ދިދަ މަސް: Difference between revisions
Content deleted Content added
m Bot: Migrating 20 interwiki links, now provided by Wikidata on d:q941448 (translate me) |
އެންމެ ފަހުން ގެނެވުނު ބަދަލު 20:42, 29 ޖޫން 2022 އުނިއިތުރު ގެންނަވާ ކުރީގެ ނުސްހާއަށް ބަދަލުކުރައްވާ m ←top: clean up, replaced: Category:ދިވެހިރާއްޖޭގައި އުޅޭ މަސްތައް ← ޤިސްމު:ދިވެހިރާއްޖޭގައި އުޅޭ މަސްތައް using AWB |
||
ފޮޅުވަތް 1:
[[Image:moorish idol.jpg|250px|thumb|left|ދިދަ މަސް]]
'''ދިދަ މަސް''' ({{sci|Zanclus cornutus}})ނުވަތަ ({{en|moorish idol}})އަކީ ރާއްޖޭގެ ފަޅުފަޅު ގައްޔާއި، ފަރުފަރުގެ ބޭރުމަތީގެ މުރަކަތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 22 ސެންޓި މީޓަރަށެވެ. މިއީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. ނަމަވެސް މޫދުމަސް ދިރުވައިގެން ގެންގުޅޭ ފަރާތްތަކުން ވަރަށް ބޭނުންވާ ރީތި މަހެކެވެ. މިއީ ދިރޭ ކުދިމަހުގެ ވިޔަފާރީގައި ވެސް ރާއްޖެއިން ގިނަ އަދަދަކަށް ބޭރުކުރާ މަހެކެވެ. މިމަސް އާންމު ގޮތެއްގައި ދަތުރުކޮށް އުޅެނީ ޖޯޑްޖޯޑަށެވެ. އަދި ބައެއް ފަހަރު އެކަހެރިކޮށްނާއި ކުދި އައިން ހަދައިގެން ވެސް ދަތުރުކޮށް އުޅެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 7ހަރުކައްޓާއެކު 40 އާއި 43 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮަތަރިބައިގައި 3 ހަރުކައްޓާއެކު 33 އާއި 35 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ދިދަ މަހަކީ ވަރަށް ފަތިކޮށް ހުންނަ މަހެކެވެ. ދިދަމަހުގެ ހަށިގަނޑުގައި ހުންނަނީ ވަރަށް ކުދިކުދި ހުޅުނބު ތަކެކެވެ. މަހުގެ އަނގައިގެ މިޔަކަނާ ދިމާލުން ކުރުކައްޓެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ދެކަށި ކުރުވެފައި ތިންވަނަ ކަށީގެ ކޮޅުގައި ހުންނަނީ ވަރަށް ދިގު ނަރުވައެކެވެ. މަހުގެ އަރިމަތީގައި ހުންނަނީ ރީނދޫ ކުލައާއި ހުދުކުލައެވެ. މަހުގެ ދެފަރާތުގައި ވަރަށްފުޅާ ކަޅުކުލައިގެ ބޭންޑެއް މަހުގެ ހުރަހަށް ވާގޮތަށް ހުރެއެވެ. މަހުގެ ތުންކޮޅުގެ ކުލައަކީ ކަޅު ކުލައެވެ. ނިގޫފަތުގައި ހަނދުފަޅި ބުރަށް ހުންނަ ކަޅުކުލައިގެ ފާހަގައެއް ވަރަށް ފާޅުކޮށް ހުރެއެވެ.
[[
|