ޚިޔާލު:ރަހިމުގެ ދޮރުގެ ކެންސަރު

ޖިންސީ ކަންކަމާބެހޭ ނަންތަށް އެކަތިކުރުން އުނިއިތުރު ގެންނަވާ

ސީރިއަސްކޮށް، މަށަށް ހާދަ އުނދަގޫވެޔޭ ޖިންސީގުނަވަންތަކަށް އަދި sex އަށް ދިވެހިން ސްޓާންޑަޑް ނަންތަށް ނުގެންގުޅޭތީ... މާ elaborate ނަންތަށް ބޭނުންކުރުމުގެ ބަދަލުގަ. އެންމެ އާދައިގެ ނަން އެންމެންވެސް ބޭނުންކުރަން ފެނޭ.އެހެންނޫނީ ގޫގުލް ސާޗް ކުރަންވެސް ހާދަ އުނދަގޫވާނޭ. ދިވެހިންގެތެރެއިން އާންމުން މިކަހަލަ މައުޟޫތަކަށް ޙިޔާލު ފާޅުކުރަން ލަދުގަތަސް، އަހަރުމެން އެކަޑެމިކް ފެންވަރުގަ ވިކީ ލިޔަންޔާ އެންމެ ސީދާ ބަސް ބޭނުންކުރުން މުހިންމު. އެހެން ނޫނީ އޮޅުންފިލާނީ ކޯޗެއް؟

މިބަސްތައް ފެނުމުން ފަހަރުގައި ހިތްހަމަ ނުޖެހުމަކީ އެކަށީގެން ވާކަމެއް. ނިހާޔަތަށް މައާފަށް އެދެން. އެކަމަކު ސްޓާންޑަޑް އެއް ނެތުމަކީ އަހަރުމެންގެ ބަހަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. CRC43 (talk) 05:09, 6 ޑިސެމްބަރު 2012 (UTC)

ރަނގަޅު ވާހަކައެއް އުނިއިތުރު ގެންނަވާ

މިހުރިހާ ލިޔުންތަކަކީ އެންމެ ބޭފުޅެއް އޭނާގެ ބުރަ މަސައްކަތުން ލިޔެފައިވާ ލިޔުންތައް. މިދެންނެވީ ސިއްޙީ ލިޔުންތަކުގެ ވާހަކަ. މިލިޔުންތައް އިސްލާހު ކުރުމަކީ އެންމެންގެ ޒިންމާއެއް. --Glacious (talk) 22:10, 7 ޑިސެމްބަރު 2012 (UTC)

Return to "ރަހިމުގެ ދޮރުގެ ކެންސަރު" page.