާމައިގެ ސަބަބުން ވަރަށް ދަށަށް ވެށްޓިފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 3655 ޑޮލަރެވެ.