ރަން ދޮރާށި ފާލަން: Difference between revisions

Content deleted Content added
m ރޮބޮޓ ފޮހެލުނ: la:Pons Aureae Portae ބަދަލު ގެނައުނ: hr:Golden Gate (most)
No edit summary
ފޮޅުވަތް 1:
ރަން ދޮރާށި ފާލަމަކީ އެމެރިކާގެ ސެންފްރެންސިސްކޯ އަދި މެރިން ކައުންޓީ ގުޅުވުމަށް ލެވިފައިވާ ފާލަމެކެވެ. މިއީ 20 ވަނަ ގަރުނުގެ އިމާރާތް ކުރުމުގެ ފަންނުގައި ހޯދާފައިވާ ޢަޖައިބެއް ފަދަ ކުރިއެރުމެކެވެ. މިފާލަން ބިނާކުރެވުނީ ދުނިޔެއަށް މަޝްހޫރު ބޮޑު ތަދު ކުރިމަތިވި ދުވަސްވަރު އެވެ. އަަހަރު ތަކެއް ވަންދެން ދުނިޔޭގައިވާ އެންމެ ދިގު ''އެލުވާލެވިފައިވާ'' ފާލަން ނުވަތަ ''ސަސްޕެންޝަން ބްރިޖް''ގެ ގޮތުގައި މިފާލަން ވަނީ ފާހަގަ ކުރެވިފައެވެ. އެެމެރިކާގެ ނިއުޔޯކް ސިޓީގައި 1964 ވަނަ އަހަރު ވެރަޒޯނާ ނެރޯވްސް ފާލަން ބިނާކުރުމަށްފަހު މިފާލަން މިހާރު ބެލެވެނީ ދުނިޔޭގައި އޮތް ދެވަނައަށް އެންމެ ދިގު އެލުވާލެވިފައިވާ ފާލަންގެ ގޮތުގައެވެ.
 
[[Image:BrgaduGgb by night.jpg|thumb|left|200px|ރަން ދޮރާށި ފާލަން.]]
 
ފާލަން ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ 1928 ވަނަ އަހަރު އެވެ. ނަމަވެސް ޢަމަލީ ސިފައެއްގައި މަސައްކަތް ފެށިފައިވަނީ 5 ޖެނުއަރީ 1933 ގައެވެ. 1937 ގައި ފާލަން ބިނާކޮށް ނިމުމުގެ ކުރިން އެތަން ނުހެދޭނެ ކަމަށްބުނެ ވާހަކަތައް ފެތުރިގެން ދިޔައެވެ. އެއީ ދުންފިނީގެ ސަބަބުން ޖައްވު ނުސާފުވުމާއި، ގަޑިއަކު 60 މޭލުގެ ބާރުމިނުގައި މޫސުން ގޯސްވުމުގެ ސަބަބުން ވައިޖެހުމުންނާއި، ކަނޑުގެ ރާޅުބާނި ގަދަވެ، ފާލަން ހެދުމުގެ މަސައްކަތަށް ހުރަސްތަކާއި ކުރިމަތި ވުމުންނެވެ. އެހެން ކަމުން މިފާލަން ވަނީ ''ނުހެދޭނެ ފާލަން''ގެ ގޮތުގައި މަޝްހޫރު ވެފައެވެ.