Content deleted Content added
No edit summary
ފޮޅުވަތް 13:
 
 
ޕްރިތްވީ ރާޖު ކަޕޫރު އާއި ރާމާ ކަޕޫރުގެ ތިންވަނަ ދަރިފުޅު ބަލްބީރު ރާޖު ކަޕޫރު ނުވަތަ ޝަޝީ ކަޕޫރު ([[Hindi|ހިންދީ ބަހުން]]: शशि कपूर, [[Urdu|އުރުދޫ ބަހުން]]: ششِ کپُور) އުފަންވެފައިވަނީ 18 މާރޗް 1938 ގައި އިންޑިޔާގެ ކަލްކަތާ ގައެވެ. ހުނަރުވެރި ''ރޮމެންޓީކް'' ބަތަލެއްގެ ގޮތުން ފާހަގަ ވެގެންދިޔަ ޝަޝީ ކަޕޫރު ރީތި އެތައް ފިލްމް ތަކެއް ކުޅެފައެވެ.
 
ފިލްމީ އޮޅިގަނޑު ގިރާކުރުމުގެ ކުރިން ޝަޝީ ކަޕޫރު ވަނީ ތިއޭޓަރު ތަކުގައި ބޭއްވޭ ސްޓޭޖް ޑްރާމާ ތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ. އެދުވަސްވަރު ތިއޭޓަރު ޑްރާމާ ތަކުގައި ބައިވެރިވި ޖަރުމަނަން އުފަން ޖިއޯފްރީ އަދި ލައުރާ ކެންޑަލްގެ އަންހެން ދަރިފުޅު ޖެނިފަރ ކެންޑަލް އާއި ޝަޝީ ކަޕޫރު ގެ ކައިވެނި ކުރެވުނެވެ. އެއީ 1958 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޖެނިފަރ ކެންޑަލް އާއި ޝަޝީ ކަޕޫރު ކައިވެނިކޮށްގެން 3 ކުދިން ލިބިފައި ވެއެވެ. އެއީ ކުނާލް ކަޕޫރު، ކަރަން ކަޕޫރު، އަދި ސަންޖަނާ ކަޕޫރު އެވެ. ޖެނިފަރ ކެންޑަލް މިދުނިޔެ ދޫކުރީ 7 ސެޕްޓެމްބަރު 1984 ގައެވެ.
 
==ކެރިއަރ==
[[Image:Nat3.jpg|left|thumb]]
ޝަޝީ ކަޕޫރު އާއި ޖެނިފަރ ކެންޑަލްގެ މަސައްކަތުން 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު އިންޑިޔާގެ ބޮމްބޭގައި ޕްރިތްވީ ތިއޭޓަރު ހުޅުވުނެވެ. ފުރަތަމަ ބޭއްވުނު ތަމްސީލުގައި އޯމްޕޫރީ އަދި ނަޞީރުއްދީން ޝާހް ބައިވެރި ވެފައި ވެއެވެ. ތިއޭޓަރު ހުޅުވިތާ ކުރީކޮޅު ފައިސާގެ ދަތިކަމާހުރެ ތިއޭޓަރު ރަގަޅަށް ހިގާފައި ނުވިޔަސް ފަހުން އެތިއޭޓަރު ވެފައިވަނީ ބޮމްބޭގައި އަދި އިންޑިޔާގައި ވެސް ހުރި އެންމެ ފެންވަރު އެއް ތިއޭޓަރުގެ ގޮތުގައެވެ. މިހާރު މިތިއޭޓަރުން މުނިފޫހި ފިލުވުމުގެ ދާއިރާ އާއި ގުޅޭ ތަފާތު މަސައްކަތްތައް ކުރެއެވެ.
Line 29 ⟶ 28:
 
1980 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ގޯވިންދު ނިހަލާނީގެ ފިލްމް ''ވިޖޭތާ'' އަކީ ވެސް ޝަޝީ ކަޕޫރު ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މިއީ އޭނާގެ ފިރިހެން ދަރިއެއްކަމަށްވާ ކުނާލް ކަޕޫރު ހިންދީ ފިލްމީ ގޮޅިގަނޑު ގިރާކުރި ފިލްމް ވެސް މެއެވެ. މިފިލްމްގައި ޝަޝީ ކަޕޫރު ވެސް ހަރަކާތްތެރި ވެފައި ވެއެވެ. ޝަޝީ ކަޕޫރު ފުރަތަމަ ޑައިރެކްޓް ކޮށްފައިވާ ފިލްމަކީ 1991 ވަނަ އަހަރު ރިލީޒްވި ''އަޖޫބާ'' އެވެ.
 
 
ހިންދީ ފިލްމްތަކުގެ އިތުރުން ޝަޝީ ކަޕޫރު ވަނީ ބައެއް އިންޑޯ-އިންގްލިޝް ފިލްމްތައް ކުޅެ ބައިނަލް އަގްވާމީ މަސްރަހުންވެސް މަގުބޫލުކަން ހޯދާފައެވެ. މިގޮތުން ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި 1962ގައި ނިކުމެފައިވާ ''ޛަ ހައުސް ހޯލްޑަރ''، 1965ގައި ނިކުމެފައިވާ ''ސެކްސްޕެއަރ ވައްލާ''، 1968ގައި ނިކުމެފައިވާ ''އަ މެޓާ އޮފް އިނޮސެންސް''، 1970ގައި ނިކުމެފައިވާ ''ބޮމްބޭ ޓޯކީ''، 1972ގައި ނިކުމެފައިވާ ''ސިދާރްތާ''، 1982ގައި ނިކުމެފައިވާ ''ހީޓް އެންޑް ޑަސްޓް''، 1987ގައި ނިކުމެފައިވާ ''ސައްމީ އެންޑް ރޯޒީ ގެޓް ލެއިޑް''، 1994ގައި ނިކުމެފައިވާ ''އިން ކަސްޓަޑީ''، އަދި 1998 ވަނަ އަހަރު ނިކުމެފައިވާ ''ސައިޑް ސްޓްރީޓްސް'' އަދި ''ޖިއްނާހް'' ފަދަ ފިލްމްތައް ހިމެނެއެވެ.
 
މިއަދު ޝަޝީ ކަޕޫރު ހަރަކާތްތެރިވަނީ ކެންސަރު ބަލީގެ އަހުލުވެރިންނަށް އެހީތެރިވެ ދިނުމުގައެވެ. ތަފާތު 3 ޖަމްޢިއްޔާ އަކަށް ޝަޝީ ކަޕޫރު ގެ ޚިދުމަތް މިގޮތުން ފޯރުކޮށްދެއެވެެ. އެއީ އިމްޕީރަލް ކެންސަރ ސޮސައިޓީ އޮފް ލަންޑަން، ކެންސަރ ޕޭޝެންޓްސް އެއިޑް ސޮސައިޓީ، އަދި ކެއަރ އިންޑިޔާ ޕޫނާ މި 3 ޖަމްޢިއްޔާ އެވެ.
 
[[en:Shashi Kapoor]]
==އަމިއްލަ ހަޔާތް==
ފިލްމީ އޮޅިގަނޑު ގިރާކުރުމުގެ ކުރިން ޝަޝީ ކަޕޫރު ވަނީ ތިއޭޓަރު ތަކުގައި ބޭއްވޭ ސްޓޭޖް ޑްރާމާ ތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ. އެދުވަސްވަރު ތިއޭޓަރު ޑްރާމާ ތަކުގައި ބައިވެރިވި ޖަރުމަނަން އުފަން ޖިއޯފްރީ އަދި ލައުރާ ކެންޑަލްގެ އަންހެން ދަރިފުޅު ޖެނިފަރ ކެންޑަލް އާއި ޝަޝީ ކަޕޫރު ގެ ކައިވެނި ކުރެވުނެވެ. އެއީ 1958 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޖެނިފަރ ކެންޑަލް އާއި ޝަޝީ ކަޕޫރު ކައިވެނިކޮށްގެން 3 ކުދިން ލިބިފައި ވެއެވެ. އެއީ ކުނާލް ކަޕޫރު، ކަރަން ކަޕޫރު، އަދި ސަންޖަނާ ކަޕޫރު އެވެ. ޖެނިފަރ ކެންޑަލް މިދުނިޔެ ދޫކުރީ 7 ސެޕްޓެމްބަރު 1984 ގައެވެ.
 
==އިތުރު ފާލަންތައް==
Line 41 ⟶ 44:
*[http://www.mtv.com/movies/person/32587/bio.jhtml B އެމްޓީވީ.ކޮމް ގައި ޝަޝީގެ ބަޔޯގްރަފީ]
* [http://www.hinduonnet.com/thehindu/thscrip/print.pl?file=2005013101660100.htm&date=2005/01/31/&prd=mp& އޮފް ޖެނިފަރ އެންޑް އެމްޓީއާރް]
 
 
[[en:Shashi Kapoor]]