މުޙައްމަދު ޖަމީލުދީދީ: Difference between revisions

Content deleted Content added
←‏އަމިއްލަ ދިރިއުޅުން: ސާބިތުނުކުރޭވޭ އަދި މިފަދަ އިލްމީ މަންޒިލަކާ ނުގުޅޭ ފަދަ ރޫޑަވެރި އިބާރާތެއްވީމާ ކަނޑައިލީ
ފޮޅުވަތް 11:
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 މޭއި 1915މ. ގައެވެ. އެއީ ހިޖުރައިން 16 ޖުމާދިލް އާޚިރާ 1333 އެވެ. އުފަންވެވަޑައިގަތީ މ.ކުއްޅަވައް ގޭގައެވެ. ބައްޕައަކީ ދަރަވަންދޫގޭ ޢަބުދުﷲ ކަމާލުއްދީން އެވެ. ނުވަތަ ދަރަވަންދޫގޭ ޢަބުދުﷲ ދީދީ އެވެ. މަންމައަކީ ފެންފޯއް ގަނޑުވަރު އައިމިނާދީ އެވެ.އަބިކަނބަލުންނަކީ އަލްމަރުހޫމާ ޝަރީފާ ޙަސަން ނުވަތަ ކުއްޅަވައްގޭ ސިއްތި އެވެ. ސިއްތި އަވަހާރަވީ މެއި 2008 ގައެވެ. މުޙައްމަދު ޖަމީލްގެ ދަރިންނަކީ ދިވެހިރާއްޖެ އަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެތެރޭގައި ފަތުހުﷲ ޖަމީލް، ޢަބުދުﷲ ޖަމީލް، ފާތިމަތު ޖަމީލް، ޖާދުﷲ ޖަމީލް، އާމިނަތު ޖަމީލް ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.
 
މުޙައްމަދު ޖަމީލުދީދީ ތަޢުލީމް ޙާޞިލްކުރެއްވީ މިޞްރުގެ މަދަރުސާ މުޙައްމަދު ޢަލީ އަލްޚައިރިއްޔާ އިންނާއި ޖާމިޢަތުލް އަޒްހަރުންނެވެ. ޢަރަބި ބަހުގެ ޢިލްމް ވެރި އެކެވެ. އުރުދޫ ބަސް ކޮންމެވެސް ވަރަކަށް ދެނެލައްވައެވެ.އަދި ވަރަށް ދިގު ހީސިއެއް ވެސް އޮވެއެވެ.
 
== ޅެންވެރިކަން ==